ރިޕޯޓް / އެލައިޑް އިންޝުއަރެންސް

ވިޔަފާރިތަކަށް ހެލްތު އިންޝުއަރަންސް

25 ނޮވެމްބަރ 2020 - 12:23

1 comments

"ހެލްތު އިންޝުއަރަންސް" އަކީ ކޮންމެ ކުންފުންޏެއްގެ މަސައްކަތްތެރިންނަށް ވެސް މުހިންމު އަދި މިއަދު ވަޒީފާގެ އެއްބަސްވުމާ އެކު ހިމެނުން ލާޒިމް އެއްޗެއްގެ ގޮތުގައި ބެލެވިފައިވާ ޚިދުމަތެކެވެ. އެގޮތުން، ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އެންމެ ޖީބަށް ލުއި ފައިދާހުރި ޕްލޭނެއްގެ މައުލޫމާތު އަލަށް ހޯދާ ނަމަ ފުރަތަމަވެސް ކުރެވޭ ސުވާލަކީ؛ "މުވައްޒަފުންނަށް ހެލްތް އިންޝުއަރަންސް ފޯރުކޮށްދޭން ކިހާ ފައިސާއެއް ޚަރަދު ވާނެ ހެއްޔެވެ؟"

ގުރޫޕް ހެލްތު އިންޝުއަރަންސް އަކީ ކޮބާ؟

ގުރޫޕް ހެލްތު އިންޝުއަރަންސަކީ ކުންފުންޏަކުން އެތަނެއްގެ މުވައްޒަފުންނާއި މުވައްޒަފުންގެ "އިމީޑިއޭޓް ފެމެލީ" މެމްބަރުންގެ ސިއްހީ ފަރުވާގެ ހަރަދުތައް ކަވަރުކުރުމަށް ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް ގަންނަ އިންޝުއަރަންސް ހިދުމަތަކަށް ކިޔާ ނަމެވެ. "އިމީޑިއޭޓް ފެމެލީ" ގައި މާނަކުރާނީ އާއްމު ގޮތެއްގައި އަނބިންނާއި ދަރިން އެކަންޏެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ދިވެހި ރާއްޖޭގެ އިންޝުއަރަންސް މާކެޓުގައި ޖުމްލަ ގޮތެއްގައި މިފަދަ އިންޝުއަރަންސެއް ނެގުމަށް ކުންފުނިތަކުން މުވައްޒަފަކަށް ހޭދަކޮށްފައި ވަނީ އަހަރަކަށް 3500ރ. އެވެ. މި އަދަދު ހޭދަކޮށްގެން އަހަރަކަށް 150،000ރ.ގެ ލިމިޓަކާ ހަމައަށް މުވައްޒަފުގެ ސިއްހީ ހަރަދުތައް އިންޝުއަރަންސްގެ ތެރެއިން ކުންފުނިތަކުން ބަލަހައްޓާފައިވެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 200 މުވައްޒަފުން ހިމެނޭ ކުންފުންޏެއްގެ ގުރޫޕް ހެލްތު އިންޝުއަރަންސް ޕްލޭނެއް މެދުވެރިކޮށް ސިއްހީ ހަރަދުތައް ޔަގީންކުރުމަށް ކުންފުނިން ކޮންމެ މުވައްޒަފަކަށް 3500ރ. ހޭދަކުރާ އިރު ވަކި ވަކި ފަރުދުންގެ ހާއްސަ ހެލްތު އިންޝުއަރަންސްގެ އަގުހުރީ މީހަކަށް އަހަރަކު 11241ރ. ގައެވެ. މިހެންކަމުން ކުންފުނިތަކުން މުވައްޒަފުންގެ ހެލްތު އިންޝުއަރަންސް ހަމަޖައްސައިދިނުމަކީ ހުރިހާ ފަރާތަކަށް ވެސް މިޚިދުމަތް އަގުހެޔޮ ވެގެން ދާނޭ ކަމެއްކަން ސާބިތުވެއެވެ.

ގުރޫޕް ހެލްތު އިންޝުއަރަންސްގެ އަގުތައް ބޮޑު ވަނީ ކީއްވެ؟

އާންމު ގޮތެއްގައި ގްރޫޕް ހެލްތު އިންޝުއަރަންސްގައި ކޮންމެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ޕްރިމިއަމް ރޭޓް އަހަރުން އަހަރަށް އިތުރުވެއެވެ. ސަބަބަކީ އިންޝުއަރަންސް މަސައްކަތްކުރާ ގޮތަށް ބަލާއިރު، އިންޝުއަރަންސްގެ ޕްރިމިއަމް ރޭޓް ކަނޑައަޅާނީ ފާއިތުވެ ދިޔަ އަހަރުގެ ކްލެއިމް އަދަދުތަކަށް ބެލުމަށް ފަހު ކަމުގައި ވާތީ އެވެ. ހެލްތު އިންޝުއަރަންސް ކާރޑް ލިބުމުން މުވައްޒަފުން ސިއްހީ ހިދުމަތް ހޯދާ މިންވަރު އިތުރުވެއެވެ. މިކަމުގެ ސަބަބުން ކުންފުނިތަކުގެ އެޗްއާރް މެނޭޖަރުންނަށް އިންޝުއަރަންސް ޕޮލިސީ އާ ކުރުމުގައި ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ. އެއީ ކުންފުނިތަކުން އާ އަހަރަށް ހަދާ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ވުރެ މުވައްޒަފުންގެ ގްރޫޕް އިންޝުއަރަންސަށް ހޭދަކުރަންޖެހޭ މިންވަރު އިތުރުވެގެން ދާތީ އެވެ. މިއީ ކޮންޓްރޯލް ނުކުރެވޭނެ އަގުތަކެއް ކަމުގައި ވީނަމަވެސް ޕްރިމިއމް ރޭޓްތައް ތިރިކޮށް ކްލެއިމް މަދުކުރުމަށް ކުރެވިދާނެ ކަންތައްތައް ހުރެއެވެ.

ގުރޫޕް ހެލްތު އިންޝުއަރަންސްގެ އަގުތައް ހިފެހެއްޓުމަށް ކުރެވިދާނެ ކަންކަން؟

ތިރީގައި ބަޔާންކުރެވިފައިވާ ކަންކަމަކީ ހެލްތު އިންޝުއަރަންސްގެ އަގު ކަނޑައެޅުމުގައި އިންޝުއަރަންސް ކުންފުނިތަކުން ބަލާ ކަންތައްތަކެވެ.

- އިންޝުއަރަންސް ހިދުމަތް ދޭ ފަރާތް - ހިޔާރުކުރައްވާ އިންޝުއަރަންސްގެ ބާވަތް - ޕްލޭނުގައި ހިމެނޭ ރަޖިސްޓްރީ ކުރެވިފައިވާ ސިއްހީ ހިދުމަތްދޭ ތަންތަން - އިންޝުއަރަންސް ޕްލޭނުގެ ސިފަތައް (މިސާލު: ޑިޑަކްޓިބަލް، ކޯ-ޕޭމަންޓް އަދަދު ފަދަ ކަންކަން) - މަސައްކަތްތެރިންގެ އުމުރު (މިއީ ރިސްކް ޕޫލް ހޯދުމަށް އެއްކުރާ މައުލޫމާތެއް. ރިސްކް ޕޫލްގެ ގޮތުގައި ބެލެވެނީ އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑު ފަރާތްތައް. ކުންފުންޏެއްގެ މަސައްކަތްތެރިންގެ ތެރޭގައި ރިސްކް ޕޫލްގެ ގޮތުގައި ބެލޭވޭ އިންސައްތަ އިތުރު ނަމަ މިއީ ޕްރިމިއަމް ބޮޑު ވެދާނެ ސަބަބެއް) - ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކްލެއިމް ބެލެހެއްޓުން

އެލައިޑުން ހެލްތު އިންޝުއަރަންސް ކްލެއިމްކުރުން އޮންލައިންކޮށް

އެލައިޑް ގްރޫޕް ހެލްތް އިންޝުއަރަންސް ފޯރުކޮށްދެމުން އަންނަނީ ރާއްޖޭގެ އެންމެ ފުރަތަމަ ޑިޖިޓަލް ހެލްތު ކްލައިމް ހިދުމަތާއި އެކުގަ އެވެ. އެގޮތުން އެލައިޑް ހެލްތު އިންޝުއަރަންސް ނަގާފައިވާ ކުންފުންޏެއްގެ މުވައްޒަފެއް ނަމަ، އެލައިޑް އޮންލައިން ޕޯޓަލް މެދުވެރިކޮށް އަމިއްލަ އަށް ކްލެއިމް ހުށައެޅުމާއި ހުށައަޅާފައިވާ ކްލެއިމް ރިކުއެސްޓްތަކުގެ ސްޓޭޓަސް ބޭނުން އިރަކު ބަލާލެވެއެވެ. ކުރިއާ ހިލާފަށް މިހާރު ކުންފުނިތަކުގެ އެޗްއާރު މެނޭޖަރުން ކުރަންޖެހޭ މަސައްކަތް ބޮޑު ތަނުން ކުޑަ ވެއްޖެ އެވެ. ކުރިން ނަމަ ހުރިހާ މުވައްޒަފުންގެ މިފަދަ ރިކުއެސްޓުތައް ފުރިހަމަކުރުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުން ހަމަކޮށް، ރީއިމްބާސްމަންޓް ފޯމު ފުރާ، މުވައްޒަފުންނަށް ކްލެއިމް ފައިސާ ހޯދާދިނުމަށް ހޭދަވާ މުއްދަތު މަސްދުވަހަށް ވުރެ ގިނަވެގެންދެއެވެ.

އަމިއްލަ އަށް ކްލެއިމް ކުރާ އުސޫލާ އެކު މުވައްޒަފުންނަށް ބޭސްފަރުވާގެ ހަރަދުތަކާ މެދު ހޭލުންތެރިކަން އިތުރުވެގެންދާނެ އެވެ. މެޑިކަލް ސެޓްފިކެޓެއް ހައްދާލުމުގެ ނިޔަތުގައި ހޮސްޕިޓަލަށް ދާ ފަރާތްތަކަށް މިފަދަ މައުލޫމާތު އިނގޭ މިންވަރަކުން މިކަހަލަ ނޭދެވޭ ކަންކަމުން ދުރުހެލިވުމުން، ކުންފުނިން ޕްރިމިއަމް ދެއްކުމަށް ހޭދަކުރާ މިންވަރު ދަށްވެއެވެ. ކްލެއިމް ކުރާ އަދަދުތައް ތިރިކުރާ މިންވަރަކުން ގުރޫޕް ހެލްތު އިންޝުއަރަންސް އަހަރުން އަހަރަށް މައްޗަށް ދިއުން ދަށްކުރެވިދާނެއޭ ބުނެވެނީ މި ދެންނެވި ސަބަބާ ހެދިއެވެ.

އިންޝުއަރަންސްގެ ޚަރަދުތައް ކުޑަކުރެވޭނެ

މިއަދުގެ މަސައްކަތުގެ މައިދާނުގައި ކުންފުނިތަކުން ހެލްތު އިންޝުއަރަންސް ފޯރުކޮށްދިނުމަށް ކޮންމެ މަސައްކަތްތެރިއަކު ވެސް އުއްމީދު ކުރާއިރު، މިއީ ކުދި ވިޔަފާރިތަކަށް ބޮޑު ހަރަދެއްގެ ގޮތުގައި ބެލެވިފައިވާ ކަމެކެވެ. މި ހަރަދު ކުޑަ ކުރެވޭނެ މަދު ގޮތްތަކެއް ކަނޑައެޅިފައި ވާއިރު، އޮންލައިންކޮށް ކްލެއިމް ކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ފަހިކޮށްދިނުމުން އަމިއްލަ ހަރަދުތަކާ މެދު ޒިންމާދާރުވުމަށް ދަސްކޮށްދެވެއެވެ.

މިހާރުގެ މަސައްކަތްތެރިން ހަމަ ގައިމު ވެސް ބަލައިގަންނާނެ މި ފަސޭހައަކީ އެ މީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅި އާ ގުޅޭގޮތުން އިންޝުއަރަންސް ޕްލޭންގެ ކަންކަން ވެސް ބެލެހެއްޓުމަށް ދެވޭ ބާރުވެރި ކަމެކެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޯނު އެދުރ

25 November 2020

ސައިކަލް އިންސުއަރެންސް ގޮތަށް ތި އިންސުއަރެންސަކީ ދިވެހިންނަށް ބޭކާރު އިންސުއަރެންސްއެއް. އާސަންދައިން ކަވަރ ކުރާވަރަށްވުރެ ބޮޑަށް ކަވަރ ކުރާ އެއްވެސް އިންސުއަރެންސްއެއް ނުހުންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454