ޚަބަރު / މަޑަވެލި ކޯޒްވޭ މަޝްރޫއު

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލުމާ މަޑަވެލި ކައުންސިލުން ދެކޮޅު

މަޑަވެލި-ހޯޑެއްދޫގެ ކޯޒްވޭ ނަގަން ގދ. ހޯޑެއްދޫ ކައުންސިލުން މިދިޔަ ހަފުތާގައި ނިންމި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން ގދ. މަޑަވެލީ ކައުންސިލުން ކުށްވެރިކޮށްފި އެވެ.

އެ ކޯޒްވޭގެ ސަބަބުން ގދ. ހޯޑެއްދު އަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާ ކަމަށް ބުނެ، އެތަން ނަގަން ނިންމައި އެ މަސައްކަތް ކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީގައި ހޯޑެއްދޫ ކައުންސިލުން ވަނީ އެދިފަ އެވެ.

މަޑަވެލީ ކައުންސިލްގެ ފަސް މެމްބަރުން ސޮއި ކުރައްވައި، މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ގަރާރެއްގައި ބުނެފައި ވަނީ ހޯޑެއްދޫ ކައުންސިލްގެ މި ނިންމުމުގެ ސަބަބުން ކުރިމަގުގައި ދެ ރަށުގެ ރައްޔިތުންނަށް ގިނަ ގެއްލުންތަކާއި އުނދަގޫތައް ކުރިމަތިވާނެ ކަމަށެވެ.

"މަޑަވެލި-ހޯޑެއްދޫ ކޯޒްވޭއަކީ ދެ ރަށުގެ މަސްލަހަތު ވެސް ހިމެނޭ ތަނަކަށް ވުމާއި ކޯޒްވޭއަކީ މި ދެ ރަށުގެ ދިރިއުޅުމާއި ވަޒިފާ ނިސްބަތްވާ ފަރާތްތައް ބޭނުންކުރާ ތަނަކަށް ވެފައި، ކޯޒްވޭގެ ސަބަބުން ދެ ރަށުގެ އިގްތިސާދަށް ވެސް ރަނގަޅު ހެޔޮ ބަދަލެއް އަންނަ ކަމަށް މި ކައުންސިލުން ގަބޫލުކުރަމެވެ،" އެ އިގުރާރުގައި ވެ އެވެ.

ސަރުކާރުން ބޮޑެތި ހަރަދުކޮށްގެން ނިންމާފައިވާ އެއްވެސް ޕްރޮޖެކްޓަކަށް އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރެއްގެ ގެއްލުމެއް ދިނުމަކީ އެއްވެސް ކައުންސިލަކުން ކޮށްގެންވާނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޯޒްވޭގެ މައްސަލައިގައި ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް މިދިޔަ ބުރާސްފަތި "މިހާރު" އަށް ވިދާޅުވެފައި ވަނީ ދިޔަވަރު ބޮޑުވާ ކޮންމެ ދުވަހަކު، މި ކޯޒްވޭގެ ސަބަބުން ހޯޑެއްދޫގެ ބޮޑު ބަޔަކަށް ލޮނު އަރައި، އެ ރަށުގެ ބިމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި މި މައްސަލަ ހައްލުވާން އޮތީ ކޯޒްވޭ ކަނޑާލައިގެން ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަށް ހޯޑެއްދޫގެ ބިމުގެ 20 ޕަސެންޓް މިހާރު އެ އޮތީ ހަލާކުވެފައި. އެތަނުގައި ގުދުރަތީ ދިރުންތައް ވެސް ނެތިގެން ހިނގައްޖެ،" ވާރިޝް ވިދާޅުވެފައިވެ އެވެ.

މަޑަވެއްޔާއި ހޯޑެއްދޫ ގުޅަައިލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ޕްރޮޖެކްޓަށް ބޮޑު ހަރަދެއް ކޮށްފައި ވަނިކޮށް، އެ ދެ ރަށުގެ ތިމާވެއްޓަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ، ކޯޒްވޭ ވެސް ބޭނުން ނުކުރެވޭތީ އެކަމުގައި އިހުމާލުވި ފަރާތްތަކުގެ އަތުން ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކޮށްފައި ވެސް ވެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އީޕީއޭގެ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ނޫން ކަމަށާއި މި މަޝްރޫއުގެ ސަބަބުން ލިބޭ ގެއްލުންތަކާ ހެދި ދެ ރަށުގެ ރައްޔިތުންނަށް ބިރުވެރިކަމެއް ކުރިމަތި ވެފައިވާ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، 2016 ގައި ހަދަން ފެށި މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅައިލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ އެކު އެވެ.

މި ކޯޒްވޭގެ ސަބަބުން ދެ ރަށް ގިރާތީ ރައްޔިތުން ނުކުމެ އެއްފަހަރު ކޯޒްވޭ އިން ބައެއް ކަނޑައި ވެސް ލި އެވެ. މަޖިލީހުން ފާސްކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ކޯޒްވޭ އަށް ފަހުން ކުރަން ޖެހުނު ހަރަދުތަކާ އެކު، އެ ޕްރޮޖެކްޓްގެ އަގު 31 މިލިޔަން ރުފިޔާ އަށް ވުރެ މައްޗެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިޔު

29 August 2021

ކޯޒްވޭ ނުވަތަ ތިޔަ ފާލަމުގެ ސަބަބުން ބޮޑެތި ގެއްލުން ލިބެނީ ހޯނޑެއްދުއަށް. އެ ރަށް ސަލާމަތްކުރުމަށް ތިޔަ ފާލަން ލަސްނުވެ ނަގަންޖެހޭކަމަށް ހޯނޑެއްދޫގެ ގިނަ ބަޔަކު ދެކޭކަމަށް ޚަބަރު ލިބެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454