ވިޔަފާރި / މުހައްމަދު ގަސަމް، (އެމްޑީ، އެފްއެސްއެމް)

އެސްޓީއޯ އައިފާނު ބިލްޑިންގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކޮށްފި

އެފްއެސްއެމްގެ އަހަރީ ދުވަހާ ގުޅިގެން ބޭޢްވި ރަސްމިއްޔާތު--ފޮޓޯ:އެފްއެސްއެމް

އެސްޓީއޯ އައިފާނު ބިލްޑިންގުގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކޮށްފި އެވެ.

އެ އިމާރާތުގެ ނަން ބަދަލުކޮށްފައިވަނީ މިއަދު އެފްއެސްއެމްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އެ ހަފްލާގައި އެސްޓީއޯ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއިި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވަނީ އެސްޓީއޯ އައިފާނު ބިލްޑިންގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކޮށް ނަން ބޯޑު އިފްތިތާހް ކޮށްދެއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އަމްރު ވިދާޅުވީ، 20 އަހަރު ދުވަހުގެ ހިދުމަތަކީ ކުރު މުއްދަތެއް ނޫން ކަމަށާއި، މިހާ ގިނަ ދުވަހު މެދުނުކެނޑި މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ތެޔޮ ޑެލިވަރީކޮށް، ރާއްޖޭގެ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނަ ނުދީ ހިފަހައްޓާކަމީ ފަހުރުވެރިވާން ޖެހޭކަމެއް ކަމަށެވެ.

އެ ހަފްލާގައި އެސްޓީއޯއިން ވަނީ އެ ކުންފުނީގެ 8.5 މިލިއަން ލީޓަރު ސްޓޯރޭޖްގެ ތެޔޮ ޓޭންކަރު (އަލިހުރަސް) އެފްއެސްއެމަށް ޓްރާންފާ ކޮށްފަ އެވެ. މިއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ތެޔޮ އުފުލާ ޓޭންކަރެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްގެ 20 އަހަރީ ދުވަހާ ގުޅިގެން ކޭކް ފަޅަނީ--ފޮޓޯ: އެފްއެސްއެމް

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ގަސަމް ވިދާޅުވީ މިދިޔަ އަހަރު ވެގެން ދިޔައީ މިހާތަނަށް އެފްއެސްއެމްއިން އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަށް ކަމަށެވެ. ކޮވިޑާ ގުޅިގެން މި އަހަރަށް ކަނޑައެޅި ލަނޑުދަނޑިތައް ހާސިލް ނުވި ނަމަވެސް އަންނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެސްޓީއޯއާއި އޭރުގެ ވަރަ މޯލްޑިވްސް ހިއްސާވެގެން 2000 ވަނަ އަހަރު އެފްއެސްއެމް ވުޖޫދަށް އައިސްފައިވަނީ އެސްޓީއޯގެ ތެޔޮ ރާއްޖޭގެ ކަންކޮޅުތަކަށް ޑިސްޓްރިބިއުޓް ކުރާ ލޮޖިސްޓިކްސް ކުންފުންޏެއްގެ ގޮތުގަ އެވެ. ނަމަވެސް މިއަދު އެފްއެސްއެމް އަކީ ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރިއަށް ގެންދާ ކުންފުންޏެވެ.

11 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަސް

19 December 2020

ނަންބޯޑު ބަދަލުކުރުމާ ގުޅިގެން، ތި ބިލްޑިންގް ގައި ކުއްޔަށް ތިބި އޮފީސްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދޭނަންތަ؟ އެޑްރެސް ލިޔެފަ ޗާޕްކޮށްފަ ހުންނަ ކޮންމެ ލިޔުމަކުން އައިފާނު ކަނޑާލާ އެފްއެސްއެމް ޖެހުމަކީ ކުޑަ ޚަރަދެއްތަ؟

The name is already taken The name is available. Register?

އުދުހޭ

19 December 2020

އެއޮތީ 3 ބިލިޔަން ޑޮލަރު ޕްރޮޖެކްޓެއް ނިންމާލާފަ. އެފް އެސް އެމް... މިއިން ކޮންމެ އަކުރަކަށް ބިލިޔަނެއް. ކިހިނެތްތޯ މި މެގަޕްރޮޖެކްޓް؟ އަދި މިއައްވުރެ ބޮޑު ޕްރޮޖެކްޓެއް އެބައޮތް ހާމަ ނުކޮށް. އެއީ އެސްޓީއޯ ސުޕަމާޓް. އެތަނަށް ވަންނަ ކަސްޓަމަރުން މަދުވިޔަސް ވަންނަނީ ބޮޑެތި މަހުޖަނުން އަދި ވަންނަ ކޮންމެ ފަހަރަކު މިލިޔަނުން ތަޅާލާ. ކިރިޔާ ކުނިނުވެހުރި ކަންނެލި އަގުހެޔޮކޮށް ބަހައްޓައިފިއްޔާ އަދި އެނިމުނީ...

The name is already taken The name is available. Register?

1828

18 December 2020

މާސިންގާ ބިޔަ ޕްރޮޖެކްޓެއް. ޝުކުރިއްޔާ ސަރުކާރު އަދި އިބްރާހީމް މުޙައްމަދު ސޯލިހް. ދެން އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބު މަތިން އެމްޑީޕީ ހަނދާން ނައްތާލަ. ބޮޑުތަނުން ފެއިލްކޮށްލާނަން އިރާދަކުރެއްވިއްޔަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 December 2020

މޯލްޑިވްސް ގޭސްގައިއޮތް ދައުލަތުގެޙިއްސާވެސް އެފްއެސްއެމްގެދަށަށް ބަދަަަލުކުރާންޖެހޭ. އަދި އެމްޓީސީގެދަށުގައިއޮތް ކާސްޓްރޯލް ބްރޭންޑް ލުބުރިކަންޓްސް އަކީވެސް އެފްއެސްއެމްގެ އެއްޗެއްކަމަށްބަދަލުކޮށް ބްރޭންޑް ކޮންޓްރެކްޓް އެފަރާތަށް ބަދަލުކުރާންޖެހޭ. # ހުޅުލެއާއި ހަނިމާދޫ އަދި ގޭންއެއަރޕޯޓްސް ފިއުލްފާމްތައް 50 އަހަރަށް އެފްއެސްއެމް އާއި ޙަވާލުކޮށް 1 އަހަރު ދުވަހަށް ބޭނުންވާނެ ޖެޓްފިއުލް ރައްކާކުރެވޭނެ ޖާގަހަދާ ސަރައްދުގައި އެންމެއަގޮހެޔޮކޮށް ތެޔޮވިއްކާތަނަކަށްހަދާންޖެހޭ.

The name is already taken The name is available. Register?

ރޯނުއެދުރުގެ އައްޕ

19 December 2020

ބަލަ އެފްއެސްއެ މް އާއި ގޭހަކީވެސް އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނިތަކެއް. އެ މްޓީސީސީއިން ކާސްޓްރޯލް ގެންނަނީ ވިއްކު މުގެ އިތުރަށް ކުންފުނީގެ އުޅަނދުފަހަރުތަކުގައި ބޭނުންކުރަން. އޭތި ވިކު މަކީ ބޯނަހެއް. ދެން އެފްއެސްއެ މް އަކީ ތެޔޮ ޑިސްޓްރިބިއުޓު ކުރާ ކުންފުންޏެށް. ތެޔޮ ގެނެސް ސްޓޯރޭޖް ބަލަހައްޓަނީ ވަކި ޒާތެއްގެ ކަ މަކަށްވާތީ އެސްޓީއޯ. 1 އަހަރުދުވަހުގެ ސްޓޮކު ބަހައްޓަން މީ ހިލޭ ލިބޭ ވާރޭފެން ވިއްޔާ. ތަންދޮރު ނޭނގުނަސް ބޮޑެތި އިކޮނޮ މިސްޓުން

The name is already taken The name is available. Register?

މެގަޕްރޮޖެކްޓް

18 December 2020

2020 އެފްއެސްއެމްގެ އަހަރީ އޮޑިޓް ރިޕޯޓް - އެސްޓީއޯ އައިފާނު ބިލްޑިންގުގެ ނަންބޯޑް އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކުރުމުގެ މެގަ ޕްރޮޖެކްޓް 250 މިލިޔަން ދިވެހިރުފިޔާ. ޒީރޯ ޓޮލަރަންސް

The name is already taken The name is available. Register?

ބަސް

19 December 2020

ނަން ބޯޑެއް ބަދަލުކުރުމަކީ ވަރަށް ކުޑަކަމެއްހެން ހީވެދާނެ. އެއީ ވަރަށް ބޮޑު ޚަރަދެއް. ކުރަންޖެހޭކަމެއް ނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 December 2020

ޤަސަމްއަށް މަރުޙަބާ. މުޅި އިމާރާތަކީ ކުންފުނީގެ ތަނަކަށް ބަދަލުކޮށް މޯލްޑިވިއަންއާއި އެހެން އޮފީސްތަކަށް ނޯޓިސްދީ ބޭރުކުރޭ. # އުއްމީދަކީ ޤަސަމްގެ ދައުރުގައި ކ. ފުނަދޫ ފަދައިން އުތުރުން ކެލާ، އުލިގަމު ނުވަތަ ހަނިމާދޫ ދެކުނުން ލ.އަތޮޅު ހިތަދޫ، މާމެންދޫ ފަދަ ރަށެއްގައި ފޮނަދޫގައި އޮތްފަދަ ސްޓޯރޭޖެއް ހެދުން. # އަދި ހަނިމާދޫގެ އިތުރުން ގޭންއެއަރޕޯޓް ފިއުލްފާމް ތަރައްޤީކޮށް 80 މިލިޔަން ގެލަންގެ ސްޓޯރޭޖެއް ޤާއިމްކޮށް ސަރަހައްދުގައި އެންމެއަގުހެޔޮކޮށް ޖެޓްފިއުލްވިއްކާމީހުނަށްވެގެންދިއުން.

The name is already taken The name is available. Register?

ތެދެއް.

18 December 2020

ވަރަށް ރަނގަޅު ޙިޔާލެއް. މިއީ އެމްޑީޕީ ވެފައިވާ ލާމަރުކަޒު ކުރުމުގެ ވައުދާއި އެއްގޮތރް ޙިޔާލަކަށްވާތީ އެމްޑީ މިކަމަށް އިސްކަން ދެއްވުން ރަނގަޅު.ތި ފަދަ ފުރުސަތު ލިބޭނީ މަދު ފަހަރަކު. ރައްޔިތުންނަށް ޤައުމަށް ކަމެއް ކޮށްދެއްވާ.

The name is already taken The name is available. Register?

ނެކުސްޓު

19 December 2020

80 މިލިއަން ގެލަނޯ! ހެހެހެ!

The name is already taken The name is available. Register?

ރަދީފު ބުން ކުމާރު

18 December 2020

ތެލަކީ ވަރަށް ފާޑެއްގެ އެއްޗެއް. ނަން ބަދަލުކުރިޔަކަސް ކަމެއް ބަދެލެއްނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454