އީލޮންގެ ތަނަވަސްކަން އުފުލިގެން ދިޔައީ ޓެސްލާ ކުންފުންޏަށް މި ފަހުން ލިބެން ފެށި ފައިދާއާ ގުޅިގެން
އީލޮން މަސްކް.
09 ޖެނުއަރީ 2021 - 09:22
ބިލް ގޭޓްސް ފަހަތަށް ޖައްސާލައި ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު އީލޮން މަސްކަށް ލިބުނުތާ ދޮޅު މަހެއްހާ ދުވަސް ފަހުން، ޖެފް ބެޒޯސް ވެސް ވައްޓާލައި އެންމެ މުއްސަނދި މީހާގެ މަގާމު ހޯދައިފި އެވެ.
އުމުރުން 49 އަހަރުގެ އީލޮން އަކީ ކާރު އުފައްދާ ކުންފުނި ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އެވެ. އޭނާގެ މިލްކިއްޔާތު މިހާރު 195 ބިލިއަން ޑޮލަރަށް އަރަ އެވެ. އީލޮންގެ ތަނަވަސްކަން އުފުލިގެން ދިޔައީ ޓެސްލާ ކުންފުންޏަށް މި ފަހުން ލިބެން ފެށި ފައިދާއާ ގުޅިގެންނެވެ.
ޒަމާނީ ކާރު އުފައްދާ އެ ކުންފުނީގެ އަގު މިހާރު 700 ބިލިއަން ޑޮލަރަށް އަރަ އެވެ.
.@elonmusk is now the richest person in the world at $190 billion.
— Tesla Owners of Silicon Valley (@teslaownersSV) January 7, 2021
އީލޮން އަށް އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނު ވާހަކަ ޓެސްލާގެ ޓްވީޓާ އެކައުންޓެއްގައި ހިއްސާކުރުމުން އޭނާ ޓްވީޓަށް ކުރި ރިޕްލެއްގައި "މިކަން ގަބޫލުކުރަން ވެސް ދަތި" ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެހެން ޓްވީޓެއްގައި "އަލުން އެނބުރި މަސައްކަތަށް ނުކުތީ" ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ހިފަހައްޓަމުން އައި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ މިލްކިއްޔާތަކީ މިހާރު 184 ބިލިއަން ޑޮލަރެވެ.
ތިން ވަނަ މަގާމުގައި އޮތް މައިކްރޮސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަން ގޭޓްސްގެ މިލްކިއްޔާތަކީ 120.3 ބިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮސްބެއްޔާ
09 January 2021
ކަލޯވާ އެކަމު ހަމަ ސާބަސް! "ހައު ސްޓޭންޖް" ތިޔަ ތަރުޖަމާ ކުރީ "މިކަން ގަބޫލުކުރަން ވެސް ދަތި" ?♂️