ކުޅިވަރު / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ގަތަރާއެކު އެއްބަސްވުންތަކެއް

22 ފެބުރުއަރީ 2021 - 14:20

5 comments

ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމުގެ ވިސްނުމުގައި ގަތަރުގެ ކުޅިވަރު އެސޯސިއޭޝަންތަކާ އެކު އެއްބަސްވުންތަކެއް ހަދަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ތައްޔާރުވެއްޖެ އެވެ.

އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ދާދި ފަހުން ގަތަރަށް ކުރެއްވި ދަތުރުގައި ގަތަރުގެ ކުޅިވަރު އެސޯސިއޭޝަންތަކާ އެކު ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެމްއޯސީ އިން އެއްބަސްވުމެއް ހަދަން މަސައްކަތް ކުރަމުން އަންނަނީ ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނާއި ގަތަރުގެ ހޭންޑްބޯލް އެސޯސިއޭޝަނާއި ގަތަރުގެ އެތުލެޓިކްސް ފެޑެރޭޝަނާއި ގަތަރު ޓޭބަލް ޓެނިސް އެސޯސިއޭޝަން އަދި ގަތަރު ސްވިމިން އެސޯސިއޭޝަނާ އެވެ. މީގެ އިތުރުން ގަތަރުގެ އެސްޕެޓާ ހޮސްޕިޓަލާ އެކު ވެސް އެއްބަސްވުމެއް ގާއިމްކުރަން ވަނީ މަޝްވަރާކޮށްފަ އެވެ. އެސްޕެޓާ އަކީ ގަތަރުގެ މަޝްހޫރު ސްޕޯޓްސް މެޑިސިން ހޮސްޕިޓަލެކެވެ.

Maldives Olympic Committee is working to sign MoU’s with Qatar National Sports Associations; Qatar Handball Association...

Posted by Maldives Olympic Committee on Thursday, 18 February 2021

އެމްއޯސީން ބުނީ ގަތަރާ އެކު ވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން ކުޅުންތެރިންނާއި އޮފިޝަލުންނަށް ގިނަ ގޮތްގޮތުން ފައިދާކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެސްޕެޓާއާ އެކު ސޮއިކުރާ އެއްބަސްވުމުގެ ތެރެއިން ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާތަކަށް ކުޅުންތެރިންނަށް ވީ އެންމެ ރަނގަޅަށް ފަރުވާކުރަން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެތަނުން ބުނެ އެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން އެންމެ ފުރަތަަމަ ގަތަރާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ 2017 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ. އެ ފަހަރު ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނާ އެކު ވި އެއްބަސްވުމުގެ ސަބަބުން ގުޅުން ބަދަހިކުރުމާއި ފުޓްބޯޅަ ތަރައްގީ ކުރުމުގެ ތެރެއިން ރާއްޖެ އަށް ގިނަ ފައިދާތަކެއް އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން އެންމެ ބޮޑު އެއް ފައިދާ އަކީ 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ކުރިން ގަތަރުގައި ދިގު މުއްދަތަކަށް ގައުމީ ފުޓްބޯޅަ ޓީމު ކޭމްޕް ކުރުމެވެ. އެ ފަހަރު ކޭމްޕަށް ފަހު ރާއްޖޭން ވަނީ ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މުސްތަގުބަލުގައި ވެސް ގަތަރު ފުޓްބޯޅަ ފެޑެރޭޝަނުން އެފްއޭއެމަށް ގިނަ ރޮނގުރޮނގުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެ އެވެ.

އެތުލީޓުންނާއި ކޯޗުން އަދި ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރާ ފަރާތްތަށް ތަރައްގީ ކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ގޮތުން ގިނަ ފުރުސަތުތަކެއް މީގެ ކުރިން ވެސް އެމްއޯސީން ވަނީ ފަހިކޮށްދީފަ އެވެ. އަދި އެމްއޯސީން އެހެން ހޯދައިދިން ފުރުސަތުތަކުގެ ބޭނުންހިފައި ގިނަ އެތުލީޓުން ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ރަނގަޅު ވަަނަތަކެއް ހޯދައިދީފަ އެވެ.

5 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައްޕު

22 February 2021

ފޭބިސަރުކާރުގެ ސަބަބުން ޤަތަރާއި ގުޅުން ނުކެނޑެނުނަމަ ކިހާ ބޮޑު ފައުދާތަކެއްވީސް. ރައީސް މީހާ ބޮޑަށް ރުޅިއައީ އަލްޖަޒީރާއިން އެދެއްކި ޑޮކުއިމެން ޓުރީއަކުން......

The name is already taken The name is available. Register?

ބޯގަންބެ

22 February 2021

މަރޭ ކަލޭމެން ގެ ޖީބައް ހުރިހާ ފައިސާ އެއް ވަންނާނީ

The name is already taken The name is available. Register?

2222

22 February 2021

މިމީހުން ދުވާނެ ތަނަކަށް ދުވެ އުޅޭނެހާ ގޮތަކަށް އުޅެފަ އައިސް ދެން ހަމަ ރަށުތެރޭގައި އުޅެންވީ. ބައްޔެއް ނުފެތުރޭނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

22 February 2021

ސާބަހޭ މަރޭ.މަރޭ ނޫނީ ނެތް ކުޅިވަރަށް ކަމެއްކުރަން އުޅޭ މީހެއް.މަރޭ އެއީ ހުރިހާ ކަމެއް ދަންނަ މީހެއް.އަދި އެދުރެއްގެ ގޮތުގަ ވެސް ލޭބަލްކުރެވޭ.

The name is already taken The name is available. Register?

ކިޔު5

22 February 2021

ޤަތަރަށް މަރުހަބާ! ގަތަރަކީ ރާއްޖެއާ ވ. ގާތްކަން ބާއްވާ ގައުމެއް. ގަތަރުން ރާއްޖެއަށް އެހީތެރިވެދޭނެ. ބޭނުންވަނީ މިފަދަ ގައުމުތަކާއެކު ގާތް ގުޅުން ބާއްވަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454