23 މެއި 2021 - 13:51
ލިޒްބަން (23 މެއި) - ޕޯޗްގަލްގެ ފަސް ވަނަ ޑިވިޝަންގެ ކުލަބު އޯސް ބެލެނެންސެސް އިން، އިޓަލީގެ ލެޖެންޑްރީ ކީޕަރު ޖިއާލުއީޖީ ބުފޯން އަށް ތަފާތު ކޮންޓުރެކްޓެއް ހުށަހަޅައިފި އެވެ. އެ ކްލަބުން "ސަމާސާ" އަކަށް ބުފޯން އަށް ހުށަހަޅާފައިވާ ކޮންޓުރެކްޓްގައި ފޮނި ކާއެއްޗެއްސާއި ދާރުލްއާސާރަށް ވަނުމުގެ ޓިކެޓު ހިމެނެ އެވެ.
މި ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލާނެ ކަމަށް ބުފޮން ،43، ވަނަ މިދިޔަ ހަފުތާގައި އިއުލާންކޮށްފަ އެވެ. އެއާއެކު އޭނާ ގެންދަން ބޭނުންވާ ކްލަބަކަށް ހިލޭ އޭނާ ލައްވައި ސޮއި ކުރުމުގެ ފުރުސަތު އެބައޮތެވެ.
މި ދަނޑިވަޅުގެ ބޭނުން ހިފައި، ބެލެނެންސެސް އިން ވަނީ ބުފޯން އަށް ސަމާސާއަކަށް ތަފާތު ހުށަހެޅުމެއް ދީފަ އެވެ. ބެލެނެންސެސް އިން ބުފޮން އަށް ފޮނުވި ހުޅުވާލެވިފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އޭނާ ކުޅޭނެ ކްލަބެއް ބަލަމުންދާ ކަމަށް އެނގިފައިވާ ކަމަށެވެ. އަދި އޭނާ ބޭނުންނަމަ ބެލެނޭންސެސް އިން ކޮންޓްރެކްޓެއް ހުށަހަޅަން ތައްޔާރަށް ތިބި ކަމަށް އެ ކަލްބުގެ ސިޓީގައި ބުނެފައި ވެއެވެ.
"އެހެންވެ އަހަރެމެން މިތިބީ ވަރަށް ޝައުގުވެރި ކޮންޓްރެކްޓެއް ހުށަހަޅަން ތައްޔާރު ވެގެން،" އެ ކްލަބުން ބުނެފައި ވެއެވެ.
"މި ހުށަހެޅުން ގަބޫލުކޮށް ލިޒްބަން އަށް ބަދަލުވެ މި ކްލަބުގެ ހަގީގީ މަގާމު ކަމަށްވާ ޕޯޗްގަލްގެ ޓޮޕް ލީގަށް (ފުރަތަމަ ޑިވިޝަނަށް) އަހަރެމެން ޕްރޮމޯޓް ކޮށްދިނުމުގައި އެހީތެރިކަން ވެ ދިނުން އެދެން."
އެ ކްލަބުގެ ހުށަހެޅުމުގައި ވަނީ، ލިޒްބަންގެ ޓުއަރިސްޓް އޭރިއާތަކަށް ޒިޔާރަތް ކުރުމުގައި ހިލޭ ޓިކެޓް ދޭނެ ކަމަށް ބުނެފަ އެވެ. އަދި ލިޒްބަންގެ ދާރުލްއާސާރުތަކަށް ޒިޔާރްތް ކުރުމުގައި އެނައުލް ޓިިކެޓް ދިނުމަށްވެސް ހުށަހަޅައިފައި ވެއެވެ.
ބެލެނެންސެސްގެ އެންމެ ހެއްވާ ހުށަހެޅުމަކީ ޕޯޗުގަލްގައި މަގްބޫލު ހަ ވައްތަރެއްގެ ކަސްޓަޑް ޓާޓް ވެސް ބުފޯން އަށް ލިބޭނެ ކަމަށް ބުނެފައި އޮތުމެވެ.
"މިއީ ޕޯޗުގަލްގެ އެންމެ މަގްބޫލު ފޮނި ކާއެއްޗެހީގެ ތެރޭގައި ހިމެނޭ އެއްޗެއް. ޔަގީނުން ވެސް ބުފޯން އަށް މި ވަރަށް ކަމުދާނެ،" ބެލެނެންސެސްގެ ސިޓީގައި ބުނެފައިވެ އެވެ.
ބެލެނެންސެސް އަކީ ޕޯޗްގަލްގެ އެންމެ ދުވަސްވީ އެއް ކްލަބެވެ. ނަމަވެސް 2018 ގައި އެ ކުލަބު ދެ ފަޅިވެ ޕޯޗްގަލްގެ ފުޓްބޯޅައިގެ އެންމެ ފަހަތުން ފަށަން މަޖުބޫރުވި އެވެ. އެ ޓީމުން ވަނީ ޕޯޗަގަލްގެ ލީގު 1946 ގައި ހޯދާފަ އެވެ. އަދި ޕޯޗްގަލް ކަޕްވެސް ތިން ފަހަރު ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަލުހާލަތު
26 May 2021
އޮހް ޕޯޗުގަލްގެ ތި މުޅި ކުލަބަށްވެސް ބުފޯންއާ ހަމައަށް އަންނަން 100 އަހަރު އަދި ނަގާނެ މުޅި ކުލަބުގެ އަގު ބުފޯންގެ 1 އަހަރުގެ މުސާރައާ ކިރިޔާ ހަމަވަނީ.. ތިމާނެންގެ ފެންވަރުނަ އުޅުން ބުއްދިވެރި ފުޓު ބޯޅައިގެ ޤަދަރުވެރި ލެޖެންޑުންނަށް މަލާމަތްނުކޮށް. 43 އަހަރުގަ އިޓާލިއަން ކަޕު ފައިނަލްގަ 90 މިނެޓް ހަމަކޮށް ތަށި ހޯދީ އެތަށް ހަމަލާއެއް ދިފާޢުކޮށްދީގެން.އެ އުމުރުގަ ޗެމްޕިއަންސްލީގު ކުޅޭ 40 އަހަރުވީފަހުން ފައިނަލްގަ ވެސް ކުޅުނު.. މިއީ ސަމާސާއެއް ނޫން
ރަދީފްއޮފިޝިއަލް
24 May 2021
ތިހެން ގާ އުކައިގެން އަހަރެންގެ ހިތްވަރު ބަލިކުރެވިދާނެކަމަށް ކަލޭމެން ދެކޭނަމަ އެއީ ކުށް ހީއެއް.އަސްލު ޓޮޕިކަށް ކޮމެންޓް ކުރަން ކަލޭމެން ދަސްކުރަން އެބަޖެހޭ.ބުފޯންގެ ކުޅުން ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ލިބުނު މީހަކާއި ތިގޮތަށް ކަލޭމެން ދިމާކުރުން އެއީ ކަލޭމެން ގައިގަ ހުރި އުނިކަމެއްގެ ސަބަބުން ކުރެވޭ ކަމެއްކަމުގަ ނޫނީނުވާނެ.ވ.ވެދުން
ރަފައިދާ
24 May 2021
ސޮރީ ލޯބީ
ރަދީފް އޮފިޝަލް
23 May 2021
ބުފޯން އެއީ އަހަރެމެންނާއި އެއްކޮށް ކޮފީއަށް އަރައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަހަރެމެންގެއަށް އާއިސް އުޅޭ ތިމާގެ ސޮރެއް! #ފޯޒާ ޔޫވޭ #ފޯޒާ ރަދީފް #ފޯޒާ ޕާޕީ
ފޮލިސް
23 May 2021
އަޅުގަނޑުމެން ނަށް މިހާތަނަށް ބެލިބެލުމުގައި މި ކޮންޓްރެކްޓް ހުށައްޅާފައިވަނީ ރަދީފު
43327
23 May 2021
ރަދީފަކީ އެހެންހުއްޓަސް ވަރަށް ކުލެވަރ ގޮލައެއް. ވަރަށް މޮޅެތި އައިޑިއަރު އޭނާ ހުންނާނެ.