ވިޔަފާރި / އެންމެ ކުޑަ އުޖޫރަ

ޖެނުއަރީން ފެށިގެން ލިބޭނީ މިނިމަމް ވޭޖް: ފައްޔާޒު

"ގާނޫނުގައި އޮތް ގޮތަށް 1 ޖެނުއަރީ، ﷲ އިރާދަކުރެއްވިއްޔާ އުފަން ވާނީ މިނިމަމް ވޭޖާއެކު"

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: އަންނަ ޖެނުއަރީގެ ކުރިން މިނިމަމް ވޭޖެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: މިހާރު

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެންމެންނަށް ވެސް ލިބޭނީ މިނިމަމް ވޭޖް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑައަޅަން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖެއް ކަނޑައަޅަން ގާނޫނުން ވަނީ ލާޒިމްކޮށްފަ އެވެ.

"ގާނޫނުގައި އޮތް ގޮތަށް 1 ޖެނުއަރީ ﷲ އިރާދަކުރެއްވިއްޔާ އުފަން ވާނީ މިނިމަމް ވޭޖާއެކު،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ވަފުދުގައި އުޅުއްވާ ފައްޔާޒް ވިދާޅުވި އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާ ދޭން އޮންނަ މިނިމަމް ވޭޖް ބޯޑުން އެންމެ ކުޑަ އުޖޫރައާ މެދު ގޮތެއް ނިންމީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މީގެ ކުރިން ފައްޔާޒް ވިދާޅުވެފައިވަނީ ވޭޖް ބޯޑުގެ ނިންމުން ލިބުނުހާ އަވަހަކަށް މިނިމަން ވޭޖެއް ކަނޑައެޅޭނެ ކަމަށެވެ.

ވޭޖް ބޯޑުން ނިންމާފައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައެޅީ 7،000ރ. އެވެ. އަމިއްލަ ވިޔަފާރިތަކުގެ ކުދި ވިޔަފާރިތަކަށް 5،000ރ. ކަނޑައެޅި އިރު މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައަކީ 7،000ރ. އެވެ. އަދި އެންމެ ބޮޑެތި ކުންފުނިތަކުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،900ރ. އެވެ.

ވޭޖް ބޯޑުން ނިންމާފައިވާ ގޮތުން، ރާއްޖޭގެ ގިނަ ރިސޯޓުތައް ހިމެނޭނީ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައި ކަމަށް ވާތީ ރިސޯޓުތަކުގެ އެންމެ އާދައިގެ ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް އެންމެ ކުޑަ މުސާރައިގެ 8،900ރ. ލިބޭނެ އެވެ. އެ އަދަދާ މެދު ކަންބޮޑުވާކަން ރިސޯޓުތައް ހިންގާ ފަރާތްތަކުން ފާޅުގައި ހާމަނުކުރި ނަމަވެސް "މިހާރު"އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ވަނީ މިއީ އިންސާފުވެރި އަދަދުތަކެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް މިހާރު ވަނީ ޓޫރިޒަމް މިނިސްޓަރަށް ވެސް ހުށަހަޅައިފަ އެވެ.

35 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާއިޒު

23 October 2021

8900 ދިވެހި ރުފިޔާ ނުދެވިނުދާނެ 5 ރުފިޔާގެ ފެންފުޅި 5 ޑޮލަރަށް ވިއްކާ މީހުން

The name is already taken The name is available. Register?

ޡަމީމު ސްޕަރސް

22 October 2021

ފައްޔާޒުއަށާ މަޖްލިސް މެމްބަރުންނަށާ ރައީސް މިހާއަށްވެސް ލިބި ލައްވާނީ ހަމަ މިނިމަމް ވޭޖްތޯ؟

The name is already taken The name is available. Register?

ހަޑިގިއްލާ

22 October 2021

މޮޅުކޮމެންޓެއް ކަމަށް ދޯ!

The name is already taken The name is available. Register?

އާރީ

22 October 2021

މިނިމަމް އޯވަރޓައިމް ކަޑައެއް ނާޅާބާ?

The name is already taken The name is available. Register?

މޯޑް

22 October 2021

ސަރުކާރުގެ ބޮނޑެތި ކުންފުނި ތަކުގެ މުސާރަ މިހާރުވެސް ހުރީ ދިހަހާހުން މަތީގަ. އެހެންވީމަ ތި ވޭޖްގެ އަސަރެއް ނުކުރާނެތާ.

The name is already taken The name is available. Register?

ބޮޑުމީހާ

21 October 2021

2018 ވަނަ އަހަރު ނެރުނު 100 ދުވަހުގެ ވައުދުތަކެއްވެސް ހުރި. އެ ވައުދުތައް ވީ ކޮންތާކުކަމެއް ހުދު މިސަރުކާރަކަށްވެސް ނޭގެ. ވަރަަށް ފަހުން 1 އޮކްޓޯބަރުން ފެށިގެން މޯބައިލް ޑޭޓާވެސް އަގުހެޔޮކޮށްފި. އެކަމަކު އެ ލިބޭ މީހަކު މިގައުމުގަ ނެތް

The name is already taken The name is available. Register?

ޖޯޖް

22 October 2021

ފިތުނަ އުފައްދަން ނޫޅެބަލަ ތިގެންގުޅެނީ ޕުރީޕއެއިޑެއް އެއަކުން ކޮންކަމެއް ވާނީ

The name is already taken The name is available. Register?

ޝަފީރު

21 October 2021

މިވަނީ ކީއްކަން އަދި ހަމަ ކުޑަކޮށްވެސް ބުއްދިއަކަށް ނާދެ. މަދުވެގެން ދޭންޖެހޭމުސާރަ. ނޫނީ މަދުވެގެން ގެއަށް ގެންދަން ލިބޭނެ މިނިމަމްތަ. ޑޮލަރވެސް ވޭޖެއްކުރި ޑޮލަރ އަގު ދަށްކުރަންވެގެން. އެންމެ ބޮޑުކޮށް ގަންނަން ލިބޭއަގާ އެންމެ ކުޑަކޮށް ގަންނަން ލިބޭނެއަގު. ނަތީޖާ ނުކުތީ ޑޮލަރ އަގު ބޮޑުވުން. ދެން މިފަހަރު މިވާނީ އިތުރު އެވަންސްތައް ކެނޑިގެން އަންނަ ވޭޖެކަށް ވެދާނެ ކަމަށް ވަރަށް ހީވޭއެބަ. އަމާބުނީތީ ފަރަށްދާން ވެގެން ޥޭޖެއް ހަދާދިނީ .

The name is already taken The name is available. Register?

ޖޯޖް

22 October 2021

ޙީވަނީ ލިޔެފަ އޮތް އެތިވެސް ކިޔަންނޭގޭހާ ގަމާރުވީހެން

The name is already taken The name is available. Register?

އެނަލިސިސް

21 October 2021

މިހާރު ވެސް ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިޔުޝަންތައް ހުއްދަކުރާވަރަށް ވުރެ، ޖީޑީޕީގެ ނިސްބަތުން ލޯނުވަނީ މާބޮޑަށް ވެސް އިތުރުވެފައި. ހުރިހާ މުދަލެއް އިމްޕޯޓަށް ބުރަވެފައިވާ މި ގައުމަށް މުދާ ގެނައުމަށް ބޭނުންވާ ޑޮލަރު ލިބެނީކީ ނޫން. ވީމާ، ރިޔާސީ އިންތިޚާބުއަންނާތީ ކެންޕޭން ސްޓަންޓަކަށް ފައިސާ ޖަހައިގެން މެނުވީ ތިޔަ ބުނާ ވަރަށް މުސާރަތައް ބޮޑުކުރާނީ ކިހިނެއް؟ އަނެއްކާ ބޮޑުކުރާ މުސާރައާ އެއްވަރަށް ކުއްޔާ، ޚިދުމަތާ، ތަކެތީ އަގު އާދައިގެ މަތިން ޖައްސާނެ! މިހާރުވެސް ޗައިނާގެ ދަރަނި 5 އަހަރުން 1،300،000،000.00ޑޮލަރު. ލޮލަށް ފެންނަ ޕްރޮޖެކްޓްތަކެއް ހިންގާފައި އެބަހުރި. އިންޑިޔާގެ ދަރަނި 2.5 އަހަރުން 1،400،000،000.00ޑޮލަރު. އެ ފައިސާ ގިނައިން ބޭނުންކޮށްފައި ވަނީ ރިކަރަންޓް ޚަރަދަށްކަމުން ލޮލަށް ފެންނަ ޕްރޮޖެކްޓް ނެތް. މީ 22،000،000،000.00ރ. ކަން މިހެން އޮތުމުގެ ސަބަބުން، ބާރު ލިބިދާނޭ ހިތާ ރައްޔިތުން އެހާ ވަރަށް ނިކަމެތިކުރަން ހަމަ ހެޔޮނުވާނެ! އަނެއް ކާ އިންޓަނޭޝަނަލް ކޮމިޔުނިޓީ މިހާރުވެސް އިންޒާރުދެމުން އެދަނީ ކޮވިޑާހެދި ނިކަމެތިވީ ދުނިޔޭގެ އިގުތިސާދު ކިރިޔާވެސް ރަގަޅުވާން ފަށާނީ 2023ގެ ފަހުން ކަމަށް!

The name is already taken The name is available. Register?

ޑީޑީ23

21 October 2021

ހުރިހާ ރިސޯޓްތަކުގެ އޯނަރުންނަށް ވަޒީފާގައުޅީ މުވައްޒަފު މީހާއަށް އެއްމެ -/8900 ދިވެހި ރުފިޔާ ނުދެވޭނަމަ ދައުލަތުގެ ކުންފުނިތަކަށް ރިސޯޓްގެ %85 ހިއްސަވިއްކާފަ ނިދަން އޮތީމަ މާތާހިރުވާނެ. އޭރުން ދައުލަތުގެ ކުންފުނިން އެރަށެއްގެ ހިންގުމާ ހަވާލުވެ ތިޔަ ކުޑަކުޑަ މިނިމަމްވޭޖް ފޯރުކޮށްފަ ރިސޯޓްގެ އޯނަރު ނިދާފައޮތަސް އަހަކު 10 މިލިޔަން ޑޮލަރު ދޭނެކަން ޔަގީން.

The name is already taken The name is available. Register?

އުދުހޭ

21 October 2021

ދެން މިވާހަކަ ހުުއްޓަންވެއްޖެއެއްނުން؟ 2018 އިން ފެށިގެން މިނިމަން ވޭޖް ދަނީ ލިބެމުން.

The name is already taken The name is available. Register?

828299އ

21 October 2021

ޖެނުއަރީ 1 އަންނަން ބަރާބަރު 2 ދުވަހަށްވީ " މިނިމަމް ވޭޖް އާއި ގުޅޭ ބައެއް ކަން ކަން ނުނިމި ހުރުމާ ގުޅިގެން ނޫނީ މިވެނި މުވަސަސާ އަކުން ކުރަން ޖެހޭ މިވެނި ކަމެއް ނުނިމި އޮތީމަ މިނިމަމްވޭޖް ދިނުން ފަސްކުރަން ނިންމައިފި."

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454