ވިޔަފާރި / ވިލާ ކޮލެޖް

ވިލާ ކޮލެޖާއި ޔޫއެންއެފްޕީއޭ ގުޅިގެން "ސްވޮޕް ރިޕޯޓް 2022" ލޯންޗުކޮށްފި

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު "ސްވޮޕް ރިޕޯޓް" ލޯންޗްކޮށްދެއްވާއިރު އަރިހުގައި ޔޫއެންއެފްޕީއޭގެ ކަންޓްރީ ޑިރެކްޓަރު ކުންލެ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އާއި ވިލާ ކޮލެޖް ގުޅިގެން ރާއްޖޭގައި ސްޓޭޓް އޮފް ދަ ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓް 2022 މިއަދު ލޯންޗުކޮށްފި އެވެ.

ވިލާކޮލެޖުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ އާބާދީއާ ގުޅުން ހުރި ދިރާސާތަކާއި މައުލޫމާތު ހާމަކުރުމުގައި އެއްބާރުލުން ދިނުމަށް ޔޫއެންއެފްޕީއޭ އާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެއް ކަމަށެވެ. އެ ރިޕޯޓް ލޯންޗްކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދެވެ.

ވިލާކޮލެޖުން މިއަދު ބޭއްވި ސްވޮޕް ރިޕޯޓު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސްވޮޕް ރިޕޯޓަކީ މުޖުތަމައުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ނޭނގި، ނުވަތަ އަޅާނުލެވި ދޫކޮށްލެވޭ މައްސަލަތަކަށް ބިނާކޮށް ޔޫއެންއެފްޕީއޭ އިން ކޮންމެ އަހަރަކު ވެސް ނެރޭ ރިޕޯޓެކެވެ. މި އަހަރުގެ ރިޕޯޓު އަމާޒުކޮށްފައިވަނީ އަންހެނުން ގަސްތަކާނުލާ ދަރިމައިވުމުގެ މައްސަލަ ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޔޫއެންއެފްޕީއޭ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުންލެ ދިރާސާތަކާ ހަވާލާ ދެއްވައި ވަނީ އަންހެނުންގެ ހައްގުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ޔޫއެންއެފްޕީއޭ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ކަންޓްރީ ޑިރެކްޓަ ކުންލެ ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ދަރިން ބޮޑެތިކޮށް ބެލެހެއްޓުމުގައި ރަނގަޅު އާއިލާއަކާ އެކު، މުސްތަގުބަލަށް ވިސްނާ ރޭވުންތަކެއް ރާވަންޖެހޭ. ނަމަވެސް ގަސްތަކާ ނުލާ އަންހެނުން ދަރިމައިވުމުން އެ ފަދަ ކަންކަމުން އެބަ މަހްރޫމްވޭ،" ކުންލެ ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި، މަސްތުވާތަކެތީގެ ސަބަބުން ނުވަތަ ޖިންސީގޯނާގެ ޝިކާރައަކަށްވުން ފަދަ ކަންކަމާ ގުޅިގެން ގަސްތަކާ ނުލައި އަންހެނުން ދަރިމައިވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ދަރިންނަށް ވަރަށް ބޮޑަށް ކުރާ ކަން ފާހަގަކުރެއްވި އެވެ.

ސްވޮޕް ރިޕޯޓަކީ، އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ސްވޮޕް ރިޕޯޓާ ގުޅިގެން ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަންގެ ތެރެއިން ޕެނަލިސްޓް ޑރ. ޒަކަރިއްޔާ މޫސާ ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި އަހަރުގެ ސްވޮޕް ރިޕޯޓާ ގުޅޭ ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ ޕެނަލްގައި އިޖުތިމާއީ، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިޖުތިމާއީ އަދި ދީނީ ދާއިރާގެ ފަންނީ ބޭފުޅުން ހިމެނެ އެވެ. ރާއްޖޭގައި އަންހެނުން ގަސްތަކާއި ނުލައި ދަރިމައިވުމުގެ މައްސަލަ އޮތްގޮތާއި އެކަން ހައްލުކުރުމަށް ކުރިއަށް އޮތް ތަނުގައި ކަންކުރާނެ ގޮތާ ގުޅޭ ގޮތުން އެ ބޭފުޅުން ބަހުސްކުރެއްވި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454