ތާޒާ ފެންފުޅިތަކެއް ފެކްޓްރީގައި. އޮކްޓޫބަރު މަހުން ފެށިގެން ބިއްލޫރި ފުޅީގައި ވެސް ތާޒާގެ ފުޅި ނެރޭނެ---ފޮޓޯ:ތާޒާ
13 ޖުލައި 2021 - 12:06
ތާޒާ ބްރޭންޑުގެ ބިއްލޫރި ފެންފުޅި އަންނަ އޮކްޓޫބަރު މަހުން ފެށިގެން ބާޒާރަށް ނެރޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.
ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، ބިއްލޫރި ފުޅީގައި ބަންދުކޮށް ބާޒާރަށް ނެރޭނީ 1.5 ލިޓަރުގެ ފެންފުޅި ކަމަށެވެ. ތާޒާ ފެން އުފައްދަނީ އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އައިލެންޑް ބެވްރޭޖް މޯލްޑިވްސް (އައިބީއެމް) އިންނެވެ. އެ ކުންފުނިން 2002 ވަނަ އަހަރުން ފެށިގެން "ތާޒާ" ގެ ނަމުގައި އަންނަނީ ފެން އުފައްދަމުންނެވެ.
ޝާހު ވިދާޅުވީ، މިފަދަ ބަދަލެއް ގެންނަން ނިންމީ ސަރުކާރުން ގެންގުޅޭ ސިޔާސަތު ކަމުގައިވާ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރާވަރު މަދުކުރުމުގެ ގޮތުން ކަމަށެވެ. މިބަދަލާ އެކު ކުރިން އުފައްދާ 330 އެމްއެލްގެ ފުޅި އުފެއްދުން ހުއްޓާލާނެ އެވެ.
އެހެން ނަމަވެސް 500 އެމްއެލް އާއި 1.5 ލީޓަރު އަދި 5 ލިޓަރުގެ ފެން ޕްލާސްޓިކް ފުޅީގައި ބަންދުކޮށް ބާޒާރަށް ނެރޭނެ އެވެ.
ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމުގެ ގައުމީ ކެމްޕެއިނެއް ސަރުކާރުން ފެށީ 2018 ގަ އެވެ. މީގެ އިތުރުން މި އަހަރު ވަނީ ސިންގަލް ޔޫޒް ޕްލާސްޓިކުގެ އަށް ބާވަތެއް ރާއްޖެ އެތެރެ ކުރުން މަނާކޮށްފަ އެވެ. މީގެ ތެރޭ 500 އެމްއެލްގައި ބަންދުކޮށްފައި ހުންނަ ފެން ފުޅި ވެސް ރާއްޖެ އަށް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމާކަލޯ
13 July 2021
500 އެމްއެލް އާއި 1.5 ލީޓަރު އަދި 5 ލިޓަރުގެ ފެން ޕްލާސްޓިކް ފުޅިއަކީ ކޮންބަޔަކަށް އަމާޒުކޮށްގެން ނެރޭ އެއްޗެއްބާ؟ ކަމުނުދާ އެއްޗެއްނަމަ ހުރިހާ ޒައިސެއްވެސް ކަމުނުދާނެ.
ބަޓް
13 July 2021
ރިސައިކްލް ކުރާތި. ބައެއް ވިޔަފާރިތަކުން ބިއްލޫރި ފުޅި ރިސައިކްލް ނުކުރުމަކީ ވަރަށް ދެރަކޮށް ކުރާ ކަމެއް. އިސްރާފް ކުރުމުން ތިމާވެއްޓަށް ގެއްލުމެއް އެ ދެވެނީ.
ޝޯމޭން
13 July 2021
ސަރުކާރުންނާ ބޮޑެތި މުއައްސަސާތަކުގަ ރީޔޫޒް ކުރުމުގެ ވިސްނުން ހުރެގެން ބިއްލޫރި ފުޅި ބޭނުންކުރުން ރަނގަޅުކަމަށް ދެކިގެން ތިކަން ކުރާތަން މިހާރަކަށް އައިސް އެބަފެނޭ. އެކަމު އާއްމު ފަރުދުންގެ އަދިވެސް މަގުމައްޗަށާ ތަންތަނަށް ކުނިއެޅުމުގެ އާދައެއްނުހުއްޓޭ. ބިއްލޫރިއަކީވެސް ވަކިތިމާވެއްޓާ ރައްޓެހިއެއްޗެއް ނޫން ކުނީގެ ގޮތުގަ އުކަން ވިސްނައިފިއްޔާ. ތިކަހަލަ ބަދަލުތަކެއް ގެނައުމަކީ މީގެއެއްބައި. ދެންހުރިބައިވެސް ރަނގަޅުކޮށްގެން އަސްލު މަގުސަދުހާސިލުވާނީ
ގުލްޒާރު
13 July 2021
ތީ ވަރަށް އެދެވޭ ބަދަލެއް.