ލިންކް ސާވްގެ ފިހާރައެއް: އެތަނުގެ އޮފީހަކުން ވަނީ ވައްކަން ކޮށްފައި -- ފައިލް ފޮޓޯ: މިހާރު
08 މާޗް 2021 - 17:02
އިލެކްޓްރޯނިކް ގިނަ ސާމާނު ވިއްކާ ލިންކް ސާވް ފިހާރައިގެ ލޮކޭޝަން ބަދަލުކޮށްފި އެވެ.
ހިރިޔާ ސްކޫލް ކުރިމަތީގައި ކުރިން ހުންނަ ލިންކްސާވް ޝޯރޫމް މިހާރު ވަނީ ލޮނުޒިޔާރަތްމަގު ވީބީ މާޓް ކައިރިއަށް ބަދަލުކޮށްފަ އެވެ. އަލަށް ހުޅުވި ޝޯރޫމް ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު އުފެއްދުންތައް ބަލައިލެވޭ ގޮތަށް ޑިޒައިންކޮށް ދެ ފުލޯއަށް ހަދައިފަ އެވެ.
ލިންކްސާވްއިން ބުނި ގޮތުގައި އާ ޝޯރޫމާ އެކު އިތުރު ތަފާތު ޕުރޮޑަކްޓުތައް އަލަށް ތައާރަފް ކުރާނެ އެވެ. އަދި ކުރިން ދެމުން އައި ސެކިއުރިޓީ ސޮލިއުޝަންސް އާއި ނެޓްވޯކިން އާއި ހޯމް-އޮޓަމޭޝަންގެ ހިދުމަތްތައް ކުރިޔަށް ވުރެން ރަނގަޅު އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ.
ލިންކްސާވް އިން އެންމެ އަވަހަށް ދެން ހުޅުވާނީ ތަފާތު އިލެކްޓްރޯނިކްސް ސާމާނު މަރާމާތު ކުރާ ރިޕެޔާ ސެންޓަރެކެވެ. އަދި އިލެކްޓުރޯނިކްސް ރިޕެޔާރިންއަށް ބޭނުންވާ ތަފާތު ގިނަ ކޮމްޕޯނަންޓްސް މި ފިހާރައިން ލިބެން ހުންނާނެ އުވެ.
ސީނިއާ މާކެޓިންގް އޮފިސާ އާދަމް ޝަރީފް ވިދާޅުވާ ގޮތުގައި ލިންކްސާވް އިން ލިބެން ހުންނަ ހުރިހާ މުދަލެއް ލިންކްސާވްގެ ވެބްސައިޓް އިން ފަސޭހަކަމާއި އެކު ގަނެލެވޭނެ އެވެ. އަދި މާލެ ސަރަހައްދަށް ޑެލިވަރީގެ ހިދެމަތް ހިލޭ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
08 March 2021
ތިއީ ވަރަށް ރަނގަޅު ތަނެއް. ހުޅުމާލޭ ގައި ހުރި ފިހާރަ ބަންދުކުރީމަ ވަރަށްދެރަ.