ނ. މާފަރުގެ ޕޮލިސް ސްޓޭޝަން ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ
31 އޯގަސްޓް 2021 - 14:03
ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ކުރުމުގެ ގޮތުން މިހާރު ގާއިމްކޮށްފައިވާ ފުލުހުންގެ ޑިވިޝަންތަކުގެ ބަދަލުގައި ވަކި ސަރަހައްދުތަކެއް ކަނޑައަޅާ އަންނަ މަހު ހިދުމަތް ދޭން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އާ ގާނޫނު ބުނާ ގޮތުން ލާމަރުކަޒީކޮށް ހިދުމަތްދިނުމަށްޓަކައި އިދާރީ ގޮތުން ފުލުހުން ބަހާލަން ޖެހޭނީ، މާލެ ނުހިމެނޭ ގޮތަށް މުޅި ރާއްޖެ ބެހިފައިވާ، މަދުވެގެން ފަސް ސަރަހައްދެއްގެ މައްޗަށެވެ. އަދި ކޮންމެ ސަރަހައްދެއް ހިންގާނީ އެ ސަރަހައްދެއް ހިންގުމަށް ކަނޑައަޅާ ރީޖަނަލް ކޮމާންޑުން ކަމަށް ވެސް ބުނެފައިވެ އެވެ.
ނ. މާފަރުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ފުލުހުން ހިދުމަތް ދެމުން އަންނަ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނެސް, މިހާރު ގާއިމްކޮށްފައި ހުރި ފުލުހުންގެ ހަތް ޑިވިޝަންގެ ބަދަލުގައި ފަސް ސަރަހައްދެއް ކަނޑައަޅައި، އެ ސަރަހައްދުތަކަށް ކޮމާންޑަރުން ވެސް، އަންނަ މަހުގެ ނިޔަލަށް ހަމަޖައްސާނެ ކަމަށެވެ.
ނަމަވެސް ކަނޑައަޅީ ކޮން ފަސް ސަރަހައްދެއް ކަމަށް ވިދާޅެއް ނުވެ އެވެ.
"އެ ކޮމާންޑަރުންނަކީ އިތުރުބާރާއި ވަސީލަތްތަކާއި ހިދުމަތް ދިނުމަށް ފަހިކުރެވިފައިވާ އިސް ބޭފުޅުންކަމުގައި ހަމަޖެހިގެންދާނެ. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނާ ގާތުން ފުލުހުން ހިދުމަތް ދިނުމުގައި ފަސޭހަކަމާއި އަވަސްކަމާއެކުގައި ނިންމަން ޖެހޭ މުހިއްމު ނިންމުންތައް ނިންމާ ކުރިއަށް ގެންދަން ޖެހޭ މުހިއްމު މަސައްކަތްތަކުގައި އެބޭފުޅުން ވަރަށް ހުނަރުވެރިކަމާއި ގާބިލުކަމާއެކުގައި ކުރިއަށް ދިއުމުގެ މަގު ތަނަވަސްވެގެން ދިއުން،" އިމްރާން ވިދާޅުވި އެވެ.
ނ. މާފަރުގެ ޕޮލިސް ސްޓޭޝަން ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ
"ހުރިހާ ކަމެއްގައި މައި އިދާރާގެ މައްޗަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ކަންކަން އަވަހަށް ނިންމުމުގައި ފަސޭހަތަކެއް ލިބިގެން ދާނެ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން އަންނަ ކަމަށާއި އެ ކަމަށް ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުގައިވާ ގޮތުން މިނިސްޓަރު ކަނޑައަޅާ ސަރަހައްދުތަކުގައި ސްޓްރެޓީޖިކް ޕޮލިސިން ރިކުއަޔަމަންޓަށް ރިއާޔަތްކޮށް ދޭނެ ހިދުމަތްތަކާއި އެ ހިދުމަތްތައް ދޭނެ އަތޮޅުތަކާއި ސިޓީތަކާއި ރަށްތަކާއި އެތަންތަނުން ދޭނެ ހިދުމަތްތައް ކަނޑައަޅައި ފޮލިސް ކޮމިޝަނަރު އާންމުކުރަން ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލް
31 August 2021
ކޮންމެހެން އޮޅުވާލާނެކަމެއްނެތް.އެމްޑީޕި ވެރިކަމަށް އަންނަންވެގެން ލާމަރުކަޒީއޭ އެއްޗެކޭމީޗެއްކޭ ކިޔައިގެން އައިސް ކޮންކަމެއްބާ ކުރަނީ؟ކޮންކަމެއްތޯ ރަނގަޅުވީ؟ސުކޫލްތަކާ ހޮސްޕިޓަލަށް ކޮންބަދަލެއްތޯ އައީ؟މިހާރުވެސް ކުރިޔެކޭ އެއްގޮތަށް ކިތިޔާ ކަމެއްވިޔަސް މިޖެހެނީ މާލެދާން.ރާއްޖެތެރެއަށް ފޮނުވާ ޓީޗަރުންގެ މިހުންނަނީ ކުދިންގެ ފެންވަރު.ސަރުކާރުން ބުނާނެ ކާށޭ.އެކަމަކު ކާންފަށާއިރަށް އަނގަ މަތީގަ އަތްއަޅާނީ.ބުނާނެ ދުވާށޭ ދުވަން ފަށާއިރަށް ހިފަހައްޓާނެ.