ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޔޫތު މިނިސްޓަރު އިރުތިޝާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޔޫތު މިނިސްޓްރީ
01 ނޮވެމްބަރ 2016 - 17:35
މި އަހަރުގެ ޒުވާނުންގެ އެވޯޑަށް 40 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށާއި މި ފަހަރުގެ އެވޯޑަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާނުންނަށް ދެމުން އަންނަ މި އެވޯޑަށް ކުރިމަތިލުމުގެ ފުުރުސަތު ވަނީ މިިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. އެއީ ތަފާތު 10 ދާއިރާއަކުންނެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ޒުވާނުންގެ އެވޯޑު ދިނުމުގެ މަގުސަދު ހާސިލްވަމުން އަންނަ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން މިނިސްޓަރު ނެންގެވީ ރަށްރަށުގެ ކުރީ ސަފުގައި، ޒުވާނުންގެ އެވޯޑު ލިިިބިފައިވާ މީހުން ހަރަކާތްތެރިވަމުން އައުމެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޒުވާނުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ވިދާޅުވީ ޒުވާނުންގެ އެވޯޑު ދިނުމަށް ހާއްސަ ކޮމެޓީއެއް ނަގާފައިވާ ކަމަށެވެ. އަދި މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އެވޯޑާ ގުޅޭ ހުރިހާ ކަމެއް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޒުވާނުންގެ ދުވަހާ ގުޅުވައިގެން ރަށްރަށާއި މާލެ ސަރަަަހައްދުގައި ވެސް ސްޓޭޖް ޝޯ އާއި އެކި ކުޅިވަރުތައް އޮންނާނެ ކަމަށް ނާއިފް ވިދާޅުވި އެވެ.
ޒުވާނުންނަށް އެވޯޑު ދިނުމަށް ބާއްވާ ހަފުލާ އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެ ޖަލްސާގައި ޒުވާނުންނާ މުހާތަބު ކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ. ޒުވާނުންގެ އެވޯޑު ލިބޭ މީހުންނަށް އެވޯޑާއި ސެޓްފިކެޓާއި 25,000ރ. ގެ ފައިސާގެ އިނާމެއް ދޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮރީ
01 November 2016
ޒުވާނުންގެ ބޮޑު އާބާދީއެއް އޮތްގައުމެއްގަ އެންމެ 40 ހަކަށް މީހުން ކުރިމަތިލީމަ ބުނެދޭ ސްޓޯރީ އަކީ ކޮބާތޯ؟؟
ބޮކުބާޑު
01 November 2016
ޒުވާނުން އޮތް ގައުމެއްގަ 40 މީހުން ކުރިމަތި ލީމަ އެއީ ސަރުކާރަށް އޮތް ހެޔޮފާލެއްބާާ. ނޫނީ މިއަދަދުން ބުނެދޭ އެއްޗަކީ ދައުލަތުން ގެއްލުނު ފައިސާގަ ޖެހުމަށް ޒުވާނުން ހިތްހަމަނުޖެހޭ ވާޙަކަބާ؟؟ ވެންމަސް ވެނަށް ކާންދެން ފުރުސަތުނުދޭނެ ވާހަކަބާ؟