ވިޔަފާރި / މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

މާފަރަށް މި އަހަރު 300 ޖެޓް ޖައްސައިފި، ސިީޒަންގައި އިތުރު 80 އަންނާނެ

މާފަރު އެއާޕޯޓު

މިއަހަރުގެ މިހާތަނަށް މާފަރަށް 300 ޖެޓު ޖައްސާފައިވާ ކަމަށާއި ކުރިއަށް އޮތް ސީޒަން ތެރޭ ވެސް 80 ޖެޓް އަންނަން ބުކް ކޮށްފައިވާ ކަމަށް އެ އެއާޕޯޓުން ބުނެފި އެވެ.

އެ އެއާޕޯޓުގެ އޮޕަރޭޝަން ބަލަހައްޓާ، މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ ވިދާޅުވީ، މިފެށޭ ސީޒަންގެ ގިނަ ދުވަސްތަކަށް ޖެޓްތައް އޮތީ ފުލްކޮށް ކަމަށެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެއްފަހަރާ 13 ޖެޓަށް ޕާކު ކުރެވޭނެ އެވެ. ބައެއް ދުވަސްވަރު އެ ކެޕޭސިޓީއަށް ވުރެ އިތުރަށް ވެސް ޖެޓްތައް ޖައްސަ އެވެ. ޕާކު ނުކުރެވޭ ޖެޓްތައް އެ އެއާޕޯޓަށް ޖެއްސުމަށް ފަހު ޕާކުކުރަން ދަނީ އެހެން އެއާޕޯޓުތަކަށެވެ.

މިއަހަރުގެ މިހާތަނަށް ޖެޓް 596 މޫވްމަންޓް ރެކޯޑްކޮށްފައިވެ އެވެ. އަދި މި ފެށޭ ސީޒަންގައި 160 ޖެޓް މޫވްމަންޓް ރެކޯޑް ކުރެވޭނެ ކަމަށް ބެލެވެ އެވެ. މުމްތާޒް ވިދާޅުވީ އަންނަ މަހު ޕްރައިވެޓް ޖެޓްތައް އެއާޕޯޓުގެ ފުލް ކެޕޭސިޓީގައި އަންނާނެ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރު ދުވަސްވަރެކެވެ.

މާފަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި އެންމެ ގިނަ ޖެޓް ޖައްސާ އެއާޕޯޓެވެ. މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ހައި އިންޑް ގިނަ ރިސޯޓުތަކެއް އޮންނަ ސަރަހައްދެކެވެ. އޭގެ ތެރޭގައި، ވެލާ އާއި ސޮނޭވާ ޖާނީގެ ރަންދެލި ރިސޯޓު ހިމެނެ އެވެ.

މި މަހުގެ މިހާތަނަށް ރާއްޖެއަށް 73،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 2،000 ޓޫރިސްޓުން އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއަހަރު ނިމޭ އިރު 1.6 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.

މާފަރު އެއާޕޯޓު ހުޅުވީ 2019 އަހަރުގެ ޑިސެމްބަރު މަހު އެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ހިންގަނީ ސަރުކާރުގެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަގީރުކުންފުނި

21 November 2022

އެކަމުވެސް އައިލެންޑް އޭވިއޭޝަން އޮންނާނީ ދަރާފަ.

The name is already taken The name is available. Register?

ކޮރަލް

20 November 2022

ޓޫރިޒަމް ރަނގަޅު ވާ ވަރަކަށް ޑޮލަރު ތައް ލިބެނީ ސިޔާސީ މީހުންނާއި ވަގަށް ޑޮލަރު ވިއްކާ މީހުންނަ ށެވެ. މީރާ އަށް ވެސް ލިބެނީ މަކަރު ހަދާފަ ބާކީ ވާ ޑޮލަރު ކޮޅެވެ.

The name is already taken The name is available. Register?

ހުޒާމާ ހަސަން

20 November 2022

މާފަރުން ރާއްޖޭން ބޭރަށް ދެވޭގޮތް ހަދާނީ ކޮންއިރަކުންތަ؟

The name is already taken The name is available. Register?

ޖެޓް

20 November 2022

ކިތަންމެ ޖެޓެއް ޖެއްސިޔަސް ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް. ހަގީގީ ފައިދާ ލިބޭނީ މަހުޖަހުންނާއި ބޭރުގެ ކުންފުނިތަކަށް. ރިޒޯޓް ހިއްސާ ނުވިއްކާނަމަ މިކަން އަބަދުވެސް އޮންްނާނީ މިހެން. ރިޒޯޓް ހިއްސާ ނުވިއްކައި ރިޒޯޓްތައް ނުހިންގޭނެ ގޮތަށް ގާނޫނެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން މިތިބީ. ޑޮލަރުގެ ކަޅުބާޒާރަށްވެސް ލުއިކަމެއް އަންނާނީ ރިޒޯޓް ހިއްސާ ވިއްކައިގެން.

The name is already taken The name is available. Register?

ބޮޑުމީހާ

20 November 2022

އިގްތިސާދީ ވެރިންގެ ވިސްނުން ފެނޭތަ! މި މީހުންގެ ކަމަކީ އާބާދީގެ 200 ހަމަނުވާ ރަށްތަކުގަ 4 ބުރީގެ ފެނަކަ އިމާރާތް އެޅުމާއި، އާބާދީ އާއި ނުބައްދަލު ބަދަރު ހެދުމާއި، ދެން ކިޔާނެކަމެއް ނެތް

The name is already taken The name is available. Register?

48343

20 November 2022

ޖެޓުތައް ދޫނިތަކެއްހެން ތިރިކުރިޔަސް އަހަރެމެންނަށް ވާނެ ފައިދާއެއް ނޯންނާނެއެވެ.

The name is already taken The name is available. Register?

މާހިރު

20 November 2022

ޖެޓު ޖެއްސިއަސް ޕާރކް ކުރާނެ ޖާގަ ނެތްކަން ފޮޓޯއިން ދޭހަވެއެވެ. އެހެންކަމުން ޕާކް ކުރުމުގެ ޖާގަ އިތުރުކޮށް މިހާރަށްވުރެ ރަނގަޅު އިންތިޒާމް ތަކެއް ހަމަޖައްސަން ޖެހޭކަމަށް ފެނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454