އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ -- މިހާރު ފައިލް ފޮޓޯ
20 ޖޫން 2021 - 09:21
ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ވެސް މިއަދު އުފުލިއްޖެ އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، މި ބަދަލާއެކު، އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމުން ކުރިން 9.79ރ. އަށް ލިބުނު ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 10.27ރ. އަށް ކަމަށެވެ. އަދި ޕެޓްރޯލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 9.74ރ. އަށެވެ. އެސްޓީއޯ އިން ކުރިން ޕެޓްރޯލް ލިޓަރެއް ވިއްކީ 8.85ރ. އަށެވެ.
އެ ކުންފުނިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ މާޗު މަހު އެވެ.
އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހަފުތާ ތެރޭގައި އުފުލުމާ ގުޅިގެންނެވެ. އިއްޔެގެ ނިޔަލަށް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ލިބެން ހުރީ 71 ޑޮލަރު (1،094.82ރ.) އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލްތާން
20 June 2021
ދެން ދުނިޔޭގެ ބާޒާރުގައި 50 ޑޮލަރައް އަގުދަށްވީމަ އެސް ޓީ އޯ އިން 10 ލާރި އަގު ހެޔޮކުރާނެ
ގެދޮރު ނެތްމާލޭމީހާ
20 June 2021
އަގުބޮޑުވި ފަހުން އެސް.ޓީ.އޯ އަށް ތެޔޮ ގެނައީބާ?