ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ މާޒިޔާއަށް: ރިސްޓޯ

މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް މީޑިއާއާ ވާހަކަ ދައްކަނީ --- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގު ނިމެން ކައިރިވި ވަރަކަށް އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ މާޒިޔާއަށް ކަމަށް، އެ ކުލަބުގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ލީގްގައި މާޒިޔާއަށް ބާކީ އޮތީ 10 މެޗެވެ. މިރޭ ޓީސީ އާ ދެކޮޅަށް ކުޅޭ މެޗަކީ ލީގުގައި ކުޅޭ 12 ވަނަ މެޗެވެ. ދެ ވަނަ ބުރުގައި އެ ޓީމަށް ބާކީ އޮތީ ތިން މެޗެވެ. ރިސްޓޯ ބުނި ގޮތުގައި ލީގުގައި ކުޅެން އޮތް 10 މެޗުގެ ތެރެއިން މިރޭ ޓީސީއާ ދެކޮޅަށް ކުޅޭ މެޗަކީ މި ވަގުތު އޭނާގެ ޓިމަށް އޮތް އެންމެ މުހިންމު މެޗެވެ.

އޭނާ ބުނީ، ލީގުގެ ފޭވަރިޓަކީ މާޒިޔާ ކަމަށާއި އެހެންވެ އެހެން ހުރިހާ ޓީމުތަކަށް ވުރެ މާޒިޔާއަށް އޮންނަ ޕްރެޝަރު ބޮޑުވާނެ ކަމަށެވެ.

"ލިސްޓްގައި އަހަރެމެން ޓީމު އޮންނާނެ ފޭވަރިޓުންގެ ގޮތުގައި. އެހެންވީމަ މެޗުތަކުން މޮޅުވާން އަހަރެމެނަށް އިތުރު ޕްރެޝަރެއް އެބައޮތް،" މިރޭ ޓީސީއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން، ސާބިއާ އަށް ނިސްބަތްވާ ކޯޗް ބުންޏެވެ. "ފުޓްބޯޅައިގައި ޕްރެޝާ އޮންނާނެ. ޕްރެޝަރެއް ނެތް ނަމަ ޝައުގުވެރި ކަމެއްވެސް ނޯންނާނެ. އަބަދުވެސް ޖެހޭނެ އެ ޕްރެޝަރާ ކުރިމަތިލާން. ލީގު ނިމެން ކައިރިވާ ވަރަކަށް ތިން ޕޮއިންޓް ގެއްލޭ ކޮންމެ މެޗަކީ އަހަރެމެންނަށް ކުރިމަތިވާ އިތުރު ޕްރެޝަރެއް."

މާޒިޔާ އާ ދެކޮޅަށް، އެންމެ ފަހުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުޅުނީ ޑިފެންސިވް ގޭމެކެވެ. އެ މެޗުން މާޒިޔާ ފުއްދާލީ ޕޮއިންޓަކުންނެވެ. ރިސްޓޯ ބުނީ، އިދިކޮޅު ޓީމުން ކޮންމެ ސްޓައިލެއްގައި ކުޅުނަސް މާޒިޔާގެ ގޭމް ބަދަލު ކުރަން އޭނާ ނުވިސްނާނެ ކަމަށެވެ. އެކި މެޗުތަކުގައި އެކި މަގާމުތަކަށް އެކި ބަދަލުތައް ގެނެސްގެން ކުޅުނަސް އޭނާ ކުޅުވާނީ ޕާސްކޮށްގެން ކުޅޭ އެޓޭކިން ފުޓްބޯޅައެއް ކަމަށް ރިސްޓޯ ބުންޏެވެ.

"އަހަރެމެންނާ ދެކޮޅަށް ކުޅޭ ޓީމުތަކުގެ ތެރެއިން ބައެއް ޓީމުތައް ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ތިބެ ޑިފެންސް ކުރާނެ. އަނެއް ބައި ޓީމުތައް ވަރަށް ބޮޑަށް ޕްރެސިން ގޭމް ކުޅޭނެ. ނަމަވެސް އަހަރެމެންގެ ސްޓައިލެއް ބަދަލެއް ނުކުރާނަން،" ރިސްޓޯ ބުންޏެވެ.

"މިދިޔަ ދެ މަސް ދުވަހު އަހަރެމެން ކުރި މަސައްކަތަކީ އެއީ. ޕާސިން ގޭމުގައި ވީހާވެސް ބޮޑަށް އޮފެންސިވް ގޭމެއް ކުޅުން. އެކި މެޗުތަކުގައި ކުދި ކުދި ބަދަލުތައް ގެނެސްގެން އަހަރެމެން ކުޅޭނަން. ބައެއް ފަހަރު ފޯވަޑުން ގިނަ ކޮށްލާފަނާނަން އޭރުން ކުޅުންތެރިންނަށް އެނގޭނެ އަހަރެން ބޭނުން ވަނީ ގިނަ ހަމަލަތާކެއް އުފައްދަން ކަން. ބައެއް އެހެން މެޗުތަކުގައި މިޑްފީލްޑަށް އިތުރު ކުޅުންތެރިޔަކު ބަހައްޓަފާނަން. އެހެންނަމަވެސް އަހަރެމެންގެ ކުޅޭ ސްޓައިލަކަށް ބަދަލެއް ނާންނާނެ."

ސުޕެއިންގެ ރެއާލް ބެޓިސްއަށް ކުޅެފައިވާ ރިސްޓޯ ބުނީ އެޓޭކިން ގޭމްގައި ބައެއް ފަހަރު ބޭނުންވާ ނަތީޖާ ނުނެރެވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ޕާސިން ގޭމްގައި މާޒިޔާގެ ކުޅުންތެރިން މާ މޮޅުކަމަށް އޭނާ ބުންޏެވެ. އިސްކޮޅުން ކުރު ކުޅުންތެރިންނަށް ވުމުން އެ ކުޅުންތެރިންނަށް އެންމެ ރަނގަޅީވެސް މިހާރު މާޒިޔާ ކުޅެމުންދާ ގޭމުކަން އޭނާ ފާހަގަކުރި އެވެ.

"ޕާސިން ގޭމްގައި މާޒިޔާގެ ކުޅުންތެރިން މާ މޮޅު. އެހެންވެ އަހަރެން ތިރިން ޕާސިން ގޭމް މި ކުޅުވަނީ،" ރިސްޓޯ ބުންޏެވެ. "އަނެއްކާ ބޮޑު ބޯޅަ ކުޅޭކަށް އަހަރެމެންގެ ނެތް އިސްކޮޅުން ދިގު ކުޅުންތެރިންނެއް ވެސް. އަހަރެން މި މަސައްކަތްކުރަނީ މިތިބަ ކުޅުންތެރިންނަށް އެންމެ ރަނގަޅު ގޮތަށް ކުޅެވޭތޯ. އެމީހުންނަށް އެންމެ ރަނގަޅަށް ކުޅޭވޭނެ ގޮތަކީ ކޮބައިތޯ ވިސްނައިދެވޭތޯ. ބައެއް ފަހަރު އެ ގޮތަށް ކުޅެގެން ނަތީޖާ އަތުވެދާނެ އަނެއްބައިފަހަރު ނަތީޖާ ނުނުކުމެ ހިނގައިދާނެ. އެކަމަކު އަހަރެމެން މަސައްކަތް މި ކުރަނީ އިދިކޮޅު ޓީމު ފަސޭހަކަމާ އެކު ބަލި ކުރެވޭނެ ގޮތަށް."

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ސީޒަން ފެށިއިރު ހުރީ މާޒިޔާގަ އެވެ. ލީގުގެ ކުރީ ކޮޅު މާޒިޔާގެ ކޯޗުކަމުން އޭނާ އިސްތިއުފާ ދިނުމުން، މާޒިޔާއިން ކޯޗަކަށް ގެނައީ ރިސްޓޯ އެވެ. މިރޭގެ މެޗު ވެގެންދާނީ އޭގެ ފަހުން މާޒިޔާ އާ ދެކޮޅަށް ނިޒާމް ނުކުންނާނެ ފުރަތަމަ މެޗަށެވެ. މާޒިޔާ ބަލި ކުރުމަށް ނިޒާމް އިތުރު ހިތްވަރެއް ނެރޭނެ ކަމަށް ރިސްޓޯ ބުންޏެވެ. އޭނާ ބުނީ ކޮންމެ ކޯޗަކަށް ވިއަސް ކުރީގެ ޓީމާ ދެކޮޅަށް ކުޅޭ އިރު އެ ޓީމު ބަލި ކުރަން އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ.

ނަމަވެސް ނިޒާމު ބުނީ ވަނީ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ވަކި ހާއްސަ މޯޓިވޭޝަނެއް އޭނާގެ ނެތް ކަމަށެވެ. ޓީސީގެ މިހާރު އޮތް ސްކޮޑަށް މާޒިޔާ ބަލިކުރުން އުނދަގޫ ކަމެއްގެ ގޮތުގައި ވެސް ނިޒާމް ފާހަގަކުރި އެވެ.

އޭނާ ބުނީ، މާޒިޔާ އިން ކުއްލިއަކަށް އިސްތިއުފާ ދިން ނަމަވެސް، އެ ކުލަބާ މެދު އެހެން ގޮތަކަށް އޭނާ ނުވިސްނާ ކަމަށެވެ. މާޒިޔާގެ މަގާމުން އިސްތިއުފާ ދިނުމަކީ ޕްރޮފެޝަނަލްކޮށް ނިންމި ނިންމުމެއް ކަމަށް ނިޒާމް ގަބޫލުކުރެ އެވެ. މާޒިޔާގެ ޓީމުން އިސްތިއުފާ ދިން ފަހުން ވެސް އެ ކުލަބުގެ މެނޭޖްމެންޓާއި އޭނާއާ ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށް ނިޒާމް ބުންޏެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަފޯޓަރ

16 April 2021

އަހަރެން މިސަރުކާރު މީހަކަށް ވޯޓް ނުލީވެސް މަހުލޫފް މެންގެ ހުދުމުހުތާރު ކަމުން ނިއުރޭޑިޔަންޓް ވުޖޫދުން ފޮހެލިބަޔަކާއި އެއްކޮށް ޑީލު ހަދައިގެން އުޅޭތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454