ރިޕޯޓް / ފުލުހުން

ފުލުހުން ނުފޫޒެއްގެ ތެރޭގައި، ތެދެއްތަ؟

ފުލުހުން ހަރަކާތްތެރިވާ ސަރަހައްދެއްގައި ހުރި ކުޑަކުއްޖަކު ބިރުން ކަންފަތުގައި އަތް އަޅައިގެން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކޮންމެ ސަރުކާރެއްގައި ވެސް ހަމަ އެ މައްސަލަ އެވެ. ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ ނާއިންސާފުގެ ވާހަކަ އެވެ. އޭރަކު އޮންނަ ސަރުކާރެއް ބުނާހާ ގޮތެއް ހަދާ ކަމުގެ ޝަކުވާ އެވެ. ތަހުގީގުތަކުން ފެށިގެންގޮސް މީހުން ހައްޔަރުކުރުމާ ހަމައަށް ވެސް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ތުހުމަތެވެ. މިއީ ފުލުހުންގެ މުއައްސަސާ އަށް 14 އަހަރުވީއިރު މެދުނުކެނޑޭ ޝަކުވާއެކެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފުލުހުންގެ އަނިޔާވެރިކަން އިންތިހާއަށް ދިޔަ ކަމުގެ ތުހުމަތު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފުލުހުން ހައްޔަރު ކުރާ މީހުން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އޯޑަރަށް ދޫކުރަން ޖެހޭ ކަމުގެ ޝަކުވާ ބޮޑުވި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބަލާއިރު ކުރެވޭ ތުހުމަތުތައް އަދި މާ ބޮޑެވެ. ފުލުހުން ބޭނުންކޮށްގެން ޖިނާއީ ކުށްތައް ކުރުވުމާއި މީހުން ފްރޭމްކޮށް އަދަބު ދޭކަމުގެ ބޮޑެތި ތުހުމަތުތައް ކުރެވެ އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ފަރާތުން ވެސް ފުލުހުންނަށް އެފަދަ ތުހުމަތުތަކެއް ކުރެއެވެ. ނާޒިމްގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ނާޒިމް ކޮޓަރިން ފެނުނު ފިސްތޯލައަކީ ފުލުހުން އެ ކޮޓަރި އަށް ވެއްދި ފިސްތޯލައެކެވެ. އެ ފިސްތޯލައިން ފުލުހެއްގެ ޑީއެންއޭ ފެނިފައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި އިދިކޮޅު ފަރާތްތައް އުފާ ފާޅުކުރަމުން ދަނިކޮށް ފުލުހުން އެމްޑީޕީ ހަރުގެ ތެރޭގައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިފަހުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އަލިއަޅުވާލައި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ، ރިޝްވަތު ދިނުމާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫންގެ މައްސަލާގައި ހެއްކެއްގެ ގޮތުގައި ފުލުހުން ހޯދި ކަޅު ފޮއްޓާ ގުޅޭ ގޮތުން ސުވާލު އުފައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް އެ ކަޅު ފޮށި ފެނުނީ، އެފަދަ ފޮއްޓެއް ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ފަހުން ކަމަށެވެ.

މީގެ ކުރިން ވެސް އެފަދަ ގޮތަކަށް ފުލުހުން ހެކި ހޯދާފައި ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވުމުން ޝަމީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށައިފަ އެވެ. އެއީ ޝަމީމްގެ އިތުރުން އެހެން ގާނޫނީ ވަކީލުންގެ ވެސް ފާހަގަ ކުރައްވާފައިވާ ކަންބޮޑުުވުމެކެވެ.

ދެން އޮތީ ސިޔާސީ އެކިއެކި ހަރަކާތްތަކުގެ ވާހަކަ އެވެ. މިފަހުން ސިޔާސީ ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓުވުމުގައި ފުލުހުން އަމަލުކުރަމުން ދަނީ ނާއިންސާފުން ކަމަށް ބުނެ އެތައް ފާޑުކިޔުމެއް ވަނީ އަމާޒުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ އެއްވުމެއް ފެށުމާއެކު ފުލުހުން އައިސް ބާރުގެ ބޭނުންކޮށްގެން އެ އެއްވުން ހުއްޓުވަ އެވެ. އެކަން އެގޮތަށް އޮތްއިރު ސަރުކާރުން ކުރިއަށްގެންދާ އެއްވުންތަކަށް މަގުތައް ބަންދުކޮށްދީގެން ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި ފުލުހުންނަށް އަމުރު ކުރަނީ، ވެރިކަންކުރާ ޕާޓީންނެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންނަށް މިހާރު އަމުރުކުރާ ކޮމާންޑަރުންނަކީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި އެ ތުހުމަތު އޮތީ ހަމަ އެގޮތަށް ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްކޮށެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި އިދިކޮޅު ފަރާތްތައް އުފާ ފާޅުކުރާއިރު ފުލުހުން ހަރުގެ ތެރޭގައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިހެން މިވަނީ ކީއްވެ؟

ފުލުހުންގެ މުއައްސަސާގެ މިނިވަންކަން ގެއްލި ސިޔާސީ މީހުންގެ އޯޑަރަށް ކަންކުރާ ބަޔަކަށް ފުލުހުން ވުމުގެ ފަހަތުގައި ބޮޑު ސަބަބުތަކެއް ވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ ކޮމިޝަނަރަކީ އޭރެއްގެ ރައީސެއްގެ ބާރުގެ ދަށުގައި ހުންނަ މީހަކަށްވުމެވެ.

ފުލުހުންގެ ގާނޫނުގައި ބުނާގޮތުން ކޮމިޝަނާ އޮފް ޕޮލިސް އައްޔަން ކުރުމާއި ވަކިކުރުމުގެ ހުރިހާ ބާރެއް ލިބިފައިވަނީ ރައީސް އަށެވެ. ރައީސް ބޭނުންވެއްޖެ ކޮންމެ އިރެއްގައި ކޮމިޝަނާ ވަކިކުރެވޭނެ އެވެ.

ފުލުހުންގެ އެންމެ އިސް މުވައްޒަފު ކަމަށް ގާނޫނުގައި ބުނާ ކޮމިޝަނާ އޮފް ޕޮލިސް، ރައީސް ބޭނުން ކޮންމެ ވަގުތެއްގައި ވަކިކުރުމުގެ ބާރު ސިޔާސީ ފަރާތަކަށް ލިބިފައިވުމުގެ ނަތީޖާއަކީ ސިޔާސީ މީހާ އަންގާގޮތަށް ކޮމިޝަނަރު އެނބުރެން ޖެހުމެވެ. ކޮމިޝަނާ އެނބުރުމުން މުޅި މުއައްސަސާ އެނބުރެނީ ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތަށެވެ.

"މިފަހަކުން ވެސް ފެނިގެން އެދިޔައީ 24 ގަޑިއިރު ނުވަނީސް ދެ ކޮމިޝަނަރުން އައްޔަން ކުރިތަން. އެ ހާލަތުގައި ކޮމިޝަނާ ހުރެ މިނިވަންކޮށް މަސައްކަތް ކުރާނެގޮތެއް ވިދާޅުވެބައްލަވާ. ކޮމިޝަނާގެ މަގާމުގައި ހުންނަ ނަމަ ޖެހޭނީ ސިޔާސީ އޯޑަރަށް ތަބާވާން. މިއީ މިވާގޮތަކީ،" ގިނަ އަހަރުތަކެއް ވަންދެން ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ފުލުހުންގެ ގާނޫނު ބުނާގޮތުން ފުލުހަކު ވަޒީފާއިން ވަކިކުރާ ނަމަ އޭނާއަށް އެތައް ފުރުސަތުތަކެއް ލިބިގެންދެ އެވެ. މައްސަލަ ބަލައި ނިންމުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައި ދެ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިގެންދެ އެވެ. އެ ބޯޑުން ނިންމާގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ އެޕީލް ބޯޑަށް ހުށަހެޅެ އެވެ.

އެއީ އާދައިގެ ފުލުހަކު އުސޫލުތަކާ ހިލާފުވެގެން ވަޒިފާއިން ވަކިކުރާއިރު އެ ފުލުސް މީހާއަށް އޮންނަ ހައްގުތަކެެވެ. ނަމަވެސް ފުލުހުންގެ މައްޗަށް އަމުރު ކުރުމަށް ހުންނަ އެންމެ އިސްވެރިޔާ ކޮމިޝަނާ އޮފް ޕޮލިސް ވަކިކުރާއިރު އޭނާއަށް އޭގެން އެއްވެސް ފުރުސަތެއް ނުލިބެ އެވެ.

އުސޫލު ބަދަލު ކުރަން ކުރި މަސައްކަތް ކާމިޔާބެއް ނުވި

ކުރިން ފާހަގަ ކުރި ކަންތައްތަކުގެ ސަބަބުން ކޮމިޝަނާ އޮފް ޕޮލިސް އަށް މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބޭތީ އެ އުސޫލް ބަދަލު ކުރުމަށް 2011 ވަނަ އަހަރު ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. ފުލުހުން ވަނީ ކޮމިޝަނާ އޮފް ޕޮލިސް ވަކިކުރެވޭނެ އުސޫލުތަކެއް ގާނޫނަށް އިތުރު ކުރަން މަސައްކަތް ކޮށްފަ އެވެ.

ފުލުހުންގެ ގާނޫނަށް އިތުރުކުރަން މަސައްކަތް ކުރި ކަންތައްތަކުގެ ތެރޭގައި ކޮމިޝަނާ އޮފް ޕޮލިސް މަގާމުން ވަކިކުރެވޭނީ ފުލުހުންގެ އެކްޒެކްޓިވް ބޯޑުގެ ލަފަޔާއެކު މަޖިލީހުން ކަމަށް ކަނޑައެޅި އެވެ. ނަމަވެސް އެ އިސްލާހު މިހާތަނަށް ގެނެސްފައެއްނުވެ އެވެ.

މުއައްސަސާތަކުގެ މިނިވަން ކަމަށްޓަކައި އިސްވެ ފާހަގަ ކުރި ފަދަ ފިޔަވަޅުތަކަކީ ރާއްޖޭގެ ގާނޫނުތަކުގައި މިހާރު ވެސް ހިމަނާފައިވާ ކަންތައްތަކެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވާ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިގެން ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ލިޔެފައިވެ އެވެ. މިނިވަން މުއައްސަސާތަކުގެ ވެރިން ވެސް ވަކިކުރެވޭނެ ކަމަށް ކަނޑައަޅާފައިވަނީ ކުރިން ފާހަގަ ކުރި އުސޫލުގެ ތެރެއިންނެވެ.

ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންނަށް ސިޔާސީ ފަރާތްތަކުގެ ނުފޫޒު ފޯރުވައި އެ މުއައްސަސާގެ އަގު ވެއްޓެމުން ދާއިރު އެކަންކަން ހައްލުކުރަން ފިޔަވަޅުތައް އަޅަން މިހާރު ވެސް މިވަނީ ލަސްވެފަ އެވެ. މަޖިލީހާއި ސަރުކާރުން އިހުލާސްތެރިކަމާއެކު އެ ފިޔަވަޅުތައް އަޅައިދޭން ޖެހެ އެވެ.

52 ކޮމެންޓް, 105 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 85%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްލާ

06 March 2018

ގާނޫނުއަސާސީ ލިޔެވިފާވަނީ ގައުމުގެ ހުރިހާ ބާރުތަކުގެ ވެރިޔަކީ ރައީސްކަމަށް . ރައީސަށް ހުރި ހުރިހާބާރުތައްވަނީ މިނިވަންކަމާއެކު ހިދުމަތް ކުރުމަށް ވަކި މުވައްސަސާތަކާ ހަވާލުކުރެވިފާ. އެކަމަކު އެތަންތަން މޮނީޓަރުކޮށް ބަލަހައްޓާ ހުރިހާމަގެއް ފަހިކޮށް ހެދުމާ ހަވާލުކޮށްފާވަނީ ރައީސަށް . ގާނޫނުއަސާސީގެ 115 އިން .ގާނޫނުއަސާސީ ލިޔެވިފައިވަނީ ކަނޑައެޅިފައިވާ ވަކިމާއްދާތަކެއްފިޔަވައި އެހެން ހުރިހާމާއްދާތަކެއް ގެ ބާރުތައްހިފެހެއްޓޭގޮތަށް

The name is already taken The name is available. Register?

ސާދާސީދާ

06 March 2018

ޤާނޫނުގައި ބާރުދިނުމަކީ، ޤާނޫނު އަސާސީ ފުނޑާލާފައި ބާރުގެ ބޭނުންކުރަންލިބޭ ފާހެއް ނޫން. ޤާނޫނީ މައްސަލައެއް ނެތް. މިއީ ޑީކްޓެޓޯރިއަލް ގޮތްގަނޑު ގަދަކުރީމައި ވާކަމެއް!

The name is already taken The name is available. Register?

ޖިންނިބޭ

05 March 2018

ދިވެހި ފުލުހުންނާ އެ ފަރާތްތަކުގެ އާއިލާތަކަކީ ދިމޮކްރަސީ ގެ ވޭން އެންމެ ބޮޑަށް ތަހައްމަލު ކުރާ ފަރާތް

The name is already taken The name is available. Register?

އަބޫބެ

05 March 2018

ނަސީދު ހުންނެވީ ނުފުްޒެއްގެ ތެރޭގަތަ. އެވެސް ޔަހޫދީންގެ . ތެދެއްތަ. އެއީ

The name is already taken The name is available. Register?

އަބޫ ކެޓް

05 March 2018

ޔަހޫދީންގެ ނުފޫޒު އެކަނިތަ؟ ނަސޯރާއިންގެ ވެސް. އެހެންތާވާނީ، އެންމެ ތުއްތުއިރު ބޯންދޭ ބުއްފުޅީގެ ފޯމިއުލާވެސް ހެދީ އެވެރިން، ދެން ބޮޑުވެގެން އަންނައިރު މިކިޔަވާދެނީވެސް އެވެރިންގެ އެކައުންޓިންއާ ފިޒިކްސްއާ އެހެންގޮސްދެން ކިޔާނެކަމެއްނެތް. ދެންއަނެއްކާ އެވެރިން ބާރު އަޅައިގެން ހޯދާދިން މިނިވަންކަމެއްގަ، އެވެރިންގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނޫސްތަކުގައި ކޮމެންޓް ކޮއްލާ، އަނގަ ހުޅުވާލާކަށް ލަދެއްވެސް ގަންނާކަށް ނުޖެހޭދޯ. މިވަރަކަށްނު އިންސާނެއްގެ ދިރިއުޅުމާއި ހަޔާތަށް ބަޔެއްގެ ނުފޫޒް ފޯރާނީ، ނަޝީދު ނަންވާނީ.

The name is already taken The name is available. Register?

މަޑިފުށި

05 March 2018

ދިވެހި ފުލުހުންގެ ގިނަބަޔަކީ ވަރަށް އަޙުލާގީ ފެންވަރު ދަށް ރީތިކޮށް މުޢާމަލާތު ކުރަންވެސް ދަންނަ ބައެއް ނޫން.

The name is already taken The name is available. Register?

ބަރަވެލި

05 March 2018

ފުލުހުންގެ ކޮންމެ މީހަކު ވަކިވަކިން ފުންކޮށް ވިސްނާށެވެ. އެންމެ މިސާލެކެވެ. ފެންފޯއް ރުއްތައް އުފުރާލި މީހުން ނުހޯދި ވަނީ ކީއްވެހެއްޔެވެ. ސީސީޓީވީ ފޫޓޭޖްތައް ނެތިގެން ހެއްޔެވެ. ކޯޓްތަކުން ކުރާ އަމުރަށް ފުލުހުން ސުވާލު އުފައްދަން ޖެނެހޭނޭ ބުނިތާ ތިން ހަތަރު ދުވަސް ފަހުން ކޯޓުން ނެރުނު އަމުރު ސުވާލެއް ނުއުފައްދާ ތަންފީޒު ކުރުަން އުޅުމުން ވީ ކިހިނެތް ހެއްޔެވެ. ކޮމިޝަނަރު ވަކި ކުރުމުގެ ބާރު ވަކި މީހަކަށް އޮވެގެން ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. އިހްލާސްތެރިކަމާއި ވަފާތެރިކަމާއި ޑިމޮކްރެޓިކް ހަމަތައް ގަބޫލު ނުކުރެވޭތީއެވެ. ނޭންގާނީ ކަމާއި އަނިޔާވެރިކަމުންނެވެ. ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އިތުރުވުމުންނެވެ.

The name is already taken The name is available. Register?

ގެއަށްދޭ

05 March 2018

ފުލުހުންގެ އިދާރާ އަށް އޮންނާނެ ސަރުކާރުގެ ނުފޫޒު ސްޕެޝަލީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާގެ ފުލް ނުފޫޒު މުޅި ޕޮލިހަށާއި އަދި ހޯމް މިނިސްޓްރީ އަށް އޮންނާނެ. އެކަމުގެ ފުލް ރައިޓްސް ބާރާއި އިޚްތިޔާރާއި އެކު ދެނީ އެއީ ގާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެކްލޯސް ގައި ބަޔާން ކުރެވެނީ އެއީ ސަރުކާރުގެ ވެސް އެންމެ މަތީވެރިއަކީ އެއީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް. ފުލުހުންގެ އިދާރާ ނިސްބަންވަނީ އެއީ ސަރުކާރަށެވެ. ދަ ސަރުކާރަށް. ސަރުކާރުގެ އެންމެ މަތީ ވެރިއަކީ މަމެން ޕިންކީންގެ ހާކިމާ ދަ ހާކިމާ މަމެންގެ ރައީސް ދޯ. އެއީ ފުލުހުންގެ އިދާރާގެ ކޮމާންޑަރ އިން ޗީފް އަކީ. ފުލުހުންގެ އިދާރާ އަކީ އެއްގޮތަކަށް ވެސް ޕޮލިސް ކަމިޝަނަރުގެ އަމުރަށް ހިނގާނެ ތަނެއް ނޫން އަދި ހޯމް މިނިސްޓަރުގެ އަމުރަށް ވެސް ހިނގާނެ ތަނެއް ނޫން އެއީ ކޮމާންޑަރއިން ޗީފްގެ އަމުރަށް ހިނގާނެ ތަނެއް. މީ މިކަން އޮންނަން ޖެހޭނެ ގޮތަކީ. ރައީސްގެ ނުފޫޒު މުޅި ޕޮލިހުންގެ އިދާރާގައި އޮންނަންވާނީ ނުރުހޭ މީހަކު ކަނޑާލާ ގެއަށް.

The name is already taken The name is available. Register?

ވިސްނާް

05 March 2018

ވޭތުވެދިޔަ ތިން ހަތަރު އަހަރަށް ނަޒަރު ހިންގާލާށެވެ. ގާނޫނެއްގައި ލިޔެގެން ކޮންމެ ގޮތަކަށް ކަންކުރަން އުޅުނަސް ޖެހޭތަން ރަގަޅަށް ވިސްނާލާށެވެ. ސްޕްރީމް ކޯޓްގެ އުއްތަމަ ފަޑިޔާރާއި އިރުތު ފަޑިޔާރަކު ވަކިކުރީ ގަނޫނުކަން ކަންކުރަން އޮންނަގޮތް ސާފުކޮށް ލިޔެފައި ވަނިކޮށެވެ. އޮޑިޓަރ ޖެނެރަލް ވަކިކުރީ އޭނާ ވަކި ކުރުމުގެ ބާރު ރައީސައް އޮތީމާހެއްޔެވެ. ނޫނެކެވެ. އެކި މުއައްސަސާތަކަށް މީހުން އަންޔަންކޮށް ވަކިކުރަމުންދާ ގޮތަށް ބަލާއިރު އިހްލާސްތެރި ކަމާއި ބެސްޓް ޕްރެކްޓިސް ތަކާއި ޑިމޮކްރެޓިކް ހަމަތައް ދަމަހައްޓަން ބޭނުން ނުވާ މީހަކު ވެރިކަމުގައި ހުރެއްޖެ ނަމަ ގާނޫނު އާސާސީއެއް ގާނޫނެއް މުހިއްމެއް ނުވެއެވެ. ވިސްނުންތެެެރިކަމާއެކު ދިރާސާކޮށް މާޒީއަން ނަޒަރު ހިންގައިގެން ލިޔުމަކީ ނޫސްވެރިން ކުރަންޖެހޭ ކަމެވެ. ނުސްވެރިން ތިބެން ޖެހިފަނިވަނީ އެފަދަ ދިރާސީ ލިޔުމެއް ލިޔެވޭ ގޮތަށް ތޯއެވެ. ނޫނެވެ. ވިސްނާނެވެ.

The name is already taken The name is available. Register?

އޮންނާނެއޭ

05 March 2018

ގާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން ނަމަ ފުލުހުންގެ ވެސް އަދި ސިފައިންގެ ވެސް އެންމެ މަތީވެރިއަކީ މާނައަކީ ކޮމާންޑަރ އިން ޗީފް އަކީ އެއީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރެވެ. އެއީ މަމެންގެ ރައީސް އެވެ. އެއީ ދަ ރައީސް އެވެ. އެއީ ދަ ހާކިމާ އިނގޭތޭ ތަމެން ރަންރީނދޫ ޓްވިޓަރޭ ބިއުޓީ ކްއީނޭ މެންނަށް. އެހެން ކަމަށްވާނަމަ ފުލުުހުން ތިބެން ޖެހޭނީ ދަ ހާކިމާ ބުނާ ގޮތަށް ބޯލަނބާ ކިޔަމަންވާ ބަޔެއް. ފުލުހުންނަކަށް ނޫން އިނގޭނީ ގާނޫނާއި ޚިލާފު އަދި ގާނޫނާއި ޚިލާފު ނޫން. އެކަން ބަލާނީ ސަރުކާރާއި ދައުލަތުގެ ފަރާތުން އޭޖީ. ފުލުހުން ޖެހޭނީ ކޮމާންޑަރ އިން ޗީފް ބުނާ ގޮތަށް ބޯލަނބާ ކިޔަމަންވާން. މިރާއްޖޭގެ ގާނޫނާއި ޚިލާފު އަދި ގާނޫނާއި ޚިލާފު ނޫން ކަމަށް ކަނޑައަޅަން ތިބި ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވެސް ވަނީ ގާނޫނާއި ޚިލާފުވެފައި ކަން އެއޮތީ ލޯމަތިން ފެންނާން އެމެން ނެރުނު ދަ ނަހަލާލު އަމުރުގެ ސަބަބުން ދޯ. ނުފޫޒު އޮންނާނެ ފުލުހުންނަށް ސަރުކާރުގެ ގަބޫލުކުރޭ އެކަން ފުލުހުން

The name is already taken The name is available. Register?

ފާތި

05 March 2018

ބިއުޓިފުލް އޯސަމް ފްލޯލަސް ސަރުކާރުގެ ކޯޑިނޭޓަރަށް އެނގެނީ ޤާނޫނު އަސާސީގެ ހަމައެކަނި މިމާއްދާތަ؟ ތަންކޮޅެއް ގިނައިން ރާއްޖެ ޓީވީ ބަލާލަބަލަ، އެމީހުން އިރު އިރު ކޮޅާ ކިޔައިދޭނެ ކޮން މާއްދާތަކަކާ ޙިލާފުވެގެން ކަން މިސަރުކާރު މިއުޅެނީ. ޗެނަލް 13 އަކުން އެވާހަކަ ތަކެއް ކިޔައެއް ނުދޭނެ.

The name is already taken The name is available. Register?

ޖަމަލޭ

05 March 2018

މިއަދު ފުލުހުންގެ ރެޕިއުޓޭޝަން ހުރީ 2012 ފެބްރުއަރީ7،8 އާ އެއްވަރެއްގަ.

The name is already taken The name is available. Register?

ހައްޕުޑު

06 March 2018

އެއްވަރެއް ނޫން. އެއަށްވުރެ މާ ދަށުގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454