ލައިފްސްޓައިލް / ޝާހީ އާއިލާ

މޭގަންގެ ބައްޕަ ހުރީ ޝާހީ އާއިލާގެ ދިފާއުގައި

ތޯމަސް އަދި މޭގަން.

އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކްލްގެ ބައްޕަ އަނެއްކާވެސް މޭގަން އަށް ރައްދުކޮށް އޭނާ އަށް މަލާމާތް ރައްދުވާ ވާހަކަތަަކެއް ދައްކައިފި އެވެ.

"ގުޑް މޯނިން ބްރިޓްން" ގައި ތޯމަސް ވާހަކަ ދައްކާފައި މި ވަނީ އާދީއްތަ ދުވަހު މޭގަން އާއި ހެރީ ޝާހީ އާއިލާގެ އެތެރެކޮއިލު ބޭޒާރުކޮށްލި އިންޓަވިއުއާ ދިމާކޮށެވެ. މީގެ ކުރިން ވެސް ތޯމަސް ވަނީ މޭގަންއާ ބެހޭ ގޮތުން މީޑިއާތަކުގައި "ދައްކަން ނުވާ ޒާތު" ގެ އެތައް ވާހަކައެއް ދައްކައިފަ އެވެ. މިކަމުގެ ސަބަބުން މޭގަން އާއި ތޯމަސްގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވެ އެވެ.

ބައްޕަ އާއި އާއިލާގެ އެހެން މީހުންނާ ވެސް ގުޅުމެއް ނޯންނަ މޭގަންއާ ބެހޭ ގޮތުން އާއިލާގެ މީހުން މީޑިއާތަކުގައި ވަރަށް ގިނައިން ވާހަކަ ދައްކަ އެވެ. މޭގަންގެ އިންޓަވިއުގައި ވިދާޅުވެފައި ވަނީ ޓެބްލޮއިޑް ނޫސްތަކުން ބައްޕަ އަށް ފައިސާ ދީގެން މޭގަންއާ ބެހޭ ގޮތުން ވާހަކަ ދައްކުވައިގެން ކުރީ ބޮޑު ވިޔަފާރިއެއް ކަމަށެވެ. އަދި އެއީ ބައްޕައަކު ދަރިއަކަށް ދޭނެ އަނިޔާއެއްގެ ގޮތުގައި ސިފަކޮށް ވިދާޅުވީ އެއީ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ.

ޕިއާސް މޯގަން އާއި ސުޒާނާ ރީޑްގެ އިންޓަވިއުގައި ތޯމަސް ބުނީ މޭގަންގެ އަމަލުތައް ހުންނަ ގޮތުން ބައްޕަ ފަރާތު އާއިލާ އާއި މަންމަ ފަރާތު އާއިލާ ވެސް އޮތީ "ބައިބައިވެފައި" ކަމަށެވެ. އަދި މިއީ މޭގަންގެ "ސުންޕާކަމު" ގެ ނަތީޖާ ކަމަށް ބުންޏެވެ.

މޭގަން އާއި ހެރީގެ ކައިވެނީގެ ހަފުލާގައި މޭގަންގެ އާއިލާގެ ފަރާތުން ބައިވެރިވާން ފުރުސަތު ލިބުނު ހަމައެކަނި މީހަކީ މަންމަ ޑޯރިއާ ރަގްލަންޑެވެ. އޭނާ އާއި ތޯމަސްގެ ކައިވެނި އޮތީ 1987 ގައި ރޫޅިފަ އެވެ. އެ ކައިވެނީގެ ކުރިން ތޯމަސް ކައިވެނިކޮށްގެން އުޅުނީ ރޯޒްލީން މާކަލްއާ އެވެ. އެ ކައިވެނި 1975 ގައި ރޫޅުނު އިރު ލިބިފައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއީ ތޯމަސް މާކަލް ޖޫނިއާ އާއި ސަމަންތާ މާކަލް އެވެ.

ތޯމަސް ބުނީ އެންމެ ހިތާމަކުރާ ކަމަކީ މޭގަން އެއްގޮތަކަށް ވެސް ގުޅުމެއް ނުބޭއްވުން ކަމަށެވެ. އަދި އޭނާގެ ފަރާތުން މާޒީވެފައި ހުރި ކަންކަމަށް އެތައް ފަހަރެއްގެ މަތިން މާފަށް ވެސް އެދިފައިވާނެ ކަމަށް ބުންޏެވެ. ނަމަވެސް އަދިވެސް ދަރިފުޅާ ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށެވެ.

"އެންމެ ކުޑަމިނުން އަހަރެން ބޭނުން ކާފަދަރި އާޗީއާ ބައްދަލުކޮށްލަން. އެ ފުރުސަތެއް ވެސް މިހާތަނަކަށް ލިބިފައެއް ނެތް،" ތޯމަސް ބުންޏެވެ.

ތަކުރާރުކޮށް މޭގަންގެ ވާހަކަ މީޑިއާތަކުގައި ދައްކަނީ ކީއްވެތޯ މޯގަން ސުވާލުކުރުމުން ތޯމަސް ބުނީ ދަރިފުޅު ވާހަކަ ނުދައްކާތީ އެކަމާ ހިތްދަތިވެގެން އެ ވާހަކަ ދެއްކެނީ ކަމަށެވެ.

"އެހެންވީމަ މޭގަން އާއި ހެރީ އަހަންނާ ވާހަކަ ދައްކައި ގުޅުން ބާއްވަން ފަށާ ދުވަހަކުން އަހަރެން މީޑިއާތަކުގައި އެ މީހުންގެ ވާހަކައެއް ނުދައްކާނަން،" ތޯމަސް ބުންޏެވެ. "އެހެން ނޫނީ އަހަންނަށް ޖެހޭނީ އެ މީހުންގެ ވާހަކަތަކައިގެން މީޑިއާތަކާ ހަމަައަށް އަންނަން."

އޭނާ ބުނި ގޮތުގައި އެ ދެމަރިންނަށް ދިމާވި ގޮތާ ދޭތެރޭ ވަރަށް ހިތާމަ ވެސް ކުރެ އެވެ. އެކަމަކު ޝާހީ އާއިލާ އަކީ ދެ ބޭފުޅުން ސިފަކުރިހާ ގޯސް ބައެއް ނޫން ކަމަށް ބުނެ އިނގިރޭސި ޝާހީ އާއިލާގެ ދިފާއުގައި ވެސް ވާހަކަ ދެއްކި އެވެ. އެގޮތުން އެ އާއިލާ އަކީ ނަސްލީ ތަފާތު ކުރުން ގެންގުޅޭ ބައެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އިނގިރޭސީންނަކީ ވެސް އެކަހަލަ ބައެއް ނޫން ކަމަށް ތޯމަސް ބުންޏެވެ.

އޯޕްރާ ވިންފްރީ އަށް ދެއްވި އިންޓަވިއުގައި، ޝާހީ އާއިލާ އިން ކަންތައް ކުރި ގޮތުން ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅުއްވި ކަމަށާއި އަމިއްލަ ފުރާނަ ދުއްވައިލުމުގެ ވިސްނުންތަކެއް ގެންގުޅުއްވި ކަމަށް ވެސް މޭގަން ވިދާޅުވެފައިވެ އެވެ. އެކަމާ ގުޅުވައިގެން ތޯމަސް ބުނީ "ދަރިފުޅު އެފަދަ ހާލަތެއްގައި ހުރިކަން އެނގޭ ނަމަ ދަރިފުޅަށްޓަކައި ބައްޕަ ހުންނާނެ" ކަމަށެވެ.

"އަހަރެން އަދިވެސް އުންމީދުކުރަނީ ދަރިފުޅާ ގުޅުން ބަދަހިކުރެވޭނެ ކަމަށް. މޭގަން އަމިއްލަ އަށް ބުނެފައި ވެސް އެބަހުރި އަހަންނަކީ ރަނގަޅު ބައްޕައެކޭ. ތި ކަހަލަ ބައްޕައިންނޭ ބޭނުން ވަނީ،" ތޯމަސް ބުންޏެވެ. "އެ މޭރުމުން މޭގަން ވާހަކަ ދައްކާނީ ގައިމު އަހަރެންގެ ކިބައިގައި ކޮންމެވެސް ރަނގަޅު ސިފަތަކެއް ހުރީމަ ކަމަށް ގަބޫލުކުރަނީ."

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނބި

10 March 2021

އަނބި ދަށުވެފައި

The name is already taken The name is available. Register?

ހޭވިހަޑި

10 March 2021

ވަރުގަދަ އަންހެނަކާ ތިއޮތީ ޖެހިފަ. މައެއް ބަފައެއް އާއިލާއެއް ބޭނުމެއްނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454