އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
03 މެއި 2021 - 14:48
އެމްޓީޑީސީ އަށް މިދިޔަ އަހަރު 50.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
އެމްޓީޑީސީން އާންމުކޮށްފައިވާ ޕްރެސް ރިލީސްގައި ބުނީ މިއީ 2019 ވަނަ އަހަރަށް ވުރެ 115 ޕަސެންޓް ބޮޑު ފައިދާއެއް ކަމަށެވެ. އެމްޓީޑީސީން ބުނީ މިއީ ޓެކްސް ނުލާ އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރު ކަމަށެވެ.
އެމްޓީޑީސީ އަށް ފައިދާ ލިބުނު އިރު އެ ކުންފުނިން، އެކި ރަށްރަށުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 13 މިލިއަން ޑޮލަރު ދެއްކުން މިދިޔަ އަހަރު އަހަރު ވަނީ ތިން އަހަރަށް ފަސް ވެސް ކޮށްފަ އެވެ.
މިދިޔަ އަހަރަކީ 11 އަހަރަށް ފަހު އެ ކުންފުނިން ހިއްސާގެ ފައިދާ ބެހި އަހަރެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ލާރި ބެހުމަށް ވަނީ ނިންމައިފަ އެވެ.
އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭވިހަޑި
04 May 2021
މިހާރު ބޭނުންވަނީ ތިމީހުންއަތުން ގަތް ހިއްސާތައް ތިމީހުން ގަންނާނެ ދުވަހެކެވެ. އެއިންކުރާނެ ފައިޮދާއެއް މަމެންނަކަށް ނެތެވެ. ހިއްސާ ގަތް ދުވަހުން ފެށިގެން އެފައިސާތައް އެވަނީ ކަފުންކުރެވިފައެވެ. ހެޔޮނުވާނެއެވެ. ރައްޔިތުންއަތުންހޯދި ފައިސާތައް ރައްޔިތުންނަށްދީފާ ތިޔަ އެމްޓީޑީސީ އުވާލާށެވެ.
ބަރުބާދު
03 May 2021
އެމްޓީސީސީއައް ތިޔަފައިދާއެއް ލިބުނީ އެއްކަލަ މަހާޖައްރާފު ހޯދާދިން ޔާމީނުގެ ސަބަބުންދޯ؟. ފަޅުހިއްކައިގެން ނޫންގޮތަކައް ލިބުނު ފައިދާއެއް އެބައޮތްތޯ؟.
ވާ ނު ވާ
04 May 2021
އެމްޓީޑީސީ ރަނގަޅަށް ދިވެހިބަހުން ލިޔެފަ ހުންނަ އެެއްޗެހި ކިޔާބަލަ ޔާމީނޭ ފަޅޮލޭ ނުވީދި
ކަކުނިބޯ
04 May 2021
ޢެމްޓީސީސީ.އާއި އެމްޓީޑީސީ.އާއި.މިއީ.ދެތަނެކޭ އިގޭތޯ؟
މީނަމީ
03 May 2021
ދުވަހަކު ޑިވިޑެންޓް ބަހާ ތަނެއްނޫން. އަދިވެސް އެ ފަންސާސް ލާރިވެސް ނުލިބޭ. ވެރިންގެ ޖީބަށް އަދިވެސް ބަރުވަނީ. ކީވެތަ ހިއްސާއަކަށް ބަހާވަރު ނުބުނީ؟
ކޮރަލް
03 May 2021
ބަހާ ފައިސާ ލިބެނީ ކޮންގޮތަކަށް އަދި ކޮންދުވަހަކުން ތޯ ބަލާލަން ބޭނުމެވެ.