ކިޔެވުން ކުރިއަށްގެންދަން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި މިލިއަނުން ރުފިޔާ ހަރަދުކުރި ކަމަށް އެވިޑު ކޮލެޖުން ބުނި.
18 ސެޕްޓެމްބަރ 2021 - 16:14
ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫގައި ހިންގާ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއެކު ވެފައިވާ އެއްބަސްވުން އެވިޑް ކޮލެޖުން މިއަދު ބާތިލްކޮށްފި އެވެ.
އޭއޭއޭ ބޮއްސުންލައިގެން ދިއުމުން، އެ ތަނުގެ ހިންގުން މިދިޔަ ޖޫން މަހު ވަނީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑް ކޮލެޖުން ހަވާލުކޮށްފަ އެވެ. އޭގެ ފަހުން، ފްލައިން ސްކޫލުގެ ކަންކަން ބަލަހައްޓަމުން އައީ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުންނެވެ.
ނަމަވެސް ތަމްރީނުތަކަށް ސިވިލް އޭވިއޭޝަނުން އެވިޑަށް ލައިސަންސް ދޫކޮށްފައި ނުވާތީ، ކިޔެވުން ކުރިއަށް ގެންދިއުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. އޭގެ އިތުރުން، ފްލައިން ސްކޫލު ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭއޭއޭ އަށް ކުއްޔަށް ދީފައިވާ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ. އެހެންވެ، އެފަދަ ސަބަބުތަކާ ހުރެ "ސޭލްސް އެންޑް ޕާޗޭސް" އެއްބަސްވުން އުވާލާފައިވަނީ ދެ ފަރާތުން އެއްބަސްވެގެންނެވެ.
އޭއޭއޭގެ ދަރިވަރުންނާއެކު ވާޗުއަލްކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި، އެވިޑުގެ ޗެއާމަން މުޝްތާގު ރަޝާދު ވިދާޅުވީ އެއްބަސްވުން އުވާލަން ޖެހުނީ ސަރުކާރުގެ ބައެއް އިދާރާތަކުން އެއްބާރުލުން ނުލިބުމުގެ ސަބަބުން، ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދެވިދާނެތީ ކަމަށެވެ.
ކިޔެވުން ކުރިއަށްގެންދެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށާއި އެކަމަށް ދެ މަސް ދުވަހުގެ ތެރޭގައި މިލިއަނުން ރުފިޔާ ހަރަދުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ދެރަވޭ. ހަގީގަތުގައި ވެސް ވަރަށް މަސައްކަތްކުރިން ތިކުދިންނަށް އަލި މަގެއް ފަހި ކޮށްދެވޭތޯ،" މުޝްތާގު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް ދަރިވަރުން ބުނީ އޭއޭއޭއަށް ދިމާވެފައިވާ މައްސަލަތައް އެވިޑުން ހައްލުކުރަން ނޫޅުނު ކަމަށެވެ. ދެ ފަރާތުން ވެސް މަސައްކަތްކުރީ ދަރިވަރުންނަށް އޮޅުވާލަން ކަމަށް ބައެއް ދަރިވަރުން ބުންޏެވެ.
އެތަނުން އެއް ދަރިވަރަކު ބުނީ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން ބާތިލްކުރުމުން އުފާވާ ކަމަށެވެ. އޭރުން ގެއްލުމުގެ ބަދަލު ހޯދަން ދާނެ މަގު އެނގިގެންދާ ކަމަށް ވެސް އެ ދަރިވަރު ބުނެ އެވެ.
އެކަމަށް ރައްދު ދެއްވަމުން މުޝްތާގު ވިދާޅުވީ އެވިޑުން އޭއޭއޭ ހިމާޔަތްކުރާކަށް ނުޖެހޭނެ ކަމަށެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން (ސީއޭއޭ) އިން ވެސް މީގެ ކުރިން ބުނެފައިވަނީ ދަރިވަރުންނަށް ތަމްރީނުތައް ދޭން ޖެހޭނީ އޭއޭއޭއިންނެވެ. އެވިޑް ކޮލެޖުގެ މަސްއޫލިއްޔަތަކީ އެތަން މެނޭޖުކުރުން ކަމަށް މިދިޔަ މަހު އެ އޮތޯރިޓީން ބުންޏެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމުންގެ މީހަކު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅި ސުވާލުތަކަށް ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނީ އޭޓީއޯ އެޕްރޫވަލް ހޯލްޑުކުރާ އޯގަނައިޒޭޝަނެއްގެ އެޕްރޫވަލްގެ ދަށުން އެހެން ފަރާތަކަށް އެޕްރޫވްޑް ކޯސްތަކެއް ނުހިންގޭނެ ކަމަށެވެ. އެޕްރޫވްޑް އޯގަނައިޒޭޝަނެއްގެ ހިއްސާ ގަންނަ ފަރާތެއް ވާނީ އެޕްރޫވްޑް އޯގަނައިޒޭޝަންގެ ހިއްސާދާރަކަށް ކަމަށާއި ހިއްސާދާރަކަށް ލިބޭ ހުރިހާ ހައްގުތަކާއި މަންފާތަކެއް އެ ފަރާތަށް ލިބޭނީ އޭރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދެކެ އެވެ. ނަމަވެސް އެވިޑު ކޮލެޖުން އޭއޭއޭގެ ހިއްސާ ގަނެފައި ނުވާތީ އެގޮތަކަށް ފްލައިން ސްކޫލެއް ނުހިންގޭނެ އެވެ. އޭއޭއޭއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މުޝްތާގު އޭރު ވިދާޅުވީ އެވިޑު ކޮލެޖުން އެންމެ އިސްކަންދޭނީ އެ ސްކޫލުގައި ކިޔަވާ 170 ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެންނާށެވެ. ނަމަވެސް އެއްބަސްވުން އުވާލިއިރު ވެސް އެއިން އެއްވެސް ކަމަކަށް ހައްލެއް ނުލިބުނު ކަމަށް އެ ދަރިވަރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންމަ
21 September 2021
އަރެމެންގެ ދަރިންނަށް ނަފްސާނީ ބަލިޖައްސަން މިސަރުކާރުން އުޅެނީ. ކުދިންމުޅިން މާޔޫސްވެއްޖެ
ހަސަނު1
19 September 2021
އެވިޑް ކޮލެޛް ބޯގަޅި ކަމުން ތީގެ ތެރެއަށް ބޯކޮށްޕާލީ.. ތީކީ އަވަހަކަށް ހައްލުވާނޭ ކަމެއް ނޫން. ތީގައި އަތްލާ މީހަކު އަތް ފިހޭނީ.
ސަންގުސް
19 September 2021
ކާކު ބުނެގެން އެވިޑުން އެގްރީމެންޓް ހެދީ! އެވިޑުން ކިޔަވާގެން ބޭރަށް ދާ އެއްވެސް ފުލައިޓެއް ނުދުއްވޭނެ. އެތެރޭގަ ވެސް ނުދުއްވޭނެ. ސަބަބަކީ އެވިޑުގަ މިފަދަ ކަމެއް ކުރުމުގެ ގާބިލުކަން ނެތުން. އެވިޑުން މިކަން ކުރީ މަކަރުވެރި ރޭވުމެއްގެ ދަށުން. މިހާރު އެ އުޅެނީ ދައުލަތުން ގެއްލުމުގެ ބަދަލު ހޯދަން
ޤައުމުގާ
19 September 2021
ތިކަން ކުރަން އެނމެރަނގަޅުވާނީ ވިލާކޮލެޖް ގެއްލުންވިޔަސް ޤާސިމް ކުދިން ކޮޅައް ކިޔަވައިދޭނެ މީ ހަޤީގަތް މިހާރުވެސް މާމިނގިލީގާ ފްލައިން ސްކޫލް އެއް ވަރަށް ފުރިހަމަޔަށް އެބަހަދާ .
ކަނބިލި
19 September 2021
މި ސަރުކާރުން ހުސް އަނގަތަޅާނީ ކަމެއް ނުވާނެ. މިއީ މީގެ މިސާލެއް. ރައީސް ވިދާޅުވި އަޑުއެހިން މިކުދިންގެ މައްސަލަ ހައްކޮށް ދޭނަމޭ. ވީކަމެއް ހަރާމް. ކަމެއްކުރަން ނޭގެނީއެއް. ކުުރަން ބޭނުންނުވަނީ ކަމެެއް ނޭގޭ. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް. ބޮޑުން އަޗާތަޅަން ދުނިޔޭގެ ކަންކޮޅުތަކުގައި ދަތުރުކޮށް ރައްޔިތުންގެ ބައިތުލްމާލު ތަޅާބުރުއްސުން ނޫން ކަމެއް ކުރެވޭބާ
ސަދަން
19 September 2021
މި ސަރުކާރު ނުވެސް އަންނަނީސް ޖެހުނު މައްސަލައެއްގެ ޒިންމާވެސް މި ސަރުކާރުން ދޯ ނަގަން މި ޖެހެނީ. ބޮޑުވަރު!
ހިޔާކޮތަރުކޮށި
18 September 2021
ކުރީ ސަރުކާރުގެ ސަބަބުން ވާ ކަންތައް.
އޮނަރަބްލް އަފީފު ދީދީ
18 September 2021
އޭއޭއޭ ގެ މައްސަލައިގަ އެވިޑް ކޮލޭޖްގެ ފަރާތުން އަމަލުކޮށްފައިވަނީ އެފަދަ އިންސްޓިއުޝަނަކުން ކަންކުރާންޖެހޭ ގޮތާއި މުޅިން ޙިލާފަށް ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް. # ޤާނޫނަށް ޤަވާއިދަށް ބެލުމެއްނެތި "އަވަސް އަރުވާލައިގެން" މިފަދަ ކަންކަމުގެ ތެރެއަށް ވަދެގަތުމަކީ ތިބޭފުޅުންގެ އިތުބާރުވެސް ގެއްލޭނެ ކަމެއްކަން ތިބޭފުޅުންނަށް އިޙްސާސް ނުކުރެވުނީވެސް މެނޭޖްމަންޓް ބަލިކަށިކަމުން ކަމަށް ވެދާނެ. ހިންގުން ހަރުދަނާ ކުރައްވަވާ.
އަލް އުސްތާޒު
18 September 2021
މި ސަރުކާރު އައިފަހުން ބޮއްސުންލައިގެން ނުދަނީ ކޮންކަމެއް؟ ހުރިހާ ވުޒާރާއެއްވެސް އޮތީ ތިހާލުގައި. ވެރިންނަށް ތިބީ މަގުމަތީ މުޒާހަރާކުރަން އުޅުން ކުދިންކޮޅު. އެމީހުންނަށް ކަމުދާނެ މޑޕ އަށް މޮޅެއް ލިބެނިކޮށް ޤައުމު ވިއްކާލަންވެސް. ވެރިން ހަރުދަނާ ވެގެން ތިކަހަަލަ ކަންކަން ރަނގަޅު ކުންފުނިތަކަށް ދެވޭނީ
ސަދަން
18 September 2021
ކަލޯ މި ސަރުކާރާ މި ކަމާ އެއްވެސް ގުޅުމެއް ނެތް. މާދަން މަވެސް ބުނަންވީ ދޯ މަ މީ ފްލައިން ސްކޫލް ހިންގާ ކޮލެޖެކޭ.. އެ ހެޔޮ އެއްވެސް އެކްސްޕަޓީއެއް ނެތަސް. އެވިޑް ކޮލެޖުގެ ހާލަތު އެގޭ މީހުންނަށް އެގޭނެ އެމީހުންގެ ފެންވަރު. ސަރުކާރުން އެމީހުންނަށް ހުއްދަ ނުދިންކަން އެއީ ނަސީބު
މުހައްމަދު މަހްމޫދު
18 September 2021
ވިލާ ކޮލެޖަށް މިކަންކުރެވޭނީ
ޙަމް7
18 September 2021
ސަރުކާރުން އަޅާ ނުލި ކުދިބަޔެއް. އެއް އަހަރުވީ މި ކުޅިވަރެއްްގެ ތެރޭގަ
ހިމް
18 September 2021
އެއް އަހަރެއް ނޫން، ތިތަނުގެ ހާލު އެނގޭނީ ތިތަނުގައި ކިޔަވާ ކުދިންނާއި އާއިލާތަކަށް. ކިތަންމެ އަހަރެއް އެކުދިން އެހާލުގައި އުޅެނީ.