މިއަދު ހަވީރު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--
10 އެޕްރީލް 2021 - 19:06
މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އިންސާފުވެރިކޮށް ބާއްވައިފި ނަަމަ، މި ސަރުކާރު ބޭޒާރުވާނެ ފަދަ ނަތީޖާއެއް ނެރޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ، ވޯޓު އޮޅުވައިލުމަށް އެކި މަަސައްކަތް ކުރިކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، ތަކުރާރުކޮށް އެކި ތަންތަނުގައި އެކި މީހުން ވޯޓުލަމުންދާ ކަމަށާއި އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ވޯޓުލާން ފެށި ފަހުންް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ވޯޓުލާ އެކި މަރުކަޒުތަކަށް ވަޑައިގެން ފާޅުގައި ކެމްޕެއިން ކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަޝީދު ވަނީ މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ސައިކަލެއްގެ ފަހަތުގައި، ވޯޓުލާ އެކި މަރުކަޒުތައް ކައިރިއަށް ވަޑައިގެން މީހުންނާ ބައްދަލު ކުރައްވައި ވާނުވާ ބައްލަވައިފަ އެވެ. އެ މަނިކުފާނު އެކަން ކުރެއްވީ ވޯޓުލުން ކުރިއަށް ގެންދާ ގޮތް ބައްލަވަން ކަމަށް ވިދާޅުވެ އެވެ.
އެކަމުގެ ޝަކުވާތައް މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށާއި ވީހާ ވެސް އަވަހަކަށް އެކަންކަން ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިއަދުގެ ބްރީފިންގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް މިހާރު ލިބޭ މައުލޫމާތުގައި ވަރަށް ނުބައި ރޭވުންތައް މި ސަރުކާރުން އެބަ ރާވާ. މުޅި މި ރާއްޖޭގެ ވޯޓު އޮޅުވައިލުމުގެ ކަންތައްގަނޑެއް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުރެ ކުރަމުންދާ ކަމުގެ މައުލޫމާތެއް ރާއްޖޭގެ އެކި އަތޮޅުތަކުންްނާއި ރަށްރަށުން އެބަ ލިބޭ - އަބްދުއްރަހީމް
އޭނާ ވިދާޅުވިގޮތުގައި، އިންސާފުވެރިކަމާއެކު މި އިންތިހާބު ބާއްވައިފި ނަމަ، އިދިކޮޅުން ބޮޑުތަނުން ސަރުކާރު ބަލިކުރާނެ އެވެ. ރައްޔިތުން ތިބީ ސަރުކާރާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
11 April 2021
އިންސާފުވެރި ނަމަ އެމް.ޑީ.ޕީ. ވެސް އަދި ޕީ.ޕީ.އެމް. ވެސް ބަލިވާން ޖެހޭ,
ާޢަލީ ޢަލީ
10 April 2021
ހިޔަޅު ވިސްނުން
އަލީބެ
10 April 2021
އަދުރޭތީ ޕާޓީގެ ހަލާކު..ޕޕމ ގަ ތިބި ތައުލީމީ މީހުނަށް ފުރުސަތު ދެއްވާ..އޭރުން ތާއީދު ލިބޭނެ..
ޢަދުރޭގެ
10 April 2021
ޙެހެ، އަދުރޭ ކޮންވައްތަރު ވާހަކަ?
ހަނުހުންނަ މީހާ1
10 April 2021
ތީގެ މާނައަކީ ޕީޕީ ބަލިވެއްޖެއްޔާ އިންސާފުވެރި ނުވަނީއޭތޯ. ތިކަހަލަ ހަމަ ދެފަރާތުންވެސް ގެންގުޅޭތީ މަ ވޯޓްލާން ނުދިޔައީ
ޢަލް އުސްތާޒު
10 April 2021
ޢަހަރެން ސަރުކާރާ މެދު ހިތްހަމައެއް ނުޖެހޭ. ޢެއީ އިންޑިއާ މާ ބޮޑަށް ގާތްކުރާތީ
މުއްލާ އުމަރު
10 April 2021
ޢެމްޑީޕީ އަކުން އިންސާފުވެރި އިންތިހާބެއް ނުބާއްވާނެ.ބާރާއި ނުފޫޒު ބޭނުންކުރާނެ.ވޯޓް ކައިރި ވީމަ ވަޒީފާ ދިނުމާއި މަޝްރޫއުތައް ފެށުމާއި ނަނާ ހުވަފެން ދެއްކުމާއި މިހުރިހާކަމެއްް އޮންނާނެ.
ގަބޭ
10 April 2021
ބަލި ގަބޫލްކުރީތަ؟ ހާދަ އަވަހަކަށް، އަދި ވޯޓް ގުނަންފެށީ.
އޮނަރަބްލް އަފީފު ދީދީ
10 April 2021
އެކަމަކު ރަޙީމްބޭ ..!!؟ ތިތާގަ ތިތިބަ ކުދިންކޮޅުވެސް ބޭބެ ތިދައްކާ ވާހަކަ އަޑު އަހާފައި މަލާމާތް ކުރާނެ. # ޕީޕީއެމްގައި މަދުން ނަމަވެސް ތައުލީމީ މީހުން ތިބިއިރު އަދި ޒުވާނުންގެ ތެރޭގައި 21 ވަނަ ޤަރުނަށް ފެތޭފަދަ ސިޔާސަތު ދަންނަ ކުދިން ތިބިއިރު އެފަދަ ފަރާތްތަކަށް ތިކަންކުރާން ފުރުސަތުދީފައި ރަހީމްބެމެންފަދަ "އޮއްސިފައިވާ މީހުން" ތަންކޮޅަށް ފެއަށްޖެހިލައިގެން މެނުވީ ތިޔަ ޕާޓީ ދެމިއޮތުމަށްވެސް ހުރަސް އެޅިދާނެ. އިންތިޙާބަށް ފަހު މިކަން އިސްލާޙްކުރޭ.
މެޓްރިކްސް
10 April 2021
މިފަހަރު ޖެހި ފާހަނގަ ދިޔައީ ކޮންތާކަށް؟