ޓިމް ކުކް އަދި އީލޮން މަސްކް.
01 އޯގަސްޓް 2021 - 06:26
މީގެ ފަސް އަހަރު ކުރިން އީލޮން މަސްކްގެ ޓެސްލާ އަށް ދިމާވި ދަތިތަކާ ހެދި އެ ކުންފުނި އެޕަލް އަށް ވިއްކައިލަން ހުށަހެޅުއްވި ކަމަށާއި އެކަމަކު މައިގަނޑު ޝަރުތަކީ އެޕަލްގެ ސީއީއޯގެ މަގާމު އޭނާ އަށް ދިނުން ކަމަށް، ނެރެން ތައްޔާރުވެފައިވާ އާ ފޮތެއްގައި ބުނެފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި ޓެކް ކުންފުނިތަކާ ބެހޭ ވާހަކަތައް ކަވަރުކުރާ ނޫސްވެރިޔާ ޓިމް ހިގިންސް އަންނަ އަންގާރަ ދުވަހު ނެރޭ ފޮތް "ޕަވަ ޕްލޭ: ޓެސްލާ، އީލޮން މަސްކް އެންޑް ދަ ބެޓް އޮފް ދަ ސެންޗަރީ" ގައި ކިޔައި ދިފައިވާ ގޮތުގައި ޓެސްލާގެ މޮޑެލް 3 ލޯންޗްކުރުމާ ދިމާކޮށް އެޕަލްގެ ސީއީއޯ ޓިމް ކުކަށް ގުޅުއްވައި ޓެސްލާ ވިއްކައިލަން ޝައުގުވެރިވަޑައިގަންނަވާ ވާހަކަ ވިދާޅުވި އެވެ. އަދި ކުކް ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން އީލޮން ހުށަހެޅުއްވި ޝަރުތަކީ އެޕަލްގެ ސީއީއޯގެ މަގާމު އޭނާ އަށް ދިނުމުވެ.
As detailed in POWER PLAY, this is a story that was told inside Tesla as the company struggled with the Model X, according to people who heard it, and as some hoped for a white knight to save the day. Musk’s message was clear: Tesla’s fate was in their own hands. https://t.co/4e0KJb3CD2
— Tim Higgins (@timkhiggins) July 30, 2021
އަދި އެ ހިސާބުން ކުކް ވާހަކަ ކުރުކޮށްލަން ބޭނުންވި ކަމަށާއި އީލޮންގެ މަގުސަދަކަށްވީ ބޮޑު ޓެކް ކުންފުންޏެއްގެ އިސް މަގާމެއް އަތުލުން ކަމަށް އެނގިވަޑައިގަތުމުން އެކަމާ އެހާ ގަޔާނުވި ކަމަށް ފޮތުގައި ކިޔައި ކިޔައި ދީފައިވެ އެވެ.
Musk was given plenty of opportunities to comment on this. He didn’t. This anecdote comes from Musk’s own account of the conversation, according to people who heard the retelling at the time. https://t.co/GRKZRBsaeR
— Tim Higgins (@timkhiggins) July 30, 2021
ނަމަވެސް މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެކެވުނުކަން މީޑިއާތަކަށް ކުކް އާއި އިލޮން ވެސް ކަށަވަރުކޮށްދެއްވަން ދެކޮޅު ހައްދަވާފައިވާ ކަމަށް "ޕަވަ ޕްލޭ" ގައި ބުންޏެވެ.
I don’t want to be CEO of anything
— Elon Musk (@elonmusk) July 30, 2021
އެކަމަކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައ އިލޮން ކުރެއްވި ޓްވީތްތަކެއްގައި ވެސް އެޕަލް އަށް ޓެސްލާ ވިއްކަން ހުށަހެޅުއްވި ކަމަށް ވިދާޅުވެފައިވެ އެވެ. އޭރު އޭނާ އެ މޭރުމުން ވާހަކަ ދެއްކެވީ އެޕަލް އިން ޓެސްލާ ގޮތަށް މިހާރު އިލެކްޓްރިކް ކާރު (އީވޭ) އުފައްދަން ނިންމައި ސެލްފް-ޑްރައިވިން ކާރު ހަގީގަތަކަށް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރަން ފެށުމާ ގުޅިގެންނެވެ.
އިލޮން ކުރި ޓްވީޓްތަކެއްގައި ވިދާޅުވީ އެޕަލް އަށް ޓެސްލާ ވިއްކަން ހުށަހެޅީ ޓެސްލާ މޮޑެލް 3 އަށް ކުރިމަތިވި އެންމެ އުނދަގޫ ދަނޑިވަޅުގެ ތެރޭގައި ކަމަށެވެ.
"އެކަމަކު އެ މަޝްވަރާ އަށް ވަޑައިގަންނަވަން ކުކް ހެއްދެވީ ދެކޮޅު،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް "ޕަވަ ޕްލޭ" ގެ ރިވިއުގައި ގެނެސްދީފައިވާ ވާހަކަތަކާ ގުޅިގެން ހުކުރު ދުވަހު އީލޮން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެއްވެސް ގޮތަށް ކުކްއާ މުއާމަލާތެއް ނުކުރައްވާ ކަމަށާއި އެއްވެސް ކުންފުންޏެއްގެ ސީއީއޯގެ މަގާމު ހޯއްދަވަން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ.
އެ ޓްވީޓަށް ފޮތުގެ ލިޔުންތެރިޔާ ދެއްވި ރައްދުގައި ވިދާޅުވީ ކުކްއާ މުއާމަލާތްތަކެއް ކުރެއްވިކަން އެތައް ފަހަރެއްގެ މަތިން އީލޮން ވިދާޅުވެފައިވާ ކަމަށާއި ޑިސެމްބަރު މަހުގެ ތެރޭގައި ކުރެއްވި ޓްވީޓްތަކަކީ ވެސް އޭގެ ހެެއްކެއް ކަމަށެވެ.
ސްޕޭސް އެކްސްގެ ވެސް ވެރިޔާ އީލޮން އަކީ ދުނިޔޭގައި ދެވަނަ އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތަކީ މިހާރު 151 ބިލިއަން ޑޮލަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސލވރވ
01 August 2021
ފޮތެއް ނެރެން ތައްޔާރު ވަމުންދާ ލިޔުންތެރިޔަކު އޭނަގެ ފޮތް ވިއްކަން ކޮންމެވަދަ ދޮގެއްވެސް ހަދާފާނެ. މީދޮގަކަށްވިޔަސް މަސްކް މިކަމާ ދެކޮޅުހަދާ ކުރާ ކޮންމެ ޓްވީޓަކީ ވެސް ވިކޭނެ ލައްކަ ކޮޕީއެއް.