ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޒުވާނުންގެ ގޮފިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ފައިސަލް (މ) ވާހަކަދައްކަވަނީ -- ފޮޓޯ: ޕީޕީއެމް/ޕީއެންސީ ކައުންސިލް
22 ޑިސެމްބަރ 2020 - 18:28
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ދަށްވެ، އެތައް ބައިވަރު ޒުވާނުންގެ ވަޒީފާ ގެއްލިފައިވާ ދުވަސްވަރެއްގައި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރަން އިދިކޮޅުން މިއަދު ގޮވާލައިފި އެވެ.
ޕީޕީއެމް/ޕީޢެންސީގެ ޒުވާނުންގެ ގޮފިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ފައިސަލް ވިދާޅުވީ އިނގިރޭސިވިލާތުން ފެނިފައިވާ ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއާ ގުޅިގެން ކޮވިޑުގެ ހާލަތު މިހާރަށް ވުރެ ގޯސްވުން އެކަށީގެންވާ ކަމަށް ސިއްހީ ތަރުޖިބާކާރުން ލަފާ ކުރާ ކަމަށެވެ. ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރަނީ ޓޫރިޒަމް ދާއިރާގައި ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި ކަމަށެވެ. އަދި ގިނަ އަދަދެއްގެ ކުދި ވިޔަފާރި ބަނގުރޫޓުވި ކަމަށާއި އެ މީހުންނަށް ލުއިތަކެއް ދިނުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.
"އެހެންވެ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެބަ ޖެހޭ އާ ކޮވިޑް ރިލީފް ޕެކޭޖެއް ތައާރަފްކޮށް، އަދި އިންކަމް އެލަވަންސް ސަޕޯޓު އިތުރު ތިން މަހަށް ނުވަތަ ހަތަރު މަހަށް އެކްސްޓެންޑް ކުރަން،" އޭނާ ވިދާޅުވި އެވެ.
ބޭންކުތަކުން ދިވެހިން ނަގާފައިވާ ލޯނުތަކުގެ މުއްދަތު އިތުރުކުރަން ވެސް އޭނާ އެދިވަޑައިގަތެވެ.
ކޮވިޑާ ގުޅިގެން ދިމާވި ދަތި ހާލަތާ އެކު ސަރުކާރުން ދިން ލުއިތަކުގެ ތެރޭގައި ލޯނު ދެއްކުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރުކުރުން ހިމެނެ އެވެ. އަދި ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓު ދޭން ވެސް ފެށި އެވެ.
އިދިކޮޅު ކޯލިޝަނުގެ ޒުވާނުންގެ ގޮފިން ކަންބޮޑުވުން ފާޅުކުރި އިތުރު ކަންތައްތަކުގެ ތެރޭގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، އެ ދާއިރާގައި މަސައްކަތް ކުރި، އަދި ވަޒީފާ އިން ކަނޑާލި މީހުންނަށް އަދިވެސް ވަޒީފާ ނުލިިބޭ ކަން ފާހަގަކުރި އެވެ. އަދި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ނެގޭ ފައިސާގެ އަދަދު ލިިމިޓްކުރުމުން ދިރިއުޅެން ދަތިވާތީ އެކަމާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީ ކޮންބައެއް؟
23 December 2020
އޭ! ފޮޓޯގަ އެތިބީ ކޮންބައެއްތަ؟
ޙަސަންތައުފީޤު ހުސައިން
23 December 2020
ލޯނު ދައްކަންޖެހޭ މުއްދަތު ވިޔަފާރިތަކަށް އެކަނި އިތުރުކުރުމަކީ އިދިކޮޅުޕާޓީގެ އެކަނި ގޮވާލެވުމެއްނޫން. އެއީ އެތައް ރައްޔިތުންގެ އަޑު! އެންމެނަށް ފެންނަ މިއަހަރަކީ ދިރިއުޅުމަށް ކުރަމުންއައި މަސައްކަތް ހުއްޓުވި އެތަކެއް ރައްޔިތުންގެ ވަޒީފާގެއްލި އިދަޖެހުނު އަހަރެއް. އަދިވެސް ގިނައީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ އެކިމަޤާމުތަކުގައި މަސައްކަތްކުރާމީހުން ފިޔަވައި ވަޒީފާނެތި ބިކަޙާކުގައި ތިބިމީހުން. މިދިރިއުޅުން ސްޓޭބަލްވާން ވަގުތުބޭނުންވާނެ.
ޢަލިމަނިކުފާނު
23 December 2020
ގޮވާލުމަށް ތާއީދު
ހަސަންޓޭ
23 December 2020
ޔާމީނު ގެ ސަރުކާރުން ވަގަށް ނެގިހާ ލާރިތައް ކޮބާ؟ ގައުމު އެއްކޮށް ކާލާފައި ދެން ކޮން އިދިކޮޅެއް؟
ދަތުރުދޯނި
23 December 2020
ރަނގަޅު ގޮވާލުމެއް
ހަ ސީނު
22 December 2020
އިދިކޮޅު ބިޔަބޮޑު ކޯލިޝަންދޯ، ހީހީހީ
ރަށްއިތުމީހާ
22 December 2020
ލޯނުތައް ފަސްކޮށް ދޭށް ޖެހޭ. މިއުޅެނި ކުލި ދަށްކާފަ ލިބޭއެއްޗަކުން ދެކޮޅު ނުޖެހި. މަމީ ވެލާނާ އެއާރފޯޓްގަ އާދައިގެ ވަޒީފާއެއްގަ އުޅޭ މީހެއް. ލިބޭ މުސާރައިން ދެކޮޅު ނުޖެހޭ މިހާރު. ހެސް ކިޔާފަ ގެސްޓުން އަޔަސް އޯވަޓައިމެއް ވެސް ދެނީ އަކީ ނޫން. މިދިޔަ އަހަރު ބޯނަސް ކޮޅުވެސް ދިނީ އަކީ ނޫން ދެން ވަރަށް ދެރަ.
ސީ ސީ ޕީ
23 December 2020
ދެރަވޭ ދޯ؟ އަދިވެސް ތަނެއް އޮތިއްޔާ ބޯކޮށްޕާލާތި.
ސިޓީ
23 December 2020
ދެކޮޅުނުޖެހޭމީހާ އިންނާނި 24 ގަޑިއިރު ކޮފީގަ
ސަންޕަ ހަސަންފުޅު
22 December 2020
ކަލޭމެން ލޯނުތަޅާ މިގައުމު ހަލާކުކޮށްލީ.
ުވައިސޫރި
22 December 2020
ދައުލަތުން ކައްވާލިފައިސާތަކާއި ޔާމީނު ދައްކަންޖެހޭ ފައިސާތައް ސަރުކާރައް ދެއްކުމައްފަހު ދެން ތިޔަކަންތަކައް ގޮވާލައްވާ
ހަސަނު
22 December 2020
އިދިކޮޅަށް ހީވާކަހަލަ ލައްކައެކޭ....