އެމްޕީއެލްގެ މުވައްޒަފަކު ހެވޯ ވެހިކަލެއް ބޭނުން ކުރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
06 އެޕްރީލް 2021 - 09:07
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި އެކި ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
"ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން 45 މީހަކަށް އެ ކުންފުނީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ޓިވެޓް އޮތޯރިޓީ އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން އެމްޕީއެލް އިން ހިންގާ ޕްރޮގްރާމްގެ ތަމްރީނުގެ މުއްދަތުގައި ކޮންމެ މަހަކު އެލަވެންސެއްގެ ގޮތުގައި 5،000ރ. ލިބޭނެ ކަމަށް މާލޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނިން ބުންޏެވެ.
އުމުރުން 18-35 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ލިބޭ މި ޕްރޮގްރާމުގައި ބައިވެރިވާން އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހަފުތާގެ އަންގާރަ ދުވަހެވެ.
- ފޮޓޯގްރާފަރު، 1 ސްލޮޓް
- ހެވީ ވެހިކަލް އޮޕަރޭޓަރު، 22 ސްލޮޓް
- ވެލްޑަރު، ހަތް ސްލޮޓް
- ކާޕެންޓަރު، ހަތަރު ސްލޮޓް
- މޭސަން، ހަތަރު ސްލޮޓް
- އެޑްމިނިސްޓްރޭޓިވް އޮފިސަރު، ތިން ސްލޮޓް
- އެއާ ކޮންޑިޝަނިން ސާވިސް އެންޑް ރެފްރިޖަރޭޝަން، ހަތަރު ސްލޮޓް
We are offering 45 opportunities to take part in the National Apprenticeship Program. At the successful completion of the program, the Apprentices will get a Level 3 National Certificate recognized in the Maldives.
— Maldives Ports Limited (@Portmv) April 4, 2021
Apply online: https://t.co/98xEAv6m4V
before 13/04/2021 1400hrs pic.twitter.com/abGJdO9pVx
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އެޕްރެޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ މީހުންނަށް އެ ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުރުގާ
06 April 2021
ދިވެހިރާއްޖޭގެ މަރުގެ ތުންފަތްމަތި
ކަލޭ
06 April 2021
މަރުވާނެ ކޮންމެ މީހަކުވެސް
އަހުމަދުއަލޯ
06 April 2021
ތިޔަތަނުގެ މުވައްޒަފުން ދިރިތިއްބޭތޯ އިހަށް ބަލާބަލަ.
ޖަނާބު އަންޖާމު
06 April 2021
އެހެންކަންތައްތައްވެސް ހުންނަފަދައިން ތިކަންވެސް ޚާއްސަވާނީ ވަކި ބަޔަކަށް.
މަރުމޯލު
06 April 2021
އެންޑީޕީ މެންބަރު ދާއިރާކުދިންނަށް ހާއްސަވެފަ އޮތީ ހުރިހާސުލޮޓެއްވެސް. ނަގާފަ ބާކީ ވެއްޖެޔާ ދެން އެހެން ބަޔަކަށް ލިބޭނީ
ރަދީފްއޮފިޝިއަލް
06 April 2021
ސާބަހޭ.މިއީ ވަރަށް ރަނގަޅު ކަމެއް.