ކުޅިވަރު

އޮލިމްޕިކްސްގައި ނަތީޖާ ގޯހެއް ނޫން، ޓްރޭނިން ކޭމެޕެއް ނުލިބުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ނުދެކެން: ތޮލާލް

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލަލް

އޮލިމްޕިކްސްގައި ރާއްޖޭގެ ނަތީޖާ ގޯސް ނޫން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި 100 މީޓަރު ސްޕްރިންޓްގެ ޕްރިލިމިނަރީ ބުރުގައި އިއްޔެ ވާދަކުރި ހަސަން ސާއިދު ހީޓު ބުރަށް ކޮލިފައިވެފައެއް ނުވެ އެވެ. އެހެންވެ ރާއްޖެ އަށް ވަނީ އޮލިމްޕިކްސް ނިމިފަ އެވެ.

ބްރެޒިިލްގައި 2016 ގައި ބޭއްވި އޮލިމްޕިކުސްގައި ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައި ހީޓު ބުރަށް ސާއިދު ކޮލިފައިވި އެވެ. އެހެންނަމަވެސް މިފަހަރު ޕްރިލިމިނަރީ ބުރުގައި ވާދަކުރި ހީޓުން ސާއިދު އަށް ލިބުނީ ހަތަރު ވަނަ އެވެ.

މިފަހަރުގެ މުބާރާތުގެ ޕްރިލިމިނަރީ ބުރު ފަހަނަޅައި ނުދެވުމަކީ ނާކާމިޔާބެއް ކަމަށް ދެކެންތޯ "މިހާރު" ން ސުވާލު ކުރުމުން ތޮލާލް ވިދާޅުވީ ކޮވިޑުގެ-19 ގެ ސަބަބުން ތައްޔާރުވާން ޖެހުނު އުނދަގޫ ހާލަތާއި ހަނި ފުރުސަތުގެ ތެރެއިން ސާއިދު ނެރުނު ނަތީޖާއަކީ ގޯސް ނަތީޖާއެއް ނޫން ކަމަށެވެ.

"މިދިޔަ އަހަރުން ފެށިގެން މި އޮތީ ލޮކުޑައުންގައި. ޕްރެކްޓިސްއެއް ނުކުރެވި މިދިޔަ ދޮޅު އަހަރު މިދިޔައީ، އެއްވެސް މުބާރާތެއްގައި ވެސް ވާދަނުކޮށް. އޮލިމްޕިކްސް އަށް ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ޕްރެކްޓިސް މި ކުރެވުނީ. އެހެންވީމަ އެގޮތަށް ބަލާއިރު (އިއްޔެގެ) ނަތީޖާ އަކީ ގޯސް ނަތީޖާއެއް ކަމަށް ނެތް ބެލޭކަށް. ހަގީގަތުގައި ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ،" ތޮލާލް ވިދާލުވި އެވެ.

އޭނާ ވިދާޅުވީ އޮލިމްޕިކްސް އަށް ދާނެ އެތުލީޓަކު ހޮވުމަށް ބޭއްވި ޓައިމް ޓްރަޔަލްގައި ސާއިދު ރޭސް ނިންމީ 10.80 ސިކުންތުން ކަމަށެވެ. އިއްޔެ 10.70 ސިކުންތުން ރޭސް ނިންމައި "ސީޒަން ބެސްޓް" ނަތީޖާއެއް ހެދުމަކީ ގޯސް ނަތީޖާއެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަށް ރާއްޖެ އިން ދޭ ސަމާލުކަން އޮލިމްޕިކްސްއަކަށް ނެތެވެ. އޮލިމްޕިކުސް އަށް ވާ ތައްޔާރީތައް ވެސް ކުޑަ އެވެ. އެހެން ނަމަވެސް ތޮލާލް ވިދާޅުވީ، އޮލިމްޕިކްސްއާ މެދު އޮތް ސަމާލުކަން ކުޑަ ނުކުރާ ކަމަށެވެ. ކޮވިޑުގެ ހާލަތުގައި ބޭނުންވާ ވަރަށް ތައްޔާރު ވާން ފުރުސަތު ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަން ކުރައްވާ ތޮލާލް ވިދާޅުވީ އޮލިމްޕިކްސް އަށް ތައްޔާރުވާން ބޭރުގެ ޓްރޭނިން ކޭމެޕެއް ލިބޭތޯ ވަރަށް ކުރިން ފެށިގެން މަސައްކަތް ކުރެއްވި ކަމަށެވެ. ކޮވިޑުގެ ހާލަތުގައި ވެސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރުމުގައި ލުއިތަކެއް ލިބުމުން އެ ގައުމުން ވެސް ޓްރެއިނިން ކޭމްޕެއް ލިބޭތޭ މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގައި ވެސް ޓްރޭނިން ހެދުމުގެ ހުއްދަ ލިބޭތޯ އެޗްޕީއޭގައި އެދިގެން ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ހުއްދަ ވެސް ނުލިބުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މާލޭގައި ޓްރޭނިން ހެދޭ ގޮތެއް ނުވި. ދެން ދޭތެރެދޭތެރެއިން ލިބޭ ލުއިތަކުގައި ޓްރޭނިން ހަދަން ހުއްދަ ލިބުނަސް ޓްރޭނިންއަކަށްވާ ކަހަލަ ޓްރޭނިންއެއް ހަދަން ފުރުސަތެއް ނުލިބޭ. ބޭރު ގައުމުތަކުން ވެސް ފުރުސަތު ލިބޭތޯ މަސައްކަތް ކުރިން. އެކަމަކު އެ ގައުމުތަކުގައި ވެސް އެ ފުރުސަތުތައް އެހާ ފަސޭހަ ގޮތަކަށް ނޫން އޮތީކީ ވެސް، އެހެންވީމަ ބޭރަށް ފޮނުވައިގެން ވެސް އެ ގައުމުތަކުގައި އެންމެ ރަނގަޅަށް ޓްރޭން ކުރެވޭ ގޮތަކަށް ނޫން އޮތީީކީ" އޭނާ ވިދާޅުވީ އެވެ.

"ދެން މިއީކީ އުޒުރު ދައްކަނީކީ ނޫން. އެކަމަކު މިފަހަރު ލިބުނު ފުރުސަތުތަކާ ބަލައި ނަތީޖާ ގޯހެއް ނޫނޭ މިބުނީ."

ރިއޯ ޑީ ޖެނީރޯގެ އޮލިމްޕިކްސް އަށް ތައްޔާރުވާން އޭރު ލިބުނު ފުރުސަތާއި އެހެން ގޭމްސްތަކާއި މުބާރާތްތަކަށް ލިބުނު ފުރުސަތާއި މި އަހަރު އޮލިމްޕިކްސްއާ އަޅާ ކިޔަން އުޅުމަކީ ގޯހެއް ކަމަށް ތޮލާލް ސިފަ ކުރެއްވި އެވެ.

އޮލިމްޕިކްސް އަށް ތައްޔާރު ވާން އެތުލީޓުންނަށް އެކަށީގެންވާ ޓްރޭނިން ދެވިފައި ނެތުމަކީ އެސޯސިއޭޝަނުން ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް ނުދެކެންތޯ ސުވާލު ކުރުމުން ތޮލާލް ވިދާޅުވީ ޒިންމާ ނަގަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

"އެނގޭނެ އޮލިމްޕިކްސް ވެސް އެއް އަހަރަށް ފަސް ވެގެން ދިޔަކަން. އަދި އޮލިމްޕިކްސް އަށް ދާން ތައްޔާރުވިއިރު ރާއްޖެ ވަރަށް ޓައިޓް ލޮކުޑައުންއަކަށް ދިޔަ. މި ހާލަތުގައި އޮއްވާ އެސޯސިއޭޝަނުން ޒިންމާވާން ޖެހޭ ކަމެއް ނެތެއް ނޫންތޯ،" ތޮލާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރީމޭ ޓްރޭނިން ކޭމްޕް ހޯދަން. އެކަމަކު މުޅި ދުނިޔެ އޮތް ހާލަތުން ކިހިނެއްތޯ ޓްރޭނިން ހަދާނީ. އެންމެ ފަހުން އަޅުގަނޑުމެން މަސައްކަތް ކުރީ ދުބާއީން. ދުބާއީގައި ތަން ކޮޅެއް ލުއިތަކެއް ހޫރިމަ. އެކަމަކު އެކަން ވެސް ހަމަ ނުޖެހި ދިޔައީ. ކޮންމެ ގައުމެއްގައި ވެސް 14 ދުވަހު ކަރަންޓީންވެފައި، ދެން އޭގެ ފަހުން ނުކުމެފައި ފުރިހަމަ ކުރަން ޖެހޭ އެހެން ކަންކަން ފުރިހަމަ ކުރަން ޖެހޭގޮތަށް އޮތީ. އެކަމަކު ގިނަ ގައުމުތަކުގައި އޮތީ ފުލު ލޮކުޑައުން.

"މިއީ ބަޔަކަށް ކަމެއް ނުކުރެވިގެން ޓްރޭނިން ކޭމްޕް ނުލިބިގެން އުޅެނީކީ ނޫން. މި ވަގުތު އޮތް ހާލަތުގެ ގޮތުން އެކަން ނުވެ ދިޔައީ. ކިރިޔާވެސް އަޅުގަނޑުމެންނަށް ފުރުސަތެއް ލިބުނީ އިންޑީއާ އިން. އެހެންވެ އިންޑިއާ އަށް ފޮނުވިން އެއް މަސް ދުވަހުގެ ޓްރޭނިން އަށް."

15 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 38%
icon wow icon wow 38%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަމޮހޮނު

02 August 2021

ޒިންމާ ނުނެންގެވިއަސް މުސާރަ ބަރާބަރަށް ނަންގަވާތި.

The name is already taken The name is available. Register?

އިޙްސާސް

02 August 2021

ހަމަ ބަލިވާއިރަށްވެސް މިމީހުން ކިޔަނީ ރަގަޅޭ. ނިކަން ގޯހޭ ކިޔާބަލަ ކުޅުންތެރިންނަށް ކާމިޔާބީ ހޯދަން ދަސްކޮށްދޭން ނޭންގޭބަޔެއް.

The name is already taken The name is available. Register?

ދަންވަރު

01 August 2021

ތި އެސޯސިޢޭސަންގެ މީހުން ތިބެނީ ދަންވަރު ޑިގު ކުޅެން. ޢަސްލު ސާޢިދު ބޭނުން ނުވޭ ގިނަ ދުވަހު ރާއްޢްޖޭން ބޭރުން ޓުރޭނިންގް ހަދާކަށް ފެމެލީ މިސްވަނީޔޭ ކިޔާފަ. ތޮލާގެ އެއްވެސް ބާރެ ނޯވޭ.ފާ އިލް ގެ ބާރު ޢޮންނަނީ ފާ އިލް ޢާޢި އަބުޅޯ ކޯޗު ކޮށްދޭތާ މިހާރު 12 ޢަހަރު ވެގެން މިދަނީ.

The name is already taken The name is available. Register?

ޒ123

01 August 2021

ޑިގު ކުޅުން އޮލިންޕިކައް ގެންނަންވީ އޭރުން މިއެސޯޝިއޭޝަން ތަކުގެ ވެރިން ފޮނުވައިގެން ގޯލްޑު މެޑަލް ހޯދޭނެ

The name is already taken The name is available. Register?

ހުސޭނޫ

01 August 2021

އާނ ރަގަޅު، އަބަދު ނަތީޖާ ރަގަޅޭ ނަތީޖާ ރަގަޅޭ ކިޔާލަ ކިޔާލަ ތިބެންވީ. ނަތީޖާ ކިހިނެއްތަ ރަގަޅުވާހަކައެއް؟ އެކަށީގެންވާ ގޮތަކަށް ޓްރޭނިންގ ދެނީކީނޫން. ކޮންމެ ކުޅިވަރެއްގެ ސްކޮޑް ވީހާ އަވަހަށް ކުޑަކޮށްލާ ދެތިން އެތްލީޓުންނަށް ހަދާލަނީ. ބޮޑުޕޫލްއެއްގެންގުޅެނީކީނޫން. އެހާ ބޮޑުހަރަދުކުރޭ. ޒިންމާނަގަންޖެހޭ ކަމަށް ގަބޫލުކުރަންޖެހޭ. ރާއްޖޭގަވެސް އެތްތެޓިކްސް އަށް ޓްރެއިން ކުރެވޭނެ. މިއަށްވުރެފެސިލިޓީސް މާމަދުގައުމުތަކުންވެސް މާރަގަޅުއެތްލީޓުން އުފައްދާ.

The name is already taken The name is available. Register?

ނަންބަރޭ

01 August 2021

ތިޔަކުޅިވަރުތަކުގައި ތަންތަނަށްގޮސް ރައްޔަތުންގެ ފައިސާ ތަޅާބުރުއްސާފައައިސް އަބަދުވެސް ކިޔާއަޑު އަހަނީ ތަޖުރިބާއެކޭ. އެހެންވީމާ ތިލިބުނީވެސް ތަޖުރިބާއެކޭ ބުނެލާފަ ނިންމާލީމަ އޯކޭ. މިއީ ދިވެހިރާއްޖެ. ކެވޭމީހަކު ކެވޭ ވަރަކަށް ކާންވީ. އުޅޭމީހަކު އުޅެންބޭނުން ގޮތަކަށް އުޅެންވީ. މިގައުމަށް ގަވައިދާޚިލާފަށް އެތެރެވެ ރަސްކަންކުރާ ބަންގާޅީންނަށް ބަލާލުމުން ގައުމުގެ ހާލަތު ތަސައްވުރު ކުރަން ނުހަނު ފަސޭހަވާނެ.

The name is already taken The name is available. Register?

މަލިކށ

01 August 2021

އާ ރާއްޖޭގަ އެކަނި ކޮވިޑު އޮތީ! ރާއްޖެ އެކަނި ލޮކްޑައުން ކުރީ! އެހެންޔަ މޮޅު އެއްޗެއްބުނެލީ ދޯ. ކުރަން ދިޔަ ކަންތައް ތިޔަ ބައިގަނޑު ކުރި. އެއީ ޑިގު ކުޅެފަ ސެލްފީ ނަގާފަ މަޖާކުރުވެނެއްނު. އެއްމެ އަގުބޮޑު މޮޅު ބޫޓާ ޖާޒީއާ ލެވުނެއްނު! ބަލަ އެހެންގައުމުތަކުގެ އެތްލީޓުން ހާދަ ބޮޑެތި ގުރުބާނީތަކެއް ވެޔޭ. ސާއިދުމެން މާ ހިތް މޮޅުވީ. މީހާއަށް މީހާ ފެނުނީ. ލަންކާ ދުވުންތެރިޔާ ޓްރެެއިނިން ހެދީ ލަންކާ ވެލި މަގުގަ. އެއީ ތަފާތަކީ. އެސޮރު 2 ހީޓު ކާމިޔާބުކުރި

The name is already taken The name is available. Register?

ޖޫބެ

01 August 2021

ނަތީޖާ ރަނގަޅަސް ގޮހަސް ޒިންމާ ނަގަންދޯ ތިޔަ ކަހަލަ މަގާމުތަކަށް އަންނަނީ. އެހެންނޫނީ ތޮލާލެކޭ ގޭގަ ޓީވީ ބަލަން އިންނަށް އަޅުގަނޑެކޭ ނެތްދޯ ތަފާތެއް؟

The name is already taken The name is available. Register?

އޮލިމްޕީ

01 August 2021

ދިވެއްސެއްތަ؟ ނަގަންޖެހޭ ޒިންމާއެއް، ގަންނަންޖެހޭ ލަދެއް ނޯންނާނެ. ފެއިލްވިޔަސް އެކަމެއް ގަބޫލެއް ނުކުރާނެ. ތިމާވަރުގެ މޮޅުމީހަކު ދެން ނުހުންނާނެ. ވ.ސަލާމް

The name is already taken The name is available. Register?

ޓވޓރ

01 August 2021

ކިހިނެއް ވެގެންބާ ޒިންމާ ނަގަން ނުޖެހެނީ؟ ޢެންމެ 1 މަސްދުވަހު ޕުރެކްޓިސް ކޮއްލާފަ އޮލިންޕިކައް ފޮނުވީ ހަމަ އެތުލީޓު ފޮނުވަން މަޖުބޫރު ވެގެންތޯ؟ ތައްޔާރު ނުވެވޭ ހާލަތުގަވެސް އެތުލީޓުން ފޮނުވުން މަޖުބޫރުތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454