ވިޔަފާރި

ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސްގެ ބަދަލު ހޯދާނީ ކިހިނެއް؟

މާލޭގެ މަގުމަތީގައި ބަޔަކު ދުއްވާ އެއްޗެހީގައި ދަނީ: ކޮވިޑުން ރައްކާތެރިވުމަށް އަމިއްލަ ޒިންމާ ވެސް ވަރަށް ބޮޑު.

01 ޖެނުއަރީ 2021 - 12:42

14 comments

އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް ލާޒިމް ކުރެވިފައިވާ ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސް އިން ބަދަލު ނުލިބޭ ކަމުގެ ޝަކުވާއަކީ އާއްމު ގޮތެއްގައި މީސް މީޑިއާގައި ވަރަށް ގިނައިން ދެކެވޭ ވާހަކަ އެކެވެ. ފަހުގެ ތާރީހެއްގައި މި ޝަކުވާ ބޮޑުވެފައިވަނީ މާލޭގައި ފެންބޮޑުވެ ސައިކަލްތަކަށް ގެއްލުންވި ހާލަތްތަކުގަ އާއި އަލިފާނުގެ ހާދިސާތަކުގައި ސައިކަލްތަކަކަށް ގެއްލުންވި ހާލަތްތަކުގަ އެވެ.

މިކަމުން ދޭހަ ވެގެން ދިޔައީ ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސް އާ ގުޅޭ ހޭލުންތެރިކަން ރައްޔިތުންގެ މެދުގައި ކުޑަކަމެވެ. ސަބަބަކީ މިފަދަ ހާލަތްތަކަކީ ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސުން ބަދަލު ލިބޭ ހާލަތްތަކަކަށް ނުވާތީ އެވެ.

ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސްއިންގެ ބޭނުމަކީ ކޮބާ؟

މާލޭގައި 2000 ގެ އަހަރުތަކުގެ ތެރޭގައި ދުއްވާ އެއްޗެހި ގިނަވެ، އެކްސިޑެންޓްތައް ހިނގާ މިންވަރު ދުވަހެއް ދުވަހަކަށް ދިޔައީ އިތުރު ވަމުންނެވެ. އެގޮތުން 2010 ވަނަ އަހަރާއި ހަމައަށް އައި އިރު އެކްސިޑެންޓްތަކުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ޖިސްމާނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތައް ވެފަ އެވެ. އެކްސިޑެންޓެއް ހިނގުމުން އެ އެކްސިޑެންޓުވި ފަރާތްތަކާއި ފުލުހުން މެދުވެރިވެ މަޝްވަރާ ކުރެވި އެކްސިޑެންޓުގައި އިހުމާލުވި ފަރާތުން ގެއްލުން ލިބުނު ފަރާތަށް ބަދަލު ދިނުމަށް ޝަރުތު ކުރެ އެވެ. ނަމަވެސް އެކި އުޒުރުތަކާ އެކު ގިނަ ފަހަރު މި ފައިސާ އޮންނަނީ ގަވާއިދުން ދުއްވި މީހާއަށް ނުލިބިފަ އެވެ. އަދި ފުލުހުންނަށް ގާނޫނީ ގޮތުން ވެސް މިކަން ތަންފީޒު ކުރެވޭނެ ފަސޭހަ ގޮތެއް ނޯވެ އެވެ.

އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، ދާއިމީ ނުކުޅެދުންތެރިކަމަކާ ކުރިމަތިވެ ނުވަތަ މަރުވި ނަމަވެސް އާއިލާއަށް ދެވޭނެ ބަދަލެއް، ކޮށްދެވޭނެ ކަމެއް ނޯވެ އެވެ. މިހެންކަމުން 2011 ވަނަ އަހަރު ސަރުކާރުން އިސްނަގައިގެން މިކަމަށް ގާނޫނެއް ފާސްކޮށް، ރާއްޖޭގައި ހިދުމަތްދޭ ހުރިހާ އިންޝުއަރަންސް ކުންފުނިތަކާ އެކު މަޝްވަރާކޮށް، މިހާރު މި ލާޒިމް ކޮށްފައިވާ ތާޑް ޕާޓީ އިންޝުއަރަންސް ތައާރަފް ކުރީ އެވެ. ހުރިހާ އިންޝުއަރަންސް ކުންފުނިތަކުން ވެސް މި ހިދުމަތް ފޯރުކޮށްދޭން ޖެހެނީ އެއް އަގެއްގަ އެވެ. އަދި ބަދަލު ދޭން ޖެހޭ ހާލަތުގައި ވެސް އަމަލު ކުރަން ޖެހެނީ އެއް ހަމަޔަކުންނެވެ.

ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސަށް ކަނޑައެޅިފައިވާ އަގުތައް

- 50 ސީސީގެ ސައިކަލް: 150 ރުފިޔާ

- 50 ސީސީ އާއި 250 ސީސީއާ ދެމެދުގެ ސައިނަލް: 175 ރުފިޔާ

- 250 ސީސީ އިން މަތީގެ ސައިކަލް: 250 ރުފިޔާ

- މުދާއުފުލަން ބޭނުން ކުރާ ތިންފުރޮޅުލީ އުޅަނދުގެ ޕްރައިވެޓް އަދި ޓެކްސީ: 250 ރުފިޔާ

- ކާރު، ވޭން، ޖީޕް އަދި ބަސް ފަދަ ވެހިކަލް : 750 ރުފިޔާ

- ޕްރައިވެޓް އަދި ކޮމާޝަލް އުޅަނދު: 1،000 ރުފިޔާ

- މެޝިނަރީ: 2،000 ރުފިޔާ

ތާޑް ޕާޓީ އިންޝުއަރަންސް ތައާރަފް ކުރަން ސަރުކާރުގެ މަގްސަދަކަށްވީ މަގުމަތީގައި ގަވާއިދުން ދުއްވާ ފަރާތްތަކަށް ނުގަވައިދުން ދުއްވާ މީހާގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ހޯދައިދިނުމެވެ. މިހެންކަމުން މި އިންޝުއަރަންސް އިން ބަދަލު ލިބެނީ އެކްސިޑެންޓެެއްގައި އަނިޔާވާ، ނުވަތަ މުދަލަށް ގެއްލުންވާ އަނެއް މީހާއަށް އެކަންޏެވެ. މި އިންޝުއަރަންސް ލާޒިމް ވުމުން މަގުމަތީގައި ދުއްވާ އިރު ހުރިހާ އުޅަނދެއްގައި ވެސް މި އިންޝުއަރަންސް ހުންނަންޖެހުމުން، އެކަކުގެ އިންޝުއަރަންސް އިން އަނެކަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން ނިންމި އެވެ. މިހެންކަމުން އެކްސިޑެންޓްވުމުން ބަދަލު ހޯދައިދިނުމުގެ ފުރުސަތު ކަމާބެހޭ އިދާރާތަކަށް ހުޅުވިގެން ދިޔަ އެވެ.

- ތިންވަނަ ފަރާތުގެ އުޅަނދަށް ނުވަތަ މުދަލަށް ލިބޭ ގެއްލުން: 40،000ރ.

- ތިންވަނަ ފަރާތަށް ލިބޭ ދާއިމީ ނުކުޅެދުންތެރިކަން ނުވަތަ މަރު: 60،000ރ.

- ޑިޑަކްޓިބަލް (އަމިއްލައަށް ކުރަން އެއްބަސްވާ ހަރަދު): 2،500ރ. މިއާ އެކު، މަގުމަތީގައި ދުއްވާ ހުރިހާ އުޅަނދުފަހަރު ތާޑް ޕާޓީ އިންޝުއަރަންސް ނެގުމުން ކުރިން ބަޔާން ކުރެވުނު ބަދަލު ނުލިބުމުގެ މައްސަލަ ހައްލުވި އެވެ. އެކްސިޑެންޓެއް ހިނގައިފިނަމަ އިންޝުއަރަންސް ކުންފުންޏަށް ވަގުތުން އެންގުމަށްފަހު، ޕޮލިސް ރިޕޯޓާ އެކު ތިން ގަރާޖަކުން ޖުމްލަ ތިން ކޮޓޭޝަން ހުށައެޅުމުން، ހަދަން ދާ ހަރަދު 2،500ރ އަށް ވުރެ އިތުރުވާނަމަ، އިންޝުއަރަންސް ޕޮލިސީން ކަވަރު ކުރެ އެވެ.

ދެން ރައްޔިތުން ޝަކުވާ ކުރަނީ ކީއްވެ؟

ފުރަތަމަ ކަމަކީ ޑިޑަކްޓިބަލް ލިމިޓް ރައްޔިތުންނަށް އޮޅުން ނުފިލާ އޮތުމެވެ. ތާޑް ޕާޓީ އިންޝުއަރަންސް ޕޮލިސީގައި، 2،500ރ އަށް ވުރެ ދަށުން ލިބޭ ގެއްލުމަށް ޒިންމާ ވާން ޖެހެނީ އެ އުޅަނދެއްގެ ވެރިފަރާތުންނެވެ. މިސާލަކަށް އެކްސިޑެންޓެއްގައި ސައިކަލު ހަލާކުވެ، ސައިކަލް މަރާމާތުކުރަން 10،000ރ. ޚަރަދު ކުރަން ޖެހޭ ކަމަށް ގަރާޖުތަކުން ބުނެފިނަމަ، އިންޝުއަރަންސް ކުންފުނިން ބަދަލުގެ ގޮތުގައި ދޭނީ 7،500ރ. އެވެ. މިފަދަ ހާލަތްތަކުގައި ބައެއް މީހުން ޝަކުވާ ކުރެ އެވެ. ނަމަވެސް ލޯގަނޑު ހަލާކުވާ ކޮންމެ ފަހަރަކު، ނުވަތަަ ނަންބަރު ބޯޑު ބިނދި، އަދި ކާރުގެ ދޮރު ނުވަތަ ބަފަރުން ކުލަ ކެހޭ ކޮންމެ ފަހަރަކު އިންޝުއަރަންސް ޕޮލިސީއިން ބަދަލު ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ލިމިޓެއް ނެތްނަމަ ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސް ޕޮލިސީ ތައާރަފް ކުރެވުނު މައިގަނޑު މަގްސަދު ހާސިލެއް ނުވާނެ އެވެ.

ދެވަނަ ކަމަކީ ތާޑް ޕާޓީ އިންޝުއަރަންސް އަކީ ތިމާގެ އަމިއްލަ އުޅަނދާއި އަމިއްލަ މީހާއަށް ބަދަލުލިބޭނެ ޕޮލިސީއެއް ނޫންކަން ރައްޔިތުމީހާއަށް ސާފު ނުވުމެވެ. މި އިންޝުއަރަންސްއިން ބަދަލު ލިބޭނީ، ތިމާގެ ސަބަބުން އެހެން މީހަކަށް ލިބޭ ގެެއްލުމަށެވެ. މިހެން ކަމުން، މަގުމަތީގައި ޕާކްކޮށްފައި ހުރި ސައިކަލް ފެންބޮޑުވެގެން، ނުވަތަ އަލިފާނުގެ ހާދިސާއެއްގައި ހަލާކުވި ނަމަވެސް ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސްއަކުން އަމިއްލަ އުޅަނދެއް ކަވަރެއް ނުކުރާނެ އެވެ. އެފަދަ ކަވަރޭޖެއް އެ ޕޮލިސީގެ އަގުގައި ނުހިމެނެ އެވެ.

ތިންވަނަ ކަމަކީ، މަގުމަތީގައި އެހެން މީހުން ނުގަވައިދުން، ލައިސެންސް ނެތި އަދި އިންޝުއަރަންސް ނުނަގާ ދުއްވުމެވެ. މިސާލަކަށް ތާޑްޕާޓީ އިންޝުއަރަންސް ކޮއްފައިވާ ކާރެއް މަގުމަތީގައި މަޑުކޮށްލައިގެން އޮއްވާ އިންޝުއަރަންސް ނުކުރާ ސައިކަލަކުން ކާރަކަށް މުޑިއަރައި ގެއްލުންވިކަމުގައިވީ ނަމަވެސް ކާރަށް ލިބޭ ގެއްލުންތަކަށް ތާޑްޕާޓީ އިންޝުއަރަސް ޕޮލިސީއިން ބަދަލެއް ނުލިބޭނެ އެވެ. މި މައުލޫމާތު ކާރުގެ ވެރި ފަރާތަށް ނޭނގޭނަމަ، ހަމަ ގައިމު ވެސް ހިތްހަމަނުޖެހި ޝަކުވާ ކުރާނެ އެވެ. އަދި މި ފަދަ ހާދިސާއެއް ހިނގާ ވަގުތު އެއްވެސް ފަރާތެއް އަތުގައި ލައިސެންސް ނެތް ނަމަ، އިންޝުއަރަންސް ކަވަރޭޖް ބާތިލްވެ އެވެ. މާނައަކީ، އިންޝުއަރަންސް އޮތްނަމަވެސް، ލައިސެންސް ނެތި ދުއްވައިފިނަމަ، އިންޝުއަރަންސްއިން ބަދަލު ނުލިބޭނެ ކަމެވެ

އެލައިޑް އިންޝުއަރެންސްގެ މޮޓޯ އިންޝުއަރެންސް ޕްލޭން

މިފަދަ ހާލަތްތަކުގައި ބަދަލު ނުލިބުމުން ގިނަ ފަރާތްތަކަށް ގޯސްވަނީ އިންޝުއަރަންސް ކުންފުނިތަކެވެ. ނަމަވެސް ވިސްނާލައިފިނަމަ، ގަވާއިދުން މަގުމަތީގައި ދުއްވާނަމަ، އިންޝުއަރަންސް ޕޮލިސީއިން ބަދަލު ލިބޭނެ އެވެ. އިންޝުއަރަންސް އަކީ ނުގަވާއިދުން ދުއްވަން އޮތް ލައިސެންސެއް ކަމަށް ނުދެކި، އިންޝުއަރަންސް އާއެކު ލައިސެންސް ވެސް ހިފައިގެން ގަވައިދުން އެންމެން ވެސް ދުއްވަންވީ އެވެ. އަދި އިންޝުއަރަންސް ކުންފުނިތަކުން ވެސް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިތުރަށް މަސައްކަތް ކުރަންވީ އެވެ.

އަމިއްލަ އުޅަނދަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދާނީ ކިހިނެއް؟

ތާޑް ޕާޓީ އިންޝުއަރަންސް އަކީ ކަމާ ބެހޭ އިދާރާތަކުން، އޭރުގެ ހާލަތަށް ރިއާޔަތްކޮށް އިންޝުއަރަންސް ކުންފުނިތަކާ އެކު ތައާރަފް ކުރި އިންޝުއަރަންސްއެކެވެ. އޭރު ވެސް މާކެޓްގަ އަމިއްލަ އުޅަނދު އަދި އަމިއްލަ މީހާއަށް އަދި ތިންވަނަ ފަރާތަށް ވެސް ބަދަލު ލިބޭ މޮޓޯ އިންޝުއަރަންސް ޕޮލިސީތައް ހުއްޓެވެ. މިހާރު ވެސް އެބަހުއްޓެވެ. ވާރޭވެހި ފެންބޮޑުވެ، އުދަ އަރާ، ނުވަތަ އަލިފާނުގެ ހާދިސާއެއްގައި ލިބޭ ގެއްލުމުގެ ބަދަލު ލިބޭނީ ކޮމްޕްރިހެންސިވް 'ފުލް ކަވާ' މޮޓޯ އިންޝުއަރަންސް ޕޮލިސީ އަކުންނެވެ. އުޅަނދުގެ ރަޖިސްޓްރީ އާއި، އުޅަނދުގެ ފޮޓޯ (އިންޖީނާއި މީޓަރު ވަކިން އެގޭނެހެން) އިންޝުއަރަންސް ކުންފުންޏަކަށް ހުށަހެޅުމުން އަހަރަކަށް ދައްކަން ޖެހޭ ޕްރިމިއަމް އަގާ އެކު ކޮޓޭޝަން ދޭނެ އެވެ. ފައިސާ ދެއްކުމުން ޕޮލިސީ ލިބޭނެ އެވެ. މި ޕޮލިސީ އާ އެކު ތާޑް ޕާޓީ ވެސް ކަވަރު ކުރާނެއެވެ. އެހެންކަމުން އިތުރަށް ތާޑް ޕާޓީ އިންޝުއަރަންސް ކުރާކަށް ނުޖެހޭނެ އެވެ. ނަމަވެސް އަގު ތަންކޮޅެއް ބޮޑު ވާނެ އެވެ. ސަބަބަކީ އަގު ކަނޑައެޅޭނީ އުޅަނދުގެ ޖުމްލަ އަގާއި އުމުރަށް ބަލައިފަ އެވެ. އާއްމު ގޮތެއްގައި މުޅިން އާ 125 ސީސީގެ ސައިކަލެއް މި ގޮތަށް އިންޝުއާ ކުރާނަމަ އަހަރަކަށް އެވްރެޖްކޮށް ދައްކަން ޖެހޭނީ 1،000ރ އާއި 1،500ރ ދެމެދުގެ އަގެކެވެ.

ތާޑް ޕާޓީ އިންޝުއަރަންސުން ބަދަލު ލިބޭނެ އެވެ. އެންމެންވެސް އިންޝުއަރަންސް ކޮށްގެން ގަވާއިދުން ދުއްްވަންވީ އެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު އަމިއްލަ މުދާ ރައްކާތެރި ކުރުމަށް ކޮމްޕްރިހެންސިވް ނުވަތަ 'ފުލް ކަވާ' ޕޮލިސީއެއް މާ ރަނގަޅުވާނެ އެވެ. ސަބަބަކީ އެއް ބަޔަކު ގަވާއިދަށް ހުރުމަތްތެރިކޮށް ހިތިކަމަގައިވިޔަސް އަނެއްބަޔަކު ގަވައިދުތަކަށް ބޯނުލަނބާތީ އެވެ.

އެލައިޑް އިންޝިއުރެންސްގެ ސީނިޔާ އޮފިސާ މުހައްމަދު ފަރުހާން ރަޝީދު

އެލައިޑުން އަންނަނީ މިފަދަ އިންޝުއަރެންސް ޕޮލިސީތައް ތައްޔާރުކޮށް ރައްޔިތުންނަށް އެންމެ މުހިއްމު ޕްލޭންތައް ތައާރަފް ކުރަމުންނެވެ. އެކަން ކުރުމުގައި އެލައިޑުގައި ހީވާގި، ތަޖުރިބާ ޓީމެއް އެބައޮތެވެ. އެ ކުންފުނީގެ ސީނިޔާ އޮފިސާ މުހައްމަދު ފަރުހާން ރަޝީދަކީ މިފަދަ ޕޮސިލީތައް އެކުލަވައިލުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ފަރުހާން އަކީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ އަންޑަރައިޓިން ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާ ހީވާގި މުވައްޒަފެކެވެ. މެލޭޝިއަން އިންޝުއަރަންސް އިންސްޓިޓިއުޓްގެ ސެޓްފިކެޓް ހާސިލުކޮށް، 8 އަހަރު ދުވަހުގެ ތަޖުރިބާގެ އަލީގައި މިވަގުތު ފަރުހާން މަސައްކަތް ކުރައްވަމުންގެންދަވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭގޮތަށް ފަރުމާކުރަމުންދާ އިންޝުއަރަންސް ޕޮލިސީތައް ތައްޔާރުކޮށް އާންމުންނާއި ހަމައަށް އެންމެ ފުރިހަމަ ގޮތުުގައި ގެނެސްދިނުމަށް މަސައްކަތްކުރާ ޓީމުގެ މައި މަަންދޫބެއް ގޮތުގައެވެ.

14 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 16%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޛަސްބެ

02 January 2021

އަހަރެން ކާރު ދުއްވާފަ ދަނިކޮށް މަތިން ވައްޓާލި ގަލަކުން ޖެހިފަ ކާރުގެ ވިންޑް ސްކުރީން ތަޅައިގެން ދިޔައީ އަދި ޕޮލިޖުގަ ކޭސްވެސް ކުރިން ވީކަމެއް ނެތް... މިކަމަށް އޮތް ހައްލަކީ އަމިއްލަ ޖީބުން ހަރަދުކުރުންތަ؟ ތި އިންސުރެންސަކާއިހެދި ބޮޑު އުނދަގުލެއް.. ބޭކާރު ލާރިތަކެއް އަތުން ދަނި ކޮންމެ އަހަރަކު

The name is already taken The name is available. Register?

ސުވާލު

02 January 2021

ކޮމްޕްރިހެންސިވް ޕްލޭންއެއް ނަގާފަ އޮތްނަމަ އަތުން ޚަރަދު ކުރާކަށް ނުޖެހޭނެ ތި ކަމަކަށް.

The name is already taken The name is available. Register?

ކުޑަސޮރު

01 January 2021

ސައިކަލެއް ދުއްވާނަމަ ދައްކަންޖެހޭ ފީތައް: 1- އަހަރީ ފީ 2- ރޯޑްވާރދިނަސް 3- ތާރޑްޕާރޓީ އިންޝުައަރެންސް 4- ޕޮލިސް ސްޓިކާ 5- ޖުރުމައިނާ

The name is already taken The name is available. Register?

ދޮން މަނިކު

01 January 2021

ތާރޑްޕާރޓީ އިންޝުައަރެންސް މަޖުބޫރު ވީމަ މައްސަލައަކީ. ބޭނުން މީހަކު ކުރަން ދޫކޮއްލަންވީ ކަމެއް މިއީ. ރޯޑްވާރދިނަސް ވެސް ކޮންމެ އަހަރަކު ލާރި ދައްކަންއެބަޖެހޭ. އޭގެ އެއްްވެސް ބޭނުމެއް ނުފެނޭ. ގަރާޖްތަކުން ސައިކަލް ނުވަތަ ކާރުގެ ކޮންޑިޝަން ނުވެސް ބަލާ... ދެން ކީޢްކުރާ ފައިސާއެއް ރައްޔިތުން އަތުން ނަގަންވީ؟

The name is already taken The name is available. Register?

ކުޑަ ހުސައިން

01 January 2021

އަހަރެންގެ މައްސަލަ އަކީ މި އިންސުއަރެންސް މަޖުބޫރުވެގެން މިއުޅޭ މައްސަލަ،

The name is already taken The name is available. Register?

ފަހުބަސް

01 January 2021

އަޅުގަނޑުގެ އަމިއްލަ ވެހިކަލެއް ޕާކުކޮށްފަ އޮށްވައި ސަރުކާރުގެ ވެހިކަލަކުން ޖެހިގެން ވީ ގެއްލުމުގެ ބަދަލު ނުދިންތާ ކުށްވެރިވީވެސް އަމިއްލަ މީހާ ސަރުކާރު ވެހިކަލް ދުށްވަންހުރީ ބަންގުލަދޭޝް މީހާ ކޮބައިތަ ތިކިޔާ އިންޝުއަރެންސް

The name is already taken The name is available. Register?

އިންސިއުޕީ

01 January 2021

މަޖްބޫރު ކޮށްފަ ނުދެއްކީމަ ފުލުހުން ޖޫރިމަނާ ކުރީމަ އެއި ވިން ވިން ސިޓުޢޭޝަންއެއް. ރައްޔިތު މީހާ ހަނާވީ

The name is already taken The name is available. Register?

ސަލީމު އިދުރީސް

01 January 2021

އިންސޯރެންސް ނެތި ދުއްވާ އެތައް ބައިވަރުމީހުން އުޅެޔޯ!ވީއިރުތި އިންސޯރެންސް ނެގިމީހަޔައް ވާނެ ފައިދާއެއްނެއް! ލޯގަޑު ބިދި ކޫރު އެޅުމުން ލީބޭ ގެއްލުން އިންސޯރެންސް ކަވާނުވާނެ ވާހަކަވެސް އެބައޮތް!އެންމެ ގިނަ ގެއްލުން ވަނީ ފާކުރުމުގެތެރޭގަ ލޯގަނޑު ފަދަ އެއްޗެތިބިދިގެން އެފަދަ ގެލުންކަވަރުނުވާ އިންސޯރެންސެއް ކުރަން ރައްޔިތުންނައް މަޖުބޫރު ކުރުމަކީބަޔަކައް ނަހައްގުން ފައިދާ ހޮދައިނުންކަމުގަ ތިކަންތައް އޮންނަގޮތް އެގޭމީހެއްގެ ހައިސިއްތުން ދަންނަވަން

The name is already taken The name is available. Register?

ކާސިންޖީ1

01 January 2021

ތި އިންސުއަރެންސް އިން ކަވާރ ކުރާނެ ދުވަހެއް އަންނާނެ. އެދުވަހުން ހައްޤާއި ބާތިލް ވަކިވާނެ

The name is already taken The name is available. Register?

މުރާސިލް

01 January 2021

ރާއްޖޭގައި އިންސުއަރެންސް ކޮށްގެނަ ބަދަލް ނެގުމަކީ އެހާފަސޭހަކަމެއްނޫން އިންސުއަރެންސް ކުންފުނިން އުޅޭނީ އެއްޗެއްނުދީވޭތޯ ؟ ދުނިޔޭގެ އެހެން ގައުމުތަކުގައި އިންސުއަރެންސް ކުންފުނިން އަމިއްލަޔައް ސީން އަށް އައިސް ވަގުތުން ނިމްމަނީ

The name is already taken The name is available. Register?

ާއަލިމޯޑު

01 January 2021

މައްސަލައަކީ ނޭނގުމެއްވެސް ނޫން.އޮޅުންނުފިލަނީއެއްވެސް ނޫން.މައްސަލައަކީ ތިޔަ ނަގަން މަޖުބޫރުކޮށްފަ އޮންނާތީ.ދިވެހިން ސައިކަލް ނަގަނީ އާއްމުކޮށް އިންސްޓޯލްމަންޓަށް.ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރަމުން ގޮސް ސައިކަލް އެކްސިޑެންޓްވެ ތާރޑް ޕާޓީގެ ސައިކަލްގެ ކަވަރު ފުނޑުނީ.އެބައި ބަދަލު ކުރަން މިސާލަކަށް ހޭދަވާ2000 ރުފިޔާ ކަވަރެއް ނުކުރޭ އިންޝުއަރެންސަކުން.އަމިއްލަ ޖީބުން ދޭން ޖެެހެނީ.އިންޝުއަރެންސް ނުނަގާ އިނީޔާ ޖޫރިމަނާކުރަނީ.ޔޫސްލެސް އެއްޗެއް

The name is already taken The name is available. Register?

ކާސިންޖީ

01 January 2021

ގައިގަ ނެތް ފެންވަރުން ކީއްކުރަން ސައިކަލްވެސް ދުއްވަނީ

The name is already taken The name is available. Register?

ޔޫގާއިސް މީން

01 January 2021

މަ ސައިކަލި ދުއްވީ ގަވައިދުން، ނުގަވައިދުން އައިމީހާ ޖެހުނީ އޭނަ އަތަކު ލައިސެންސްނެތް، އެކަމަކު އެ ސައިކު އިންޝުއަރ ކޮއްފަ، މަ ގޮލާވީ ރޮމުން ސައިކް އަމިއްލައަށް ހަދަން މީ ކޮންކަހަލަ ސެންސެއް މިޔަށް ފަރަންޖީ ބަހުން ކިޔަނީ ނޯންސެންސު!!

The name is already taken The name is available. Register?

ޑާކުމޯޑު

01 January 2021

މި އާޓިކަލްގަ ވަރަށް ސާފުކޮށް ބުނެދީފަ އެބައިން އިންސްއަރެންސް އިން ބަދަލު ލިބޭގޮތް.. ކީއްކުރާނީ.. ދިވެހިން ވާނީ ދިވެހިންނަށް.. ނޭގެ ކޮމެންޓް ކުރިއިރު މިއާޓިކަލް ކީކަމެއްވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454