11 ނޮވެމްބަރ 2020 - 11:45
ހއ. ހޯރަފުށީ އެއާޕޯޓަށް މި މަހު 16 ގައި ޓެސްޓު ފްލައިޓް ޖައްސައި 17 ގައި ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތްކުރި އެމްޓީސީސީން އެ މަސައްކަތް ނިންމައި މި މަހު 6 ގައި ހަވާލުކުރާނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ނިންމައި ތަނުގެ އިންސްޕެކްޝަން މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މަހު 16 ގައި ޓެސްޓު ފްލައިޓު ޖައްސައި މި މަހު 17 ގައި އެއާޕޯޓު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ޓާގެޓަކީ ރައީސް ހުވާކުރެއްވި ދުވަސް، ދެން ސޯޅައިގަ ޓެސްޓު ފްލައިޓު ޖެއްސޭތޯ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް ދަނީ،" އޭނާ ވިދާޅުވި އެވެ.
ހޯރަފުށީ އެއާޕޯޓު ހުޅުވުމެ ރަސްމިއްޔާތައް ރަށުގައި ހަދާފައިިވާ ތަނެއް. -- ފޮޓޯ: ސޯޝަލް މީޑިއާ
ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އެ ރަށުގައި ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއާޕޯޓް އަޅަން ފަޅުން ހިއްކި ސަަރަހައްދުގައި ގަސް އިންދައި، އެއާޕޯޓް ސަރަހައްދުގައި ނުނިމި ހުރި މަސައްކަތްކުރުމުގައި ރަށުގެ ރައްޔިތުން އަންނަނީ ބައިވެރިވަމުންނެވެ.
ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯރަފުށީގައި އެއާޕޯޓް ހަދަން ނިންމީ އެ ރަށުގެ އުތުރުން އެއް ފަޅެއްގައި އޮންނަ މާފިނޮޅާ އެކު ބިން ހިއްކައިގެންނެވެ. ނަމަވެސް މި ސަރުކާރުން އެއާޕޯޓް ހެދީ ރަށުގެ ދެކުނުން ފަޅު ހިއްކައިގެން އެތަނުގަ އެވެ. ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ހަދައި ހުޅުވައި ފުރަތަމަ އެއާޕޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ123
11 November 2020
މިސަރުކާރަށް ތަރައްގީގެ އެއްވެސް ޕޮރޮޖެކްޓެއް ނުހިންގުނީސް މަހާޖައްރާފު ނެތްނަމަ.
ކިނބޫ
11 November 2020
ޝުކުރިއްޔާ ރައީސް ޔާމީން! ލަގޮނޑީގަ ހިލަ ބަނދެގެންނަމަވެސް މި ކޮމެންޓް ޖަހާލަ ދެއްޗޭ
ފަުރަވެރި
11 November 2020
މިއީ ހުވަހަންދޫގަ އަޅަންކީ އެއަރޕޯރޓް ދަމުން ދަމުން ގޮސް ބޭރި ނާރާ ހިސާބުގަ
ނޫރު
11 November 2020
ހޯރަފުށީ ދާއިރާގެ މެންބަރަކީ ފަސްމީރު ކުރިރުކެއް. މަޖިލިހުގަވެސް އިން އެއްމެ ގާބިލު މެންބަރ. ދާއިރާ ޗާޓުން ގެއްލިފަ އޮންވާ އެމަނިކުފާނު ގެ ބުރަމަސައްކަތުން ދައިރާ ނަގާ ކޮޅަށް ޖަހައިދީފި. އުލިގަމް ތުރާކުނު ރަށްއިތުންނަށް ހިނިތުން ވުން ގެނެސްދީފި.
ލޮލީޖށ
11 November 2020
ދެން ކިޔާނެ ދަރަނި ބޮޑުވަނީއޭ. މިކަހަލަ ވިސްނުން ހުންނަ މީހުން އުޅޭ ގައުމުތައް ދަރާ ވިކޭނޯ
ޝޮކްތެރަޕީ
11 November 2020
މިހުރިހާ އެޔާޕޯޓްތައް އަޅަނީ އިންޑިޔާގެ އެދުމަ. ވަކި ކުންފުންޏެ ހަދާފަ އިންޑިޔާއިން ހިއްސާގަންނަނީ. އަސްކަރީ ޕްލޭނެއްގެ ދަޝުން މިހުރިހާ ކަމެއްކޮއް ނިމްމާލަނީ. ހުރިހާ ފައިދާއެއް އިންޑިޔާއަ ދިވެހިން ލޯނުގެ ދަންތޫރާގަ. ހުރިހާ ދެރައެއް ޤައުމުގެ މިނިވަންކަމައް
މާނު
11 November 2020
މި ސަރުކާރުން ތަރަށްގީކުރި ފުރަތަމަ އެއާރފޯޓް. ވަރަށް ސުފީޑް ގަ ނިންމައިލަފި. ސުކުރިއްޔާ ރައީސް ސޯލިހު ސަރުކާރަށް.
ރަށްއިތުމީހާ
11 November 2020
ރައީސް ސޯލިހު ގައުމް އާރާސްތް ކުރަންވަމުން ގެންދަވަނީ ފަތުއަޑް ކިޔާފަ. ރައީސް ޔާމީން ގައުމް ފަނާކުރީ ރަށްއިތުންނަށް އަނިޔާކުރީ ބައިތުލްމާލު ހުސްކޮށްލީ.
ނަޖުދާ
11 November 2020
މީހުނަށް މަލާމާތްވެސް ކުރަން ހައްދެއް އޮންނާނެ. ތިވަރު ބޮޑު. ހެޔޮނުވާނެނު.
އާރީ
11 November 2020
ރައީސް ސޯލިހަކީ ރަނުންރަނަށް ވައުދު ފުއްދާ ރައީސްއެއް. އެކަމްގެ ލާމަސީލު މިސާލެއް ހޯރަފުށީ އެއާރފޯޓް ދެއަހަރު ތެރޭ ނިންމާ ރަށްއިތުން ނަށް ހިދުމަތް ދޭން ފެށުމަކީ..
ހޯރަފުށީ ދާއިރާ
11 November 2020
ސުކުރިއްޔާ ރައީސް ސޯލިހު. ސުކުރިއްޔާ ރައީސް ނަސީދު. ސުކުރިއްޔާ ދާއިރާ ގެ ހީވާގި ގާބިލު އިއްޒަތްތެރި މެންބަރ އަހުމަދު ސަލީމް.