15 ފެބުރުއަރީ 2020 - 00:10
ޒިއުރިކް (ފެބްރުއަރީ 14) - އިންގްލެންޑްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ކުރިއަށް އޮތް ދެ އަހަރު އެ ޓީމަށް ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށް ސަސްޕެންޑްކުރަން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ނިންމައިފި އެވެ.
ޔުއެފާ އިން ކުރި ދިގު ތަހުގީގަށް ފަހު، ކުރިއަށް ދެ ސީޒަނަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑްކުރުމުގެ އިތުރުން ވަނީ 30 މިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ. މިހާރު އޮތްގޮތުން ސިޓީގެ މި އަދަބު ތަންފީޒުކުރަން ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ.
ސިޓީން މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލް ކުރާނެ އެވެ. އެ ކްލަބުން މިރޭ ނެރުނު ބަޔާނުގައި ބުނީ، ޔުއެފާގެ މި އަދަބު އަންނާނެކަން ކުރިން ވެސް ބެލެވިފައިވާ ކަމަށާއި ކުރިން ވެސް ބުނިގޮތަށް އެ ޓީމުން އެއްވެސް އިރެއްގައި ގަވާއިދާ ހިލާފަށް ކަމެއްކޮށްފައިނުވާނެ ކަމަށެވެ.
މީގެ ކުރިން މީޑިއާތަކުން އާންމު ކޮށްފައިވާ ސިޓީގެ ލިޔެކިއުންތަކުގައިވާ ގޮތުން ސިޓީން އެފްއެފްޕީ ގަވާއިދުތަކާ ހިލާފަށް ކްލަބަށް ފައިސާ އެތެރެ ކުރުމުގައި މަކަރު ހަދާފައިވަނީ އެކި ސްޕޮންސަރުން މެދުވެރިކޮށް ކްލަބަށް ހަރަދުކޮށްގެން ކަމަށާއި އެކަމަކު އެ ހަރަދުތަކުގެ ތަފްސީލެއް ސިޓީގެ އެއްވެސް ރަސްމީ އެކައުންޓްތަކުން ނުހިމަނައި ކަމަށެވެ.
އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން ޔުއެފާ އިން މީގެ ކުރިން ވެސް ވަނީ ސިޓީ އަށް 2014 ވަނަ އަހަރު ފިޔަވަޅު އަޅައިފަ އެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސިޓީގެ ސްކޮޑު މަދުކުރަން ނިންމީ އެވެ.
ސިޓީ އަށް މި އައި އަދަބާ ގުޅިގެން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސިޓީ އަށް ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ ގާޑިއޯލާ އެ ކްލަބްގައި މަޑުނުކުރާނެ ކަމަށް މީޑިއާގައި މީގެ ކުރިން ވެސް ވަނީ އަޑުފެތުރިފަ އެވެ. ގާޑިއޯލާ ހޯދަން އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން މަސައްކަތްކުރެ އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ވަނީ މި ސީޒަނުގައި ސިޓީގެ ޓާގެޓަކީ ޗެމްޕިއަންސް ލީގު ކަމަށާއި އެ މުބާރާތުގެ ދެ ވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން ސިޓީ ކަޓައިފިނަމަ އެ ޓީމުން އޭނާ ވަކިކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިކުއްދާ
15 February 2020
ސުވައިދީބަށް އާދޭ. ނަސްލީ އަދި އެހެން ކަހަލަ މައްސަލައެއް ނުޖެހި ކުޅެވޭނެ. ނިދަން ލާރި ދައްކާކަށް ނުޖެހޭނެ. މިނަރެލްވޯޓަރ މާލެއަށްވުރެ އަގުހެޔޮވާނެ. ގާމެންޓްސް އަގު ހެޔޮވާނެ. ހިލޭ ނައިޓް ފިޝިންގް އަށް ގެންގޮސްދޭނަން.
ވާނުވާ.
15 February 2020
ބާސެލޯނާވެސް ތިގަނޑެއް ގަތީމަ އެމީހުންނަށް ދެއަހަރަށް މީހުންގަތުން މަނާކޮށްފަ ބޭނުންވަރަކަށް މީހުން ގަންނަންދެން އެނިންމުން ތަންފީޛު ކުރުން ފަސްކޮށްދީފަ ފަހުން ނޭނގެ އެއަށް ވީގޮތެއްވެސް. ވަކި ބަޔަކަށް ވީމާ ވަކިގޮތެއްހެން ހީވަނީ މި އޮންނަނީ ޔޫއެފާގެ އަދުލުވެރިކަމުގަ.
އޭނަ
15 February 2020
ބާސެލޯނާޔަށް ކުޅުންތެރިން ގަތުން މަނާކޮށްފައި އެކަން ތަންފީޒުކުރި. އެކަމަކު ކަލޭމެންގެ މެޑްރިޑަށް އެފަދަ އަދަބެއް ދުވަހަކުވެސް ނުދޭ.
ބިސް
15 February 2020
ބައްސާމުގެ ކަމެއްތަ؟
އާރީ
15 February 2020
ރަގަޅަށް ތިވީ. ގާޑިޔޯލާ އަވަހަށް އާދެ ރާއްޖެ. މިހާރު ގޮލުފްވެސް ކުޅެވޭނެ.