13 މެއި 2021 - 10:22
ޓެރަރިޒަމްގެ ހަމަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މިއަދު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.
Godspeed. @MohamedNasheed pic.twitter.com/OfW5zNokVs
— Eva Abdulla 🎈❓ (@evattey) May 13, 2021
އެމަނިކުފާނު ވަޑައިގަތީ އެއާ އެމްބިއުލާންސެއްގަ އެވެ. އެ މަނިކުފާނު ފުރާވަޑައިގަންނަވާތީ އޭޑީކޭ ހޮސްޕިޓަލް ސަރަހައްދާއި މާލޭގެ އެހެން ބައެއް ހިސާބުގައި ވެސް ސަރަހައްދުގެ ސެކިއުރިޓީ އޮތީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ.
ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނަށް ވަރަށް ސީރިއަސް ޒަހަމްތަކެއްވެ، އޭޑީކޭ ހޮސްޕިޓަލުގައި އުނދަގޫ، ބޮޑު އޮޕަރޭޝަންތަކެއް ކޮށްފައި ވެ އެވެ.
ރައީސް ނަޝީދު އެއާޕޯޓަށް ގެންދާއިރު، ސެކިއުރިޓީ ވަރުގަދަ ކޮށްފައި -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ޖަރުމަނަށް އެމަނިކުފާނު ގެންދިޔައީ، ނަޝީދުގެ އާއިލާއިން ބުނިގޮތުގައި ރިކަވަރީ އާއި ރިހެބިލިޓޭޝަނަށެވެ.
އެ ހަމަލާ އަށް ފަހު ނަޝީދު ރާއްޖެއިން ފުރާވަޑައިގަތް އިރު، އޭޑީކޭ ހޮސްޕިޓަލް ހިމެނޭ ސަރަހައްދާއި މާލޭގެ އެކި ހިސާބުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރު އެޅި ސިފައިންނާއި ފުލުހުން އައީ ފޯރިމަރުންނެވެ. އޭޑީކޭ ހޮސްޕިޓަލުން ފެށިގެން ބްރިޖާ ހަމައަށް، ކައިރި ކައިރީގައި ހަތިޔާރާ އެކު ސިފައިން އެބަތިއްބެވެ. އަދި ބްރިޖާއި އެއާޕޯޓްގެ ސެކިއުރިޓީ ވެސް ވަނީ މީގެ ކުރިން މިކަހަލަ ކަމެއްގައި ނުކުރާ ވަރަށް ވަރުގަދަ ކޮށްފަ އެވެ.
ރައީސް ނަޝީދު ބޭސްފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގަތުން pic.twitter.com/3mpjpR1TD8
— Luke 🇵🇸 (@Lucasjalyl) May 13, 2021
ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ. އެމަނިކުފާނު އާދައިގެ ހާލަތަކަށް ބަދަލުވަމުން އަންނަ ކަން އިއްޔެ އާންމުވި ފޮޓޯތަކުން ވެސް އެނގެ އެވެ. އަދި އެމަނިކުފާނު ރޭ ވަނީ ޓްވީޓް ވެސް ކުރައްވައިފަ އެވެ.
We have released President Nasheed from hospital today. As he travels overseas for rehabilitation and recovery the management and employees of the hospital wish him a quick return to full health.
— ADK Hospital (@ADKHospital) May 13, 2021
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައްސިމޭން
14 May 2021
މިއީ ދެން ކޮން ކަމެއް އެމް.އެން.ޑީ.އެފް... މި ހީވަނީ ދިވެހިރާއްޖެޔަކީ ޓެރަރިސްޓުންގެ ހާއްޔެއްހެން. ވަރަށް ހުތުރު. ތިޔަ ވަރު "ހައި ރިސްކު" މީހަކު މާލެއަށް އެތެރެ ނުކުރުން މުހިންމީ، މިހާ ބައިބޯ ތަނަކަށް، އެހެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް. ބިން ބޮޑު، މީހުން މަދު އެހެން ރަށަކުން ސަރުކާރުން ރަސްމީ ގެ ފޯރުކޮށްދިނުމަށް އެދެނީ ރައީސުގެ އަރިހުން މީނާއަށް.
ހަޖަމު
13 May 2021
ފިޔަވަޅު އެޅޭތަން މިފެންނަނީ ވާނެ ހައެއްޗެއްވީމަ! މިޔަށްއަހަރުމެންކިޔާނީ ދެއްކުމޭ! ޒިންމާދާރުކަމަކީ މިއީކަމުގަވާނަމަ، ރަނގަޅީ މިގޮތަށް ޒިންމާދާރުނުވެ އިސްތިޣުފާދީ ގެޔަށްދިޔައްޔާ!
ޑެވްގްރޫ
13 May 2021
އެމް.އެން.ޑީ.އެފްގެ ލީޑަރޝިޕްގެ ދޯހަޅިކަން މިފެންނަނީ. ކުރިން ސޯޓު ބޭލުނީމަ މިހާރު ކަމަކަށް ކަމެއް ކުރަންވެގެން ޖެއްސި ޝޯ އެއްމީ. އެއްވެސް އެސެސްމަންޓް ބޭސިސްއެއް ނެތި ޖެއްސި ޗަރުކޭހެއް.
ޕިސް ޕިސް
13 May 2021
ދައުލަތުގެ ކުރީގެ ބޮޑުން ސެކިޔިރިޓީގަ އުޅުއްވަނީ ކީއްވެކަން މިހާރު ފަހުމްވެއްޖެކަހަލަ. ސެކިޔުރިޓީގެ އަޑު ނާއްސަވާ މަގުމަތިން ޒިޔައްޓޭ ފެންނައިރަށް ގޮވައިގެން ކަޑައަކަށް ވަނުމާ، ހުކުރު ނިންމަވާފަ ގަލޮޅު ކަންމަތީ ހޮޓަލަށް ވެންނެވުމާއި، ކެމްޕެއިނަށް ގޭގޭ މޮޕްލައިދިނުމާއި ކުދިން ބަލައިދިނުމުގައި ދެއްކުންތެރިކަން ނޫންކަމެއް ނުފެނުނު. އެހަނަސް ޓެރަރިޒަމް ކުށްވެރިކުރަން. ޜައީސް ނަޝީދުއަށް އަވަސް ޝިފާއަކަށް އެދެން.
ކޮރަލް
13 May 2021
ދިވެހި ރައްޔިތުން ޓެރަރިޒަމް އާ ދެކޮޅެވެ. އެކަމަށް ގާނޫނު ވެސް އެބަ އޮތެވެ. އަދި ދިވެހި ރައްޔިތުން ދީނައް ފުރައްސާރަ ކުރުމާ ވެސް ދެކޮލެވެ. އެކަމަށް ގާނޫނެއް ނެތެވެ. އިސްލާމްދީނުގަ އޮންނަ ގޮތައް އެކަން ނުބެލެ އެވެ.
ޅިއައެ
13 May 2021
ގާނޫނު އަސާސީގަވެސް އޮންނަ ބަޔެއްތީ. 1 ފަހަރުވެސް ގާނޫނު އަސާސީ ކިޔާލިންތަ.
ކަކުނިބޯ
13 May 2021
މިކަމަށް ދަ އުއލަތުން ކުރި ހަރަދު އަންގާލަދީބަލަ
ބަބުފުޅާ
13 May 2021
ޙަބަރު ވަރަށް ނުކިޔަން ދޯ؟ ހުރިހާ ހަރަދެއް ކުރަނީ އޮނަރަރީ ކޮންސުލް އިން ކަމަށް މިއަދު ޚަބަރުގަ އޮތް. ކަކުނިބޯ ވީމަ އެހެން ވެދާނެ. ޙަބަރު ކިޔައްޗޭ ދެންވެސް.
މަބީނާ
13 May 2021
ދެއްކުންތެރިކަމާއި ބޮޑާ ކަމާއި، މީހުންގެ އަނބުރު ނަގާލުމާއި ދަހިވެތިކަން އެއީ ނަޝީދުގެ އަދި އީވާގެ ހާއްސަ ސިފަތަކެއް! ބޭރުފުށުން ރީތި އޮމާން މީހުން ތަކެއް ކަމަށް ދައްކަމުން، އެކްޓިވިސްޓުން ލައްވާ މީހުންގެ އަބުރު ނަގާލުމީ އަދި ފިތުނަ އުފެއްދުމީ އިވާ އަދި ނަޝީދު (އެލެކްސް) ކުރާ ކަމެއް! ނަޝީދުދެކެ ހިތާވިޔަސް ވިސްނަބަލަ! ނަޝީދަށް އަވަސް ފަރުވާއަކަށް އެދެން
ޞާލިޙް
13 May 2021
ދެއްކުންތެރިވާނެ.. އެއީ ސިޔާސީ މައިދާނުގައި އެންމެންވެސް ގެންގުޅެ އެއްޗެއް... މަބީނާގެ ލިސްޓުން ދެބަސް ވެވޭ ބައި މިއޮތީ: ބޮޑާކަން، ދަހިވެތިކަން، އަބުރު ނަގާލުން... ހަމަ ހޭޓް ކޮމެންޓެއް ކޮށްލަންށޭ ކިޔާފަ ތިޔަ ކުޅެވެނީވެސް އަބުރަކާ...
ގައުމުގެ ހާލަތައް ހަމްދަރިދީވޭ
14 May 2021
ސާލިހޫ. މަބީނާ ބުނެފަ އޮތީ ފެކްޓް. ޢެއަށް ހޭޓު ކޮމެނޓްއޭ ލަވް ކޮމެންޓޭވެަސް ކިއިދާނެ. ޢެނގޭ އެއްޗަކީ ގައުމު މިހާލަތުގަ އޮތްއިރު، ރައްޔތިުންވެސް ސިއްޚީ ރަނގަޅު ހިދުމަތައް އެދި އެދި ތިއްބަ، ވެކްސިނެއްނެތި ބަލިމަޑުކަމެއްގަ ރާޖެ އޮއްވަ، ރާޖޭގެ ހޮސްޕިޓާތައް އުވާލާ ޑައުންގްރޭޑްކޮއްފަ އޮްވަ، ޔޫރަޕުގެ އެންމެ އަގުބޮޑު ރިކަވަރީ ހިދުމަތައް ގައުމުދޫކޮށްދާނީ ހާދަހާވާ "ހެޔޮވެރިކަމެއް" ރައްޔތުންގެ މައްޗައް ކޮއްދެވޭނެ މީހެކޭ.
ެަހަރެން
13 May 2021
ތިމީހުން ތިބެދާނެ ކެމެފްލާޖް ޔުނީފޯމްގަ ހުދު ފާރެއްގެ ކައިރީގަވެސް
ޑަބިއޏ
13 May 2021
ތުރެޓް މާބަޑަ ހައިވީތާ.
ގާދަ
13 May 2021
ހާދަ ޖެލަސް ވާމީހުން އުޅެޔޭ.. މަށައް ހަމަ ހިނިއަންނަނީ...