އާ ދިރާސާ އިން ދެއްކި ގޮތުގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް 44-45 ހަފްތާ އަށް ފަސްކުރުމުން އެންޓިބޮޑީ ހުންނަ މިންވަރު އިތުރުވެ ދިފާއީ ނިޒާމު ވަރުގަދަވޭ
ކޮވިޑް-19 އިން ދިފާއުވާން ވެކްސިން ޖަހަން ކިއޫގައި ހުރި މީހަކު، ކިއޫ ނަންބަރާއި ސިއްހީ މައުލޫމާތު ފޯމު ހިފައިގެން: ވެކްސިން ޖެހިޔަސް ކޮވިޑުން ރައްކާތެރިވެގެން އުޅުން ވަރަށް މުހިންމު. -- ފޮޓޯ:ނިޝާން އަލީ/މިހާރު
29 ޖޫން 2021 - 13:13
ކޮވިޑް-19 އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ކުންފުނި ގުޅިގެން އުފެއްދި ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު، ދެވަނަ ޑޯޒް ޖެހުން 10 މަހަށް ފަސްކުރެވިދާނެ ކަމަށާއި އެ މުއްދަތުގައި ފުރަތަމަ ޑޯޒްގެ ދިފާއު ގެއްލިގެން ނުދާ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާ ދައްކާ ގޮތުން، ފުރަތަމަ ޑޯޒް ޖަހާތާ 10 މަސް ދުވަސް ވާއިރު ވެސް ފުރަތަމަ ޑޯޒުން ދިފާއީ ނިޒާމަށް ލިބޭ ރައްކާތެރިކަން ގެއްލިގެންނެއް ނުދެ އެވެ.
ކޮވިޑް ވެކްސިން ހޯދުމުގައި ގިނަ ގައުމުތަކަކަށް ދަތިތައް ކުރިމަތިވެފައި ވާއިރު އާ ހޯދުންތަކަށް ބިނާކޮށް ބައެއް ގައުމުތަކުން ވަނީ ދެ ވަނަ ޑޯޒް ޖަހާ މުއްދަތު ފަސް ވެސް ކޮށްފަ އެވެ.
އާ ދިރާސާ އިން ދެއްކި ގޮތުގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް 44-45 ހަފްތާ ނުވަތަ 11 މަހާ ހަމައަށް ފަސް ކުރުމުން އެންޓިބޮޑީ ހުންނަ މިންވަރު އިތުރުވެ ދިފާއީ ނިޒާމު ވަރުގަދަވެ އެވެ.
އޮކްސްފޯޑް ވެކްސިން ޓްރަޔަލްގެ ޗީފް އިންވެސްޓިގޭޓަރު އެންޑްރޫ ޕޮލާޑް އެ ދިރާސާއާ ބެހޭ ގޮތުން ވިދާޅުވީ ވެކްސިން ހޯދަން ދަތިވެ ދެވަނަ ޑޯޒް ޖެހުން ފަސް ކުރި ގައުމުތަކަށް މިއީ އުފާވެރި ޚަބަރެއް ކަމަށެވެ.
މި ދިރާސާ އާންމުކޮށްފައި މި ވަނީ ބައެއް ގައުމުތަކުން ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމާ މެދު ވެސް ވިސްނަމުން އަންނަނިކޮށެވެ. މި ދިރާސާ އިން ދައްކާ ގޮތުން، ތިން ވަނަ ޑޯޒެއް ޖެހުމަކީ ވެސް އެންޓިބޮޑީ ވަރުގަދަވެ ރައްކާތެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.
އެކަމަކު ވެކްސިނުން ލިބޭ ރައްކާތެރިކަން، ކުޑަވެ، އާ ވޭރިއަންޓްތަކާ ހެދި ކަންބޮޑުވުން އޮތަސް ބޫސްޓާ ޑޯޒެއް ދޭންޖެހޭ ކަމަކަށް އަދި އެނގެން ނެތް ކަމަށް ވެސް މި ދިރާސާގައި އެންމެ އިސްކޮށް އުޅުއްވި، ތްރެސާ ލަމްބޭ ވިދާޅުވި އެވެ.
މި ދިރާސާގައި ބުނެފައިވަނީ ފުރަތަމަ ޑޯޒް ޖެހުމުން ކުރިމަތިވާ ސައިޑްއިފެކްސްޓަތަކަށް ވުރެ ދެވަނަ ޑޯޒާއި ތިން ވަނަ ޑޯޒް ޖެހުމުން ކުރިމަތިވާ ސައިޑްއިފެކްޓްސްތައް މަދު ކަމަށެވެ.
ދެވަނަ ޑޯޒް ފަސްކުރުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރުގަދަވާ ކަމަށް ދިރާސާ އިން ދެއްކިއިރު ރާއްޖޭގެ ގިނަ ބަޔަކު ވެސް ތިބީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ނުލިބިގެން ވެކްސިން ނުޖެހިފަ އެވެ.
ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރެޒެނެކާ ވެކްސިން ދޭން ރާއްޖޭން ނިންމާފައި ވާއިރު މިއީ ހަމަ އެެއް ދިރާސާއެއްގެ މައްޗަށް ތައްޔާރުކުރި ދެ ވެކްސިނެކެވެ. ކުރީގެ ދިރާސާތަކާ ހަވާލާދީ ދިވެހި ޑޮކްޓަރުން ވިދާޅުވެފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަަމަ ޑޯޒް ޖަހާތާ 16 ހަފުތާ ވުމުގެ ކުރިން ޖެހުމުން، މައްސަލައެއް ނެތް ކަމަށެވެ. އަދި އަވަހަށް ވެކްސިން ޖެހުމަށް އޭރު ބާރު އަޅަމުން އައީ ވެސް ދެވަނަ ޑޯޒް ލަސްވާ ނަމަ، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށްވެދާނެތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިރު
29 June 2021
ކޮންމެހެން ދެޑޯސް ޖަހަން ނުޖެހޭކަމަށް ދިރާސާ އިން ނުދައްކާބާ؟
ކާލިމު
29 June 2021
މަގޭ ދިރާސާއިން ދަކާގޮތުން 2 ވަނަ ޑޮޒު ޖެހުން އެންމެ މޮޅުއިތުރީ 2 ވަނަ ޑޮޒު ލިބޭ ދުވަހު ޖެހުން
އަފުރާހް
29 June 2021
މިއޮތް ހުރިހާ ދުވަހު އެސްޓްރާޒެނެކާ އާއި ކޮވިޝީލްޑް އަކީ އެކައްޗެކޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލައިގެން އުޅެނިކޮށް އެއޮތީ ޔޫރަޕުން އެއީ އެކައްޗެއް ނޫންކަން ހާމަކޮށްދީފައި! ކޮވިޝީލްޑަކީ، ޔޫރަޕިއަން މެޑިކަލް އެސޯސިއޭޝަން ގަބޫލުކުރާ ގޮތުގައި އެސްޓްރާޒެނެކާއާ އެއްފެންވަރަށް އުފައްދާފައިވާ އެއްޗަކަށް ނުވާތީ ޔޫރަޕުގެ ގްރީން ޕާސްއަށް ހިމެނޭއެއްޗަކަށް ނުވޭ! އެންމެ ފަހުން ކޮވިޑީލްޑް މިވީ އެސްޓްރާޒެނެކާގެ ފޮމިޔުލާއަށް ފަގީރުގައުމުތަކަށް ދަށް ކޮލިޓީގައި އުފައްދާފައިވާ އެއްޗަކަށްތާ!
ބޯހަލާކުވެ ނިމިއްޖެ
29 June 2021
ތިހެން ވަންޏާ ދެވަނަ ޑޯޒް ނުޖެހިޔަސް އޯކޭ ވާނެ. އިންޑިޔާގެ ކޮވިޝީލްޑް ނުލިބޭތީ ދައްކާ ބަހަނާ ތިއީ. ކޮންމެހެން 10 މަސް ވަންދެން މަޑުކުރެވޭތީ ނޫން.
އަކަސަކަ
29 June 2021
ތީ 1 ޑޯޒް ވެސް ޖަހަން ނުޖެހޭ ކަހަލަ ވެކްސިނެއް ނޫންތަ.
ކޮކީ.
29 June 2021
ފެއިލްވީމަ 24 މަހުންވެސް ޖެހޭނެ
ކޮވިޑު
29 June 2021
ތި މީހުންނަށް ތިއުފެއްދެން ފަސްކުރެވޭނެ. ދެން މިތިބީ ހުސް ގަމާރުން ވިއްޔާ
އައްބެ
29 June 2021
ފުރަތަމަ ޑޯޒްގެ މުއްދަތު އިތުރު މިކުރަނީ ޤައުމުތަކަށް ވެކްސިން ނުލިބުމުން އެހެން ވެކްސިނަކަށް ބަރޯސާވެ 2 ވަނަ ޑޯޒް ނުދެވިތިބި މީހުންނަށް އެހެން ޤައުމެއްގެ ވެކްސިން ގަނެގެން ބޭނުންކޮށްފާނެތީ. ބޮޑު ވިޔަފާރިއެއްމިއީ.
އަލި
29 June 2021
ބޭކާރު ވާހަކަ