ރިޕޯޓް

ބޮޑު ޗުއްޓީ އާއި ބޮޑު އީދު: އަނެއްކާ ވެސް ބަންދުގައި!

"ބަންދުވެފައި އިންނަން ޖެހޭތީ މިހާރު ކިޔައިފި ގެއަށް ރައްޓެއްސަކު ގެނެސްދޭށޭ ވެސް. ކުއްޖާ މެންޓަލީ ފިޓް ނޫން ކަން އިނގޭ އޭނާގެ އުޅުމުން. އެކަނި ހުރެގެން ބައެއް ފަހަރު އެބަ ވާހަކަ ވެސް ދައްކާ."

ކުރީގެ އިީދު ބަންދަކަށް މާލެ އިން ރަށަކަށް ދާން ދިޔަ އާއިލާއެއްގެ ބަޔަކު ލޯންޗަށް އަރަން ތައްޔާރުވެގެން.---ފައިލް ފޮޓޯ: މިހާރު

ކިޔެވުމުގެ ތެރެއިން އެކިއެކި ޗުއްޓީތައް ލިބުނަސް، ކޮވިޑާ ހެދި މާލެއިން ބޭރަށް ނުދެވި ދޮޅު އަހަރުވީ އެވެ. އާއިލާތަކުން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. ހާއްސަކޮށް މާލޭގެ ތޮއްޖެހިފައިވާ ދިރިއުޅުމުގެ ތެރޭގައި ދަރިން ގެއިން ބޭރަށް ނެރެލަން ވެސް ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބިފައި ވަނީ މަދު ދުވަސްކޮޅެކެވެ.

މިހެން ތިއްބާ ދެ ބޮޑު އީދާއި ދެ ބޮޑު ޗުއްޓީ ވެސް، އެއްވެސް އުފަލެއް އަރާމެއް ނެތި ހޭދަވަނީ އެވެ. ހަމަ އެއްކަލަ ކުދިކުދި ތަންތަންކޮޅުގައި، އެ ހާސް ކަމުގެ ތެރޭގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސްކޫލުތައް ބޮޑު ޗުއްޓީ އަށް ބަންދުވިޔަސް އުފަލެއް ނެތެވެ. ހަގީގަތަކީ، ތެދު ހަދައިގެން މާލެ އިން ބޭރުވެވެގެން އާއިލާތަކަށް ދެވެން ނެތް ކަމެވެ. އަނެއްކޮޅުން، 15 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަކީ ވަރަށް ބޮޑު ވޭނެކެވެ.

ކޮވިޑާ ގުޅިގެން، ތައުލީމީ ނިޒާމަށް އައި ބަދަލުތަކާ އެކު، ފުރަތަމަ ފަހަރަށް އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ނިމި، ބޮޑު ޗުއްޓީ ފެށުނުއިރު މި ޗުއްޓީގެ ތެރޭގައި ބޮޑު އީދު ވެސް އެބަ ބައްދަލުކުރެ އެވެ. އަންނަ މަހުގެ 19 ވަނަ ދުވަހު ބޮޑު އީދު ފެށޭނެ އެވެ. ސްކޫލު ބަންދާއި ބޮޑު އީދުގައި މި ލިބޭ ބަންދު ވެސް މިފަހަރު ބަންދު މިވަނީ ރަށުގަ އެވެ.

މީގެ ކުރިން މި ޗުއްޓީތަކާ ދިމާކޮށް، ގިނަ ބަޔަކު، އެކި އުޒުރުތައް ދެއްކުމަށް ފަހު، މާލެ ދޫކޮށް ދިޔަ ނަމަވެސް ރަށްރަށަށް ދިއުމަށް ހުއްދަ ނުދޭނެ ކަމަށް، އެޗްޕީއޭ އިން މާ ކުރިން އޮތީ ބުނެފަ އެވެ. އެކަމަކު ވަޒީފާ ގެއްލި މުޅި ދިރިއުޅުން ރަށަށް ބަދަލުކުރަނީ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބަޔަކު މިހާރު ވެސް ރަށަށް ހިނގައްޖެ އެވެ. ތަފާތު އެކި ދޮގު ހަދައިގެން، އެޗްޕީއޭ އަށް ލިޔެކިޔުންތައް ހުށަަހަޅައިގެން ރަށަށް ގިނަ ބަޔަކު ދަނީ އެ މީހުންނަށް ޗުއްޓީގެ ބޭނުން ވަރަށް ބޮޑުވެގެންކަން ޔަގީނެވެ.

ނައިފަރުގައި ބަޔަކު ފުރަން ތައްޔާރުވަނީ--

އަނެއް ބަޔަކު ތިބީ ހަމަ އެޗްޕީއޭ އިން ހުއްދަ ނުދޭތީ ރަށަށް ނުދާށެވެ. މަނާކޮށްފައި އޮތް ކަމެއް ކުރަން ބޭނުން ނުވާތީ ރަށު ބަންދެއްގައި އަނެއް ބަޔަކު ތިބިއިރު އެޗްޕީއޭ އިން މިފަހުން ދިން ލުޔަކީ ކޮވިޑަށް ޕޮޒިޓިވްވި މީހުންނަށް ކަރަންޓީނު ވުމަކާ ނުލައި ރަށަށް ދިއުމަށް ހުއްދަ ދިނުމެކެވެ. އެކަމަކު އެއީ ބަލި ޖެހި، ރަނގަޅުވިތާ 60 ދުވަސް ނުވާ ނަމަ އެވެ. މިގޮތަށް ހުއްދަ ދިނަސް ސީދާ މާލެއިން ރަށްރަށަށް ދާން އަދިވެސް ހުއްދައެއް ނުދެ އެވެ.

އޮޅުވާލައިގެން ރަށަށްދާ މީހުން ބުނަމުން އަންނަނީ އެތައް ދުވަހު، އަނބިދަރިން ގޮވައިގެން ގޭގައި ބަންދުވެފައި ތިބެން ޖެހުމުން، ބޯ ގޮވާފައިވާ ކަމަށެވެ. އެހެންވެ، ކޮންމެ ގޮތެއް ހަދާފައި ވެސް އާއިލާއާ އެކު ހޭދަކޮށްލަން ލިބޭ ހަމައެކަނި ޗުއްޓީގެ ބޭނުން ހިފަން އެ މީހުން ބޭނުންވެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ އެކު ދިރިއުޅެމުންދާތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ގިނަ ބަޔަކު ތިބީ ޗުއްޓީއެއްގެ އިންތިޒާރުގަ އެވެ. ވަކިން ހާއްސަކޮށް މިފަދަ ޗުއްޓީއެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައި ތިބީ ކިޔަވާ ކުދިންނަށެވެ. މާލޭގައި ކިޔަވަމުން އަންނަ ކުދިންނަށް ބަލާއިރު ގްރޭޑް ހަޔަކުން ދަށް ގްރޭޑްތަކުގެ ކުދިންގެ ކިޔެވުން މުޅި އަހަރު ދުވަހު ކަހަލަ ގޮތަށް ގެންދިޔައީ އޮންލައިންކޮށެވެ. ހަތަކުން މަތީ ގްރޭޑްތަކުގެ ކުދިން ދޭތެރެއަކުން ސްކޫލަށް ގެންދިޔަ ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމާ އެކު އޮންލައިންކޮށް ކިޔެވުން ބަދަލުކުރެ އެވެ.

އަނެއްކޮޅުން މާލޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ސްކޫލަށް ނުގޮސް ތިބި ނަމަވެސް މަގުމައްޗަށް ނިކުމެ އުޅުމުގެ ފުރުސަތެއް ނޯވެ އެވެ. ކުދިން ތިބީ ގޭގެ ހަތަރު ފާރުގެ ތެރޭގައި އެތައް ދުވަހަކު ތިބުމުގެ ސަބަބުން ނަފްސާނީވެ، ރަނގަޅު ޗުއްޓީއެއް ބޭނުންވެފައިކަން ވާހަކަ ދައްކާލި ބައެއް ބެލެނިވެރިންގެ ވާހަކަތައް ހުރި ގޮތުން އެނގެ އެވެ.

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކުރި ދަނޑިވަޅުގައި ކުއްޖަކު ގޭގައި އޮންލައިން ކްލާސް ނަގާއިރު، އެހެން ދެ ކުއްޖަކު އެ ކްލާސް ކުރިއަށް ދާ ގޮތް ބަލަނީ.

އަންނަ އޯގަސްޓް މަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ގްރޭޑް އެކަކަށް ވަންނަ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނި ގޮތުގައި އޭނާގެ ދަރިފުޅު، ހުރީ ވަރަށް ބޮޑަށް ޗުއްޓީއަކަށް ބޭނުންވެފަ އެވެ. އެ ގޭގައި އެ ކުއްޖާ ވަރުގެ އިތުރު ކުއްޖަކު ނުހުރެ އެވެ. އެކަނި ކުޅެ، އަމިއްލައަށް ހުރެ މިހާރު ވާހަކަ ދައްކާ ހަދައި ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"ބަންދުވެފައި އިންނަން ޖެހޭތީ މިހާރު ކިޔައިފި ގެއަށް ރައްޓެއްސަކު ގެނެސްދޭށޭ ވެސް. ކުއްޖާ މެންޓަލީ ފިޓް ނޫން ކަން އިނގޭ އޭނާގެ އުޅުމުން. އެކަނި ހުރެގެން ބައެއް ފަހަރު އެބަ ވާހަކަ ވެސް ދައްކާ،" ބެލެނިވެރިއަކު ބުންޏެވެ.

އިތުރު ބެލެނިވެރިއަކު ބުނި ގޮތުގައި އެ މީހުން ރަށަށް ނުދަނީ މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނު ވާން ޖެހޭތީ އެވެ. އޭނާ ބުނި ގޮތުގައި އުފަން ރަށުގައި ކަރަންޓީނުވާނެ ތަނެއް ނެތުމުން މި ޗުއްޓީގައި އެ މީހުން ވެސް ތިބޭނީ މާލޭގަ އެވެ.

އެެހެން މީހަކު ބުނީ ކަރަންޓީނު ވާނެ ތަނެއް ލިބުނަސް އެ މީހުން ޗުއްޓީ އަށް ދާން ބޭނުން ނުވަނީ ކަރަންޓީނުގައި ތިބެން ޖެހޭނީ ކިހާ ދުވަހަކުކަން ބުނަން ނޭނގޭތީ ކަމަށެވެ. އެއީ 14 ދުވަސް ހަމަކުރުމަށް ފަހު، ބައެއް ފަހަރު ސާމްޕަލްގެ ނަތީޖާ ލިބުމަށް ހަފްތާއެއްވާ ކަމުގެ އަޑު އިވޭ ކަމަށާއި، ވެކްސިން ފުރިހަމަކޮށްގެން ހުރެ އެގޮތަށް އެހާ ގިނަ ދުވަހު ކަރަންޓީނުގައި ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ދެކެ އެވެ.

މި އަހަރުގެ ކުޑަ އީދު ބައްދަލުކުރިއިރު ވެސް ރަށްރަށުގެ ކޮވިޑްގެ ހާލަތު ވަރަށް ގޯހެވެ. އެހެންވެ، ކުޑަ އީދުގެ ފޯރި ވެސް ކުރިން ފާހަގަކުރާ ގޮތަށް ގިނަ ރަށްރަށުގައި ފާހަގައެއް ނުކުރެ އެވެ. އަދި މިފަހަރު ބޮޑު އީދު ބައްދަލުކުރިއިރު ވެސް 44 ރަށެއް މިއޮތީ އަރައިފޭބުން މަނާކޮށްފަ އެވެ. ބައެއް ރަށްރަށުން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވެސް އިތުރުވެފައިވާތީ ކާފިއު އިއުލާނުކޮށް، ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. ބައެއް ރަށްރަށުގައި ވެސް ޒަރޫރީ ކަމެއްގައި ނޫން ގޮތަކަށް ބޭރަކަށް ނުދެވެ އެވެ.

ކޮވިޑް ބަލި ރާއްޖެއިން ފެނުމުގެ ކުރިން، 2019 ވަނަ އަހަރުގެ ބޮޑު އީދު، ހުޅުމާލޭގައި ފާހަގަކުރަނީ -- މިހާރު ފައިލް ފޮޓޯ/ ނިޝާން އަލީ

ޗުއްޓީ ދޭ މުހިންމު ސަބަބުތަކެއް އޮވެ އެވެ. އޭގެ އެންމެ ބޮޑު އެއް ކަމަކީ، ތަޖުރިބާކާރުން ވެސް ވިދާޅުވާ ގޮތުގައި މާހައުލު ބަދަލުކޮށްލުމެވެ. އެކަމަކު، ރާއްޖޭގައި މިއަދުން ފެށިގެން މި ދިން ލުއިތަކަކީ ޗުއްޓީއާ ގުޅޭ ލުއިތަކެއް ނޫނެވެ. އެހެންވެ މި ޗުއްޓީގައި ތިބެން މި ޖެހެނީ ތިބި ތަނެއްގަ އެވެ.

22 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަތީމަގު

02 July 2021

ދާނެ ރަށެއްވެސް ދިރިއުޅޭނެ އަމިއްލަ ބިމެއް ، ފުލެޓެއްވެސް ނެތީ މާލެ އުފަން މާލޭގެ ރައްޔިތުންނަށް.

The name is already taken The name is available. Register?

ވޯލް

02 July 2021

ދުނިޔޭގައި އުޅޭއިރު ކެތްތެެރިވާންޖެހޭ ހާލަތްތައް އަންނާނެ.މި ބަލީގެ ބާވަތުން ތިމާގެ ސަބަބަުން އެހެން މީހެއްގެ ފުރާނަވެސް ހިންގައި ދާނެ. އަނެކުންނާ މެދު ވިސްނާ ކެތްތެެިވާން ދަރިންނަށްވެސް ދަސްކޮށްދޭން ލިބޭ ފުރުސަތެއް މީ. އަމިއްލަ ރަށުގައި މިއަށްވުރެ އުފާވެރި ދިރިއުޅުމެއް އުޅެވެން އޮވެ، ގިނަބަޔަކަު މާލެ އައިސް ތޮށްޖެހޭ ދިރިއުޅުނއ އުޅެނީ މަޖުބޫރުވެގެން ނެތް ނޫން އެހެންނަމަ އެއްވެސް އެހެން ރަށެއްގައި މީހަކު ނޫޅޭނެ.މިއި ރަށަށް ބަދަލުވާ ލިބޭ ދުރުސަތެއް

The name is already taken The name is available. Register?

ކަރީމުއްދީން ބާޝާ

01 July 2021

އުފަލަކީ ބޮޑުއީދު ބޮޑުޗުއްޓީއާ ލައިގަތުން. އޭރުން ބޮޑުކޮށް ބަދަވިކޮށް އުފާވެރިންކަން އަރައިގެން އަންނަނީ.

The name is already taken The name is available. Register?

ގޭބަންދު

01 July 2021

ރަށްރަށަށް ދެވެން އޮތް މީހުން ރަށަށް އެބަދޭ. ދާނެ ރަށެއް ނެތް މީހުން ނުދެވި ކުދިކުދި ތަންކޮޅުގަ ތިބީ. މި އިމާރާތުގައި ދިރިއުޅޭ ދާނެ ރަށްރަށް ތިބި މީހުން ކައުންސިލުން ހުއްދަ ހޯދައިގެން ފުރައިގެން ހިގަންޗެ ޗުއްޓީއަށް ރަށަށް.

The name is already taken The name is available. Register?

ކަރީން

01 July 2021

ބޮޑު ޗުއްޓީއަަށް ދިވެހިންނަށް ރަށް ރަށަށް ދެވެން ޖެހޭނެ. ދިވެހިންގެ ތެރެއަކު މާބޮޑު ކޮވިޑެއް ނެތް. އެކަމު ތި އިންޑިއާ ޓޫތިސްޓުންނޭ ކިޔާ ބައި ގަނޑު ނުގެންނާތި! އޭރަށް އަނެއްކާ ލޮކް ޑައުން

The name is already taken The name is available. Register?

އަލީ

01 July 2021

ދިނިޔޭގެ އެއްވެސް ބަޔަކަށް މިކަމެއް ދިމައެއް ނުވޭ. އަދި މިފަދަ ހާލަތެއްގަވެސް ނޫޅެ. ވަރަށް ސަލާމް. ..

The name is already taken The name is available. Register?

ލަފާދާރުއަލީ

01 July 2021

ލިޔުންތެރިންނާ ނޫސްތަކުންވެސް ވިސްނާލަންވާ ކަމެއް އެބަފެނެއެވެ. ސަރުކާރުން ލޮކްޑައުންކުރާތީ، އެވެނިއޭޖެންސީ އަކުން އަޅާފިޔަވަޅުގެ ސަބަބުން... މަފުހޫމްކުރެވޭގޮތުން އެއްކަލަ ނަފުރަތަށް އެބަވެއެވެ. .މިއޮތްހައިދުވަހު ޢީދުތަކާ ޗުއްޓީތަކާ ހަމަމަޖަލެވެ. ދަރިވަރުންނަށްވެސް ދޭތެރެދޭތެރެއިން ބްރޭކްޗުއްޓީ އާއި އުފަލެވެ. ނަމަވެސް މިހާރު މިއީ މިއަދުގެ ހާލަތެވެ. އަހަރެމެން އެންމެންގެ ހިތްވަރުން އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަންނަން ވީއެވެ.

The name is already taken The name is available. Register?

ލަފާދާރު

01 July 2021

އެންމެން އެކުވެގެން މިކަމުން އަރައިގަންނަތަނާ ބޭރުން އަނެއްކާ އެހެން އާ އެއްޗެއް ގައުމަށް ތައާރަފްވެ އެ ފެތުރޭ ގޮތް ދިމާވާތީއޭ ހިތްވަރު ނުކުރެވޭނީ. ބޭރުން އެތެރެވާ އެއްޗެހި ތަންކޮޅެއް ރަގަޅަށް ކޮންޓްރޯލް ކޮށްލާނަމަ ގައުމު ތެރޭ ބަންދުނުވެ ދަތުރުފަތުރުތައް މިނިވަންކަމާއެކު ކުރިއަށް ގެންދެވޭނެތާ.

The name is already taken The name is available. Register?

1828

01 July 2021

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ދިވެހިންނަށް އުންމީދު ދީފައި އެ އުންމީދުތަށް ނަގާލައިފި. ރައްޔިތުން މިއަދު ޤަބޫލެއްނުކުރޭ ލުއިނުދެވޭ ފަދަ ހާލަތެއް އޮތްކަމަކަށް. އަދި ދެ ޑޯޒް ވެކްސިން ޖެހި މީހުން، އެމީހުން ދެޑޯޒް ވެކްސިން ޖެހީ ސަރުކާރުން އުންމީދެއް ދީގެން. އެކަމަކު އެމީހުންނަށްވެސް ލުޔެއްނުދިން. މި ފަސް އަހަރު ދާނީ މިހެން ކަންނޭނގެ.

The name is already taken The name is available. Register?

ޙިމާރުލްޤައުމު

01 July 2021

ސަރުކާރައްބަވާ ބިރުދައްކާތިހިހަދަނީިމުޅިދުނިޔެއައް މިބަލިމަޑުކަަންގެނައީ ދިވެހިސަރުކާރުންތަތިހެން އަގަތަޅާމީހުންގެ ގޭގެ އެންމެނައް ބަލިޖެހުނީމަ[ދެންއަނެއްކާ ބަވާނީހަދާފަހުންނަ ޤަވާޢިދުބަލިކަށިކަމުން /ސަރުކާރައް މިކަމުން ލިބޭގެއްލުންވަކިކުޑައެއްނޫނެވެ.ސަރުކާރުންޤަވާއިދާއުސޫލުތައްކަނޑައަޅަނީ އެއިރެއްގަދުނިޔޭގެ ޙާލަތާ އދ ގެލަފަޔާއެކުގައެވެ.ވީމާތިމާޔާ ތިމާގެ ދަރިއައްނުޖެހުނަސް ޤައުމާމެދުހުރިހާބޭފުޅުންވެސްވިސްނައިގެން ވެރިންގެއަމުރާހެދޭޤަވާޢިދުތަކައް ޙުރުމަތްތެރިކޮންހިއްތަވާށެވެ. ެންމެނައްރަގަޅުގޮތެއްނެހެދޭނެ!!

The name is already taken The name is available. Register?

2222

01 July 2021

އުމުރުގެ ބޮޑުބައި އުފަލާއި މަޖާކުރުމުގައި ހޭދަކުރިއިރު މާތް ﷲ މެދުވެރިކުރެއްވި އިމްތިހާނެއްގައި ކެތްތެރިވެލައިގެން ތިބެން ނޭގިގެން މިއުޅެނީ ކީއްވެބާ؟ ހަމަ ޔަޤީން ދުނިޔޭގައި ތިބިއްޔާ މަޖާކުރުމަށް އަދި ވަގުތު ލިބޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454