އެމްޕީއެލް ސަރަހައްދުގައި ބަޔަކު މަސައްކަތް ކުރަނީ. އެ ކުންފުނިން ވަނީ އިތުރު 50 ވަޒީފާއަށް ހުޅުވާލައިފަ-- މިހާރު ފޮޓޯ: ނިޝާން އަލީ
23 ސެޕްޓެމްބަރ 2021 - 15:03
އެމްޕީއެލް އިން ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމުގެ ދަށުން އެ ކުންފުނިން 50 ޖާގަ ހުޅުވާލައިފި އެވެ.
އެމްޕީއެލް އިން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެކި ދާއިރާތަކުން ވަނީ ޖާގަ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ވެލްޑްކުރާ މީހުންނާއި ކާޕެންޓަރުންގެ އިތުރުން އިދާރީ މަސައްކަތް ކުރާ މީހުން ހިމެނެ އެވެ.
މި ޕްރޮގްރާމަށް ހޮވޭ ހުރިހާ އެންމެންނަށް ވެސް މަހަކު 5،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ. މި ޖާގަތަކަށް މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ އެވެ. އެ ޖާގަތަކަށް ކުރިމަތިލުމަށް އެމްޕީއެލްގެ ވެބްސައިޓުގައިވާ ފޯމު ޑައުންލޯޑްކޮށް ހުށަހެޅޭނެ އެވެ.
ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ހުޅުވާލީ 2019 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy