ޚަބަރު / އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ)

އިމާރާތެއް ނެތުމުގެ ވާހަކަތަކާއެކު، އައްޑޫން ފްލައިން ސްކޫލު ގެއްލިދާނެ؟

އުތުރުގެ އަތޮޅެއްގެ ބަޔަކު ވަނީ އެ އަތޮޅު އެއާޕޯޓުގައި އެވިޑުގެ ފްލައިން ސްކޫލު ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި.

ފްލައިން ސްކޫލުން ގެންގުޅޭ ފްލައިޓްތައް ގަން އެއާޕޯޓުގައި ޕާކްކޮށްފައި: ފްލައިން ސްކޫލް ހިންގާ އިމާރާތުގެ މުއްދަތު އިތުރު ނުކުރަން އައްޑޫ އެއާޕޯޓުން ވަނީ ނިންމާފައި.

އިހަށް ދުވަހާ ހަމައަށް އައްޑޫގައި ފްލައިން ސްކޫލު ހިންގި ސްރީ ލަންކާގެ ކުންފުނި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އަށް ދޫކޮށްފައިވާ އިމާރާތުގެ މުއްދަތު އިތުރު ނުކުރެވިއްޖެ ނަމަ އެ ސްކޫލުގެ ދަރިވަރުންނަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް އެ ސްކޫލު ގަނެ، ހިންގުމުގެ މަސައްކަތާ މިދިޔަ ބުރާސްފަތި ދުވަހު ހަވާލުވި އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު އިއްޔެ ވިދާޅުވެއްޖެ އެވެ.

"އެވިޑް ސްކޫލް އޮފް އޭވިއޭޝަން" (އަސާ) ގެ ނަމުގައި މިހާރު ހިންގާ ފްލައިން ސްކޫލުގެ އެންމެ އިސްވެރިޔާ މުޝްތާގް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީީ، އިމާރާތް ހުސްކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނޯޓިސް ފޮނުވާފައި ވުމުން، އެ އިމާރާތުގެ މުއްދަތާ ގުޅިގެން އޭއައިއޭގެ ބޯޑާ އެވިޑް ކޮލެޖުން މިދިޔަ އާދިއްތަ ދުވަހު ބައްދަލު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފްލައިން ސްކޫލުގެ އިމާރާތް ދޫކުރުމުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް އޭއައިއޭ އިން އެ ބައްދަލުވުމުގައި އަންގާފައިވާ ކަމަށް މުޝްތާގް ވިދާޅުވި އެވެ.

އެވިޑް ކޮލެޖު ނުވަތަ އަސާ އިން ވެސް އަދި އަމަލުކުރަން ޖެހެނީ ކުރިން ފްލައިން ސްކޫލް ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސްއާއެކު ވެފައިވާ އެއްބަސްވުމަށް ކަމުން، އައްޑޫ އެއާޕޯޓުގެ ބޯޑުން އެވިޑް ކޮލެޖަށް ފުރުސަތު ދީފި ނަމަ ޕްރޮޕޯސަލް ހުށަހަޅުއްވާނެ ކަމަށް މުޝްތާގް ވިދާޅުވި އެވެ. ނަމަވެސް މިހާރު އޮތް ގޮތުން އެ ފުރުސަތު ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެވިޑް ކޮލެޖަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައްޑޫން ފްލައިން ސްކޫލު އެހެން ތަނަކަށް ބަދަލުކުރަން ޖެހިދާނެ ކަމެވެ. އެކަން ވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ބައެއް ފަރާތްތަކުން އެދިފައިވާއިރު، އެކަން ބިނާވާނީ ލިބޭ ފުރުސަތުތަކަށް ކަމަށް މުޝްތާގް ވިދާޅުވި އެވެ.

"ފުރުސަތެއް ނެތް ތަނެއްގައި އަޅުގަނޑުމެންނަކަށް ނުތިބެވޭނެތާ. އެހެންވީމާ އެ ކުދިންގެ ހައްގުގައި، އެ ކުދިންނަށް ރައްކާތެރި ތަނެއް ހޯދަދިނުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަ އެހެން ތަނެއް ލިބޭތޯ" މުޝްތާގް ވިދާޅުވި އެވެ.

އައްޑޫ ތަރައްގީ ކުރުމުގެ ވިސްނުމުގެ ތެރެއިން ފްލައިން ސްކޫލު އެހެން ސަރަހައްދަކަށް ބަދަލުކުރަން އެވިޑް ކޮލެޖުގައި ބަޔަކު އެދިއްޖެ ނަމަ އެ ކަމަށް މަސައްކަތް ކުރައްވަން މުޝްތާގް ހުންނެވީ ތައްޔާރަށެވެ. މިހާރު ވެސް އުތުރުގެ އަތޮޅެއްގެ ބަޔަކު އެ އަތޮޅު އެއާޕޯޓުގައި އެވިޑުގެ ފްލައިން ސްކޫލު ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން އަތޮޅެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ފްލައިން ސްކޫލުގައި ދުއްވާ ބޯޓުތައް ޕާކްކޮށްފައި.-- ފޮޓޯ: ސްޓޫޑެންޓް ޔޫނިއަން

އައްޑޫ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުމުގައި އެވިޑް ކޮލެޖުގެ ފަރާތުން ސޮއިކުރި ނަމަވެސް މާ ބޮޑު މުސްތަގުބަލެއް އެ ސިޓީގައި އޮތް ކަމަކަށް މުޝްތާގްގެ ވާހަކަތަކުން ދޭހައެއް ނުވެ އެވެ.

އޭނާ އެންމެ އިސްކަމެއް ދެއްވަނީ ކޮންމެ ތަނެއްގައި ފްލައިން ސްކޫލު ހިންގަން ޖެހުނަސް ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމަށެވެ. ދަރިވަރުންގެ ކިޔެވުން ގެއްލިޔަ ނުދިނުމަށެވެ. އެކަމަކު، އަދިވެސް އުއްމީދު ކުރައްވަނީ މިހާރު ސްކޫލު ހިންގާ އިމާރާތުގައި ތަން ހިންގުމަށް ފުރުސަތު ލިބުން ކަމަށާއި މުއްދަތު އިތުރު ނުކުރެވި، އެވިޑަށް ފުރުސަތެއް ނުލިބި ލަސްވާ ނަމަ ދަރިވަރުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް މުޝްތާގް ވިދާޅުވި އެވެ.

އޭނާގެ ނަޒަރުގައި ދަރިވަރުންނަށް މިހާރު އެންމެ ބޮޑަށް ލުއިވާނީ އައްޑޫގައި ފްލައިން ސްކޫލު ހިންގުމުންނެވެ. އެކަމަކު، ކަންކަން ކުރިއަށް ދާ ގޮތުން، އެހެން އެކަން ކޮށްގެން ދަރިވަރުންނަށް ގެއްލުން ވެދާނެ ކަމުގެ ބިރު ވެސް ބޮޑެވެ.

މިހާރު އޮތީ ޕްލޭންތައް ހެދުން

އެޑިވް ކޮލެޖުން މިހާރު މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ ފްލައިން ސްކޫލު ހިންގަން ފަށައިގަތުމަށްޓަކައި ކަންކަން ރޭވުމުގެ މަސައްކަތްތަކެވެ. އޭގެ ތެރޭގައި މިހާރު ތިިބި ޓްރެއިނަރުންގެ އިތުރުން އާ މީހުން ގެނައުން ހިމެނެ އެވެ.

ނަމަވެސް އަދިވެސް ކަންކަން ހުރީ ޕްލޭނިން ސްޓޭޖުގައި ކަމަށް ވުމުން، ޕައިލެޓުން ތަމްރީނު ކުރާ މީހުންނާ ގުޅިގެން އަންނާނެ ބަދަލުތަކުގެ ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށް މުޝްތާގް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޝްތާގް ވިދާޅުވީ، ދަރިވަރުންގެ ތަމްރީނުތައް ނުވަތަ އުދުހުން މެދުކެނޑިފައިވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ގެންނަން މަސައްކަތް ކުރާ ކަމަށާއި މިހާރު އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، އެ ޓައިމްލައިނުގައި ކަންކަން ކުރެވިއްޖެ ނަމަ މި އަހަރުގެ ސެޕްޓެމްބަރު މަހު ފްލައިންގެ ކަންކަން ފެށޭނެ ކަމަށެވެ.

އެވިޑް ކޮލެޖުން ފްލައިން ސްކޫލް ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ބޭނުންވާ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ. އެކަމަކު، ލައިސަންސް ލިބެން ހަ މަހުގެ ޓްރާންސިޓް މުއްދަތެއް ހޭދަވާން ކަމަށް ބެލެވޭއިރު، އެ މުއްދަތުގައި ބޭނުންކުރާނީ ލަންކާގެ ކުންފުނީގެ ލައިސަންސް ކަމަށް މުޝްތާގް ވިދާޅުވި އެވެ.

ފްލައިން ސްކޫލް އައްޑޫގައި ހިންގޭނެ ކަމާ މެދު ސުވާލު އުފެދޭ.

އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުން، އެ ތަނުގައި ކިޔަވާ ދަރިވަރުންނަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ. އެތައް ކުދިންނެއްގެ ކިޔެވުން މެދުކެނޑި، ތަނުގެ ހިންގުން ވެސް މަޑުޖެހުމަކަށް އައިސްފައިވަނިކޮށް، ސިވިލް އޭވިއޭޝަން އޮތޯރިޓީން ސްކޫލުގެ މައްސަލަ ބަލަން ފަށައި ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިކަމުގެ ތެރެއަށް ވަދެވަޑައިގެން ކޮންމެވެސް ކޮޅެއްގައި ޖެއްސެވީ އެވެ.

32 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 10%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

30 June 2021

މުލައް އަދި އައްޑޫގުޅިގެން ފްލައިންގްސްކޫލްގެ ކަންތަކާއިއުޅުމަށްބުނަނީ ކޮންމެހެން ކައުންސިލުން އެވިއޭޝަން އެކަޑެމީ ހިންގާކަށްނޫން. # މިދެސިޓީގެ ޤާނޫނީބާރު ރައްޔިތުންދީފައިވާފަރާތަށް ގޮތްނިންމާންފަސޭހަވާނެތީއާއި ކައުންސިލްގުޅިގެން އެމިރޭޓްސް، ގަޓަރ އަދި ލުފްތާންސާ އެވިއޭޝަން ކޮލޭޖްފަދަ ފަރާތްތަކަށް ޕްރޮޕޯސަލްހުށަހަޅަން ފުރުސަތުދީ ގޭންއެއަރޕޯޓްގެބަދަލުގައި މުލަކުއެއަރޕޯޓްބޭނުންކޮށް ކެމްޕަހާއި އެކޮމަޑޭޝަން އައްޑޫގައި ބަހައްޓާގޮތަށް މިކަންކުރާންވީ.

The name is already taken The name is available. Register?

ހާޖީ ތައްޚާނު

29 June 2021

ބޮޑަށް ޙީވަނީ މޮޅު ނަމެއް ހޯދަންވެގެން ކަމަކާއި ހަވާލުވީހެން.

The name is already taken The name is available. Register?

ތަކުރު މާކަނާ

29 June 2021

ބަލަ މުޝްތާޤު ތިޔަ ފުލައިންގ ސްކޫލްގައި ކިޔަވަނީ ކިތައް ދަރިވަރުން އައްޑޫ ގެ މިއޮތް ބިޔަ އާބާދީ އަށް އިގްތިސާދީ ގޮތުން ކުރަނީ ކިހާ މަންފާއެއް. އަހަރެމެންނަށް ހެޔޮ ތިޔަ ސްކޫލް ގާދޫ ކޮލުން ބޭރުގައި އޮތަސް. ޗަކޮޔާމެން ތިޔައީ ހުސް ކަރުދާސް ވިއްކާ ބައެއް.

The name is already taken The name is available. Register?

ހުދަންބަރު

29 June 2021

އައްޑޫގައި މިހާތަނަށް ކަންކަން ކުރަމުން އައީ ކްލަސްޗާރ ތަކަކަށް ބަހާލައިގެން އެކްޓިވިސްޓުން މުޅި އަތޮޅުގެ ހުރިހާ މަގާމުތަކަށް ލައިގެން. ތިކަން ނުވީމާ ދެން ގޯސްވާނީ ނުވަތަ ގޯސްކުރާނީ މުސްތޯމެން.

The name is already taken The name is available. Register?

އަދުނާން

29 June 2021

އަފީފުމެން ތިކަން ވިޔަކަ ނުދޭނެ. އެމްޑީ އިންނާއި ޗެއަރމަނުން ލާއިރު ގާބިލު މީހުން ނުލެވެންޏާ އެހިސާބުން ވެސް އިންޓެންޝަން ގޯސްކަން ސާފުވޭ.

The name is already taken The name is available. Register?

ޙަބީބު.

29 June 2021

ބަލަމުސްތޮފާ މާފަރުގަ ތިކަންކުރަންދޭބަލަ ތިތާކު ތިކަން ކުރާނިކަމެއްނެތް މާރަނގަޅުވެފަ ބޮލައްވެސް ފަސޭހަވާނެ

The name is already taken The name is available. Register?

ޝށިފާނު

29 June 2021

ޢަބްދުﷲ މުސްތާޤު ރަޝާދަކީ ދިވެހިރާއްޖޭހެ އެންމެހައި ރައްޔިތުންގެ ލޯބި ލިބި އަދި އެހާމެ ގަދަރު ކުރެވޭ ބޭފުޅެއް. އެވިޑް ކޮލެޖަކީ މިއަދު ދިވެހިރާއްޖޭގެ ޕްރައިވެޓް ކޮލެޖެއްގެ ގޮތުގައި ކުރިއަރަމުން އަންނަ އެންމެ އުސްފަންތީގައި އޮތް އެއް ކޮލެޖް. އެވިޑް އިން ފްލައިން ސްކޫލް ގަތުމުން ދިވެހިރާއްޖޭގެ ރައްޔަތުންތިބީ އުފަލުން، އަދި އެތަކެއް ހައްޤުތަކެއް ނިގުޅާގެނެވިފައިވާ ދަރިވަރުންގެ އުންމީދުގައި ކުލަވަރުޖެހިގެން ގޮއްސި. ކާމިޔާބީއާށް އެެދެން

The name is already taken The name is available. Register?

އަލިބޭ

29 June 2021

ދިވެހިންނަށް ނޯންނާނެ ރަނގަޅު އެއްގޮތް ވެސް. ދިވެހިންނަށް ތަނެއް ނުހިންގިނެން ބޭރުބަޔަކާ ހަވާލު ކޮށްފިއްޔާ، ދިރިއުޅުން މުޒާހަރާއަށް ބަދަލުކޮށް ޤައުމު ވިއްކާލައިފިޔޭ ކިޔާ ގޮވާނެ. ދިވެއްސަކު ހަވާލުވެއްޖެ ނަމަ ތަޖުރިބާ އެއްނެތޭ. ނުވާނެޔޭ ވެސް ކިޔަނީ ހަމަ މި ދިވެހިން. ބަލަ ވިހެއީ ތަޖުރިބާ އާ އެކީގަތަ؟

The name is already taken The name is available. Register?

ިއިބްރާހިމް

29 June 2021

ގައުމުގެ ރަށްޔިތުންނަށް ފަސޭހައެއް ވެދާނެތީ ތޯއްޗެ. މި ވޭތުވިހާ ދުވަހު މިކަމަކަށް ހައްލެއް ނުގެނެވުނު ބަޔަކަށެށް، މިހާރު އަމިށްލަ ކުންފުންޏަކުން މިކަމާމެދު އިސްނެގީމަ މިމީހުނަށް މައްސަލައަކަށް ވަނީ. ކިޔަވަން ތިބި ކުދިންނާމެދު ވިސްނާކަށެށް ނޫޅޭ. ކުދިންނަށް ކިޔެވެންޏާ ހެޔޮ ކޮންމެ ތަނަކު ސްކޫލް ހިންގިޔަސް!

The name is already taken The name is available. Register?

އަލިޔާ

29 June 2021

ބަޔަކަށް ހަޖަމް ނުވަނީ މިހެން ކަންތައް ވާތީ. ފުރުސަތު އޮއްވާ ކަންތައް ރަނގަޅު ކުރަން ނޫޅެ ތިމަންނަމެންގެ ކަމެއް ނޫނޭ ކިޔައިގެން ތިބެ ތަން ގެއްލޭހެން ހީވީމާ އިންޒާރު ދެނީއޭ ނުކިޔާ. ފުރުސަތެއް ނެތޭ ވެސް ބުނީ ހަމަ އެމީހުން. ފުރުސަތެއް ނެތްތަނެއްގަ އާދޭސް ކުރުމަށްވުރެ އެހެން ތަނަކަށް ދިޔުން ބުއްދިވެރި، ގެއްލެނީ ވިޔަފާރިވެރިންގެ ހައްގެއް ނޫން. ފައިސާ ޚަރަދުކޮށްގެން ކިޔަވާ ކުދިންގެ ހައްގު ގެއްލެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454