މިދިޔަ އަހަރަކީ ރާއްޖެއިން މިހާތަނަށް މުދަލުގެ ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު ކަމަށް ޒަކާތު ހައުސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޒަކާތު ހައުސްއިން މިއަދު ވަނީ މިދިޔަ ފަސް އަހަރު، 2021 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ލިބިފައިވާ ފައިސާގެ ތަފާސްހިސާބު އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ ފަސް އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ޖުމްލަ 483.79 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ:
- 2021: 91.39 މިލިއަން ރުފިޔާ
- 2022: 92.70 މިލިއަން ރުފިޔާ
- 2023: 90.28 މިލިއަން ރުފިޔާ
- 2024: 102.28 މިލިއަން ރުފިޔާ
- 2025: 107.21 މިލިއަން ރުފިޔާ
އެގޮތުން އެންމެ މަތިން މުދަލު ޒަކާތް ލިބިފައިވަނީ މިދިޔަ އަހަރެވެ. އެއީ 107 މިލިއަނެވެ.
މިހާރު މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19،527.90ރ. އެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރަނާއި ރިހީގެ އިތުރުން ގޮވާމާއި ވިޔަފާރި މުދަލުންނެވެ.
ރަށްރަށުގައި ދިރިއުޅޭ ފަގީރުންނަށް މުދަލުގެ ޒަކާތް ބަހަނީ ކައުންސިލްތައް މެދުވެރިކޮށެވެ.