ހަސަން ސާއިދު ޓޯކިޔޯ އޮލިމްޕިކް ސްތޭޑީއަމްގައި. އެ ސްތޭޑިއަމްގައި މާދަމާ 100 މީޓަރުގެ ޕްރިލިމިނަރީ ބުރުގައި އޭނާ ވާދަ ކުރާނެ --- ފޮޓޯ؛ ސާއިދު އިންސްޓގްރާމް
30 ޖުލައި 2021 - 20:51
ޓޯކިޔޯ އޮލިމްޕިކްސްގެ 100 މީޓަރު ސްޕްރިންޓުގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރާ ރާއްޖޭގެ ހަސަން ސާއިދު ހިމެނޭ ހީޓު 1ގެ ފޭވަރިޓުންގެ ތެރޭގައި އޭނާ ހިމެނިއްޖެ އެވެ.
މާދަމާ ހެނދުނު ރާއްޖޭ ގަޑިން 7:35 ގައި ފަށާ ޕްރިލިމިނަރީ ބުރުގައި ސާއިދު ވާދަ ކުރާނީ ހީޓު 1 ގަ އެވެ. އެ ހީޓުގެ ހިމެނޭ އެތުލީޓުންގެ ތެރެއިން ރޭންކިންއަށް ބަލާއިރު ހަތަރު ވަނައިގައި ހިމެނެނީ ސާއިދު އެވެ. ސާއިދު އަކީ ދުނިޔޭގެ ރޭންކިންގެ 883 ވަނަ އެވެ
އެ ހީޓުގައި ރޭންކިންގެ އެންމެ ކުރިގައި އުޅޭ ދުވުންތެރިޔަކީ ޒިމްބާބްވޭގެ މަކްޝާ ނޮގާނީ އެވެ. އޭނާގެ ރޭންކިންއަކީ 254 ވަނަ އެވެ. އެ ހީޓުގައި ރޭންކިންގެ ދެ ވަނައިގައި ހިމެނެނީ ޓޯގޯގެ ފެބްރީޝީ ޑަބާލާ އެވެ. އޭނާގެ ރޭންކިން އަކީ 449 އެވެ. ރޭންކިންގެ ތިން ވަނަ އަކީ ނިކަރާގްއާގެ އެތުލީޓު، ރޮމޭރޯ އެވެ. ދުނިޔޭގެ ރޭންކިންގައި އޭނާގެ މަގާމަކީ 718 ވަނަ އެވެ.
ޕްރިލިމިނަރީ ބުރުގެ ކޮންމެ ހީޓަކުން އެންމެ ގަދަ ތިން އެތުލީޓުން ކޮލިފައި ވަނީ ހީޓު ރައުންޑަށެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އިވެންޓުން ރަން މެޑަލް ހޯދި ސާއިދު ރޭސް ނިންމީ 10.49 ސިކުންތުންނެވެ.
ޕްރިލިމިނަރީ ބުރުގެ ހީޓު 1ގައި މާދަމާ ސާއިދު އާ ވާދަކުރާ މަކްޝާ ނޮގާނީގެ ޕާސަނަލް ބެސްޓު ނަތީޖާއަކީ 10.17 ސިކުންތެވެ. ފެބްރީޝީ ޑަބާލާގެ ޕާސަނަލް ބެސްޓު ނަތީޖާއަކީ 10.36 ސިކުންތެވެ. ރޭންކިންއަށް ބަލައިގެން ތިން ވަނައިގައި އުޅޭ އެތުލީޓު ނިކަރާގްއާގެ ރޯމޭރޯގެ ޕާސަނަލް ބެސްޓަކީ 10.50 ސިކުންނެވެ. ސާއިދުގެ ޕާސަނަލް ބެސްޓު ނަތީޖާ އަކީ 10.33 އެވެ.
ރާއްޖޭގެ 33 އަހަރުވީ، އޮލިމްޕިކުސް ތާރީހުގައި، އޮލިމްޕިކުގެ މަރުހަލާއެއް ކަޑަތު ކުރި ހަމައެކަނި އެތުލީޓަކީ ސާއިދު އެވެ. ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގައި އެންމެ ފަހުން ބޭއްވި އޮލިމްޕިކް ގޭމްސްގައި ސާއިދު ވަނީ ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައި ހީޓު ބުރަށް ކޮލފައިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުކި
31 July 2021
ހޯޙޯ... އެހެހެހ ހެނެއްނުވާނެ ސާއިދުގެ ކުރިން 2012 ވަނަ އަހަހަ ހަރު އަޒްނީމު ވަނީ ތިބުނާ މަރު ހަލާއެއް ކަޑައްތުކޮށްފަ... ރަނގަޅަށް މައުލޫމާތު ހޯދާފަލިޔޭ
ރަޝް
30 July 2021
ކޮން މަރުހަލާ އެއް ކަޑައްތުކުރީ. އެއީ 100މީޓަރ ވީމަ އިންނަން ގޮއި).
މަރުހަލާސޮރު
31 July 2021
މމަރުހަލާ އެއޮތީ ކިޔާދީފައެއްނުންތަ؟ ޕްރިލި މިނަރީ ބުރުން ހީޓުބުރަށް! ކިހާދެރަ ކަ މެއްތަ މީ!