މިރޭ އައްޑޫގައި ބާއްވާ ޝޯގައި ބައިވެރިވާ ފަންނާނުން.
06 އޯގަސްޓް 2021 - 19:48
މަޝްހޫރު ދިވެހި ލަވަކިޔުންތެރިން ބައިވެރިވާ ހާއްސަ ސްޓޭޖް ޝޯއެއް މިރޭ އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
"ދޮންއުނބަރާ ނައިޓް" ގެ ނަމުގައި މިރޭ 8:30 ގައި ބާއްވާ މި ޝޯ އޮންނާނީ އައްޑޫ ބޮމަ ފަންނުގަ އެވެ. އަދި މި ޝޯގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޝަލަބީ އާއި އޭނާގެ އަންހެނުން ޝިފާ އިބްރާހީމް ވެސް ބައިވެރިވާނެ އެވެ.
ރެޕް ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު ނަބީލް ނިޔާޒް (ޓޯއީ) އަދި ޑެވިން ވެސް މި ޝޯގައި ބައިވެރިވާނެ އެވެ.
މި ޝޯ އަކީ ހުޅުދޫގެ އަމިއްލަ މީހެއް ކަމަށްވާ އާމިނަތު ޝަހުދާ (ބަހޫ) ގިނަ ދުވަސްތަކަށް ފަހު ރަށަށް އައުމުން ހުޅޫދޫ އާއި މީދޫގެ ރައްޔިތުންނަށް އޭނާގެ އާއިލާގެ ފަރާތުން ދޭ ހަދިޔާއެކެވެ.
"ކޮވިޑްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުން ގޭގައި ތިބުމުން، ފޫހިފިލުވާލައި ހިތްހަމަޖައްސާލަން އަޅުގަނޑުގެ އާއިލާގެ ފަރާތުން އިންތިޒާމު ކުރާ ޝޯއެއް މިއީ،" ބަހޫ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިސްވޭއޭ
06 August 2021
ތިއަށް ވުރެން ރަނގަޅު ނޫންތޭ ހުޅުދޫ މީދޫގައި ތިބި ޑްރަގް ލޯރޑުން ހައްލު ކުރަން އުޅުނިއްޔާ
އައްޑޫ ހުޅުދުދުއިން
07 August 2021
ޑުރަގު ލޯރޑުންތިބީ ހަމައެކަނި ހުޅުމީދޫގައެއްނޫނެވެ. މުޅިރާއްޖޭގައިވެސް އެބަތިއްބެވެ. ވީމާ ވަކިބަޔަކަށް ނިސްބައްވާގޮތައް ކޮމެންޓްނުކުރެއްވުން އެދެމެވެ.