މި އަހަރުގެ ޒުވާނުންގެ އިނާމު ހާސިލްކުރެއްވި ބޭފުޅުންނާއެކު، ރައީސް ޔާމީނާއި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ގުރޫޕް ފޮޓޯފުޅެއް މިރޭ ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
23 ނޮވެމްބަރ 2016 - 22:58
މި އަހަރުގެ ޒުވާނުންގެ ގައުމީ އިނާމުގެ ތެރެއިން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ ހާއްސަ އިނާމު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް އަދި ޒުވާނުންގެ އިނާމު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބް ރައީސް މުއައްވިޒް ރަޝީދަށް މިރޭ ލިބިވަޑައިގެންފި އެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ޒުވާނުންގެ އިނާމް އަށް ދާއިރާއަކުން އަށް ޒުވާނަކަށް މިރޭ ވަނީ ދީފަ އެވެ. މީގެ ތެރޭގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒް ހިމެނިވަޑައިގެންނެވިއިރު، އޭނާ އަށް އިނާމު ލިބިވަޑައިގަތީ މުޖުތަމައުގައި ކުށް މަދުކުރުމުގެ ދާއިރާ އިންނެވެ.
* ކުށް މަދު ކުރުމުގެ ދާއިރާ އިން: މުއައްވިޒް ރަޝީދު
* ތިމާވެށީގެ ދާއިރާއިން: ތޯހާ ހުސައިން
* ދަރުމަވެރިކަމުގެ ދާއިރާ އިން: އައިޝަތު ރަފިއްޔާ
* ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ އިން: މުހައްމަދު ޝާރިފް
* އާޓްސް އެންޑް ކަލްޗަރުގެ ދާއިރާއިން: ހަނާން މުހައްމަދު ނައީމް
* ކުޅިވަރުގެ ދާއިރާ އިން: އިސްމާއީލް ފަރްހާން
* ޑްރަގާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާ އިން: އަހުމަދު ވަނޫދް
* ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ އިން: މުހައްމަދު ޔާމީން
ޖަވާދު އުމަރުގެ ހަނދާނީ ފިލާ މި ފަހަރު ލިބުނީ މުހައްމަދު އާސިމަށް
މިރޭގެ ޖަލްސާގައި އިނާމް ހޯއްދެވި ބޭފުޅުންނާ އިނާމް ހަވާލުކޮށް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން، ޔޫތު މިނިސްޓްރީގެ ފަރާތުން އެޅި ކޭކެއް، ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ފަޅުއްވައި ދެއްވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ
މި ހަފުލާގައި ޔޫތު މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ޒުވާނުންގެ ތަރައްގީ އާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ސަރުކާރެއް ކަމަށެވެ. އެހެންވެ ޒުވާނުންގެ އެޖެންޑާ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް، ޒުވާނުންގެ ބައިވެރިވުމާއި ހިއްސާ ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށް ވިދާޅުވި އެވެ.
އިރުތިޝާމް ވިދާޅުވީ ޒުވާނުންގެ މެނިފެސްޓޯގެ 75 ޕަސަންޓް އަންނަ އަހަރުގެ މެދުތެރެ އާ ހަމައަށް ދާއިރު ހާސިލްކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިނާނު
24 November 2016
ރަފިއްޔާއަށް ދަރުމަވެރިކަމުގެ ދާއިރާއިން އިނާމު ލިބެންވީ ގޮތެއް މިދުނިޔެމަތީނޯންނާނެ ދަރުމަޔައް ކުރިކަމެއް ބުނެބަލާ؟ ތީ ވވވ ނާއިން ސާފުން ކޮއްފަހުރިކަމެއް............ހުރިހާ ކަމަކުން ވެސް އޮޅުވާލުމާ މަކަރުހެދުން ކަމަކީ
އިނާނު
24 November 2016
ޙަނާނު އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.ވަރަށް އުފާވެއްޖެއެވެ. އަދިވެސް އިތުރުކުރިއެރުމަށް އެދެމެވެ. ޝަފީޤު ބޭ
ޒުވާނެއް
24 November 2016
ތިފެންނަނީ މިގައުމުގެތަރައްގީއަށް މަސަތްކަތް ކުރާ ބަޔަކު ވެއްޖެއްޔާ.. މިގައުމުގައި ޒުވާނުންނެއް ނެތް. ޔޫތު މިނިސްޓްރީ ފެއިލްވެއްޖެ. ގައުމަށް ވަންނަހާ ފައިސާއެއް ވަންނަނީ ޓުއަރިޒަމް އިން... ޓުއަރިޒަމް ދާއިރާގެ ފަންނުވެރި ޒުވާނުންނަށް އެވާޑެއް ނެތި ތި ހަފުލާއަކީ އިސްރާފެއް.
ޒުވާނުން
24 November 2016
މުޢައްވިޒު ކޮންމަސައްކަތެއް ކޮންގެންގާ ބާ އިނާމު އެލިބުނީ؟ ނޫނީ އިނާމުދެނީ އެކަމަށް އެދި އެމީހަކު ހުށަހެޅީމަބާ؟ ހުށަނާޅާ މީހަކަށް އެއިނާމު ނުދޭގޮތަށް ބާ ހަމަޖެހިފައި އޮންނަނީ؟ އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން އެމީހަކު ކުރިމަސައްކަތްތައް ބަޔާންކޮށް ޒުވާނުންގެ އިނާމަށް ހުށަނޭޅިޔަސް ސަރުކާރުން ޚިދުމަތްތެރި ޒުވާނުންނަކީ ކޮބައިތޯ ބަލައި އެބަޔަކަށް އިނާމު ދިނުން ރަނގަަޅުވާނެއެވެ. އަދި އެކަން އެގޮތަށް ކުރުން މާރަނގަޅުވާނެއެވެ. ސިވިލް ސަރވިސްގައި އުޅޭތާ 10 އަހަރު ނުވަތަ 30 އަހަރުވެފައި ތިބޭ މީހުން އެބަ އުޅޭ. .10 ދުވަތަ 30 އަހަރުވަންދެން އެމަޤާމުގައި އެއްވެސް ކުރިއެރުމެއްނެތ. އެކަހަލަ ބަޔަކު ފާހަގަކޮށް އެމީހުންނަށް ޒުވާނުންގެ އިނާމު ނުވަތަ ކޮންމެވެސް އެހެން އިނާމެއް ދިނުން މާރަގަޅުވާނެއެވެ.
އަދުރޭ ޕީއޭ
24 November 2016
ކަލޯގަޔާ އެއްކަލަ ރިޕޯޓްތައްނުނެރެ ލަސްކުރާނެތާ މިކަހަލ އިނާމް ދިނީމަ.ދުނިޔެ ދަސްކޮއްބަލަ.
ރޯމާދުވާލު
24 November 2016
ޑޭލައިޓްރޮބަރީ ކިޔަނީ ކޯއްޗަކަށްތޯ އެވެ؟
cގފ
24 November 2016
މިހާރު ކޮންމެ ހަފުލާއަކަށްކޭކެއް. ސަރުކާރުން ބަޔަކަށް ތެންކިޔޫ ބުނަންވެސް ކޭކެއް. މިހާރަކަށްއައިސް ވަރަށް ގިނައިން ކޭކު ފަލާކަން ފާހަގަ ކުރެވޭ...
އަޙްމަދު
24 November 2016
ތިޔަ ރިޕޯރޓް ނުނިކުންނާނެ މާއަވަހަކަށް.އަހަރުވަ އިރު ވެސް ލުޠްފީއަކަށް ރިޕޯރޓް ނިމިނުކަމަކަށް ނުވޭ.ފްލެޓްލިބުމުން ރިޕޯރޓް ނެރެން ނުކެރިފައި.މުއައްވިޒު ކުށް މަދު ކުރުމަށް ޓަކައި ކުރި ކަމެއް ސާފުކޮށްދީބަލަމިރައީސަށް ވެސް ތިޔަ ކަހަލަ އިނާމެއް ދީބަލަ.
ފަރިގު
24 November 2016
ވެނުމަސް ވެނަށް ކާންދިނުން
ފަންކާ
24 November 2016
އެމް އެމް ޕީ އާރު އެސް ގެ ތަހުގީގު ރިޕޯޓް އޮންނާނެ ގޮތް މިހާރު ފެންނަން ތިއޮތީ.. ކުށްމަދުކުރުމުގެ ދާއިރާއިން މުއައްވިޒަށް ލިބެންޖެހޭގޮތް ވިސްނަ ވިސްނާ ނޭގުނު!! އަޅެ އެ އިނާމު ޕޮލިސް ކުއްޖަކަށް ލިބިނުނަ،މަ ދޯ! ކޮންމެ ކޮންމެ ކަމަކަށްވެސް ރިސްވަތު..... މިގައުމެއްނެތް ކަލޭމެންނޭ!!!!!
ދޮޅުގަޑި ބައި
23 November 2016
ގަންޖުބެ ކޮށްޓަށްވެސް ފަތް އެޅިވަރަކަށް ކާނެ. އެގޮތައް އިނާމްވެސް ދޭވަރަކަށް ބުނާހާގޮތަކަށް ހަދާނެ. އެވަރިހަމަ ގާނޫނާ ޚިލާފަށްވިޔަސް.