މާލޭގައި ކުރިއަށްގެންދިޔަ ސައިކަލު ބުރުގައި ބައިވެރިވި މީހުން.- ފޮޓޯ: ޕީޕީއެމް
22 ޑިސެމްބަރ 2020 - 15:15
"ވިސްނާ"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
އެ ކޯލިޝަންގެ އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ކާނިވަލުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ އަށް ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އަދި އެ ހުއްދައެއް ނުލިބެ އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް އެއްވުން ބޭއްވުމުގެ ހުއްދަ އަށް މީގެ ކުރިން ވެސް އެދުނު ކަމަށެވެ. އެކަމަކު މި ފަހަރު އެ ހުއްދަ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ގައުމުގެ ހާލަތާ މެދު ހުރިހާ އެންމެން ވެސް ވިސްނަން ޖެހިފައިވާ ކަމަށް ވިދާޅުވެ، ރޭގަނޑު 8:30 ގައި ބާއްވާ ޖަލްސާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އެދިފަ އެވެ.
ޝުޖާއު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމުކުރި އުސޫލުގެ ދަށުން މާލޭގައި ސިޔާސީ ހަރަކާތްތައް ބޭއްވޭއިރު އެފަދަ ހަރަކާތްތަކަށް އެޗްޕީއޭގެ އިތުރު ހުއްދައެއް ބޭނުންވާނެ ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ. ހަމައެކަނި ބޭނުންވަނީ ކާނިވާ ސަރަހައްދު ކަމަށް ވިދާޅުވި އެވެ.
އިދިކޮޅުން ކަމެއް ކުރަން ރާވާއިރު އެޗްޕީއޭއިން އަބަދު ވެސް ހުރަސްތައް ކުރިމަތިކުރުވިއަސް ކޮވިޑަކީ ސަރުކާރަށް ވިއްކޭނެ އެއްޗެއް ނޫން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެޗްޕީއޭއިން މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރި އުސޫލުގެ ދަށުން ސިޔާސީ ހަރަކާތްތަކަށް ރަށްރަށަށް ދިއުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެކަމަކު ރަށްރަށުގައި ބައްދަލުވުންތައް ބާއްވާ ނަމަ އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ލިއުމުން ހޯދަން ޖެހެ އެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ރަށްރަށުގައި ވާޗުއަލް ޖަލްސާތަކެއް ވެސް ވަނީ ފަށައިފަ އެވެ. ޅ. ނައިފަރުގައި މިރޭ، އަންނަ ހޮނިހިރު ދުވަހު ގއ. ވިލިނގިލީގައި އިދިކޮޅުގެ ޖަލްސާއެއް އޮންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
23 December 2020
ﷲ ވަހީ ކުރައްވާފައިވަނީ ވިސްނާ ފިކުރުކުރާ ބަޔަކަށް ހުރި އިބުރަތެއްކަން ޔަގީނެވެ.
ހޯލި
23 December 2020
އެކެއްގެ ދަރަނިވެރިކަމުގަ ނިކުމެ އުޅޭ ކޮއިލިސަނެއްތީ
ބަކޫރުބޭ
22 December 2020
ބަލަގަ ސުޖާ ކަލޭމެން ވިސްނާ އެއްޗެއް ވިސްނާ، އަހަރުން މިވިސްނަނީ ތި ސިޔާސީ މީހުންގެ މަކަރުވެރި ކެހިވެރި ދަންތޫރައިގަ ނުޖެހި ދުނިޔެ އުޅެވޭތޯ، ތީ އެއްވެސް އިޚްލާސްތެރި ކަމެއް ހުރި ބައެއްނޫން، އެހެންވީމަ ތީ އަހަރުމެން ބަލައިގަންނަ ބައެއް ނޫން، ތީ ވަރަށް ގޮތެއް ފޮތެއް ނެތް ނުބައި ނުލަފާ ބައިގަނޑެއް.
ބަފާ ބޭ
22 December 2020
ކަލޯމެން ވިސްނަން ޖެހުނީ މިހާރުތަ؟
ބަކޫރުބޭ
22 December 2020
2013ން 2018ށް ކަލޭމެން ބައި އަޅައިގެން ދައުލަތް ދަވާލި ގޮތާމެދު އަހަރުމެން މިދަނީ ވިސްނަމުން، އޭގެ ފަހުގަ އެހެން ކަމަކާ ވިސްނޭނީ، އެންމެ ދެތިން މީހެއް ހުރަގެއަށް ލައިގެން ކަލޭމެން ތިތިބެނީ ބޯދަމައިގަނެގެން، ހަމަހިލާ ތިހެން ބޯދަމައިގަނެގެން ތިބިޔަކަ ނުދޭނެ، ދުރު ނޫން މުސްތަޤްބަލެއްގަ ކަލޭމެން ކުޅަ ޖަރީމާތައް ބަލާ ޙައްޤު އަދަބު ދޭނެ ކަމަށް އުއްމީދުކުރަން.
1234
22 December 2020
ދެންވެސް ވައްކަމެއްކުރެވޭތޯ؟
ކޮލަމާފުށި
22 December 2020
ކޮންކަމަކާ ވިސްނަންވީ..ރޯމާދުވާލު ވައްކަން ކުރަމުންދިޔައީ
ީހށނ
22 December 2020
ކަލޭމެން ސިޔާސީ މީހުންގެ ދިރި އުޅުން އާރާސްތުކޮށް ދޭން ނެތޭ ދެވޭކައް.
ގަދަހުސޭން
22 December 2020
ވިސްނިވަރަކަށް ގޮވަނީ ބޯ. ވަކިސަހަލު އެއްބައެއްވެސް ނެތް. އިބޫއެއް، ޔާއްޓޭއެއް، ޒައީމްބެއެއް، ގަސިމެއް، އިންމައެއް، ޖާބެއެއްކިޔާނެކަމެއްނެތް. އެންމެންވެސް ބަލަނީ ރައްޔިތުން ބޯކާލާ ގައުމު ދަވާލެވޭތޯ.
ހަ ސީނު
22 December 2020
ސަތޭކައިގެ ކޮމެންޓެއް، ސިޔާސީ މީހުން ދިއްކޮށްލާ ކޮފީތައްޓެއްގެ އަވައިގަ ޖެހި މިބައިގަނޑުގެ މަކަރުވެރި ކެހިވެރި ރޭވުމުގަ ދެމިތިބެން އަހަރުމެން ނެތް ވާހަކަ ވަރަށް އުފަލާއެކު ބުނެ އަންގަން.
ފަޒާ
22 December 2020
މި ފޮޓޯއިންފެންނަ ސުޖާގެ ކޮމްޕެނީން މިހާރުވެސް ގައުމީ ދުވަހުގެ ހާއްސަ އިނާމުދޭ ޖަލްސާގެ ކަންތައް ޖުމްހޫރީ މައިދާނުގަ ކުރަމުން އެދަނީ. އެކަމާ ވިސްނާ ފުރަތަމަ. ސަރުކާރަށް ފާޑުކިޔާ މީހުންގެ ފެންވަރު މި ފެންނަނީ
ހަ ސީނު
22 December 2020
ކޮމްޕެނީ އަށް މިލިއަނުން އިންވެސްޓެ ކުރިގޮތްވެސް ވަރަށް ސާފު، "އޮފިޝަލް އިވެންޓް" ސުޖާމެންގެ ބާރު އޮތް އިރު ދައުލަތުގެ ބޭތުލްމާލުން މިލިއަނުން އޮތީ ތިޔަ ކުންފުންޏަށް އިންވެސްޓް ކޮށްފަ، ބޮރޯއަށް ތިހުރިހާ ކަމެއް ވަރަށް ރަނގަޅަށް އިނގޭނެ.