01 ޖެނުއަރީ 2021 - 09:28
އެލްޖީ ކުންފުނިން ބުނާ ގޮތުން މިހާރު އެ ކުންފުނިން ނެރެން އުޅެނީ އާ ޓެކްނޮލޮޖީއެއް ހިމެނޭ މިނީ ލެޑް ޓީވީއެކެވެ. އެ ބުނާ އާ ޓެކްނޮލޮޖީ އަށް އެ މީހުން ކިޔަނީ "ކިއުނެޑް" އެވެ. މިއީ ކިހިނެއްވާ އެއްޗެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެލްޖީން ނެރެން އުޅޭ "ކިއުނެޑް" މިނީ ޓީވީ އަކީ ކިހިނެއްވާ އެއްޗެއްކަން އެނގޭނީ މި މަހުގެ 11 ގައި ފަށާ މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކް ޝޯ (ސީއީއެސް) ގަ އެވެ. އެ ޝޯ ކުރިއަށް ދާނީ މި މަހުގެ 11-14 އަށެވެ.
އެލްޖީން ބުނީ "ކިއުނެޑް" އަކީ ކްއަންޓަމް ޑޮޓާއި ނެނޯސެލް ޓެކްނޮލޮޖީގެ މަސްހުނިކޮށްގެން އެލްސީޑީ ޓީވީގެ ޕިކްޗާ ކޮލިޓީ އަށް ގެންނަ ވަރަށް ބޮޑު ބަދަލެކެވެ. އެހެންވެ މި ޓީވީގެ މަންޒަރުތައް އެހެން އެލްސީޑީޓީވީގެ ތަކަށް ވުރެ ޗާލުވެފައި، ކުލަ ވެސް އެހާމެ ހިތްގައިމު ވާނެ އެވެ.
LG TO UNVEIL COMPANY’S FIRST QNED MINI LED TV AT VIRTUAL CES 2021 https://t.co/8ITaYPZI3l
— Adhushan (@Adhushan1) December 31, 2020
ބައެއް މީޑިއާތަކުން އެލްޖީން "ކިއުނެޑް" އާ ކިޔާތީ އޭތި ސިފަކުރަނީ ކްއަންޓަމް ނެނޯސެލް އެމިޓިން ޑިއޯޑް (ކިއުނެޑް) ގެ ގޮތުގަ އެވެ.
އެލްޖީން ބުނީ ޓީވީ ކޮލިޓީ އަށް ބޮޑު ބަދަލެއް ގެންނަން އަލަށް ނެރޭ ޓީވީގެ 10 މޮޑެލްއެއް 4K އަދި 8K ކޮލިޓީގައި ނެރޭނެ އެވެ. ސައިޒް 86 އިންޗިއާ ހަމައަށް ހުންނާނެ އެވެ. ނަމަވެސް ވިއްކާނެ އަގުތަކާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހިއްސާއެއް ނުކުރެ އެވެ.
އާ އުފެއްދުމާ ބެހޭ ގޮތުން އެލްޖީން ނެރުނު ބަޔާނެއްގައި ބުނީ "ކިއުނެޑް" ޓީވީ އަކީ ގޭތެރޭގައި މުނިފޫހިފިލުވަން ބޭނުންކޮށްލެވޭނެ ވަރަށް ފުރިހަމަ ޕްރިމިއަމް އުފެއްދުމެއް ކަމަށެވެ.
"ޔަގީނުން ވެސް މިއީ އެލްސީޑީ ޓީވީގެ ކޮލިޓީއަކުން ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ އެއްޗެއް." އެލްޖީގެ ހޯމް އެންޓަޓަައިންމަންޓް ކޮމްޕެނީގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ނަމް ހޯ-ޖުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލް ޖީ
01 January 2021
އަކީ ހަމަ ބެސްޓް ޕްރޮޑަކްޓްސް ހަދާ ކުންފުންޏެއް