ވިޔަފާރި

ސެގޫރޯ: ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ އިންޝުއަރެންސް ބްރޯކާއެއް

ސެގޫރޯ އިންޝުއަރެންސް އޮފީސް: ސެގޫރޯގެ ކަސްޓަމަރުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތައް ހިމެނޭ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

29 އޮކްޓޯބަރ 2020 - 13:06

1 comments

އިންޝުއަރެންސަކީ މި ޒަމާނު ކޮންމެ ކަމެއްގައި ވެސް ބޭނުންވާ ވަރަށް މުހިއްމު ހިދުމަތެކެވެ. ގެންގުޅޭ އަގުބޮޑު މުދަލުން ފެށިގެން އަމިއްލަ މީހާ ވެސް މިވަނީ އިންޝުއާކުރަން ޖެހިފަ އެވެ. އިންޝުއަރެންސަކީ މިހާ މުހިންމު ހިދުމަތަކަށް ވެފައިވާއިރު އިންޝުއާ ކުރާއިރު އެންމެ ރަނގަޅު ސްކީމެއް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ރަނގަޅު ސްކީމެއް ދެނެގަތުން ބިނާވެގެންދަނީ ކަމުގެ ފަންނީ އަދި ދާއިރާއިން ތައުލީމާއި ތަޖުރިބާގެ މައްޗަށް ކަމަށްވާ އިރު، އެފަދަ ބަޔަކު އައްޔަންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް މިހާރު އިންޝުއަރެންސް ބްރޯކާ އަދި ކޮންސަލްޓެންސީގެ ހިދުމަތަކީ ވަރަށް ފުޅާދާއިރާއެއްގައި ދެމުން އަންނަ ހިދުމަތެކެވެ. މިގޮތުން މި ދާއިރާގައި ސެގޫރޯ އިންޝުއަރެންސް ސާވިސަސް ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ.

ސެގޫރޯ އިންޝުއަރެންސަކީ، ކުންފުނިތަކާއި ކަސްޓަމަރުންނާ ގުޅުވައިދޭ ރެޖިސްޓާޑް އިންޝުއަރެންސް ބްރޯކާއެއް އަދި އިންޝުއަރެންސް ކޮންސަލްޓެންސީ ފާމެކެވެ. އެގޮތުން މި ކުންފުނީގެ ހިދުމަތަކީ ކަސްޓަމަރުން ބޭނުންވާ އިންޝުއަރެންސް ޕޮލިސީތަކުގެ ތެރެއިން އެ ވަގުތެއްގައި ބާޒާރުގައި ލިބެން ހުރި އެންމެ ރަނގަޅު ސްކީމްތައް ކަސްޓަމަރުންނަށް އަންގައިދިނުމެވެ. އަދި އިންޝުއަރެންސް ޕޮލިސީ ނަގާއިރު އޭގައި ހުންނަ މުހިންމު ނުކުތާތައް ފާހަގަކޮށްދީ، ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށްދީ އިންޝުއަރެންސް ޕޮލިސީ ވެސް ސެގޫރޯއިން ނަގައިދޭނެ އެވެ. މީގެއިތުރުން އިންޝުއާ ކުރުމަށް ފަހު ކްލެއިމެއް އަތުވެއްޖެ ނަމަ އެ ކްލެއިމެއް، ޕޮލިސީގެ ޝަރުތުތަކުގެ ތެރެއިން އެންމެ ފުރިހަމަ ގޮތެއްގައި ހޯދައިދިނުމަށް ކުރެވޭނެ ހުރިހާ މަސައްކަތްތަކެއް ވެސް ކޮށްދޭނެ އެވެ.

އިންޝުއަރެންސް ބްރޯކާއެއް ކީއްވެ؟

ރާއްޖެ އަށް ބަލާލި ނަމަވެސް މިހާރު ތަފާތު އެކި ޕޮލިސީތައް ފޯރުކޮށްދޭ އިންޝުއަރެންސް ކުންފުނިތައް އެބަހުއްޓެވެ. ކޮންމެ ޕޮލިސީއަކީ އޭގެ ޒާތުގައި ތަފާތު ޕޮލިސީއަކަށް ވުމުގެ އިތުރުން އެއްބައެއްގެ ހިދުމަތް އަނެއް ބައެއްގެ ހިދުމަތާ ވަރަށް ބޮޑަށް ތަފާތެވެ. މި ޕޮލިސީތަކުގެ ތަފާތު ދެނެގަތުމަށް ޓަކައި ދާއިރާގެ ތައުލީމު އަދި ތަޖުރިބާ ހުންނަން ޖެހެ އެވެ. އެހެންކަމުން މިފަދަ ހިދުމަތެއް ހޯދާއިރު ދާއިރާގެ ތަޖުރިބާ ހުރި މީހެއްގެ ލަފާ ހޯދަންޖެހެ އެވެ. ގިނަ ފަހަރަށް މިގޮތަށް ލަފާ ހޯދަން ޖެހެނީ އިންޝުއާ ކުންފުނީގައި މަސައްކަތް ކުރާ މީހެއްގެ ފަރާތުންނެވެ. މީގެ ސަބަބުން ބާޒާރުގައި ހުރި އެހެން އިންޝުއަރެންސް ޕެކޭޖްތަކާއި ގުޅޭ ސައްހަ ފައިދާހުރި މައުލޫމާތު ކަސްޓަމަރަށް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް ސެގޫރޯ ފަދަ އިންޝުއަރެންސް ބްރޯކާއެއް މެދުވެރިކުރުމުން އެކި ކުންފުނިތަކުން ލިބެން ހުންނަ ޕޮލިސީތަކުގެ ތެރެއިން ކަސްޓަމަރަށް އެންމެ ފައިދާވާނެ ޕޮލިސީއަކީ ކޮބައިކަން ދަނެގަނެވޭނެ އެވެ. ބްރޯކާ ކުންފުނިތަކަކީ ދާއިރާގައި ގިނަ އަދަދެއްގެ އިންޝުއަރެންސް ކުންފުނިތަކާ އެކު މަސައްކަތް ކުރާ ބަޔަކަށްވުމުން މިނިވަން ކަމާއެކު ކަސްޓަމަރަށް މައުލޫމާތު ލިބުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ދެން އޮތީ އިންޝުއާ ކުރާ މުދަލަކަށް ގެއްލުން ވެގެން އިންޝުއަރެންސް ކްލެއިމް ކުރުމުގައި ދިމާވާ ދަތިތަކެވެ. ގިނަފަހަރަށް ބަދަލު ފައިސާ ހޯދުމުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ އިންޝުއަރެންސް ނަގާއިރު ބަލަން ވާވަރަށް ޕޮލިސީގައި ވާއެއްޗެއް ބަލައިނުލެވުމެވެ. އަދި ޕޮލިސީގެ ޝަރުތުތަކަކީ ކޮބައިކަން އޮޅުންނުފިލުމާއި ހާދިސާއެއް ދިމާވުމުން ކަންތައް ކުރަންވީގޮތް ނޭނގުމެވެ. މީގެސަބަބުން އިންޝުއަރެންސްގެ ފައިސާ އަނބުރާ ނުލިބި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހި މުދާ އަލުން ނުގަނެވި ނުވަތަ މަރާމާތް ނުކުރެވި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހެ އެވެ. ނަމަވެސް އިންޝުއަރެންސް ބްރޯކަރު މެދުވެރިކޮށް އިންޝުއަރެންސް ހެއްދުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގައި ކުރަންޖެހޭ ކަންތައްތަކުގައި ފަންނީ އެހީތެރިކަން ލިބި ޕޯލިސީގެ ޝަރުތުތަކުގެ ތެރެއިން ބަދަލު ހޯދުމުގައި އެހީތެރިކަން ލިބޭނެ އެވެ.

ސެގޫރޯގެ ހިދުމަތުގެ ވާހަކަ ކަސްޓަމަރެއްގެ ދުލުން

ސެގޫރޯއަކީ ރާއްޖޭގެ ގިނަ ބަޔަކު އިތުބާރު ކުރާ ހިދުމަތްތައް ފުރިހަމަ ކުންފުންޏެކެވެ. ސެގޫރޯގެ ކަސްޓަމަރުންގެ ތެރޭގައި ރާއްޖޭގެ ނަން މަޝްހޫރު އެތައް ކުންފުންޏެއްގެ އިތުރުން އެތައް ސަތޭކަ އަމިއްލަ ފަރުދުންހިމެނެ އެވެ. މީގެ ތެރޭގައި ރެއިންބޯ ގުރޫޕާއި ސުވެނިޔާމެރިން އަދި ވިލާއެޔާ (ފްލައިމީ) ފަދަ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.

ސެގޫރޯ މެދުވެރިކޮށް އިންޝުއަރެންސް ހެއްދި މީހުންގެ ތެރޭގައި ހ. އަދޫ، ޚަދީޖާ މޫސާ ވެސް ހިމެނެ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ހ. އަދޫ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ހަދީޖާ ބުނިގޮތުގައި ގެއަށް ލިބުނު ބޮޑު ގެއްލުމުގައި ހަމައެކަނި އެހީތެރިކަމެއް ލިބިފައިވަނީ އިންޝުއަރެންސުންނެވެ. އަދި އިންޝުއަރެންސްގެ ބަދަލު ހޯދުމުގައި ސެގޫރޯގެ ހިދުމަތް ވަރަށް ބޮޑަށް ފާހަގަކުރި އެވެ.

ޚަދީޖާ ބުނިގޮތުގައި އަލިފާނުގެ ހާދިސާގައި އޭނާގެ ގެއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގައި އޭނާ އަށް އެއްވެސް ދަތިކަމަކާ ކުރިމަތިލާކަށް ނުޖެހެ އެވެ. ސަބަބަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސެގޫރޯގެ ފަރާތުން މިކަމުގައި ލިބުނު އެއްބާރުލުން ކަމަށް ޚަދީޖާ ބުންޏެވެ.

"އަލިފާނުގެ ހާދިސާ ހިނގުމާއެކު އަޅުގަނޑު ސެގޫރޯ އަށް ގުޅުމުން ވަގުތުން މިކަމަށް އެޓެންޑުކޮށް އިންޝުއަރެންސް ކުންފުންޏާއި ކުރަން ޖެހޭ ހުރިހާ މުއާމަލާތެއްކޮށް ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔެކިއުމެއް ތައްޔާރުކުރުމުގައި އަޅުގަނޑަށް އެހީވެ ހެދިން. އަދި އެ ކުންފުނީގެ އެހީގެ ސަބަބުން މާގިނަ ދުވަސްތަކެއް ނުނަގާ އަޅުގަނޑަށް ބަދަލު ލިބުނު. ތެދުތެދަށް ބުނަނީ ނަމަ އިންޝުއަރެންސް ކުންފުންޏަށް އަޅުގަނޑު ހަމައެކަނި ވަނީ ބަދަލުގެ ފައިސާ ނަގަން،" ޚަދީޖާ ބުންޏެވެ.

"އަޅުގަނޑު ސެގޫރޯ މެދުވެރިކޮން އިންޝުއާ ކުރީ ރައްޓެއްސަކު ބުނެގެން، އޭރު އިންޝުއަރެންސް ބުރޯކަރެއް މެދުވެރިކޮށް އިންޝުއަރެންސް ހެއްދުމުގެ މުހިންމުކަން އަޅުގަނޑަކަށް ނޭނގޭ. އެކަމަކު މިއަދު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއް ކުރިޔަސް އެކަމެއްގެ ފަންނީ މީހުންގެ އެހީ ހޯދުމަކީ ވަރަށް މުހިންމުކަމެއް. މި ފުރުސަތުގައި ސެގޫރޯގެ މުޅި ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން."

ސެގޫރޯ އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ އަބްދުލް އަޒީޒު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ހިދުމަތް ދިނުމުގައި ފަސް ނުޖެހުމާއި، ކަސްޓަމަރުންނާއި މާކެޓް ރަނގަޅަށް ދެނެގަތުން ކަމަށެވެ. މީގެ އިތުރުން، ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ވަރުގަދަ ޒުވާން ޓީމެއް ސެގޫރޯގައި އޮތުމަކީ ވެސް ކުންފުނީގެ ކުރިއެރުމުގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަޒީޒު ވިދާޅުވިގޮތުގައި ސެގޫރޯގެ އުންމީދަކީ އިންޝުއަރެންސްގެ މާހައުލަކީ ކަސްޓަމަރުންނަށް އިތުބާރުހިފޭ ފަސޭހަ އަހުލުވެރި މާހައުލަކަށް ހެދުމެވެ.

ސެގޫރޯއާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީިގެ ވެބްސައިޓް seguroinsurance.net މެދުވެރިކޮށް މައުލޫމާތު ލިބޭނެ އެވެ.

1 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 21%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހިމް

30 October 2020

މެޑިކަލް ޑޮކިޔުމެންޓްސް ހުށަހަޅައިގެން އުޅޭތާ އަހަރެއްވަން ކައިރި ވަނި ހަބަރެއް ދަބަރެއް ނުވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454