ޚަބަރު / ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ

އަނބިމީހާ އަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ހއ. ހޯރަފުށީގައި ހުރި ޖޭމު ގަހެއްގެ ދޮށުގައި ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައި ދެ މީހަކު އޮށޯވެލައިގެން އަދި ކުޑަކުދިންތަކެއް ކުޅެނީ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ހއ. ހޯރަފުށީގައި ދެމަފިރިއެއް ދެމެދު ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާ އަށް އަނިޔާކުރި މައްސަލައެއް، ކަމާބެހޭ އިދާރާތަކާއެކު ބަލަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ހޯރަފުށީގައި ރޭ ހިނގި ގެވެށި އަނިޔާގެ މައްސަލައިގައި ގުޅުންހުރި ހުރި މުއައްސަސާތަކާއެކު މިނިސްޓްރީން މަސައްކަތް ކުރަމުނ އަންނަ ކަމަށެވެ. އެ މައްސަލައިގައި، އަނިޔާ ލިބިފައިވާ މީހާގެ ސިއްހީ ފަރުވާގެ ކަންކަން ބަލަމުން އަންނަކަމަށް ވެސް ބުންޏެވެ.

"އަނިޔާ ލިބުނު ފަރާތުގެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ،" ޓްވީޓުގައި ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޯރަފުށީގެ ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ރޭ 9:35 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

"މި ގެވެށި އަނިޔާގެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ހޯރަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އެ އަންހެން މީހާ ވަނީ ރޭ އެ އަތޮޅު ދިއްދޫ ހޮސްޕިޓަލަށް ފޮނުވާލައިފަ އެވެ. އެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެކްސްރޭ ނަގައި އެ މީހާ އަށް ފަރުވާ ދެމުން އަންނަކަމަށެވެ. ނަމަވެސް ހާލު އެހާ ސީރިއަސް ނޫން ކަމަށް ވިދާޅުވި އެވެ.

"މިކޮޅުން ނުނެގޭ އެކްސްރޭ ނަގަން ކުޅުދުއްފުއްޓަށް ރެފަ ކުރާނީ،" އޭނާ ވިދާޅުވި އެވެ.

ފިރިހެން މީހާއަށް ވެސް މި ހަމަނުޖެހުމުގައި އަނިޔާވެ ހޯރަފުށީ ހެލްތު ސެންޓަރުން ފަރުވާ ދީފައިވެ އެވެ.

7 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 20%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒުވާނާ.

29 October 2020

ފިރިމީހާގެ މައްޗަކައް އަނބިމީހާޔަކައް ނޭރޭނެ އެހެންނަމަ އުޑާބިމާނުވީސް އަނބިންވެސް ޗާޓުން ބޭރައްދަންޏާ އަދަބުދިނުމުގެ ބާރު އިލާހީ ގާނޫނުގަ އޮންނާނެ

The name is already taken The name is available. Register?

ސަލީމް

28 October 2020

ހުރިހާ ހިތާމަ އެއ ދަރިންނަށް ގިނަ އިން ތަޅާ ފިރިންކަ އިރިން އަބިންނަށް ދުރަ އްނުދެވެނީ ކީ އްވެތޯ؟

The name is already taken The name is available. Register?

ވައިސޫރި

28 October 2020

އަނބިންނައް ފިރިން އަނިޔާ ކުރާވާހަކަ ދައްކާއިރު ފިރިންނައް އަނބިން އަނިޔާ ކުރާވާހަކަވެސް ދައްކަންޖެހޭނެ އެއީ ފިރިންގެ ހައްގުތަކެއްވެސް އޮންނާތީ ދެކޮޅައްވެސް ވިސްނަވާ ރޯނުފޯލީގާވެސް ދެކޮޅު އޮވޭނޫންތޯ

The name is already taken The name is available. Register?

ޚަންދު

28 October 2020

ދެމީހުން ދެމީހުންނަށް ތެޅިވަރު އެގޭނީ އެދެމީހުންނަށް. ބާކީ އޮވެއްޖެނަމަ އެކޮޅު ކުށްވެރިވާނީ. ގެވެށިއަނިޔާއަކީ ވަކި ޖިންސަކަށް ޚާއްޞަ އއއެއްޗެއްނޫން.

The name is already taken The name is available. Register?

ފިރިމީހާ

28 October 2020

ފިރިމީހާއަށް އަނިޔާވި ވާހަކަ އެބައިން ޚަބަރު ނިމޭ ތާގައި ވަރަށް ކުޑަ ފޮންޓަކުން ޖަހާލާފައި. އެހެންވީމައި އަނިޔާ ލިބުނު ‘ފަރާތް’ ބުނީމައި ޖެންޑަރ އިން މި މައްސަލައިގައި ކުށްވެރިވީ މީހާ މިހާރު ކަނޑައަޅައި ނިންމީ ކަމަށް ބެލިދާނެ؟ ދެމީހުން ތެރޭ ހިނގި މާރާމާރީއަކަށް ނުވާނެ؟ މާރާމާރީއެއްގައިވެސް ކޮންމެސް އެކަކަށް ބޮޑަށް އަނިޔާ ވާނެ އެންނު؟ ކުށްވެރިވާނީ އެންމެ މީހެއް؟

The name is already taken The name is available. Register?

1235

28 October 2020

ފިރިހެން މީހާއަށް ވެސް މި ހަމަނުޖެހުމުގައި އަނިޔާވެ ހޯރަފުށީ ހެލްތު ސެންޓަރުން ފަރުވާ ދީފައިވެ އެވެ. ހަނގުރާމައެއްނު މިއޮތި ކޮށްފަ

The name is already taken The name is available. Register?

ސާދާސީދާ

28 October 2020

ފިލްމް ކުޅެން ފޮނުވަންވީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454