ގައުމީ ޓީމުގެ ކޯޗް މޮރިއޭރޯ: އޭނާ ބުނީ ޓީމުގެ ފެންވަރު މަތި ކުރުމަށް ކުޅުންތެރިން އަމިއްލަ އަށް ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
04 ނޮވެމްބަރ 2021 - 15:28
އޭނާ އަކީ ޖާދޫގަރެއް ނޫން ކަމަށާއި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް، ކުޅުންތެރިން އަމިއްލަ އަށް ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށް، ގައުމީ ޓީމުގެ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
އަންނަ ހަފުތާގައި ލަންކާގައި ފަށާ، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތަށް ދާން މިއަދު ލަންކާ އަށް ފުރުމުގެ ކުރިން މީޑިއާތަކާ ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ އެ މުބާރާތުން ރާއްޖޭގެ ފެންވަރު ވަޒަންކުރެވޭނެ ކަމަށެވެ. އޭނާ ބުނީ އެ މުބާރާތަށް ރާއްޖެ ދަނީ ވަރުގަދަ ޓީމަކަށް ހަދަން ކަމަށެވެ.
"އެކަން ކުރުމަށްޓަކައި އަހަރެމެން ޖެހޭނެ އެހެން ޓީމުތަކަށް ވުރެ ހަލުވިވާން،" އިޓަލީ ބަހުން ވާހަކަ ދައްކަމުން މޮރިއޭރޯ ބުންޏެވެ. "އަހަރެމެންގެ ޓީމުގެ ޑިފެންސާއި އެޓޭކް އެއްވަރެއްގައި ބަހައްޓަން ޖެހޭނެ. އަހަރެންގެ ކުޅުންތެރިންގެ ކައިރީ އަހަރެން ބުނަން މެޗަކަށް ނުކުންނާނީ ޓީމަކުން 11 ކުޅުންތެރިންނޭ. އެކަމަކު އެންމެ މުހިންމު ކަމަކީ އިިދިކޮޅު ޓީމަށްވުރެ އަހަރެމެންގެ ބުންވަރު ގިނައިރު ހިފެހެއްޓުން. އިދިކޮޅު ޓީމަށް ވުރެ ގިނައިން އަހަރެމެން ދުވުން. އަދި އިދިކޮޅު ޓީމަށް އިތުރަށް މަދުވެގެން އެއްގޯލް ޖެހުން."
މޮރިއޭރޯ މާލޭ ބަސް ޓާމިނަލުގައި މިއަދު ލަންކާ އަށް ފުރުމުގެ ކުރިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޮރިއޭރޯ ބުނީ، ޓީމުގެ ފިޒިކްސް އާއި ޓެކްޓިކަލް ޕްލޭނަށް މަސައްކަތްކުރުމަށް އިސްކަންދީފައިވާނެ ކަމަށެވެ.
"އަހަންނަކީ ޖާދޫގަރެއް ނޫން،" އިޓަލީގެ އިންޓަ މިލާން އަށް ކުރިން ކުޅުނު މިޑްފީލްޑަރު ބުންޏެވެ. "އަހަރެން މި މަގާމުގައި ހުރީ އެފްއޭއެމުން އަހަރެންގެ މަސައްކަތް ގަބޫލުކުރާތީ. ކޮންމެ ކުޅުންތެރިޔަކު ވެސް އެ ކުޅުންތެރިޔެއްގެ ފެންވަރު މަތިކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތްކުރަން ޖެހޭނެ. އަހަރެން އައީ ފުޓްބޯޅައިގެ އެހެން ސަގާފަތަކުން. އެގޮތުން އަހަރެން މި މަސައްކަތް ކުރަނީ އެކަން އަހަރެންގެ ކުޅުންތެރިންގެ ކިބައިގައި ވެސް އަށަގެންނުވޭތޯ."
މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެ ވާދަކުރާނީ ބަންގްލަދޭޝް އާއި ޝީޝެލްސް އެވެ. އަންނަ ހޯމަ ދުވަހު ފަށާ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ރާއްޖޭގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ރާއްޖެ އާއި ޝީޝެލްސް ކުޅޭ މެޗު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
މޮރިއޭރޯ: އޭނާ ބުނީ ލަންކާ މުބާރާތުން ގައުމީ ޓީމުގެ ފެންވަރު ދެނެގަނެވޭނެ ކަމށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިދިޔަ މަހު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް އާއި ލަންކާ ވެސް ބަލިކޮށްފަ އެވެ.
- ނޮވެމްބަރު 8: (ހަވީރު) ބަންގްލަދޭޝް - ސީޝެލްސް
- ނޮވެމްބަރު 8: (ރޭގަނޑު) ސްރީ ލަންކާ - ދިވެހި ރާއްޖެ
- ނޮވެމްބަރު 11: (ހަވީރު) ބަންގްލަދޭޝް - ދިވެހި ރާއްޖެ
- ނޮވެމްބަރު 11: (ރޭގަނޑު) ސްރީ ލަންކާ - ސީޝެލްސް
- ނޮވެމްބަރު 14: (ހަވީރު) ސްރީ ލަންކާ - ބަންގްލަދޭޝް
- ނޮވެމްބަރު 14: (ރޭގަނޑު) ސީޝެލްސް - ދިވެހި ރާއްޖެ
- ނޮވެމްބަރު 17: (ރޭގަނޑު) ފައިނަލް މެޗު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫހި
06 November 2021
މިގައުމުގައި ކޮރޮޕްޝަން ނޯންނާނީ ކޮންކަމަކުން ޔޫތު މިނިސްޓްރީން ބަންޑާރަ ބިމުގައި ހަދާފައިވާ ފުޓްސެލް ހުރިހާ ދަނޑެއް އެވަނީ ކަންމަތީ ގްރޫޕްތަކަށް ހިބައިންދީފަ. ކުޑަކުދިން ކުޅެލަން ބޭނުންވިއަސް ގަޑިއަކަށް 500 ދޭންޖެހޭ. ކަރަންޓް ބިލް ތަށް ދައުލަތުން ދައްކަނީ ދައުލަތުން ގަޑިއަކު 500 ރުފިޔާ ދުވާލަކު 16 ގަޑިއިރަށް ކުއްޔަށް ދީގެން 8000 ދުވާލަކަށް އަދި މަހަކަށް 240000 ހާސް ރުފިޔާ ކޮންމެ ދަނޑަކަށް ލިބޭނެ. ހުރިހާ ފައިސާއެއް ކަންމަތީ ގްރޫޕްތަކަށް. ބޮޑުވަރު
ބައްޕީލެހެރީ
04 November 2021
މީނަ ރަގަޅުހެން އެބަހީވޭ، މީނަ ގިނަދުވަހު ބަހައްޓަންޖެހެނީ. އެކަމަކު މައްސަލައަކީ އެފްއޭއެމް އުޅެނީ ހިނި ފަޔަށް އަރައިގެން އުޅޭގޮތަށް. ކެތްތެރިކަމެއްނެތް، ވަގުތުން ތަށި، އެނޫން އެއްްޗެއް ބޭނުމެއްނުން. އެހެން ހަދާ ހަދާ ކިތައްކޯޗުން ބަަދަލްކޮށްފި، އެއްވެސް ލޯންގްޓާމް ޕްލޭނެއްނެތި މަސައްކަތްކުރަނީ. ވެއިޓް....؟؟!! އަނެއްކާ މިހާގިނަގިނައިން ކޯޗުން ބަދަލްކުރަނީ ކޮންމެވެސް "އެހެންކަމެއް" މީގައި އެކުލެވޭތީބާ!
ނަގިއްޔާ
04 November 2021
ދިވެހި ކޯޗެއް ހުރިނަމަ ބުނާނީ ވަރަށް ޔަގީނޭ މުބާރާތް ކާމިޔާބް ކުރެވޭނެ ކަމާމެދު، އަހަރުމެން ކުޅުންތެރިން އިންޑިވިޖުއަލީ މާހުނަރުހުންނާނެއޭ އެހެންވީމަ ސީދާ ތައްޓަށޭ މިދަނީ، އެހާ ޚިލާފަށް ބޭރު ކޯޗު މިދައްކަނީ ކަންތައް ހުރިގޮތުގުގެ ހަގީގަތް: ކުޅުންތެރިންގެ އަމިއްލަ ޒިންމާގެ ބޮޑުކަން، އެމީހަކުގެ ކުޅުން ހިފަހައްޓަން އެމީހަކު ކުރަންޖެހޭނެ މަސައްކަތް! މިހެންނުންތަ ވާންޖެހޭނީ، މިލެވެލްއަށް ކުޅުންތެރިންނަށް މެސެޖުދީގެން ނުނީ ކާމިޔާބަށް ވާސިލްވެވޭނެތަ!
ޖާދޫގަރު
04 November 2021
ރަނގަޅު ވާހަކައެއް. އެކަމަކު ކުޅުންތެރިންގެ ފެންވަރު މަތިވުމާ އެއްމެބޮޑަށް ގުޅިފައި ވަނީ ކޯޗް ދޭ ޕްރެކްޓިސް ގެ ކުއަލިޓީއަށް
ކުކި
04 November 2021
ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވާ ޖަދޫގަރުން މިހަރު ވަރަށް ގިނަ. ކަންމަތީ ޖަމިއްޔާތަކުން ހުރިހާ ދަނޑެއް ކޮންޓްރޯލް ކުރާއިރު، މެޗު ފެށުމުގެ ކުރިން 2 ސިނގެރޭޓް ނިންމާފަ އަނެއްބައި ހުސްކޮށްލާފަ ދާނެ. މީގެން ބުންވަރުވެސް ގަދަ ކޮށް އުޅެނީ. ޒުވާން ވިއަސް އެކަޑަމިއެއްގެ ތަނަވަސްކަން ނެތިއްޔާ ދެން ހަނދާން ނައްތާލާ. ފުޓުބޯޅަ އަކީ ކޮރަޕްޓު ބައެއްގެ ވިޔަފާރިއެއް މިތާ