16 ޑިސެމްބަރ 2020 - 14:18
އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ މެރިޓް އެވޯޑް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) އަށް ލިބިވަޑައިގެންފި އެވެ.
އޭޝިއާގެ ކުޅިވަރަށް ފާހަގަކުރެވޭ ފަދަ ހިދުމަތްތަކެއް ކުރާ މީހުންނަށް އޭޝިއާގެ އޮލިމްޕިކުގެ އެންމެ މަތީ ޖަމިއްޔާ އިން ދޭ މި ޝަރަފް މީގެ ކުރިން ލިބިވަޑައިގެންނެވި ދިވެއްސަކީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލެވެ.
އޮމާނުގައި މިހާރު ކުރިއަށްދާ އޯސީއޭގެ އަހަރީ އާއްމު ޖަލްސާގައި އެވޯޑް ހާސިލްކުރެއްވުމަށް ފަހު މަރުޒޫގު ވިދާޅުވީ މި ފަހުރުވެރިކަމާއި، ޝަރަފްވެރި އެވޯޑް ރާއްޖޭގެ ކުޅިވަރު އާއިލާ އަށް، ވަކިން ހާއްސަކޮށް ހުރިހާ އެތުލީޓުންނަށް ހާއްސަކުރުމުގެ ޝަރަފް ލިބިގަންނަ ކަމަށެވެ.
"އަޅުގަނޑުގެ މި ދަތުރުގައި އެހީތެރިވެ އަދި އެއްބާރުލުން ދެއްވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އޭނާ ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 2009 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި މަރުޒޫގު މިހާރު ފުރުއްވަމުން އަންނަނީ ތިން ވަނަ ދައުރެވެ.
މިއަދުގެ އަހަރީ އާއްމު ޖަލްސާގައި މަރުޒޫގު އަށް އެވޯޑް ދެނީ.
ކުރެހިފައިވާ ޕްލޭނެއްގެ ދަށުން ގޭމްސްތަކުގައި ބައިވެރިވުމާއި ރޭވިފައިވާ ތަމްރީން ފުރުސަތުތައް އެތުލީޓުންނަށް ދޭން ފެށި 2009 ވަނަ އަހަރު އިންތިހާބުވި އޮލިމްޕިކް ކޮމިޓީއާ އެކު ކަމެވެ. އެ ކޮމިޓީގެ ފަރާތުން އެ މަސައްކަތުގެ އާރުކާޓީ އަކީ މަރުޒޫގެވެ. އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖޭން މެޑަލްތަކަށް އަމާޒުކޮށްގެން ގޭމްސްތަކަށް ދާން ފެށުމެވެ. އެގޮތުން މިދިޔަ ދެ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.
ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދާފައިވާ ހަސަން ސާއިދު ޖެމެއިކާގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރަށް ފޮނުވީ މަރުޒޫގު އިސްކޮށް ހުންނަވައި ރޭވި ޕްރޮގްރާމެއްގެ ދަށުންނެވެ.
މަރުޒޫގު އެންމެ ފުރަތަމަ ފާހަގަކުރެވުނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި އައިލެންޑް ފުޓްބޯލް ކްލަން (އައިއެފްސީ) އަށް ކުޅުއްވައިފަ އެވެ. އޭގެ ފަހުން ވިޔަންސާގެ ވަގުތީ ކޯޗަކަށް ވެސް މަސައްކަތްކުރި އެވެ. އަދި އޮލިމްޕިކް ކޮމިޓީގެ މަގާމަށް އިންތިހާބުވުމުގެ ކުރިން ވިކްޓްރީގެ ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
17 December 2020
އެއީ ފޮނިކަންޑައިގެން ލިބޭއެއްޗެއްތަ؟
އަހްމަދު ރައްޒާގު ދުވެލި
17 December 2020
މީނަމިއީ ދެން ކާކުތަ! ތިޔަ ތަނުން ވަކިކުރަން އުޅޭ!
ޙުސެންރެފްރީ11111111111
17 December 2020
މީހެއްގެ މުޅިއުމުރު ބެހެއްޓީމަ މެޑެލްވެސް ލިބޭނެ، ތަންކޮޅެއް ބޮޑުވަރު.
ރަދީފްއޮފިޝިއަލް
16 December 2020
މަރުހަބާ އަހުމަދު މަރުޒޫގް.