ގެއްލިގެން ހޯދަމުން އަންނަ މަކާއޯ: މި ދޫންޏަށް ކިޔާ އުޅެނީ "ރިކޯ".
03 ނޮވެމްބަރ 2021 - 12:54
އައިމިނަތު ރައުފާ ރުޝްދީ އާއި އޭނާގެ ފިރިމީހާ މުހައްމަދު ސުއާދު އިބްރާހިމް 90،000ރ. ދީފައި ގަތް ގްރީން ވިންގް މަކާއޯއެއް ގެއްލިގެން އެ ހޯދައިދިން މީހަކަށް 25،000ރ. ގެ އިނާމެއް ހުށަހަޅައިފި އެވެ.
މީގެ ދެ ދުވަސް ކުރިން ގެއްލުނު މަކާއޯ އަކީ ކުވައިތުން ގެނައި އެއްޗެކެވެ. މީގެ ދެ ދޫނި އެ މީހުން ގެނަ އެވެ. ގެއްލިގެން އުޅެނީ މީގެ ތެރެއިން އެންމެ ބޮޑު ދޫނި ކަމަށްވާ "ރިކޯ" އެވެ. ރަތާއި ފެހި އަދި ނޫ ކުލަ ހުންނަ ރިކޯ މި ގެއްލުނީ އެ ގެނައިތާ އަހަރެއް ވެސް ނުވަނީހެވެ.
ގެއްލިގެން ހޯދަމުން އަންނަ މަކާއޯ (ރަތް ކުލައިގައި) އާއި މީގެ ވެރި މީހާ ގެންގުޅޭ ދެވަނަ މަކާއޯ.
ރައުފާ ބުނީ މި ދޫނި ގެއްލުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފުލެޓްތައް ކައިރީ އުދުއްސަން ގެންގޮސްގެން އުޅެނިކޮށް، މިދިޔަ ހޯމަ ދުވަހު ހެނދުނު 8:00 ހާއިރު ކަމަށެވެ. މަކާއޯ ކަހަލަ، ތަފާތު ދޫނިތައް ގެންގުޅޭ މީހުން މިހާރު ވަރަށް ގިނައިން އެ ސަރަހައްދަށް ގޮސް މި އެއްޗެހި އުދުއްސަ އެވެ. ކޮންމެ ދުވަހަކު ހެނދުނު ރިކޯ ގޮވައިގެން އެ މީހުން ވެސް އެ ސަރަހައްދަށް ދެ އެވެ.
"ހީވަނީ ރިކޯ އުދުހެމުން މާ ދުރަށް ގޮސް، އަނބުރާ އަންނަން ނޭނގި ގެއްލުނީހެން،" ރައުފާ ބުންޏެވެ.
ގެއްލިގެން ހޯދަމުން އަންނަ މަކާއޯ: މި ދޫންޏަށް ކިޔާ އުޅެނީ "ރިކޯ".
އުދުހިފައި ކިތަންމެ ދުރަށް ދިޔަޔަސް، ރިކޯ އަށް ގޮވާލުމުން އެނބުރި އާދެ އެވެ. ގޭގައި ވެސް އެ ދޫނި ގެންގުޅެނީ ކޮއްޓެއްގައި ބޭންދުމުގެ ބަދަލުގައި ގޭތެރެ އަށް ދޫކޮށްލައިގެންނެވެ.
"އޭތި ވަރަށް ދުރަށް ދާތަން ފެނުނު. އަހަރެމެން އޭގެ ފަހަތުން ވެސް ދިޔައިން މާ ދުރަށް ދާތީ. އެކަމަކު ވަކި ހިސާބަކުން ގެއްލުނީ،" ރައުފާ ބުންޏެވެ.
ރިކޯ ހޯދާ މީހަކަށް އިނާމެއް ހުށަހެޅި ފަހުން ވަރަށް ގިނަ ފޯން ކޯލްތައް އެ ދެމަފިރިންނަށް ލިބުނެވެ. އެއާ ވައްތަރު އެހެން ދޫނިތައް ފެނިގެން ވެސް މީހުން ގުޅި އެވެ. އެންމެ ފަހުން މީހަކަށް ރިކޯ ފެނުނު ކަމަށް ވަނީ، އެ ގެއްލުނު ދުވަހުގެ މެންދުރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
04 November 2021
އޮޅުދޫނި ގެންގުޅުމަކީ އޭތިންނައް ދެވޭ އަނިޔާއެއްނޫން ދުނިޔޭ ގެ ހުރިހާ ތާކުވެސް އޮޅުޖަނަވާރުން ގެން ގުޅޭ ބުޅާ ކުއްތާ ވެސް އެއީ ހަމަ އެ ގޮތައް ކާންދީ ގެން ބޭސްފަރުވާދީ ގެން ގެން ގުޅޭ އެއްޗެހި މިހިތާމައި ގަ ދަޖަލުނުކޮއް އެހާއަ ގުބޮޑު ދޫންޏެއްވީމަ އެހޯދައިދެއްވަންވީ
ރޫމީން
04 November 2021
ހާލުގަ އުޅޭ މީހަކަށް 90 ހާސް ދީބަ ރައުފާ
ހިތަދޫ 2
04 November 2021
ކައިރި ރިސޯޓަކަށް ޖައްސަފާނެ ގަސް ގިނަ ތަންތާންގަ ރެސްޓް ކޮއްލަން.. ބަޔަކު ހިފީ ކަންނޭގޭ؟
އަބްޑޫޅް
04 November 2021
ގުރީން ވިންގު އޭ؟ ފެހި ފިޔަ. މި ދޫންޏަކީ ފެހިފިޔަލީ އަރިންޏެއް.
އިބްރާހިމް5252
04 November 2021
އަސްލު ކިޔާއުޅެނީ މަކޯ
އެނދިމަރިޔަނބު
03 November 2021
މަށަށް ފެނިޖިއްޔާ ހިލޭ ދޭނަން.
ބަނޑި
03 November 2021
ދޫންޏަކީ ބަންދުކޮއްގެން ގެންގުޅެން ޖެހޭ އެއްޗެއް ނޫން. ރިކޯ އެވަނީ އަޅުވެތިކަމުގެ ކަސްތޮޅުން ނެއްޓި މިނިވަނަކަށް ވެފާ. ދެން އެސޮރު އަޅުވެތި ކުރަން ނޫޅޭ.
ނަސްރުގެ ދުވަސް
03 November 2021
ކިހާ ރަނގަޅު. ޖަނަވާރުތައް އެތަކެތީގެ ނެޗުރަލް ހެބިޓެޓުންވަކިކޮށް ޒޫތަކަށާއި އިންސާނުންގެ ގޭގޭގައި ގެންގުޅުމަކީ ހަމައެޖަނަވާރުންނަށް ދެވޭވަރަށް ބޮޑުއަނިޔާއެއް. އަދި ނަފްސާނީގޮތުންވެސް އެޖަނަވާރުންނަށް ގެއްލުންވާނެކަމަށް. ވީމާ ނޮވެމްބަރު 1 އެއީ ރިކޯގެ ނަސްރުގެ ދުވަސް.
މަރީކާ
03 November 2021
ބުޅަލެއް ކާލީކަންނޭނގެ.
ސަން ލީ
03 November 2021
ރީކޯ މިނިވަންކަން ހޯދިކަން ރަގަޅު ...