ވިޔަފާރި / އެލައިޑް އިންޝުއަރެންސް

އެލައިޑުގެ ތިން އަހަރުގެ ކާމިޔާބީ: ސަރަހައްދުގެ އެންމެ ވަރުގަދަ އިންޝުއަރެންސް ކުންފުންޏަކަށް

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެލައިޑުން މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީލް ޕްރެޒެންޓޭޝަނެއް ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

28 ނޮވެމްބަރ 2016 - 00:56

5 comments

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެލައިޑް އިންޝުއަރެންސް ކުންފުނީގެ ވިޔަފާރި ވަަރަށް ބޮޑަށް ފުޅާވެގެން ގޮސް، އިންޑިއާ ކަނޑުގެ ހުރިހާ ގައުމެއްގެ އިންޝުއަރެންސް ކުންފުނިތަކަށް ވުރެ ވެސް ވަރުގަދަ ބްރޭންޑަކަށް ވެފައިވާ ކަމަށް އެލައިޑުން މިރޭ ބުނެފި އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެލައިޑުން ބޭއްވި ހަފުލާއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ދެއްވި ޕްރެޒެންޓޭޝަނެއްގައި ވިދާޅުވި ގޮތުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ ވަނީ 70 މިލިއަން ޑޮލަރުން 120 މިލިއަން ޑޮލަރަށް އަރައިފަ އެވެ. އެ ވަރުގެ ބޮޑު ކެޕޭސިޓީއެއް އޮތް އެހެން ކުންފުންޏެއް މި ސަރަހައްދުގައި ވެސް ނެތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރިއިންޝުއަރެންސް ކުންފުނިތަކުން އެލައިޑާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ވިޔަފާރި ކުރިއެރުމުގެ ސަބަބުން އަޅުގަނޑުމެންގެ ރިއިންޝުއަރެންސް ކުންފުނިތަކުން ދީފައިވާ ކެޕޭސިޓީ. އެނގިވަޑައިގަންނަވާނެ، އިންޝުއަރެންސް ކުންފުންޏެއްގެ އެންމެ މުހިއްމު އެއްޗަކީ އެ ކުންފުންޏެއްގެ ކެޕޭސިޓީ،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި އަމީލް ވިދާޅުވި އެވެ.

"ކުރިން ވާ ގޮތަކީ އަޅުގަނޑުމެން ފެނުނީމަ އެއްވެސް ބައެއް ނޫން، ވަރަށް ކުޑަ ބައެއްގެ ގޮތުގައި ބަލަނީ. އެހެން ނަމަވެސް، މިހާރު ސްޓްރޯންގް ބޭސްއެއްގައި ވަނީ. އެލައިޑް އިންޝުއަރެންސް ސްޓްރޯންގް ވަނީ ގައުމު ހިންގެވުމަށް ސްޓްރޯންގް ލީޑަރެއް ހުރީމަ."

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް އެލައިޑުން މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީލް (ކ) އާއި އިކޮނޮމިކް މިނިސްޓަރު ސައީދު (ވ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ތިން އަހަރުގެ ތެރޭގައި އެލައިޑުން ގިނަ އާ ހިދުމަތްތަކެއް ތައާރަފްކޮށްފައިވާކަން އަމީލް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ، ބޭންކު ގެރެންޓީގެ ބަދަލުގައި ބޮންޑެއް ދޫކުރާ ބޮންޑް އިންޝުއަރެންސާއި ރާއްޖޭގެ އެންމެ ފުޅާ ހެލްތު އިންޝުއަރެންސް ޕެކޭޖު ކަމަށްވާ ސިލެކްޓް ގޯލްޑާއި ރާއްޖެ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިންބައުންޑް ޓްރެވަލް އިންޝުއަރެންސުގެ އިތުރުން، 2014 ގައި ތައާރަފް ކުރި އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް އެވެ.

އަޔާދީ ތަކާފުލް އިން ވަނީ، އަމީލް ވިދާޅުވި ގޮތުގައި، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ހައްޖު އަދި އުމްރާ ތަކާފުލް ޕެކޭޖުތައް ތައާރަފްކޮށްފައި ވާއިރު، އެ ޕެކޭޖުތައް ބައިނަލްއަގުވާމީ އިންޝުއަރެންސް ބާޒާރުގައި ވެސް މިހާރު ވިއްކަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ބިދޭސީންނަށް ހާއްސަ އެކްސްޕެޓްރިއޭޓް އިންޝުއަރެންސް މިހާތަނަށް 96،413 މީހަކު ނަގާފައިވާ ކަމަށް އަމީލް ވިދާޅުވި އެވެ.

އާ ހިދުމަތްތަކާ އެކު، ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުންޏަށް މިދިޔަ ތިން އަހަރު ލިބުނު އާމްދަނީ ވެސް ވަނީ، އޭނާ ވިދާޅުވި ގޮތުގައި، އޭގެ ކުރީ ތިން އަހަރާ އަޅާބަލާއިރު 69 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 26 ޕަސެންޓުން މިހާރު އަހަރަކު އެވްރެޖުކޮށް ގާތްގަނޑަކަށް 30 ޕަސެންޓަށް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު މި ދައްކާ ވާހަކަ. ވިޝަނަރީ ލީޑަރެއް އައިސްގެން ސަޕޯޓް ދެއްވީމަ އަޅުގަނޑުމެންގެ އިކޮނޮމީ، އަޅުގަނޑުމެންގެ ކޮމްޕެނީ ޑިވެލޮޕްވެގެން މި ދަނީ،" އަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ވަނީ ހާއްސަ ކޭކެއް ވެސް ފަޅައިފަ އެވެ. އެ ކޭކު ފަޅައިދެއްވީ އެލައިޑުގެ ޗެއާމަން މުހައްމަދު ރަޝީދު (ހިޔަލީ) އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީލްގެ އިތުރުން، އެލައިޑުގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރާއި މިރޭގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން އެލައިޑުން މިރޭ ބޭއްވި ހަފުލާގައި ކޭކެއް ފަޅަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، ރައީސް ޔާމީންގެ ސަރުކާރާ ގުޅޭ ގޮތުން ހަދާފައިވާ ވީޑިއޯ ޕްރޮފައިލެއް ވެސް ދެއްކި އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ މި މަހުގެ 17 އަށް ތިން އަހަރު ފުރިފައި ވާއިރު، 10 ދުވަހުގެ މުއްދަތަކަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، މާދަމާ ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. އަދި ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުން ކޮށްފައިވާ ކަންކަން ހިއްސާކުރުމުގެ އިތުރަށް، ސަރުކާރުގެ ކުންފުނިތަކުން ވެސް އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

5 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެލައިޑް

28 November 2016

އަހަރެމެންގަބޫލެއްނުކުރަންތިވާހަކައެއް.

The name is already taken The name is available. Register?

ގައުމު

28 November 2016

ކޮންމެ ކަމަކީވެސް ހަމަ ހުރެލާފައި ބުނެލާ ބަހަކުން ވެ ނިމިފައި އޮންނަ ހަޤީޤަތަކަށް ވާނަމަ، އަހަރުމެން ރަށްވެސް މިވަނީ މި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ތަރައްޤީގެ ގޮތުން އެއްވަނަ ދުނިޔޭގެ ގައުމުތައް ފަހަތަށް ޖައްސާލައި ކުރިއަރާފަ. އެކަމަކު ހަގީގަތަކީ ސަރުކާރު އޮފީސްތަކާ ކުންފުނިތަކުން ކޮންމެ ދުވަހަކު ބޮޑެތި ހަފްލާތައް ބާއްވައި، ކޭކު ފަޅަފަޅާފައި ތިކަނޑާ ފޮންޏެއްގެ އެއްވެސް ކަމެއް އަހަރެމެންނަށް ނުފެންނަކަަށް. މުޅިގައުމަށް ނުކަތާވަރުގެ ކުރިއެރުން މި 3 އަހަރުތެރޭ އައި އިރު އަހަރުމެންނަށް އަޅެ ހަމަ އެންމެ ކަމެއްގެ ފަސޭހަ އިޙްސާސްވެލައި، ތަރައްގީގެ ކުލަވަރެއްވިޔަސް މި ރަށުން ފެނިނުލީމާ ހިތަށް އަރާ އަނެއްކާ މި އުޅެވެނީ އެފްރިކާގެ ނިކަމެތި ގައުމަކަށް އާދެވިގެން ބާވައޭ. އެހެންނޫންތޯ ވާނީ! ތަރައްގީ އޮބިނޯވެގެން އުޅޭއިރުވެސް އަހަރުމެންނަކާ ހަމަ ވާކަމެއްވެސް ނޫން. މިހާތަނަށް އުފުލަންޖެހުނީ ހަމަ މުޅިންވެސް އިތުރު ތަކްލީފް ވިއްޔަ! ހުރިހާ ޓެކްސްއެއް ވީ ބޮޑު. ކަރަންޓާއި ކާޑުގެ އަގު ވީ ބޮޑު. ނުވިތާކަށް ފާޑުފާޑުގެ ނަންނަމުގައި އަހަރެމެންގެ އަތުން އަތުލައި ބައި ވީ އިތުރު. މިއީ ތޯ އިކޮނޮމިކްސްގައި ތަރައްޤީ މާނަކުރާ ގޮތަކީ؟ ނޫނީ ދިވެހި ބަސްފޮތުގައި އޮންނަ ގޮތްތޯ މިއީ؟ ބަހަކުން ކަނޑާ ފޮންޏަކުން ކަންކަން ހަޤީޤަތަަށް ވަންޏާ މިއަދުން ފެށިގެން ޓީވީއެމް ޚަބަރުގައި ގޮވަންފަަށަންވާނެ މި ދިޔަ ތިންއަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ސްޕޭސް ސައިންސް ކުރިއަރައިގެންގޮސް، އަންނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު މިނިވަން ދުވަހުގެ ޖަލްސާ ޕްލަނެޓް މާސްގައި ބާއްވަން ހަމަޖެއްސި ވާހަކަ. އަދި އެދުވަހުން ފެށިގެން ދިވެހިންގެ ރަަށްވެހިކަންވެސް މާސް އަށް ބަދަލުކުރަން ހަމަޖެހުނު ވާހަކަ.

The name is already taken The name is available. Register?

ހަމަބުނެލީ

28 November 2016

އަތޮޅުތެރެއިން ތިޔަބުނާ ތަރައްޤީ ނުފެނުނަސް މާލެއައީމާ ފެންނާނެ ޕާރކްތަކާ އަދި ބްރިޖްވެސް ކުރިއަށްއޮތް ތާނގައި އެކަމަކުދެރައީ ތިޔަ ބޭފުޅުންނަށް ނުވިސްނޭތީ! މާލެ ސަރަޙައްދު ތަރައްޤީ ކުރުމުން ރަށުގައި ދިރިއުޅޭ މީހާއަށް އަރާމާއި ފައިދާލިބޭތޯ؟ ކޮންމެ އިންތިޚާބަކާއެކު ބޯޅަކުޅޭނެ ތަނަކާއި މިޔުޒިކްކުޅޭނެ ތަކެތި ދިނީމާ ވޯޓްދިނުން ބަދަލުކޮށްލައްވާ! ތިޔަ ބޭފުޅުން ވޯޓް ދެއްވާއިރު އަތޮޅުތެރެ ތަރައްޤީވާނެ ގޮތަކަށް ވޯޓް ދެއްވަން ރަށު ރައްޔިތުންނަށް އެއްބަސްވެވޭނެ އެހެންނޫންތޯ! ވޯޓަކީ މުހިންމު އެއްޗަކަށް ތިޔަ ބޭފުޅޫންނަށް ހެއްދެވޭނެ އެހެންނޫންތޯ!

The name is already taken The name is available. Register?

ޠރ

28 November 2016

އިންޑައިރކްޓްކޮށް ތިބުނީ ކުންފުނިތެެއިން އފެްދުންތެރި ޚިޔާކު ނުލިބޭ ވާހަކަ.

The name is already taken The name is available. Register?

އުދުހޭ

28 November 2016

ވިޝަނަރީ ލީޑަރު އެލައިޑް ކުރިއަރުވަން ކޮށްދިން ކަމެއް ބުނެބަލަ؟! ޕާޓީ މީހުން ގެނެސް ކުންފުނީގެ އެކިއެކި މަގާމު ދިނީތަ؟ ހޫން... އެކަން ގަބޫލުކުރެވިދާނެ. ދެން އިތުރުކަމެއް؟! އިތުރުކަމެއް ނެތިއްޔާ ތިވާހަކަ އަޑުއަހަން އިންނައިރު ޔާމީނު ބަނޑުތެރެއަށް ހާދަހާވާ ހިންޏެއް އަންނާނެއޭ؟!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454