ވިޔަފާރި

ލިޓަސް އިން ސައިކަލް ނުލިބިގެން އެތައް ބައެއްގެ ޝަކުވާ

ލިޓަސް ފިހާރަ. އެފިހާރައިން ސައިކަލް ގަތް ގިނަ ބަޔަކަށް ސައިކަލް ނުލިބިގެން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުން--ފޮޓޯ:މިހާރު

ލިޓަސް އިން ސައިކަލް ގަންނަން ބައެއް މީހުންނަށް ސައިކަލް ލިބުން ވަރަށް ބޮޑަށް ލަސްވެ، ޝަކުވާ ގިނަވެއްޖެ އެވެ.

ލިޓަސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކަމުން އަންނަ ފިހާރައެކެވެ. އެކި ސްކީމްތައް މެދުވެރިކޮށް ވެސް އެ ފިހާރައިން ސައިކަލް ނެގެ އެވެ. އަދި އިންސްޓޯލްމަންޓަށް ވެސް ސައިކަލް ދެ އެވެ. އެހެންވެ، ވަރަށް ގިނަ ބަޔަކު ލިޓަސް އިން ސައިކަލް ނަގަ އެވެ.

އެކަމަކު ފަހަކަށް އައިސް، ސައިކަލް ނުލިބި ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލަ ބޮޑުވެ، ބައެއް މީހުން ފުލުހަށް ދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. ސައިކަލް ގަންނަ އިރު، އެތަނުން ދޭ މުއްދަތު ފަހަނައަޅައި ގޮސް، ބައެއް މީހުންނަށް ސައިކަލް ނުލިބި ހަތަރު މަސްވެފައިވާ ކަމަށް ވެ އެވެ.

ލިޓަސް މެދުވެރިކޮށް އޭޕްރީމް މަހު ސައިކަލްގެ ފުލް ޕޭމެންޓް ދެއްކި މީހަކު ބުނީ، ޕޭމެންޓް ދެއްކީ އެ މަހުގެ ފަހުކޮޅު ސައިކަލް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

"ގުޅާ ކޮންމެ ފަހަރަކު އިތުރު ތާރީހެއް ދެނީ. އިއްޔެ ބުނީ މި މަހު ފަހުކޮޅޭ. މިހާރު ތިން މަސް ވާން މި އުޅެނީ،" އޭނާ ބުންޏެވެ.

ލިޓަސްއާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ކޮމެންޓެއް

އޭނާ ބުނީ، ސައިކަލް ނަގާ އިރު ލިބޭނެ މުއްދަތު ސާފުކޮށް ކިޔައިދޭ ނަމަވެސް މިފަދަ މައްސަލަތައް ދިމާ ނުވާނެ ކަމަށެވެ. އޭނާ ބުނާ ގޮތުން ލިޓަސް އިން މިހާރު ދަނީ އާންމުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުންނެވެ.

"އިނގޭ ޝިޕިން ޑިލޭތަކެއް އުޅޭކަން. އެކަމަކު އެހެން ތަންތަނުން މި މައްސަލަ ދިމާ ނުވެ، ހަމައެކަނި ލިޓަސް އަށް މި މައްސަލަ ދިމާވާތަން މި ފެންނަނީ. އަނެއްކޮޅުން އެ މީހުންނަށް ގުޅީމަ އަބަދުވެސް މިދެނީ އާ ތާރީހުތަކެއް. ހީވަނީ ބޮޑު ސްކޭމެއް ހެން،" އޭނާ ބުންޏެވެ.

ސައިކަލް ނުލިބިގެން ސޯޝަލް މީޑިއާގައި ލިޓަސްގެ ޕޭޖަށް ވެސް އެތައް ބަޔަކު އެތައް ސަތޭކަ ކޮމެންޓް ކޮންމެ ދުވަހަކު ވެސް ކުރެ އެވެ. ފޭސްބުކްގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނީ، މާޗް މަހު ފުލް ޕޭމެންޓް ދެއްކި އިރު ސައިކަލް އަދިވެސް ނުލިބޭ ކަމަށެވެ.

ލިޓަސްއާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ކޮމެންޓެއް

މި މައްސަލާގައި ލިޓަސް އިން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު، ފޭސްބުކް އަށް ކޮށްފައިވާ ބައެއް ކޮމެންޓްތަކަށް ލިޓަސް އިން ރިޕްލައިކުރަމުން ބުނެފައިވަނީ އެ މައްސަލަތައް ބަލާނެ ކަމަށެވެ. ސައިކަލް ވިޔަފާރީގައި ކުރިން ވަރަށް ބޮޑު އިތުބާރެއް ހޯދި އެ ފިހާރަ އަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވީ ކީއްވެ ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ގިނަ ބަޔަކަށް މައްސަލަ ދިމާވިޔަސް، ބައެއް މީހުންނަށް ވަރަށް އަވަހަށް ވެސް ސައިކަލް ލިބިފައި އެބަހުއްޓެވެ. "މިހާރު" އާ ވާހަކަ ދެއްކި އެކަކު ބުނީ އޭނާގެ ސައިކަލް ދެ ހަފުތާއެއްގެ ތެރޭގައި ލިބުނު ކަމަށެވެ.

އެކަމަކު ލިޓަސް އިން ސައިކަލެއް ގަތް އެހެން މީހަކު ބުނީ، ޕޭމެންޓް ދެއްކީ 15 ދުވަސް ތެރޭ ލިބޭނެ ކަމަށް ބުނުމުން ކަމަށެވެ. އޭގެ ފަހުން ގުޅުމުން ދެ ފަހަރެއްގެ މަތިން 15 ދުވަސް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެކޮޅުން ކޮމިއުނޭޓް ވެސް ނުކުރޭ. އަމިއްލަ އަށް ގުޅީމަ މި ބުނަނީ ކޮންޓެއިނާ ކްލިއާ ނުކުރެވެއޭ. އެހެން ކިޔާތާ އެތައް ދުވަހެއް މިވަނީ. މިހާރު ގުޅީމަ ބުނަނީ ލިބޭނެ ދުވަހެއް ވެސް ނޭންގެއޭ،" އޭނާ ބުންޏެވެ.

މައްސަލަ ބޮޑުވެ، ބައެއް ފަރާތްތަކުން ސައިކަލް ހޯދަން ގުޅުމުން، ރީފަންޑަށް އެދި ހުށަހަޅަން ވެސް ލިޓަސް އިން ވަނީ އެދިފަ އެވެ.

ލިޓަސްއާ ގުޅޭ ގޮތުން މީހަކު ފޭސްބުކްގައި ކޮށްފައިވާ ކޮމެންޓެއް

ގަނެފައިވާ ސައިކަލް ނުލިބުމުގެ އިތުރަށް ސައިކަލް ރަޖިސްޓްރޭޝަން ބަދަލު ނުކޮށްދޭ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑަށް އާންމު ވެފަ އެވެ. "މިހާރު" އާ ވާހަކަދެއްކި މީހަކު ބުނީ، މިދިޔަ އަހަރު ޖުލައި މަހު ޕޭމެންޓް ދައްކާ ނިންމާފައިވާ އިރު އަދިވެސް ރަޖިސްޓްރޭޝަން ނުލިބޭ ކަމަށެވެ.

"ޕޭމެންޓް ނިންމާތާ ތިން މަސް ތެރޭ އެކަން ނިމޭނެއޭ ބުނީ، މިދިޔަ މަހު ލިޓަސް ފިހާރަ އަށް ގޮސް ބެލިއިރު ރެޖިސްޓްރޭޝަން ނުވެސް ފޮނުވާ،" އޭނާ ބުންޏެވެ.

24 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 12%
icon angry icon angry 65%
icon wow icon wow 12%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިކުރާ

25 June 2022

އަހަންނަށް 6 މަސް ފަހުން ލިބުނީ ލިޓަސް އަށް ފައިސާ ދެއްކި ވައްތަރުގެ ސައިކަލެއް ނޫން. ފައިސާ ދެއްކީ އޭބީ އެސް އަކަށް ލިބުނީ: ކިބުނީ އެސްޓީޑީ އެއް ބަދަލުވެސް ނުކޮށްފިން. މީކޮން ފާދެއްގެ ބައެއްތ؟ އުމުރަށް ސަލާމް

The name is already taken The name is available. Register?

އެމްސް

25 June 2022

ރިސޯރޓްތަކަށް ސަޕްލައި ކުރުވާފަ ޕޭމެންޓް ނުދިނުން، ސަރުކާރު އޮފީސްތަކުން ކަންކަން ކުރުވާފަ ޕޭމެންޓް ދައްމާލުން، އެހެންކަމުން ޕްރައިވެޓް ކުންފުންޏަކަށް ލާރިއެއް ދައްކައިގެން އެތި ނުލިބުމީ މިޤައުމު ހިނގާ ބީދަޔަށް ބަލާފަ މާބޮޑު ކަމެއް ނޫނެއް ނޫންތޯ!

The name is already taken The name is available. Register?

ނަބީލު

24 June 2022

މަ ސައިކަލަކަށް އެޑްވާންސް ދެއްކީމަ ސައިކަލް ނުލިބި އެތައްދުވަހެއް ވެގެންދިޔަފަހުން ، ފައިސާ އަބުރާ ރިފަންޑް ކުރަން އެދުމުން ފައިސާކޮޅު ދިނީވެސް ވަކި ޕަސެންޓެއް އުނިކުރުމަށްފަހު. އެހެންވެސް މީހުންގެ އަތުން ލާރިކަމުން ދަނީ

The name is already taken The name is available. Register?

ޝީޝާ

24 June 2022

ޝީޝާ އަކީ ބަރާބަރު ތަނެއް، ފައިސާ ދައްކާތާ މާކަށް ގިނަ ދުވަހެއް ނުވޭ ޝީޝާއިން ބުނާދުވަހަކަށް ސައިކަލް ހަވާލު ކުރޭ، ލިޓަސްއިން އިންސްޓޯލެންޓަށް ސައިކަލް ނަގާފަ ފައިސާ ދައްކާ ހަލާސް ކުރީމަވަސް ޕްރައިވޭޓް ބޯޑަށް ބަދަލެއް ނުކޮއްދޭ

The name is already taken The name is available. Register?

އެމްސް

25 June 2022

ޝީޝާއަށް ފައިސާ ދެއްކީމަ ސައިކަލު ލިބޭ، އެކަމަކު އެތަނުގެ ސާރވިސް ސެންޓަރަ އަކީ މަކަރާއި ޙީލަތުގެ ތަނެއް، ސްޕެއަރއަށް ޗާރޖްކޮށްފަ ސްޕެއަރ ބަދަލުނުކުރުންވެސް ޢާއްމު! އެބައި އޮންނަނީވެސް ބިދޭސީންގެ އަތްމަތީގަ، ހަދާނެ އެއްޗެއް ހެދޭ ގޮތަށް!

The name is already taken The name is available. Register?

ދޯކާ ލިޓަސް

23 June 2022

ލިޓަސްއިން އުޅެނީ ރައްޔިތުމީހާ ދަރުވާލަން... ހިދުމަތް ދޭކަށްނުން.... މޭމަހު ސައިކަލްއަށް ރުފިޔާދެއްކީ ޖޫން 5 ގައި ލިބޭނެ ކަމަށް ބުނީމަ... އެ ޖޫން މަސް އަދިވެސް ނާދޭ.... އަސްލު މީދެން ބޮޑުވަރެއް އޮޅުވާލިޔަސް...

The name is already taken The name is available. Register?

ހަސަން234ދދސ

23 June 2022

ލިޓަސް ނީޑްސް ކޭޝް ކޮޅު އަވަހައް .. އެ ދެއްކީ މަ ސައިކަލް ދޭނަމޭ ކިޔައިގެން ނުބައި ތާރީހެއް މިދެނީ އެވެސް އަސްލު ތާރިހު ނުދެނީ މީހަކު ނުގަނެފާނެތީ .. ދެން މިމަހު 15 ގައި ލިބެން އިންނަ ސައިކަލް މި ބުނަނީ އަންނަ މަހު 15 އައް ވެފަ.. ކޮންޓެއިނަރ ތައް ޑީލޭ ވާގޮތުން ކަސްޓަމަރުންނައް ދޭން ޖެހޭނީ އެންމެ ލަސް ޑިލިވަރީ ދުވަސް .. ހަމައެކަނި ފައިސާ ހޯދަން އުޅުނަސް ނުވާނެ ކަސްޓަމަރުން އިތުބާރު އިޒް އެވްރިތިންޑް ފޮ ސަސްޓެއިނަބަލް ބިޒްނަސް..

The name is already taken The name is available. Register?

ރެކިބެއްޔާ

23 June 2022

އަދިވެސް ވަގުތު ފާއިތު ނުވަނީސް މަސް ހިއްކާފަ އެއާއެކު ރިހާކުރު ވިއްކަން އުޅުނީމަ ރަނގަޅުވާނެ. ރިހާކުރު ވިއްކާ މީހުންވެސް މުޅިން މަކަރު ހަދައިގެން އުޅޭނީ އެކަމު މަދު ބައެއް އެއީ.

The name is already taken The name is available. Register?

ހަސަނު ސައިކަލު

23 June 2022

ތީ ހަމަ ބޮޑު ސްކޭމެއް! މަވެސް ލާރި ދައްކައިގެން އުޅޭތާ އެތައް ދުވަހެއް. ލާރި ދެއްކީމަ ތޯއްޗެއް އޯޑަރު ކުރަނީ.

The name is already taken The name is available. Register?

އެޕިކްޝެލްޓަރ

23 June 2022

ހައްތަހާވެސް އެޕިކް ޝެލްޓަރ މިހުންނަނީ. މީހުން އަތުން ލާރިނަގާފައި ގަތް އެތި ޑެލިވަރ ނުކޮށް އަމިއްލަ ވިޔަފާރިއަށް، ވިޔަފާރީގެ ބޮޑުން ގެ ގަނެ ބޭރަށް ކިޔަވަންދާން ލާރިކޮޅު ބޭނުންކޮށްލަނީ.

The name is already taken The name is available. Register?

ކޮޑަގެ

23 June 2022

ވިޔަފާރި ފެށީ ވަތަނިއްޔާ ދޮވެގެން. މުއްސަނދި ވީ ވެލާ ޕްރޮޖެކްޓްގެ ލާރި ގަނޑު 03 ޕާޓްނަރުންނަައް ވަގަަަައް ދަވައިގެން.ސައިކަލް ގިނަ ކޮންޓެއިނަރް ތައް ކްލިއާރ ކުރަނީ މަކަރާއި ހީލައް ހަދައިގެން. އެކަން ކުރަން މިހާރު ކުޑަކޮށް އުނދަގޫ ދެން ވާނީ ޑިލޭ ދެން ވިޔަފާރި ބަނގްރޫޓް ވާނީ ?

The name is already taken The name is available. Register?

ދަންނަމީހާ

23 June 2022

ކޮޑަގެ ތިބުނީ ހަމަ ހެޔޮކޮށް. މަށަކީ ތިކަން އެނގޭ މީހެއް ވީމަ މިހެން މި ބުނީ. އެ އެއްޗެއް ލިބުނު ގޮތަކަށް އެ އެއްޗެއް ދާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454