ފިނޭންސުގެ ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ބައިވެރިން-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
30 ނޮވެމްބަރ 2020 - 20:18
ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓިން ދާއިރާގައި ހަރަކާތްތެރިވާ އިންޓާނަލް އޮޑިޓަރުންނަށް ހާއްސަ ޓްރޭނިން ޕްރޮގްރާމެއް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.
މި ޕްރޮގްރާމުގެ ދަށުން ބޭއްވި ފުރަތަމަ ބެޗުގެ ޓްރެއިނިން މިނިސްޓްރީން މިހާރު ވަނީ ނިންމާލައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ އިންޓާނަލް އޮޑިޓެއް ޕްލޭންކުރާނެ ގޮތާއި، ރިސްކުތައް ދެނެގަންނާނެގޮތާއި، އޮޑިޓްގެ ފީލްޑްވާކް ކުރިއަށް ގެންދާނެގޮތާއި، އޮޑިޓްގެ މަސައްކަތުގައި ވިސްނުން ބަހައްޓަންޖެހޭނެގޮތާއި، އޮޑިޓް ރިޕޯޓް ލިޔުމުގައި ސަމާލުވާންޖެހޭ ކަންތައްތައް ބަޔާންކޮށް މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމުގެ ގޮތުން ހިންގާ ޓްރެއިނިން ޕްރޮގްރާމެއް ކަމަށެވެ.
- ޕްލޭނިން އެންޑް ރިސްކް އެސެސްމަންޓް- އޮފީސް ޓުއާ
- ކްރިޓިކަލް ތިންކިން އެންޑް ޕްރޮފެޝަނަލް ސްކެޕްޓިސިޒަމް
- އޮޑިޓް އެގްޒެކިއުޝަން އެންޑް ފީލްޑްވާކް
- އިންޓަނޭޝަނަލް ޕަބްލިކް ޕްރެކްޓިސް ފްރޭމްވާކް
- އޮޑިޓް ރިޕޯޓް ރައިޓިން
ފަނަރަ ގަޑިއިރަށް ކުރިއަށް ގެންދާ މި ޓްރޭނިންގައި ހަތް ބެޗެއް ތަމްރީން ކުރާނެ އެވެ. ފުރަތަމަ ބެޗުގެ ޓްރެއިނިން ނިމްިފައިވާއިރު މިހާރު ކުރިއަށްދަނީ ދެވަނަ ބެޗުގެ ޓްރެއިނިން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy