އުރީދޫން މިދިޔަ އަހަރު ބޭއްވި ކުއްލި އާއްމު ޖަލްސާގައި އެކުްނފުީގެ ބޯޑު މެމްބަރުންނާއި ހިއްސާދާރުން ބައިވެރިވަނީ-- ފޮޓޯ: އުރީދޫ
03 ފެބުރުއަރީ 2021 - 15:24
އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މާޗު މަހު ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށެވެ. އަދި ހިއްސާގެ ފައިދާ ލިބޭނީ ވެސް މި މުއްދަތުގައި ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ އަހަރީ އާއްމު ޖަލްސާގެ އެޖެންޑާ އާއި ޖަލްސާގެ ނޯޓިސް މި މަހުގެ 15 ވަނަ ދުވަހު އެ ކުންފުނީގެ ވެބްސައިޓުގައި އިއުލާން ކުރާނެ އެވެ. މި ޖަލްސާގައި ހިއްސާއަކަށް ފައިދާގެ ގޮތުގައި ބަހާނެ އަދަދާއި އަހަރީ ރިޕޯޓު ފާސްކުރާނެ އެވެ.
އުރީދޫން ނެރުނު އެ ކުންފުނީގެ އޮޑިޓު ނުކުރާ އަހަރީ ރިޕޯޓު ދައްކާގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 407 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 181.2 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy