ރިޕޯޓް / ސިޔާސީ ޕާޓީ

ފުލުފުލުގައި ސިޔާސީ ޕާޓީތައް!

ޕީޕަލްސް ނެޝަނަލް ކޮންގްރެސް އުފެއްދުމަށް މިދިޔަ މަހު ބޭއްވި ޖަލްސާ ގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: މިހާރު

ފުރަތަމަ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އެ ދެ ޕާޓީއާ ޖެހިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އެވެ. ޑީއާރުޕީގައި ތިބި ބަޔަކު ނުކުމެ ފަހުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ނަމުގައި އާ ޕާޓީއެކެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ވެސް އެ އޮތީ އެވެ.

މިއީ ރާއްޖޭގައި އުފެއްދި ސިޔާސީ ޕާޓީތަކުގެ ތެރެއިން މިހާރު ނަން ހިނގާ ޕާޓީތަކެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ އަދަދު ނުވައެކެވެ. ކުރިން ފާހަގަކުރި ހަ ޕާޓީގެ އިތުރުން ދެން ހިމެނެނީ މި ފަހުން އުފެދުނު މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ) އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ޕީޕަލްސް ކޮންގްރެސް ޕާޓީ (ޕީއެންސީ) އެވެ.

އިތުރު ތިން ޕާޓީއެއް އޮތީ އުފެދުމުގެ މަރުހަލާގަ އެވެ.

މޯލްޑިވްސް ލޭބާ ޕާޓީ އުފެއްދުމުގެ ޖަލްސާގެ ތެރެއިން.---ފޮޓޯ: މިހާރު

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ފުލުފުލުގައި ސިޔާސީ ޕާޓީތައް އުފަން ކުރުމުގެ މަސައްކަތް މި ފެށީ އެޕްރީލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށްފަ އެވެ. އެކަމަކު އަލަށް އުފައްދާ ބައެއް ޕާޓީތަކުން އެއަށް ވުރެ ދުރަށް ވެސް ވިސްނަ އެވެ. އެ ޕާޓީތަކުގެ އަމާޒު ހުރީ މީގެ ފަސް އަހަރު ފަހުން، 2023 ގައި އޮންނަ ރިޔާސީ އިންތިހާބަށެވެ.

ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަވިޔަސް، އެކެއްގެ ފަހަތުން އެނބުރޭތީ ބައެއް މީހުން ފާޑުކިޔަ އެވެ. ޑީއާރުޕީ އާއި ޕީޕީއެމް ފުރަތަމަ މައުމޫންގެ ފަހަތްޕުޅުންނެވެ. މިހާރު ޕީޕީއެމް އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަށައިގެންނެވެ. އެމްޑީޕީއަކީ އަބަދުވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޖޭޕީގެ ހުރިހާ ކަމެއް އޮތީ ލީޑަރު ގާސިމް އިބްރާހިމްގެ ވަށައިގެންނެވެ. އެމްޑީއޭގައި ސަން އަހުމަދު ސިޔާމް ވިދާޅުވި ގޮތެކެވެ.

އެކަމަކު ސިޔާސީ ޕާޓީތައް ގިނަވުމަކީ ރަނގަޅެއް ކަމަށް ވެސް ބައެއް މީހުން ގަބޫލުކުރެ އެވެ. ތަފާތު ހިޔާލުގެ މީހުންނަށް އެ މީހުންގެ ފިކުރައިގެން އުޅެން ޖާގަ ލިބޭނެ ކަމަށް ބަލައިފަ އެވެ.

ކޮންގްރެސް ޕާޓީގެ ރަޖިސްޓަރީ، އެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމްއާ، އީސީގެ ރައީސް ޝަރީފް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސިޔާސީ ޕާޓީއެއްގައި އުޅުމުގެ މިނިވަންކަމާއި ޕާޓީ އުފެއްދުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައި އޮތް ހައްގެކެވެ. ސިޔާސީ ޕާޓީއެއް ރަޖިސްޓުރީ ކުރުމުން އެ ޕާޓީއެއްގައި މެމްބަރުން ތިބި އަދަދަށް ބެލުމަށް ފަހު ކޮންމެ ޕާޓީއަކަށް ވެސް ވަކި އަދަދަކަށް ސަރުކާރުން ފައިސާ ދޭން ޖެހެ އެވެ. ދައުލަތުގެ ބަޖެޓްގައި އެ ފައިސާ ހިމެނެ އެވެ.

"އާ ޕާޓީތައް ދެމިއޮންނާނެ ކަމުގެ އުންމީދެއް ނެތް"

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "މިހާރު" އަށް ވިދާޅުވީ ކިތަންމެ ގިނަ ޕާޓީތަކެއް އުފެއްދިޔަސް ބައެއް ޕާޓީތައް މާ ގިނަ ދުވަހު ދެމިއޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އޭގެ ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ބައެއް މީހުން ޕާޓީތައް ބަދަލުކުރުމެވެ.

"އަޅުގަނޑު ބަލައިލިން ކޮންގްރެސް ޕާޓީގެ ތަފާސްހިސާބުތައް ދާދި ފަހުން. ހަމަ އެއް ފިކުރެއްގެ ބަޔަކު [(ޕީޕީއެމް މެމްބަރުން] ކޮންގްރެސް ޕާޓީއާ ގުޅިފައި ތިބީ. އެއް ބަޔަކު ހަމަ އެކިއެކި ދިމާލަށް ބަދަލު މިވަނީ،" މީގެ ކުރިން ޕީޕީއެމްގެ އިސް ސަފުގައި ވެސް އުޅުއްވި ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ޕާޓީތަކެއް އުފެދުމުން، ޕާޓީތައް ރެގިއުލޭޓް ކުރުމުގައި އުނދަގޫތައް ވެސް ދިމާވާނެ ކަމަށެވެ. އެހެންވެ ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަޝްވަރާތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް: ފަހުން ރަޖިސްޓްރީވި ސިޔާސީ ޕާޓީތައް ދެމިއޮންނާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވާ -- މިހާރު ފައިލް ފޮޓޯ

އޭގެ އެއް މަޝްވަރާއަކީ ޕާޓީތަކުގައި ތިބި މެމްބަރުންގެ އަދަދަށް ބަލައިގެން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގެ ބަދަލުގައި އިންތިހާބުތަކުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތަށް ބަލައިގެން ފައިސާ ދޫކުރުމެވެ.

"ގިނަ ޕާޓީތައް އޮވެގެން ގައުމަށް ހަލަބޮލިކަން އައުން ގާތް"

ސިޔާސީ ގިނަ ޕާޓީތަކެއް އުފެދިގެން އައި ނަމަވެސް، ރައްޔިތުން ބޭނުން ވަނީ ހަމަޖެހުމެވެ. މިނިވަންކަމާ އެއްގޮތަށް ސުލްހަވެރިކަމާ އެކު އުޅެވޭނެ އަމާން ޖައްވެކެވެ. ޕާޓީތަކުން ހަމަ ޔަގީނުން ވެސް މަސައްކަތް ކުރަން ވާނީ އެ މަގަށެވެ. އެކަމަކު ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ޝަރީފް ވިދާޅުވީ ގިނަ ޕާޓީތަކެއް އުފެއްދުމަކުން ސިޔާސީ މަސްރަހަށް ބަދަލެއް ނާންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ގިނަ ޕާޓީތައް އޮވެގެން ގައުމަށް ހަލަބޮލިކަން އައުން ގާތް ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

އެކަމަކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން ދާދި ފަހުން އުފެއްދި އެމްޓީޑީގެ ވިސްނުން މިކަމުގައި ވަރަށް ބޮޑަށް ތަފާތެވެ. އެމްޓީޑީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވޭނެ ފެންވަރު އަލަށް އުފައްދާ ޕާޓީތަކުގައި އެބަ ހުރި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޕީއެމާއި އެމްޑީޕީގެ ފިކުރު ގަބޫލުނުކުރާ ބަޔަކު އެބަތިބި. އެއީ ސިޔާސީ ގޮތުން މެދު މިނުގެ ފިކުރު ގެންގުޅޭ މީހުން. އެމީހުން ބޭނުން ނުވަނީ ހައްދު ފަހަނައަޅައި ދާން. އެމީހުންގެ ހިޔާލާތާއި ފިކުރަށް ބިނާކޮށް މި ފަހުން ޕާޓީތައް އުފެދިގެން އައީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން މިސާލު ނެންގެވީ ލޭބަ ޕާޓީންނެވެ. އޭނާ ވިދާޅުވި ގޮތުގައި ލޭބަ ޕާޓީއަކީ ސީދާ މަސައްކަތްތެރިންގެ ހައްގުގައި ނިކުމެ، އެމީހުންގެ ހައްގު ހޯދައިދޭން މަސައްކަތް ކުރާ ޕާޓީއެކެވެ. މީގެ ކުރިން ޕާޓީތައް އުފެދިފައި ހުރީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ގޮތަށް ނަމަވެސް މިހާރު އެކަން މާޒީ ވެއްޖެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގައި ނަމަ، ފިކުރެއްގެ ސިފައިގައި ގައުމީ އެއްބައިވަންތަކަމާއި ދީނީ އެއްބައިވަންތަކަން ހުންނަން ޖެހެ އެވެ. އެހެން ނޫނީ ރާއްޖޭގައި ސިޔާސީ ޕާޓީ ފުރިހަމަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރަން އެ ޕާޓީގެ ސަޕޯޓަރުން ހިނގާފައި ދަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީ ފިޔަވައި ރައްޔިތުންގެ ބޭނުންތައް އެނގިގެން ހަރަކާތްތެރިވާ ޕާޓީއެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށެވެ. އަދި އެމްޑީޕީ އޮތީ ޕާޓީއެއްގެ ސިފައިގައި ވަރަށް ވަރުގަދަ ކަމާއި ބަދަހިކަމާ އެކުގައި ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ހޯދައި ދެވޭނީ ޕާޓީތަކުން ކުރާ ކަމަކުން. އެމްޑީޕީގެ ހިޔާލުތަކެއް އޮވެ، ރައްޔިތުންނަށް ދަތިވާ ކަންކަން ލިޔެވިފައި ހުރީ. އެކަމަކު ހަގީގަތަކީ އެމްޑީޕީ ފިޔަވައި ނެތް ރައްޔިތުންގެ ބޭނުންތަކަށް މަސައްކަތް ކުރާ ޕާޓީއެއް،" ހަސަން ވިދާޅުވި އެވެ.

"ވަރަށް ދެރަ، އެކަމަކު މިއީ ހަގީގަތް."

އެކަމަކު އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ނިޒާމެއް އޮތުން މުހިންމެވެ.

ކޮންމެ ގޮތަކަށް ޕާޓީތައް ހަރަކާތްތެރިިވިޔަސް، އަނެއްކާވެސް މި ދުވަސްކޮޅު މި އޮތީ ސިޔާސީ ޕާޓީ އުފެއްދުމުގެ ފޯރިއެއް ހިފައިފަ އެވެ. މިދިއަ ހައެއްކަ އަހަރު ތެރޭގައި ނުއުފެދޭ ވަރަށް، މިދިއަ ތިން މަސް ދުވަހު ސިޔާސީ ޕާޓީތައް ވުޖޫދަށް އަތުވެއްޖެ އެވެ. ނުވަތަ ރަޖިސްޓްރީކުރުމުގެ މަސައްކަތް އޮތީ ފަށައިފަ އެވެ. އާ ޕާޓީތަކުގެ ސަބަބުން ސިޔާސީ ގޮތުންނާއި އެހެން ކަންކަމުން ގައުމަށް އަންނާނެ ރަނގަޅަކާއި ނުބައެއް ބުނާކަށް އަދި ނޭނގެ އެވެ.

16 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަކާ

14 February 2019

ޕާޓީއަކަށް ނުވަދެ ހުރުމުން ވާ ފައިދާއަކީ އެއިރަކު އެންމެ ރަގަޅު ކަންތައްތަކެއް ކުރާ ޕާޓީއަކަށް ވޯޓްލެވުން. އެއް ބަޔަކަށް ޕާޓީއެއްގައި ތިބެ އެހެން ޕާޓީއަކަށް ވޯޓްލުމަކީ އޯކޭ ކަމަކަށްވިއަސް އެއީ ތެދުވެރިކަން ނެތްކަމުގެ ސިފައެއް. ވަކި ޕާޓީއެއްގައި ހުއްޓާ އެ ޕާޓީއަކުން ކުރާ ނޭދެވޭ ކަންކަން ބޮލުގަ އެޅެން ޕާޓީއެއްގައި ހުންނާކަށް ނުރުހެވޭ. ޕާޓީއަކަށް ވަނުން ފަދަ ކުޑަ ކުޑަ އަޅުވެތިކަމަކަށް ނުރުހެވޭ. އަމިއްލަ މިނިވަންކަން ހުރިހާ ވަގުތަކަށް ބޭނުންވޭ.

The name is already taken The name is available. Register?

ފިސާރިކަނބަލެއް

14 February 2019

ވަރުވަރުގެ ޕާޓީތައް ހަދައިގެން ވެރިކަމާއި ކުޅެން ނޫޅޭ، މީ ރަށްޔިތުން ވަރަށް ބުރަމަސައްކަތުން އެތައް ޤުރުބާނީތަކެއް ވެގެން ގެނެސް އޮތް ވެރިކަމެއް

The name is already taken The name is available. Register?

ޕާޓޭ ގެ ޑެޑީ

14 February 2019

މަވެސް ވެއްޖެ (MRBP (Dhivehi Rayyithunge Bbq Party ނަމުގަ ޕާޓީއެހަދަން. މަހަދާ ޕާޓީން ކޮންމެ މަހަކު ބާބަކިއު ހަދާނީ ސަރުކާރުން އެވަރައް ފާއިސާދޭވީޔަ، ކޮންބައެއް މަހަދާ ޕާޓީޔައްވަންނާނީ؟

The name is already taken The name is available. Register?

މަރޭމިތުރު

14 February 2019

ނިދާލަން ލޯމަރާހިނދުގާ ހިތައްވަދެޔޭ އުފާވެރިކަން، ވިދާރަންކުލަ މިގައުމުގަ ޖަރީވާ ނަޔާއަލިކަން..................................................... ކިތައްމެ ޕާރޓިއެއް އަދުއޮތަސް އެންމެ މަގުބޫލީ އެމްޑީޕީ.

The name is already taken The name is available. Register?

ބައިރޯ

14 February 2019

ސިއާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ހަރުދަނާ އުސޫލެއް

The name is already taken The name is available. Register?

ދޭހަ

14 February 2019

ގިނަ ސިޔާސީ ޕާޓީތައް އުފެދި ހިނގަން ފެށުމަކީ ގައުމުގައި ބައިބައިވުން އިތުރުވާނެ ކަމެއް. އެހެންވެ، ސިޔާސީ ޕާޓީތައް އުފައްދަން އޮންނަ އުސޫލު ހަރުކަށި ކުރުމަކީ އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރަން ޖެހޭނެ ކަމެއް. އެހެން ނޫނީ ގެއްލުން ވާނީ ރައްޔިތުންނަށް.

The name is already taken The name is available. Register?

މަހަށްދަގަ.

14 February 2019

10000 މީހުން ހަމަކުރަންޖެހޭ ގޮތަށް ބަދަލުކުރޭ.. 20ހާސް ހަމަވީމަ ދަޢުލަތުން ފައިސާދޭގޮތަށް..ނޫނީ ކ9ންމެ ދެމަފިރިއަށް ޕާޓީއެއް ހަދާ ހިސާބަށް ހިނގައިދާނެ

The name is already taken The name is available. Register?

ދަނީ

14 February 2019

ދެމަފިރިންނަށް އެއްގަލަށް އެރިގެންތާ؟

The name is already taken The name is available. Register?

އަރާ

14 February 2019

ހަގީގަތުގައި ޕާޓީ ސިސްޓަމް އޮވެގެން ކުރާ ފައިދާއެއް ނެތް. އެންމެ ކުޑަމިނުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ލިބޭ ފައިސާ ކޮޅު މެމްބަރުންގެ ބަދަލުގައި ބަހާލަންވީނު؟

The name is already taken The name is available. Register?

ސަރަ

14 February 2019

އަޅުގަނޑުގެ ނަޒަރުގައި ތިއަށްވުރެ ހަރުކަށި ވާން ޖެހޭ. މިސާލަކަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހަމަ ކުރަން އޮންނަ 3000 މެމްބަރުންގެ ބަދަލުގައި އެ އަދަދު 10،000 ނޫނީ 15،000 އަށް ހެދުމަކީ މުހިންމު ކަމެއް. މިހާރު އޮތް އަދަދަކީ ފެން ތައްޓެއް ބޯލުންހާ ފަސޭހަ އިން ހޯދޭނެ އަދަދެއް.

The name is already taken The name is available. Register?

އާސރ

14 February 2019

ސިޔާސީ ޕާޓީތައް އުވާލަންވީ، މަޖިލިސް ވެސް އުވާލަންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454