ކުޅިވަރު / ޔޫރޯ 2020

އިޓަލީ ހަމައެކަނި މޮޅުވީއެއް ނޫން، ހެދީ ވަރުގަދަ ރެކޯޑެއް

އިޓަލީގެ ލަނޑު ޖަހައި ދިނުމަށް ފަހު އިންސީނިއާ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ރޯމް (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ތުރުކީގެ މައްޗަށް 3-0 އިން ކާމިޔާބު ހޯދައި، ޔޫރޯގެ ތާރީހުގައި އެ ޓީމުން ތިން ގޯލް ޖެހި ފުރަތަމަ މެޗުގެ ރެކޯޑާއި ފުރަތަމަ މެޗުގައި އެންމެ ބޮޑު ތަފާތަކުން މޮޅުވުމުގެ ރެކޯޑް ހަދައި އެހެން ޓީމުތަކަށް މެސެޖެއް ދީފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިޓަލީ ދެއްކި ކުޅުމަކީ، ފުޓްބޯޅަައިގެ ބައެއް މާހިރުން ސިފަކުރި ގޮތުގައި، މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރު ވޯލްޑްކަޕަށް ކޮލިފައިނުވެ ގަންނަން ޖެހުނު ލަދު ފިލުވާލައި ފެންވަރު ދައްކާލުމެވެ. އެފަހަރު ވޯލްޑްކަޕާ ހިސާބަށް ނުގޮސް ދާން ޖެހުނީ ފުރަތަމަ ފަސް މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗުން ބަލިވެގެންނެވެ.

އެކަމަކު މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗް ރޮބާޓޯ މަންޗިނީގެ ބެލުމުގެ ދަށުން މިފަހަރު ނުކުމެ ތިން ގޯލް ޖަހައިގެން ފުރަތަމަ މެޗުން މޮޅުވިއިރު މިއީ ޔޫރޯގެ ފުރަތަމަ މެޗުގައި މިހާތަނަށް އެ ޓީމަށް ކުރެވުނު ކަމެއް ނޫނެވެ. އަނެއްކޮޅުން، އެންމެ ފަހުން ކުޅުނު 28 މެޗުގައި ވެސް އިޓަލީ ބަލިވެފައި ނުވާއިރު އެ ރެކޯޑް ވެސް ދެމެހެއްޓީ އެވެ. މި 28 މެޗުގެ ތެރެއިން ރޭގެ މެޗަކީ ޖެހިޖެހިގެން އެ ޓީމު މޮޅުވި ނުވަ ވަނަ މެޗެވެ.

ރޭގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކުރީގެ ތަރިން ބުނެފައިވާ ގޮތުގައި މުބާރާތެއްގެ ފުރަތަމަ މެޗަކީ ރިތި މޮޅު މެޗަކަށް ވާން އެންމެން ވެސް ބޭނުންވާއިރު މި ފެނުނީ އޭގެ މެޗެކެވެ. ދެއްކި ތަފާތު މޮޅު ކުޅުމަށް އިޓަލީގެ ކުޅުންތެރިންނާއި ކޯޗަށް އެތައް ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި ނަމަވެސް އިޓަލީން އުފެއްދި ރީތި ހަމަލާތަކާއި ތުރުކީގެ ޑިފެންސުން ވެސް ރީތި ކުޅުމެއް ފެނުނެވެ. ފުރަތަމަ ހާފުގައި ތުރުކީން ޑިފެންސަށް އިސްކަންދީގެން ކުޅުނު ގޭމް ދެ ވަނަ ހާފުގައި ވެސް ޖެހުނީ ދަމަހައްޓާށެވެ. ނަމަވެސް، އިޓާލިއަން ލީގުގެ ޔުވެންޓަސްއަށް ކުޅޭ ޑިފެންޑަރު މެރިހް ޑެމިރާލް އަތުން ބައިކޮޅަށް ލަނޑު ވަނުމުން، ތުރުކީގެ ޒުވާން ޓީމުން ގޭމު ބަދަލުކޮށްލި އެވެ.

ޓީމު ކުރިއަށް ޖެހި ހަމަލާތައް އުފައްދަން ތުރުކީން އެ ހިސާބުން މަސައްކަތްފެށި އެވެ. އެކަމުގެ ފައިދާ ނަގަން ފެށީ އިޓަލީންނެވެ. ތުރުކީގެ ޑިފެންސުން ހުޅުވު ބާގަނޑުތަކުން ވަދެ އިޓަލީގެ ދެ ވަނަ ލަނޑު 66 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޗީރޯ އިމްމޯބިލޭ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ލޮރެންޒޯ އިންސީނިއާ ކާމިޔާބު ކުރީ އިމްމޯބިލޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އިޓަލީ އާއި ތުރުކީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަސް

ފުރަތަމަ ހާފުގައި، ނެގި ކޯނަރުތަކުން އިޓަލީން ވަނީ ތުރުކީގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކޮށްފަ އެވެ. ފުރަތަމަ ހާފުގައި ނެގި ކޯނަރެއްގައި ކެޕްޓަން، ކިއަލީނީ، ބޮލުން ފޮނުވާލި ބޯޅަ ނުރައްކާ ކޮށް ދިޔަނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އިޓަލީގެ ކީޕަރު ޑޮނަރުންމާ ޓެސްޓް ކޮށްލެވޭ ވަރުގެ ނުރައްކާތެރި ބޯޅައެއް، ތުރުކީގެ ކުޅުންތެރިންނަށް ފޮނުވައެއް ނުލެވުނެވެ. ނަމަވެސް އިޓަލީން ވަނީ ތުރުކީގެ ކޮޅަށް 24 ހަމަލާ ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން އަށް ހަމަލާ ގޯލާ އަމާޒުވި އެވެ.

ޔޫރޯ، މިފެށީ މުބާރާތް ބާއްވަން ތާވަލު ކުރި އަސްލު ތާރިހަށް ވުރެ އެއް އަހަރު ފަހުންނެވެ. މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި މުބާރާތް މިއަހަރަށް ފަސް ކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. ނަމަވެސް މުބާރާތުގެ އޮފިޝަލް ނަމެއްގެ ގޮތުގައި ބޭނުން ކުރުމަށް ޔޫއެފާއިން ކަނޑައަޅައިފައި ވަނީ ޔޫރޯ 2020 އެވެ.

9 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 14%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިއްޓެ

12 June 2021

ރަދީފް އަނގަ މަޑު ކުރޭ އެއްްކަލަ ލިންކް ށެއާ ކުރަން ޖެހިދާނެ

The name is already taken The name is available. Register?

ޕަބޭ

12 June 2021

ރޭގެ މެޗުގައި ކިއެލެނީ މުޅި ދަނޑުގައި. އަދިވެސް އެންމެ މަތީ ފެންވަތުގައި އެބަ ކުޅޭ.. ޖުމްލަ ގޮތެެއްގައި އިޓަލީ މުޅި ގޭމް ކޮންޓްރޯލްކުރީ.. 3 ލަނޑު ވަދެ ބަލިވިޔަސް ތުރުކީވެސް ވަރަށް ހިތްވަރު ކުރި އިޓަލީ ކަހަލަ ގަދަ ބާރެއްކައިރީ.,

The name is already taken The name is available. Register?

ރަޛީފްއޮފިޝިއަލް

12 June 2021

ތުރުކީ ކީޕަރު މޮޅު!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލްްް

12 June 2021

އިޓަލީ އަކީ މިކަހަލަ މުބާރާތްތަކުގައި ވާދަ ކުރަން މޮޅު ބައެއް. ހާއްސަކޮށް ޔުވޭގެ ކުޅުންތެރިން ގިނައިން ގެންދާ ފަހަރެއްވިއްޔާ މުބާރާތް ނަގާނެ. އަނެއްކާވެސް ތަކުރާރުކޮށް ރާއްޖެޓިވީ ވެރިން ކައިރީ ބުނެލަން އޮތީ ޔޫރަޕި ފަސްގަނޑި ނުވެސް ދެކޭ ތިންވަނަ ދުނިޔޭގެ އެނަލިސްޓުން ލައިގެން ޖެހޭނީ ސަކަރާތޭ.ވ.ވެދުން

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

12 June 2021

بسم الله. ٱلْحَمْدُ لِلَّٰهِ އެލާޓް:ޕެރޮޑީ ޑިޓެކްޓެޑް.(އެހެންމީހުންގެ ހިޔަނިން ނެއްޓިގެން ހުރެ ކޮމެންޓެއް ލިޔެލަން ނޭނގުން އެއީ ލަދުވެތިކަމެއް.އެކައުންޓް ނަމުން ވެސް ވައްކަން.ކީކޭ ބުނާނީ)

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

12 June 2021

بسم الله. ٱلْحَمْدُ لِلَّٰهِ. މުބާރާތުގެ ފުރަތަމަ މެޗް ވެސް ވަރަށް ބެސްޓް.އަނެއްހެން ބުނާނަމަ އިޓަލީން މިވަނީ ޓާކީ ރޯސްޓްކޮށްލާފަ.ގައި މޮބްރޭގެ ކޮމެންޓްރީން މެޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިންކަން ކަށަވަރު.ރާއްޖެޓީވީގަ ތިބި އެނެލިސްޓުންނަށް ސާބަސް.މެޗުގެ ކުރިން ބުނެފި މެޗްގެ ރެފްރީއަކީ އަންހެނެއްކަމަށް.ބެލުންތެރިންނަށް ރޭގަ ފެނުނީ އަންހެން ރެފްރީއެއްތަ؟! މެޗްގެ ފޯތު އޮފިޝިއަލްގެ ގޮތުގަ ހުރީ ފްރާންސްގެ ސްޓެފަނީ ފްރަޕާޓް.ވ.ވެދުން.

The name is already taken The name is available. Register?

ސަމަޖް

12 June 2021

ޓާކީ ރޯސްޓުކޮށްލުމަކީ އަހަރެމެން އުފާވާކަމެއްނޫން.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

12 June 2021

بسم الله. ٱلْحَمْدُ لِلَّٰهِ. އުފާނުވިޔަސް ކަން ހިނގިގޮތަށް ނޫންތޯ ވާހަކަ ދައްކަން ޖެހޭނީ!! މުސްލިމް ގައުމުތައް މޮޅުވުން އެއީ އަހަރުމެން އެދޭ ގޮތް.

The name is already taken The name is available. Register?

mRNA vaccines

12 June 2021

އަހަރެން ހާދަ އުފާވޭ ޓާކީ ރޯސްޓު ކޮއްލީމަ. އަހަރެން އުފަލުން ގޮސް ޓާކީ އެއް ގަނެގެން އަހަރެންވެސް އޭތި ރޯސްޓު ކޮއްލީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454