ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ޒުވާން ކުޅުންތެރިންނާ އެކު ޓީސީ ގޮވައިގެން ޝާޒް ޗެލެންޖަކަށް

ޓީސީ ޕްރެކްޓިހުގެ ތެރެއިން އެ ޓީމުގެ ކޯޗު ޝާޒް (މ): މި ސީޒަނުގައި ތަށްޓެއް ހޯދަން ޓާގެޓްކުރާ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ޑިސެމްބަރު މަހު ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ހަވާލުވިއިރު، އެ ޓީމު އޮތީ އޭއެފްސީ ކަޕްގައި ވާދަކުރަން ވަރަށް ވަރުގަދަ ސްކޮޑެއް އެކުލަވާލައިފަ އެވެ. ސީނިއާ އަދި މަޝްހޫރު ކުޅުންތެރިންނާ އެކު އޮތް ޓީސީގެ އެ ސްކޮޑު މިހާރު ނެތެވެ. ކޮވިޑް-19 އާ ހެދި އޭއެފްސީ ކަޕްގެ މިދިޔަ ސީޒަންގެ މުބާރާތް ކެންސަލްކުރުމުންނާއި މާލީ ގޮތުން އެންމެ އެކަށޭނެ ސްކޮޑެއް އެކުލަވާލުމުގެ ވިސްނުމުގައި ޓީސީން މި ސީޒަނަށް އެކުލަވާލީ ނިސްބަތުން ޒުވާން ސްކޮޑެކެވެ. ޝާޒް ދެކެނީ މިއީ އޭނާ ޓީސީ އާއި ދިވެހި ފުޓްބޯޅަ އަށް ޓަކައި ނަގާ ރަނގަޅު ޗެލެންޖެއްގެ ގޮތުގަ އެވެ.

ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީގައި މަސައްކަތްކުރި ޝާޒް ބުނީ ދިގު ސީޒަނަކަށް ނުކުންނައިރު ޓީމު އެލުލެވިފައި އޮންނަނީ އާންމު ގޮތެއްގައި ސީނިއާ ޕްލޭޔަރުންނާއި ފޮރިން ޕްލޭޔަރުންނާއި އަދި ރަނގަޅު ޖޫނިއާ ޕްލޭޔަރުން މަސްހުނިކޮށް އޮންނަ ސްކޮޑެއް ކަމަށެވެ. އެހެން ނަމަވެސް މި ވަގުތު ޓީސީގައި ބޮޑަށް އޮތީ ޖޫނިއާ ސްކޮޑެއް ކަަމަށާއި އޭނާ އެކަން ދެކެނީ ޕޮޒިޓިވް ވިސްނުމެއްގައި ކަމަށް ޝާޒް ބުންޏެވެ.

"މިއީ ވަރަށް ބޮޑު ޗެލެންޖެއް. ޔޫތު ވަރަށް ގިނަ ޕްލޭޔަރުން ލައިގެން ޕްރިމިއާ ލީގުގައި ވާދަކުރަން ނުކުތުމަކީ ވަރަށް ބޮޑު ޗެލެންޖެއް. ސީނިއާ އެ އެކްސްޕީރިއަންސް ޕްލޭޔަރުން ނެތްތަން ދެއްކުމުގެ ފުރުސަތު އޮންނާނެ. ވަރަށް ބޮޑު އުއްމީދެއް އެބައޮތް އެ ޔަންގް ޕްލޭޔަރުންގެ ފަރާތުން ވަރަށް ރަނގަޅު ޕާފޯމަންސެއް ފެނިގެންދާނެ ކަމަށް،" 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ސާފް މުބާރާތުގެ ލޯ މެޑަލް ހޯދައިދިން ޝާޒް ބުންޏެވެ.

"ޗެލެންޖަށް ކުރިމަތިލާއިރު މިއީ އާ ކަމެއް. ރާއްޖޭގެ ފުޓްބޯޅަ އަށް ރަނގަޅު ހުނަރުވެރި ކުޅުންތެރިން ހަމަގައިމު ވެސް ޓީސީން ފެނިގެންދާނެ. އެއީ ހިތްހަމަޖެހުމެއް."

ޓީސީގެ ޕްރެކްޓިހުގެ ތެރެއިން އެ ޓީމުގެ ބައެއް ކުޅުންތެރިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ މެނޭޖްމަންޓުގެ ޓާގެޓަކީ ދަށް ވެގެން ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި އޮތުމެވެ. ޓީމުގެ ކުޅުންތެރިންނަށް އޮތް އިތުބާރާއި ޔަގީންކަމާ އެކު ޝާޒް އަމާޒުހިފާފައިހުރީ ސީޒަނުގައި ތަށްޓެއް ހޯދުމަށެވެ.

ޝާޒް ބުނީ މި ފަހަރުގެ ސީޒަނުގެ ތައްޔާރީތަކަށް ބަލާއިރު ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ ގޮތަށް މަޝްހޫރު ކުޅުންތެރިންނާ އެކު ދެތިން ޓީމެއް އެބައޮތް ކަމަށެވެ. އޭނާ ބުނީ ޓީމުތަކަށް ކުޅުންތެރިން ބެހިގެންދިޔަ ގޮތަށާއި ޓީމުތަކުގެ ކޯޗުންނަށް ބަލާއިރު ކުރިއަށް މި އޮތީ ފޯރިގަދަ ސީޒަނެއް ކަމަށެވެ.

"ރާއްޖޭގައި ތިބި ކޯޗުންނަށް ބަލާލާއިރު ލިބޭ ޓީމަކާ އެއްކޮށް މެކްސިމަމް ނެރެވޭވަރުގެ ކޯޗުން މިހާރު ރާއްޖޭގައި ޕާފޯމް މިކުރަނީ. ޖުމްލަކޮށް ބަލާއިރު ވަރަށް ބަލާލާހިތްވާ ފޯރިގަދަ އަދި ވާދަވެރި ސީޒަނަކަށްވާނެ،" ޝާޒް ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ހުނަރު ސަރަހައްދަށް ބަލާއިރު ވެސް ތަފާތު ކަމަށާއި ފުރަތަމަ ޑިވިޝަނުގައި އަށް ޓީމަށް ވުރެން ގިނައިން އޮތް ކަމުގައި ވިޔަސް އެ ޓީމުގައި ކުޅެވޭނެ ފެންވަރު ރަނގަޅު ކުޅުންތެރިން ވެސް ތިބޭނެ ކަމަށް ޝާޒް ބުންޏެވެ. އުއްމީދަކީ ކުރިއަށް އޮތްތަނުގައި ފުރަތަމަ ޑިިވިޝަނުގައި އަށް ކްލަބަށް ވުރެ ގިނަ ޓީމު ކުޅުން ކަމަށާއި އޭގެ ފައިދާ ދިވެހި ފުޓްބޯޅަ އަށް ބޮޑު ކަމަށް ޝާޒް ބުންޏެވެ.

ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް ބުނީ ޕްރީ ސީޒަނަށް މި ލިބުނު މުއްދަތުގައި ޕްރެކްޓިސްތައް ދިޔަ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެން ޓީސީގެ ކުޅުންތެރިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ޖުމްލަކޮށް ބަލާއިރު ޒުވާން ކުޅުންތެރިން މި ފަހަރުގެ ޓީމުގައި ގިނަ ނަމަވެސް މެނޭޖްމަންޓާއި ކޯޗުގެ ޓާގެޓާ އެކު ކުރިއަށް ދެވޭނެ ކަމަށް އައްޒާމް ގަބޫލުކުރެ އެވެ.

ލީގު ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދި ޓީސީ މި ފަަހަރުގެ ސީޒަން ފަށާނީ އާދިއްތަ ދުވަހު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

11 December 2020

ދިވެހި ފުޓްބޯޅަ ހަލާކު ކޮށްލީ ސީދާ އެފްއޭއެމްގަ މިހާރު އޮތް މެނޭޖްމަންޓްން. މުސާރަ ނުދެއޭ ކިޔާގެން ނިއު އާއި ވިކުޓްރީ ސަސްފެންޑްކުރީ. އޭރު މުސާރަ ބަރާބަރަށް ދޭ އެއްވެސް ޓީމެއް ނޫޅޭ. ހާންސަ ކޮށް ނިއުއަށް ޖަންސާލީ ވާދަވެރި ކުލަބުތަކުގެ ބައިވެރިވުން އޮވެގެން. އެފްއޭއެމުން ނިއުގެ ބޭރުކުޅުންތެރިން ނަށް ގުޅާ މުސާރަނުދިންފިންޔާ ފީފާއަށް މަންސަލަ ޖަންސާސޭ ތިމަންނާ މެން ސަފޯޓްދޭނަމޭކީ. ލަދު ކޮބާ މި މީހުންނަށް އުމްރު ދުވަހު ތިބެވޭނެ ބާ ބޭނުންވާ ކުލަބުތައް ލައިގެން ދަށުންދަމާ ކުޅެ ކުޅެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454